ޚަބަރު / ބިދޭސީން

ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގި 19 ބިދޭސީއަކު ހައްޔަރުކޮށްފި

ފުލުހުންގެ އެސްއޯ ޓީމުގެ ދެ ފުލުހަކު މިއަދު ހެނދުނު ބޮޑުފިނޮޅުގައި.---ފޮޓޯ: ޕޮލިސް

03 ޖުލައި 2020 - 13:33

20 comments

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބ.ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސީން މުސާރަ ނުލިބިގެން ނުރުހުން ފާޅުކޮށް އިއްޔެ ހިންގި ހަމަނުޖެހުންތަކުގައި ބައިވެރިވި ކަމަށް ބެލެވޭ 19 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ސީލް މޯލްޑިވްސް އިން ރިސޯޓެއް ތަރައްގީކުރާ ބ. ބޮޑުފިނޮޅުގައި މަސައްކަތްކުރާ ރިޒް ކޮމްޕެނީގެ ބިދޭސީ 203 މުވައްޒަފަކު އެ ރަށުގެ ދިވެހި މުވައްޒަފުން ރަށުން ފޭބިޔަ ނުދީ ހުރަސްއެޅުމުން ފުލުހުންނަށް އެންމެ ފުރަތަމަ ރިޕޯޓްކުރީ އިއްޔެ ހެނދުނު 9:30 ކަމަށް ފުލުހުން ބުންޏެވެ. މި ރިޕޯޓާ ގުޅިގެން އެންމެ ފުރަތަމަ އެ ރަށަށް ދިޔައީ ބޮޑުފިނޮޅާ އެއް ފަޅެއްގައި އޮންނަ ބ.ތުޅާދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުން ކަމަށާއި ފުލުހުން ދިއުމުން އެ މީހުންނާ ދިމާލަށް އޮށްގަލާއި ދަގަނޑު އުކައި ހަމަލާދިންކަން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި މި ހަމަލާތަކުގެ ސަބަބުން ފުލުހުންގެ ބޯ ފެޅި އެހެން ފުލުހެއްގެ އިނގިއްޔެއް ބިންދައިގެން ދިއުމުގެ އިތުރުން އެތައް ފުލުހުންނަކަށް އެކި ވަރުގެ އަނިޔާވެފައިވެ އެވެ.

ހަމަނުޖެހުން ހިންގި މީހުން ފުލުހުންނާ ކުރިމަތިލުމުން ފުލުހުންގެ އިސް ދެ އޮފިސަރުންނާއި ޕަބްލިކް އޯޑަ ރެސްޕޯންސް ޔުނިޓާއި ފުލުހުންގެ ތަހުގީގު ޓީމެއް ބަންގްލާދޭޝް ހައި ކޮމިޝަނުގެ ދެ އޮފިޝަލަކާ އެކު ރޭ ފަތިހު ވަނީ ބޮޑުފިނޮޅަށް ގޮސްފަ އެވެ.

އެ ރަށުގައި 15 ދިވެއްސަކު ތިބި ކަމަށް ފުރަތަމަ މައުލޫމާތު ލިބުނު ކަމަށާއި އެކަމަކު ފަހުން އެނގުގޮތުގައި ތިބީ 13 މީހުން ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ދިޔައިރު އޭގެ ތެރެއިން އެކަކު މޫދަށް ފުންމާލައިގެން އުޅުނު ކަމަށާއި އޭނާ ސަލަމާތްކޮށް ރަށުގައި ދެން ތިބި 12 ދިވެހިން ވެސް ރޭ ފަތިހު ސަލާމަތްކުރީ ކަމަށް ފުލުހުން ބުންޏެވެ.

ރޭ ފަތިހު ދިޔަ ޓީމު އެރަށް ދިޔަ ފަހުން އެއްވެސް ހަމަނުޖެހުމެއް ހިންގާފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. ނަމެވެސް އޭގެ ކުރިން ހިންގި ހަމަނުޖެހުންތަކުގައި ޝާމިލުވާ ކަމަށް ބެލެވޭ 19 ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.

