މެމްބަރު އީވާ(ކ) އަދި އިޔާޒު(ވ).---ފޮޓޯ: މަޖިލިސް
14 ޖުލައި 2020 - 13:22
ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް، އިސްލާމްދީނުގެ ނަމުގައި ދިވެހި އަންހެނުންނަށް ފުރައްސާރަ ކުރައްވާ ކަމަށް ތުހުމަތު ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އޭނާއަށް ބަހުގެ ވަރުގަދަ ހަމަލާތަކެއް މިއަދު ދެެއްވައިފި އެވެ.
ޖިންސީ ކުށުގެ ގާނޫނަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި އިސްލާހުގެ ބަހުސްގައި އީވާ ވިދާޅުވީ ޑރ. އިޔާޒް ދައްކަވާ ވާހަކަތަކަކީ އިސްލާމްދީނަށް "ހުތުރުއެރުވުން" ކަމަށެވެ. ޖިންސީ ކުށްތައް މަދުކުރަން އިސްލާމީ އުސޫލުން ހެދުން އެޅުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވެ ޑރ. އިޔާޒް ކުރެއްވި ޓްވީޓަކާ މެދު ނުރުހުން ފާޅުކުރައްވަމުން އީވާ ވިދާޅުވީ އެއީ "ވަރަށް މުޑުދާރު ވާހަކައެއް" ކަމަށެވެ.
"ޑރ. މުހައްމަދު އިޔާޒް ޓްވިޓާ ހޭންޑުލްގައި ޖަހާލައިފައި، ޓީވީއަށް އަރާ އިނދެ ޝޭހު ކިޔާލާފައި މި ލިޔެލަނީ އަންހެން މީހާ އައުރަ ނިވާވީމާ ޖިންސީ އަނިޔާއެއް ނުހިނގާނޭ. މިހެން މި ލިޔެލަނީ، އިއްޒަތްތެރި ރައީސް، މިއީ މުޑުދާރު ވާހަކައެއް. މިއީ މުޑުދާރު ވާހަކައެއް،" އީވާ ވިދާޅުވި އެވެ.
"އަދި މިބުނަނީ ފާހިޝް ކަންކަމަށް މަގުފަހިވާ ދޮރުތައް ބަންދުކުރަންވީއޭ. އެ ދޮރުތައް ބަންދުކުރަން މި ކުރަން ޖެހޭ ކަމަކީ އަންހެންމީހާ ލާ ހެދުން ބަދަލުކުރަންވީ. އިއްޒަތްތެރި ރައީސް، މިއީ މުޑުދާރު ވާހަކައެއް."
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރު އީވާ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: މަޖިލިސް
އޭނާ ތުހުމަތުކުރެއްވި ގޮތުގައި އެގޮތަށް ވާހަަކަ ދައްކާ މީހުން އެކުރާ ކަމަކީ އިސްލާމްދީނުގެ ހަގީގީ ދަންނަ ބޭކަލުންނަށް ހުތުރު އެރުވުމެވެ. އަދި ވަރަށް ބޮޑަށް ކޯފާ އިސްކުރައްވަައި އިޔާޒަށް އިންޒާރު ދެއްވަމުން އީވާ ވިދާޅުވީ "އޭނާ އެ ދައްކަވާ ވާހަކަ ހުއްޓުވާނެ" ކަމަށެވެ.
