އައިލެންޑް އެކްސްޕާޓުގެ ބިދޭސީ މަސައްކަތްތެރިން ހިންގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ފަހު ފުލުހުން އެމީހުންނާ މުއާމަލާތް ކުރަނީ. ފޮޓޯ:ނިޝާން އަލީ/މިހާރު
13 ޖުލައި 2020 - 13:33
ހުޅުމާލޭގައި ސިފައިންނާއި ފުލުހުންގެ ފްލެޓްތައް އެޅުމުގެ މަސައްކަތް ކުރާ އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީ މަސައްކަތްތެެރިންނަށް މުސާރަ ނުދޭތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް އެމީހުން މިއަދު ކުރި މުޒާހަރާގައި ފުލުހުންނަށް ހަމަލާދީ ބޮޑު ހަމަނުޖެހުމަކަށް ހިނގައްޖެ އެވެ.
ސޯޝަލްް މީޑިއާގައި އާއްމުން ހިއްސާކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އައިލެންޑް އެކްސްޕާޓްގެ މުވައްޒަފުުންކަން އެނގޭ ގޮތަށް، ޖެކެޓް ލައިގެން ގިނަ އަދަދެއްގެ ބިދޭސީން އެމީހުން ތިބޭ ލޭބާ ކުއާޓަރުން މުޒާހަރާއަށް ނުކުންނަންް ދިޔަ ވަގުތު އެކަން ހުއްޓުވަން ތިބީ މަދު ފުލުހުން ތަކެކެވެ. ހުޅުމާލޭ ސަހަރާ މިސްކިތާ ޖެހިގެން އިރަށް އޮންނަ ގޯޅީގެ އަނެއް ފަރާތުގައި ހުރި ލޭބަ ކުއާޓަރުން ނުކުމެގެން، ދާން އުޅުނު ބިދޭސީން ފަހަތަށް ޖައްސަން ފުލުހުން މަސައްކަތް ކުރާ ތަން ވީޑިއޯއިން ފެނެ އެވެ. އެއާ އެކު ބިދޭސީން ފަހަަތަށް ޖެހި ގަލާއި އެހެން އެއްޗެހި ފުލުހުންނާ ދިމާލަށް އުކަން ފެށި އެވެ.
ބިދޭސީން އުކި ގަލުން ޖެހި ބައެއް ފުލުހުންނަށް ހާނީއްކަވީ އިރު، އެހިސާބުގައި ހުރި ފިހާރައެއްގެ ބިއްލޫރި ގަނޑު ވެސް ތެޅުނެވެ. އަދި ފުލުހުންގެ ވެހިކަލަކަށް ގެއްލުން ވީ ތަން ވެސް ފެނެ އެވެ. އެކަމަކު އޭގެ އެއްވެސް ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ.
އައިލެންޑް އެކްސްޕާޓުގެ ބިދޭސީ މަސައްކަތްތެރިން ހިންގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ފަހު ފުލުހުން އެމީހުންނާ މުއާމަލާތް ކުރަނީ. ފޮޓޯ:ނިޝާން އަލީ/މިހާރު
ފުލުހުންނަށް ހަމަލާ ދިނުމުގައި ގިނަ ބަޔަކު ބައިވެރިވާ ތަން، އެތަނާ ކައިރި އިމާރާތެއްގެ މަތިން ނަގާފައިވާ ވީޑިއޯއިން ސާފުކޮށް ފެނެ އެވެ. އެކަމަކު އެވަރުގެ ހަމަނުޖެހުމެއް ކޮންޓްރޯލްކުރެވޭ ވަރަށް، ފުރަތަމަކޮޅު އެ ހިސާބަށް ފުލުހުން ގޮސްފައެއް ނުވެ އެވެ.
ރަޔަޓް ގިއަރުގައި ތިބި ފުލުހުންގެ ފައުޖެއް އެ ސަރަހައްދަށް އައީ އޭގެ ފަހުންނެވެ. އެކަމަކު މާ ބޮޑު ހަމަނުޖެހުމެއް ނެތި، މީހުން ކޮންޓްރޯލްކޮށް ސަރަހައްދު ކޯޑަންކޮށް، ބިދޭސީން ވެއްދީ ލޭބާ ކުއާޓާޒްގެ ގޯތި ތެރެއަށެވެ. ހަމަނުޖެހުން ހިންގި ބިދޭސީންގެ ތެރޭގައި ގިނައީ ބަންގްލަދޭޝް މީހުން ކަމަށް ވާތީ ފުލުހުން އެމީހުންނާ މުއާމަލާތްކުރީ ބަންގްލަދޭޝް ބަހުން ވާހަކަ ދައްކާ ތަރުޖަމާނަކު މެދުވެރިކޮށްގެންނެވެ.
