02 ޖުލައި 2020 - 15:03
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލޭގައި އެޅި ހިޔާ ފްލެޓްތައް ބަލައިލުމުގެ ފުރުސަތު ދިނުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެޗްޑީސީގައި އެދިއްޖެ އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ 7،000 ފްލެޓްގެ ހައުސިން ޔުނިޓް އެޗްޑީސީން މިދިޔަ ހަފުތާގައި ވަނީ އެޗްޑީސީން ނޫސްވެރިންނަށް ދައްކާލައިފަ އެވެ. އޭގެ ފަހުން މީޑިއާގައި އެތަނާ ބެހޭ ގޮތުން ކުރި ރިޕޯޓްތަކަށް އެކި ގޮތްގޮތަށް ފާޑުކިޔުން އަމާޒުވެފައިވެ އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސުހައިލަށް އެޑްރެސްކޮށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ހިޔާ ފްލެޓްތަކާ ގުޅިގެން އާންމުންގެ ހުރި ބައެއް ކަންބޮޑުވުންތައް އެ ކޯލިޝަނާ ވެސް ހިއްސާކޮށްފައިވާ ކަމަށެވެ.
އާންމުންގެ މިފަދަ ޝަކުވާތައް ލިބިފައި ވާތީ ހިޔާ ފްލެޓްތައް ބަލައިލަން އިދިކޮޅު ކޯލިޝަނުން ބޭނުންވާ ކަމަށާއި އަންނަ އާދިއްތަ ދުވަހަށް އެ ފުރުސަތު ހަމަޖައްސައިދިނުމަށް އެދޭ ކަމަށް ސިޓީގައިވެ އެވެ. އިދިކޮޅުން ބުނީ ފްލެޓްތައް ބަލައިލަން ކޯލިޝަނުން ދާނީ 30 މެމްބަރުންގެ ޓީމެއް ކަމަށެވެ.
ޔާމީންގެ ވެރިކަމުގައި ފެށި ބޯހިޔާވަހިކަމުގެ މި މަޝްރޫގައި އަޅާފައި ވަނީ 25 ބުރީގެ 16 ޓަވަރެކެވެ. ކޮންމެ ޓަވަރެއްގައި ތިން ލިފްޓް ބަހައްޓާފައި ހުރެ އެވެ. ހަނިކޮށް ދިގުކޮށް ފަރުމާކޮށްފައިވާ މި ފްލެޓްތަކުގައި ހުންނަނީ ދެ ކޮޓަރި އެވެ. ކޮންމެ ކޮޓަރިއެއްގައި 99 އަކަފޫޓް، ސިޓިން ރޫމްގައި 217 އަކަފޫޓް ހުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަނަފީ
03 July 2020
އެއް އާއިލާއެއްގެ ފަސްމީހުންނަށް، ދިހަމީހުންނަށް ޕީޕީއެމުން އެފްލެޓް ލިބޭނޭކަމުގެ ލިޔުންބަހަމުން ދިޔައީ ހަމަބަލާވެސް ނުލާތަ؟ ސަހަރޯ!
މަޒް
03 July 2020
ދިވެހިންގެ ކަންކަން ގޮސްފަ އޮތް ހިސާބު.. ވަރިހަމައޭ ކިތައްމެ ކެޔަސް.. ތަރައްގީ އެބަ ކުރެއެއް ނޫންހޭ.. މީ ވަރަށް ދެރަވަރުގެ ވާހަކައެއް.. ކައިގެންވެސް ނުވާނެ. ތަރައްގީވެސް ކުރަންވާނެ..
ރީތި މޫސަ
03 July 2020
ބޮޑެތިކޮޓަރީގެ ފުލެޓްތަށް އެމްޑީޕީމީހުނަށްދޭން އަޅާބަލަ ތިކުޑަކޮޓަރީގެ ފުލެޓްތަށް ދެންތިބިމީހުނަށްދީބަލަ ހެޔޮނުވާނެ
ޢަލިމަނިކުފާނު
03 July 2020
ވަރަށް ހީނުވޭ ދައްކަފަނެހެން
މަޒް
03 July 2020
3 މީހުންނާއި ފަޅި ތިބި ޕާޓީއަކަށް އެމީހުން ހޭވި ހަޑި ދައްކަންވީ އުތަ؟
ޝޮކްތެރަޕީ
02 July 2020
ރަސްފަންޑުގަ ހަދަމުންދިޔަ 28 ބުރީގެ 4 ޓަވަރު މިސަރުކާރުން ވަނީ ހުއްޓުވާފަ މިހާރު އެމަސްސަލަ އޮތީ ސިންގަޕޫރުގެ އާބިޑްރޭޝަންގަ. މި ސަރުކާރަ މަސްސަލައަކީ ރައިސް ޔާމިންގެ ތަރައްގީ ރައްޔިތުންނަ ފެނިދާނެތީ.
ވަތަން އިސްކުރަންޖެހޭ
02 July 2020
އެމްޑީޕީ މޮޅީ ފޮނިކަނޑަ. ޕީޕީއެމް މޮޅީ ތަރައްގީ ގެންނަން. ބަޔަކު ކިތަމްމެ ދޮގުވާހަކަ ފެތުރިޔަސް ދިވެހިން ގަބޫލުކުރޭ ތަރައްގީ ރާއްޖެއަ ގެނެސްސިކަން. އޮމްމެ އަތޮޅަކައްބެލިޔަސް މިކަން ހާމަވޭ.
ހާއިރު
02 July 2020
ފުލެޓް ތަކުގެ ތައްދައްކާލަދެއްވާސިންކާއެކު
ައަފުރާސިޔާބު
02 July 2020
ބަލަ ކަލޭމެން ތިބެގެން އެޅި ކޮތަރުކޮށްޓޭ އެއީ. އަމިއްލައަށް ކުރާކަންކަން ހަދާންނެތޭހާ ބަލިބަޔަކީތަ؟ އަދި ދޮޅުއަހަރޭ މިވަނީ އަދުރޭމެން އަތްދޫކޮށްލިތާ! ތިޔައުޅެނީވެސް ރައްޔިތުންނަށް އޮޅުވާލަން އަނެއް ޕްރޮޕެގެންޑާ ފަތުރަން.
އާރީ
02 July 2020
ފީފީއެމް ފީއެންސީއަށް ވެސް ކޮތަރު ކޮށި ތައް ދަށްކާލުން ކިތައްމެ ހާ ވެސް ރަގަޅު. އޭރުން އެއްޗެއް ވިސްނޭނެތާ.
Ahmed Shujau
02 July 2020
ޕީއެންސީ އަކީ ކޮންބައެއްހޭ؟