އީވާ ވިދާޅުވީ ޑރ. އިޔާޒުގެ ވާހަކަތަކަކީ އަންހެނުން ފަލީހަތް ކުރުން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުން ލިބިވަޑައިގެންފައިވާ އިމްތިޔާޒްތައް އެކަމާ ދެކޮޅަށް ބޭނުން ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ޑރ. މުހައްމަދު އިޔާޒަށް ދަންނަވާލަން ބޭނުން ހަބަރުދާރޭ. ހުއްޓާލާށޭ! ފަހަތަށް ޖެހޭށޭ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ. ދީނުގެ ނަމުގައި ދިވެހި އަންހެނުންނަށް ފުރައްސާރަކުރާކަށް ތިޔަ ޓްވިޓާ ހޭންޑުލް ކުރަންޏާ މި މައިކް، ގަލޮޅު އުތުރުން މި މައިކް އަޅުގަނޑުގެ އަތުގައި އޮތް ހާ ހިނދަކު އަޅުގަނޑު މި ދަންނަވަނީ މި މައިކް އަޅުގަނޑު ބޭނުންކުރާނީ ދިވެހި އަންހެނުންގެ ހިމާޔަތުގައި،" އީވާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖިންސީ ގޯނާ އަކީ އަންހެނުން ހެދުން އަޅާ ގޮތުން ދިމާވާ ކަމެއްގެ ގޮތުގައި ސިފަކުރަން ބައެއް އިލްމުވެރިންގެ އިތުރުން ބައެއް ނޫސްތަކުން ވެސް މަސައްކަތްކުރާ ކަމަށެވެ. އެފަދަ ވާހަކަތައް ތެދު ނަމަ ހަ މަހުގެ ކުދިން ރޭޕްކުރަނީ ކީއްވެތޯ އީވާ ސުވާލުކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިހި ރާންބާގަސް
14 July 2020
އިޔާޒްގެ ވާހަކައަކީ އައުރަ ނިވާކުރުން ކަމުގަ ވާނަމަ ހަމަ ބަރާބަރު! އެކަމަކު އައުރަ ނިވާނުކޮށް އުޅޭމީހުން ރޭޕްކުރުމަށް މަގުފަހިވާގޮތަށް އަދި ރޭޕިސްޓުންގެ ދިފާއުވާގޮތަށް ބުނެވިފަވާ ތިޔަ ޖުމްލަ ރަނގަޅެއްނޫން! ރޭޕްކުރުމުގެ ނުބައިކަމާބެހޭގޮތުންވެސް އެއްޗެއްބުނެލިނަމަ ވަރަށް ސަޅިވާނެ! އާދަވެގެން ޑރ.އިޔާޒަކީ ދީނީފަތުވާ ސިޔާސީކޮށް ތިމާ ތާއީދުކުރާ ލީޑަރުކުރާ ނުބައިކަންކަމާ ބެހޭގޮތުން ފަތުވާ ނުދެވޭ ބަލިކަށި ބޭފުޅެއްކަމަށް ފާހަގަކުރެވޭ!
ނަން
14 July 2020
ބުރުގާވެސް އަޅަނީ ނަމެއްގަ ގިނަ މީހުން
ކުށްގިނަކުރީ ނިޒާމް
14 July 2020
ޝަހުވާނީ ވިސްނުން ގިނަވާނަމަ، ކުރިއާލާ ވިސްނާ އެފަދަ މާހައުލުތަކާ ވީހާވެސް ދުރަށްޖެހި ބެލުންތިރިކޮށް، ތެދުމަގު ދެއްކެވުމަށް އެދި ދުއާކުރޭ. ތިމާ އިސްލާހުނުކުރިކަމެއް، އިސްލާހެއް ނުވާނެ އޭގެ ޒާތަކު. ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންވެސް ރައްކާތެރިވާން ޖެހޭ. މުޖްތަމައުގަ ކުށް ކުރިމީހާ ލަދުގެންނެވުމަށް ފުރުޞަތު ލިބުމަކީ އަންހެނުން ބޭނުންގޮތަކަށް އުޅުމަށް ލިބޭ ގްރީން ސިގްނަލެއްވެސް ނޫން. ބިޒީ ވިޔަސް ދަރީން ރައްކާތެރިކަން ކަށަވަރު ކުރަންވާނެ.
އެދުރު އުމަރުގެ ހޫރުކާފަ
14 July 2020
ދަންނަބޭކަލުންކަކީ ރަސޫލުންގެ ވާރިޘުން. މަމޮޅޭ އެކަކުވެސް ހީކޮށްގެން ނުވާނެ..ޤުރުއާނުގައި ވާގޮތަށް ތިމާގެ އައުރަ ނިވާކޮށް އެފޮތަށް ފުރިހަމަޔަށް ތަބާވާން ޖެހޭ މުސްލިމުންގެ ނަމުގައި މިބިމަށް ފޫޅުކަނޑައިގެން ތިބޭނަމަ. ނޫނީ މިތަނުން ފައިބައިގެން ދޭ. އެއިރުން ތަށަށް ކިޔަނީ މަރިޔަނބު ހޭވެސް އަހާނުލާނަށް .ވ. ސަލާމް
ވާހަކަ ކިޔާ މީހާގެ ދަރި
14 July 2020
މިއީ ވަރަށް ފޮނި މަންޖެ އެކެވެ. މާ ދަންނަ މީހެއް ކަމަށް ހެދިގެން ވާހަދައްކާ ފޮނި ގަޑެކެވެ.