ހަމަނުޖެހުން ހިންގުމުގައި ބައިވެރިވި މީހުން ދެނެގަތީ ލޭބާ ކުއާޓާޒްގެ ގޯތިތެރޭގައި ބިދޭސީން އިށީނުމުންނެވެ. ތަރުޖަމާނުގެ އެހީގައި ބިދޭސީންނަށް ދިން އިރުޝާދަށް ތަބާވީ ރަޔަޓް ގިއަރުގައި ގިނަ އަދަދެއްގެ ފުލުހުން އައުމާ އެކު އެވެ.
އައިލެންޑް އެކްސްޕާޓުގެ ބިދޭސީ މަސައްކަތްތެރިން ހިންގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ފަހު ހައްޔަރުކުރި މީހުން ފުލުހުންގެ ވެހިކަލެއްގައި ގެންދަނީ. ފޮޓޯ:ނިޝާން އަލީ/މިހާރު
ހަމަނުޖެހުން ހިންގުމުގައި ސީދާ ގޮތެއްގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ 40 އަށް ވުރެ ގިނަ ބިދޭސީން ހައްޔަރުކޮށްގެން އެ ސަރަހައްދުން ގެންދިޔަ އިރު ހިއުމަން ރައިޓްސް ކޮމިޝަންގެ އޮފިޝަލުންނާއި ރެެޑް ކްރެސެންޓްގެ އެހީތެރިން ވެސް ހަރަކާތްތެރިވި އެވެ. ރެޑް ކްރެސެންޓްގެ އެމްބިއުލާންސެއް ވެސް ލޭބާ ކުއާޓަރުގެ ކައިރީގައި ތައްޔާރީ ހާލަތުގައި އޮތެވެ.
ހަަމަނުޖެހުން ކޮންޓްރޯލް ކުރި އިރު ބިދޭސީންގެ މީހަކަށް ހާނީއްކައެއް ވި ކަމުގެ މައުލޫމާތެއް ނުލިބެ އެެވެ.
ބިދޭސީންގެ ލޭބާ ގުއާޓަރުގެ ބޭރު ފެންސްގައި ހަރުކޮށްފައިވާ ބޯޑުތަކުގައި ލިޔެފައިވާ ލިއުންތަކުން އެނގޭ ގޮތުގައި އެމީހުންގެ އޮތީ މައިގަނޑު ދެ ޑިމާންޑެކެވެ. އެއީ މުސާރަ ދިނުމާއި އެނބުރި ގައުމަށް ދެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމެވެ.
ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްގެން އަޅާ ފްްލެޓްތަކުގެ މަޝްރޫއު، އަށް އަހަރު ދުވަހަށް ވުރެ ދިގުލައިގެން ގޮސްފައި ވާއިރު، ސީދާ ކޮންޓްރެކްޓަރުގެ ގޮތުގައި އައިލެންޑް އެކްސްޕާޓުން އެ މަސަައްކަތާ ހަވާލުވިތާ ވެސް ހަތަރު އަހަރު ވެއްޖެ އެވެ. އޭގެ ކުރިން ހަތަރު އަހަރު ދުވަހު އެންފުނިން މަސައްކަތް ކުރީ ނޫމަޑީގެ ސަބް ކޮންޓްރެކްޓަރުގެ ގޮތުގަ އެވެ. ތައިލެންޑްގެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަނޮން ސޮންގްޕަންޔާ އަކީ އޭރު ނޫމަޑީގެ ވެސް ހިއްސާދާރެކެވެ.
އަނޮން މިދިޔަ ބުރާސްފަތި ދުވަހު "މިހާރު"އަށް ވިދާޅުވީ މައްސަލަ ހައްލުކޮށް މުވައްޒަފުންނަށް މުސާރަ ދޭން ފަށާފައިވާ ކަމަށެވެ. އެކަމަކު މުސާރަ ދިނީ ކިތައް މުވައްޒަފުންނަށް ކަމެއް، ދިނީ ކިތައް މަހުގެ މުސާރަ ކަމެއް ވެސް އޭނާ ވިދާޅުވެއް ނުވެ އެވެ.
