11 އަހަރުގެ ކުއްޖާ އަށް ޖިންސީގޯނާކުރި ކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ އަނީސް. --ފޮޓޯ:ޕޮލިސް
11 ޖުލައި 2020 - 18:40
ކުޑަ އަންހެން ކުއްޖަކު ގްރޫމްކޮށްގެން މާލޭގެ ގެސްޓް ހައުސްއަކަށް ގެންގޮސް ޖިންސީ ގޯނާކުރި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހާގެ މައްޗަށް ތިން ދައުވާއެއް ކްރިމިނަލް ކޯޓުގައި އުފުލައިފި އެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާތައް އުފުލީ އެ މައްސަލަތަކުގައި ތުހުމަތުކުރެވޭ ހއ. ބާރަށް، ސިލްސިލާގޭ އަނީސް ހިލްމީގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާ އުފުލީ 11 އަހަރުގެ އަންހެން ކުއްޖަކު ގްރޫމްކުރުވައިގެން ގެސްޓް ހައުސްއަކަށް ގެންގޮސް ޖިންސީ ގޯނާ ކުރި މައްސަލަ އާއި އެ މައްސަލައާ ގުޅިގެން އޭނާގެ މޯބައިލް ފޯނު އެނަލައިޒްކުރިއިރު އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ފެނިފައިވާ މައްސަލައިގައި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ދައުވާތަކުގެ ތަފްސީލް ދެމުން އެ އޮފީހުން ބުނިގޮތުގައި، އެއް ދައުވާއަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 3 ވަނަ މާއްދާގެ ދަށުން، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުވެ. މި ކުށުގެ އަދަބަކީ 10-14 ދެމެދުގެ ޖަލު ހުކުމެކެވެ.
އޭނާގެ މައްޗަށް ވަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި ގްރޫމްކުރުމުގެ ކުށުގެ ދައުވާ ވެސް އުފުލައިފަ އެވެ. މި ކުށުގެ އަދަބަކީ 10 އަހަރުގެ ޖަލު ހުކުމެކެވެ.
ގްރޫމްކު ރުމަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރަން ފައިސާ އާއި އެ ނޫން ވެސް މާއްދީ އެއްޗެއް އެ ކުއްޖާގެ ބެލެނިވެރިން ނުވަތަ ބަލަން ހަވާލުވެފައިވާ ބަޔަކަށް ދީ، އިތުބާރު ހޯދުމަށް މަސައްކަތް ކުރުމެވެ.
މީގެއިތުރުން އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އުފުލާފައިވާ އިރު، އެ ކުށުގެ އަދަބަކީ 1 މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ.
މި ދައުވާތައް އުފުލި އަނީސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އެދިފައިވާއިރު މިއީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އެފަދަ އަމުރަކަށް ފުލުހުން އެދުނު ފުރަތަމަ ފަހަރެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެވަނަ ވިސްނުން
12 July 2020
ބަރަހަނާ ވީޑިޔޯތަކާއި އޮރިޔާންކާޑު ލިބެން ހުންނަ ވެބްސައިޓްތައް މިހާރުން މިހާރަށް ބަންދުކުރެއްވުން އެދެން. ސައިކަލެއް ދީފަ ނުދުއްވާށޭ ބުނުންކަހަލަކަމެއް މިތަކެތި ފެންނަގޮތަށް ހަދައިފާހުރެ ނުބަލާށޭ ބުނުން. މުޖުތަމައުގައި ހިނގާ ކުށުން އާމުދަނީ ހޯދުމުގެ ފިކުރު ދޫކޮށް ކުށުން ސަލާމަތް ވެފައިވާ ވެއްޓެއް ގާއިމުކުރުމުގެ ފިކުރު އިސްކުރަންޖެހެ.
ބޮޑުމީހާ
12 July 2020
ރޯޔަލް ރޭޕްގައި ކުށްވެރިމިވީ ނޫސްވެރިންތާދޯ! އެކޭސްއާއި ގުޅިގެން ބަނގުރާ ބުއިމުގެ މައްސަލަ ނުބެލުނު، ރޭގަޑު 10 ގެ ފަހުން ބޭރުގަ ނޫޅެން އަންގާފަ އޮއްވާ އެޔާއި ޚިލާފުވި މައްސަލަ ނުބެލުނު
ވިސްނުން
11 July 2020
އިހުމާލު ވުމުގެ ދައުވާ ބެލެނިވެރިންނަށް ނުކުރަނީ ކީއްވެ ބާ؟
ގްރޫމް
11 July 2020
މި ދައުވާތައް އުފުލި އަނީސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އެދިފައިވާއިރު މިއީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އެފަދަ އަމުރަކަށް ފުލުހުން އެދުނު ފުރަތަމަ ފަހަރެވެ.
ކާޑު
11 July 2020
އޮރިޔާންކާޑު ލިބެން ހުންނަ ވެބްސައިޓްތައް މަނާ ނުކުރެވިގެން އުޅޭ ސަބަބަކީ ކޮބާ؟