އެޑަމް
14 July 2020
އީވާ,ލޯބިވާދަރިއަކައް ބަފަޔަކު ފަދައިންނަސޭހަތްތެރިވަން,ޑރ,އިޔާޒުއަކީ,ގުރާނުން,ޕީއެޗުޑީ ނަންގަވާފަހުރިބޭފުޅެއްަހަރުމެންނަކީ އެފޮތައް,އީމާންވުންލާޒިމުކޮށްދުނިޔެއައްފޮނުއްވާފަ,އެފޮތުގެޢިލްމުވެރިންނާދިމާނުކުރޭ,މިދީނުގަހުރިއްޔާއެމީހުންގެނަސޭހަތްއަޑުއަހާ އީވާތިޔަބުނާއިމްތިޔާޒުގެމާއްދާއަކީ,ނާޖާއިޒުފައިދާނަގަންއޮތްމާއްދާއެއްނޫނެވެ,އަމިއްލަރުޅިގަޑެއް އަންނައިރައް ތިމާއްދާހަތިޔާރަކައްހަދަންނުވިސްނާ!!
ވިސްނާލުމަށް އެދެމޭ
14 July 2020
އަން ހެނާގެ އައުރައަކީ އިޔާޒު ކަޑައެޅި މިންގަޑެނޫން..ﷲތައާލާ ހަތްއުނޑުމަތިން ބާވާލެއްވި ކީރިތި ގުރުއާނުގެ ނޫރުސޫރަތުގައެވަނީ...އަން ހެނާގެ ހައްގުތަ އައްނިސާ ސޫރަތުގައެބަވޭ..އަން ހެނާގެ ހުދޫދުތައް ގުރުއާނުގައެބަވޭ..އިޔާޒު އެބުނަނީ އެވާ ހަކަ..ޕެރިސް ވިންޓާރ ފެޝަންޝޯގެ ވާ ހަކައެއްނޫން އިޔާޒުބުނީ..އިޔާޒު އީވާގެ ހެދުން އަޅާގޮތަށް ތައުރީފު ކުރިނަމަ އޭނަ އެބުނަނީ ކަޑައެޅުގެން ދޮގެއް..
ފަހީމާއިބުރޭ
14 July 2020
އީވާއަށް މަޖިލީހުން ލިބިދޭ އިމްތިޔާޒާއި ފުރުސަތު ބޭނުންކުރަނީ ކޮންމެވެސް ކަމަކަށްވެފާ ، ޑރ އިޔާޒްއަށް އަށް ލިބިފައިވާ ދީނީ ޢިލްމްވެރިކަމެއްގެ އަލީގައި އެކަން އޭނާވެސް ބޭނުން ކުރަނީ ކޮންމެވެސް ކަމަކަށްތާ ؟ ސުވާލު އުފެދޭ ހިސާބަކީ ދިވެހި މުޖުތަމަޢުގެ ލާބަޔާ މަންފާއަށްޓަކައި ދެބޭފުޅުންގެ ހުނަރު ބޭނުންކުރަނީ ކިހާވަރަކަށްތޯ ؟ ފަސާދައަށް މަގު ފަހިވަނީ މިތަނުން ކޮންބޭފުޅެއްގެ ވާހަކައެއްތޯ؟ ރޭޕެއްކުރާ ހާލަތަށް އިންސާނާ މިދަނީ ދީނީބައި ކުޑަވީމަބާ؟ނޫނީ ...
ވަތަން އިސްކުރަންޖެހޭ
14 July 2020
މިކަހަލަ ކަންތައް ދިމާވީ ޑރ އިޔާޒްމެން ބުއްދީގެ ބޭނުން ނުހިފީމަ
ކޮރޯނާ.
14 July 2020
ބުރުގާ އަޅާފަތިބޭކުދިންނާ ވަރަށްގިނައިން ފޮށިހަދާ.