"އަޅުގަނޑުމެން މި އަންނަނީ ތަފްސީލްތައް ލޭބާ ރިލޭޝަންސް އޮތޯރިޓީއާ ހިއްސާކުރަމުން،" އޭނާ ވިދާޅުވި އެވެ.
އެކަމަކު ލޭބާ ރިލޭޝަންސް އޮތޯރިޓީން އޭރު އެކަން ކަށަވަރެއް ނުކޮށްދެ އެވެ. މުސާރައިގެ މައްސަލައިގައި މުވައްޒަފުން ދެން މުޒާހަރާ ނުކުރާނެ ކަމުގެ ޔަގީންކަން ވެސްް އަނޮން ދެއްވި އެވެ. އޭގެ ކުރިން އޭނާ ވިދާޅުވެފައިވާ ގޮތުގައި މުސާރަ ދިނުމަށްޓަކައި ކުންފުނީގެ އިކްއިޕްމެންޓް ވިއްކަން ވެސް އޮތީ ނިންމައިފަ އެވެ.
އެކަމަކު ފުލުހުންނާއި ސިފައިން ވަނީ ސައިޓްތަކުގައި ހުރި އެއްވެސް އެއްޗެއް ނުވިއްކަން އަންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރުބެލް މިއާ
13 July 2020
މުސާރަ ނުދެނީމާ އެންމެންނަށް ވެސް ދަތިވަނީނު ދޯ. ކޮވިޑް ކަންތަކާ އާއިލާ ވެސް ބަންގްލަދޭޝްގައި ވަރަށް ދަތިހާލުގައި އުޅެނީ. ބައެއް ދިވެހި ބޮޑު މީހާ ރަގަޅު ހުންނަނީ. ބައެއް ދިވެހި ބޮޑު މީހާ ސަކަރާތް ވައްތަރު ތިބެނީ. އަބަދު އަބަދު ދޮގު ހަދަނީ.
ސުވާލުކުރާށޭ
13 July 2020
މިހާރު މިރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ގެ ފަރާތުން ހިނގަމުންދާ ހުރިހާ ޖަރީމާ ތަކަށް ޒިންމާވާން ޖެހޭނެއޭ މީގެ 2000 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އިމިގްރޭޝަން ކޮންޓްރޯލަރ ކަން ކުރި އެންމެން އެ ހުރިހާ މީހުން މަޖްލީހުގެ ކޮމެޓީ ތަކަށް ހާޒިރު ކޮށްގެން އެމެންނާއި ސުވާލު ކުރަންވީއޭ މަމެންނަށް ޔަގީނޭ އެމެންނަށް ބައިއަޅާ ކިތަންމެ އެޖެންޓުންނެއް ތިބޭނެ ކަން ޔަގީނޭ ޔަގީނޭ ޔަގީނޭ ކޮބާތޭ ވަގު ޑީބީ އެކަލޭގެ ގެނޭ މިހާރު މާލެ އަށް ގެނޭ ގެނޭ ގެނޭ ގެނޭ
އަލީ!
13 July 2020
ބިދޭސީން އެހިސާބަށްދިޔަނީ ދިވެހިންގެ ސަބަބުން.
ބޭރުކޮށްލަނީއޭ
13 July 2020
މުސާރައިގެ މައްސަލައިގައި ބިދޭސީން މުޒާހަރާ ކުރަނީ އެމެން ކޮށްފައިވާ ހިތި ތަޖްރިބާ ތަކުގެ ސަބަބުންނޭ ރާއްޖޭގެ ފުރަމާލޭގައި ނަގާ ކިޔާ ބޮޑެތި ކޮންސްޓްރަކްޝަން ކުންފުނި ތަކުގައި ދުވަސްވެފައި ތިބޭ ދިވެހިން މިކުރާ ކަމަކީ ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން އެއްކޮށްލައިގެން ގްރޫޕެއް ހަދައިގެން އެގްރޫޕަށް އެ ކޮންޓްރެކްޓަރގެ މަސައްކަތް ދީގެން އެމެން އަތުން ކަޓް ނެގުން ކަމަކަށް އޮންނަނީ ދެން ކަޓް ނުދޭ ގްރޫޕްސް ތައް މުސާރަ ނުދީ ރިސޯރޓް އިން
Ali Gasim
13 July 2020
މިގައުމުގަ ގަވައިދާހިލާފަށް މީހުންނަށް އުޅެވެނީ ސަރުކާރުން އެކަން ކުރުވާތީ އެހެންނޫނީ ދިވެހިންވެސް މިހެން އުޅެންވީނުން ދިވެއްސަކު ވިއްޔާ ޖަލަށް ގަޅާލާނެ ބަންގާޅީން ވީމާ ޓިކެޓް ގަނެދެނީ މީ ތަފާތަކީ