ފުލުހުން މިހާރު އަންނަނީ ރަށުގައި ހުރި ތަކެއްޗަށް ދީފައިވާ ގެއްލުންތައް ބަލައި މައުލޫމާތު އެއްކުރަމުންނެވެ. އެތަނުން ބުނީ މައްސަލަ ތަހުގީގުކުރަމުން އަންނަނީ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓާއި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓް ގުޅިގެން ކަމަށެވެ.

ރަށުގައި ހަމަނުޖެހުން ހިނގަން ފެށީ ބަންގްލާދޭޝް މަސައްކަތު މީހުންނަށް އެތައް މަހެއްގެ މުސާރަ ނުދީ އޮތް މައްސަލައާ ގުޅިގެންނެވެ. އެ ބިދޭސީންނަކީ ރައްޔިތުންގެ މަޖިލިހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުނީގެ ބައެކެވެ. އަލީ ރިޒާ ވިދާޅުވެފައި ވަނީ މުސާރަ ނުދެވި އޮތީ، ރަށުގެ ވެރިފަރާތް ކަމަށްވާ ސީލް މޯލްޑިވްސް އިން ފައިސާ ލިބުން ލަސްވެގެން ކަމަށެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ސީލް އަކުން އަދި މީޑިއާގައި ވާހަކައެއް ނުދައްކަ އެވެ.

ހަަމަނުޖެހުން ހިންގި ބިދޭސީން ވަނީ ރަށުގެ ބައެއް އިމާރާތްތަކާއި ވެހިކަލްތަކަށް ވެސް ގެއްލުން ދީފަ އެވެ.

20 ކޮމެންޓް, 39 ރިއެކްޝަންސް

icon happy icon happy 56%
icon sad icon sad 10%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަނު1

04 July 2020

ކުންފުނީގެ ހަރުމުދާ ވިއްކައިގެން ވިޔަސް މުސާރަދީ.. އަދިި ގެއްލުން ދިން މީހުން ހޯދައި އެމީޙުންގެ މުސާރައިން އެގެއްލުމުގެ އަދަދުވެސް ކަނޑަން ޖެހޭ.. ގާނޫނު ހިންގަމާ ހިނގާ

The name is already taken The name is available. Register?

ބޮޑުމީހާ

04 July 2020

ހައްޔަރުކުރަންވީ ކުންފުނީގެ އެމްޑީ. ކުންފުނި ވިއްކާލައިގެން ވިޔަސް އެމީހުންގެ މުސާރަ ދޭންވާނެ. 6 މަސް މުސާެަ ނުދެވެންޏާ ކީއްކުރަން ކުރާ ވިޔަފާރިއެއް. އެ 200 މީހުންގެ ވެސް އާއިލާ އެއް އޮންނާނެ. ހައްގުތަކަާް އަރައިގަނެ އިންސާފު ނުލިބުމުން އަތުންފައިން ގޯސް ހެދޭނެ. ޝުކުރުވެރިވާންވީ މީހެއްގެ ފުރާނައެއް ނުގޮސް ތިކަން ނިމުނުކަން. ތިކަހަލަ ދެވަނަ ހާލަތެއް މެދުވެރިވުމުގެ ކުރިން އަވަސް ފިޔަވަޅުއަޅާ

The name is already taken The name is available. Register?

ރީދޫމޭން

03 July 2020

200 ދިވެހިން ރަށަކަށް ގެންގޮސް 6 މަސްވަންދެން މުސާރަ ނުދީ މަސައްކަތް ކޮށްލަބަލަ ކިތަށް ހަޅުތާލު ޖައްސާލާތޯ ބަލަން. ރަގަޅުއެވެސް ގޮތެއް، އިތުރު ޗޮއިސް އެއް ނެތްކަން އިހުސާސް ވީމާ ކޮންމެ އިންސާނަކަށް ވެސް އެ ރިއެކްޝަން އަންނާނެ. އެހާލަތަށް ވައްޓާލި މީހުންގެ ޒިންމާ އެއް ނެތްތޯ.

The name is already taken The name is available. Register?

ކުކުޅުމުދި

03 July 2020

ފުލުހުންނަށް ހަމަލަދިނުމުގައި ބައިވެރިވީ އެންމެ 19 މީހުންތަ؟

The name is already taken The name is available. Register?

ައަފުރާސިޔާބު

03 July 2020

ދެން ނުވާނެ އެކަކު ބައިވެރިވިކަމަށްވެސް. ފަހަރުގައި ނޭގޭ ދިވެހިން ތާށިނުވާނެކަމެއް. އެހެރީ ފޮޓޯފެންނަން ދަގަނޑާ ލަޓިބުރި ހިފައިގެންތިބި.

The name is already taken The name is available. Register?

ައަހުމަދު

03 July 2020

ބިދޭސީންނަށް މުސާރަދޭންޖޭހޭނެ ސަރުކާރުން އެބަޖެހޭ ބިދޭސީން ނޫނަސް މަސައްކަތްތެރިންލައްވާ މަސައްކަތް ކޮށްފައި މުސާރަ ނުދީ އަދި ލަސްކުރާ ކުންފުނިތަކަށް ވަގުތުން ފިޔަވަޅުއަޅަން އަދި އެކުންފުނި ތައް ވަގުތުން ހުއްޓުވަން، އެކަމަކު ސަލާމަތީ ބާރުތަކާއި ތިގޮތަށް ކުރިމަތި ނުލެވޭނެ، ސުލްހަވެރިކަމާއި އެކީމައްސަލަ ނިންމަން ސަލަމަތީބާރުތަކާއި އެކީ ވާހަކަދައްކަންޖެހޭނީ، ތިހަމަނުޖެހުން ހިންގި ހުރިހާ ބިދޭސީން ޑީޕޯރޓް ކުރޭ އަދި އެމީހުންނަށް ދޭނންޖޭހެއެއްޗެއްދީފަ

The name is already taken The name is available. Register?

Ali Gasim

03 July 2020

ދެން މާދަން ދޫކޮށްލާ ތީ މިގައުމުގެ ގާނޫނުހިނގާ ބައެއްނޫން

The name is already taken The name is available. Register?

ހެހެހެ

03 July 2020

ރޭގަ އެތަނަށް އެދިއަ ސަލާމަތީ އޮފިސަރުން އެދިއައީ ވަރަށް ބިރުވެރި ވާނުވާނޭންގޭ ހާލަތަކަށް.މިކޮޅަށް ސަލާމަތުން އާދެވޭނެ ކަމުގެ ޔަގީންކަމެއްވެސް ނޯންނާނެ.

The name is already taken The name is available. Register?

ޚިޔާލު

03 July 2020

ސަލާމަތީ އޮފިސަރުން ތަމްރީނުކޮށްފައި ހުންނަނީ އެކަހަލަ ހާލަތުތަކަށް

The name is already taken The name is available. Register?

މުލޭ

03 July 2020

ބޮޑު ފިނޮޅުގެ މައްސަލަވެސް ނިމޭނީ ބޮޑު ނިގުލަށް ގޮސް.

The name is already taken The name is available. Register?

މިވަރެއްނެތް

03 July 2020

ފަރުދުންގެ ހައްގަށް އަރާއިގަނެ އިންސާފުން މަހުރޫމް ކުރުމުން އަތުން ފައިން ގޯސްހެދުމީ އެއީ ފިތުރަތުގެ އުސޫލު. ދައުލަތުގެ މުއައްސަސާތަކުން ތި ބިދޭސިންނަށް އިންސާފު ހޯދާނުދިނުމުގެ ނަތީޖާ މިއަދު ތިފެންނަނީ. އަދިވެސް އެމީހުންނަށް މުސާރަ ނުދިން މީހުންގެ މައްޗަށް ދައުލަތުން ފިޔަވަޅު އަޅަންނުޖެހޭތަ؟ އެންމެ ފަހުން ނިމޭއިރު އެ ނިކަމެތިންގެ ބޮލުގަ ހުރިހާ ޒިންމާއެއް އަޅުވާލާ މުސާރަ ނުދިން "އިއްޒަތްތެރިންނަށް" 50 މިލިޔަން ބަދަލުގެ ގޮތުގައި ދީ! ބޯ ހަލާކު!

The name is already taken The name is available. Register?

މީހުން މަރާ

03 July 2020

ޤައުމެއްނެތޭ. ރޮހިންގާ ދަރިކޮޅު ގޮތަށް މިތާވެސް ކޮށްމެވެސް ނަމެއްގައި ދަރިކޮޅެއް އުަފަންވީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454