ފައިސާއެއްނުދެއޭ
13 July 2020
މުސާރައިގެ މައްސަލައިގައި ބިދޭސީންގެ ބޮޑު ހަމަ ނުޖެހުމެއް ހިނގައިގެން މިދިޔާ ސަރުކާރުގެ ޕްރޮޖެކްޓެއްްގެ މަސައްކަތް ކުރުމަށް އެމަސައްކަތް ކުރާ ކޮންޓްރެކްޓަރ ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ތަކެއް މާލެ ތެރޭން ނަގައިގެން އެމެން ލައްވާ މަސައްކަތް ކުރުވާ އެމެންނަށް މުސާރަ ނުދޭތީއޭ އާންމު ކޮށް ސަރުކާރުގެ ކޮންޓްރެކްޓްސް ތައް ނަގާ ކޮރަޕްޓް ކޮންޓްރެކްޓަރުން ކުރާ ކަމަކީ ބިދޭސީން މިގޮތަށް ނަގައިގެން މަސައްކަތް ކުރުވާފައި އެމެންނަށް އެއްވެސް
މީހާ
13 July 2020
އަހަރެމެންކަހަލަ އިންސާނުންތަކަކަށް މުސާރަނުދީ ބުރަ މަސައްކަތްކުރުވާތީ އެއްވެސް ބޭފުޅަކު ކީރިތިކުރެއްވިތޯ. އެކަމުގެ ނުރުހުމުގަ ދިވެހި ލޮބުވެތި ފުލުހުންނަށް ބިދޭސީން ހަމަލަދިނުމުން އެއްވެސް ބޭފުޅަކު ކީރިތިކުރެއްވިތޯ. ... ކަރުނަ
ވާވް-ވާވް
13 July 2020
ގައުމުތަކުގެ ޕްރެޝަރަށް އަދުގެ ސަރުކާރު ދީލާލަންޖެހޭތީވެ، ގަވާއިދާ ޚިލާފަތް އުޅޭ ބިދޭސީން އަނބުރާ އެމީހުންގެ ގައުމަށް ފޮނުވާލުމުގެ ގަޓު ނެތްނަމަ ދެން ކުރާންވީ ކަމަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭތީ ހިފާ ހައްޔަރުކޮށް ގާނޫނީ ފިޔަވަޅު އަޅާއި އަދަބު ދިނުމެވެ. އެކަންވެސް ކުރަން ފަސްޖެހޭނަމަ، ގަވާއިދާއި ޚިލާފަތް އުޅޭމީހުންގެ ފުރިހަމަ އާރާއި ބާރު ޝާނާއި ޝައުކަތުގައި ދައްކާލުމަށް މަގު ފަހިކޮށް ދިނުމަށް ސަރުކާރު އިސްތިއުފާދޭންވީ ނޫންތޯ ؟
ބިދޭސީބޭފުޅާގެ ގައުމީ ޚިޔާލު-3
13 July 2020
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ރާއްޖެއިން ފުރާއިރު ގެންދެވޭނެ ފައިސާގެ ލިމިޓެއް ކަނޑައެޅުމާއި އެކު އެއަށްވުރެ އިތުރަށް ގެންދާ ފައިސާ ކަސްޓަމްސް އިން ހިފަހައްޓަން ފެށުން.
ބިދޭސީބޭފުޅާގެ ގައުމީ ޚިޔާލު-2
13 July 2020
އަދި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ރިހެބިލިޓޭޓްކުރާ ސެންޓަރުގެ ހުއްދަނެތި އެތަނުގެ ދަށުގައިވާ މީހުންގެ އެކައުންޓްތަކަށް ޖަމާކުރެވޭ ފައިސާ ބޭނުންކުރުމާއި، ރާއްޖެއިން ބޭރުކުރުން މަނާކުރުން. އަމިއްލަ ގައުމަށް ފައިސާ ފޮނުވަން ބޭނުންވާނަމަ އެއީ އެގައުމުގެ ރައްޔިތެއްކަން އެނގޭނެ އެގައުމުގެ ސަރުކާރުގެ ރަސްމީ ލިޔުމެއް އެމީހަކު ނިސްބަތްވަ ގައުމެއްގެ އެމްބަސީ މެދުވެރިކޮށް ހުށަހަޅަންޖެހޭގޮތަށް ހަމަޖެއްސުން.