މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް: ޔާމީން މިނިވަން ކުރަން ގޮވާލައި އޭނާ ހުށަހެޅުއްވި މައްސަލަ ވަނީ ބޭރުކޮށްލާފައި -- ފޮޓޯ/މިހާރު
15 ޖުލައި 2020 - 11:41
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިނިވަންވުމާ އެކު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތުމަށް މަޖިލީހުން ނިންމައިފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ މައްސަލާގަައި އަދީބުގެ މައްޗަށް ކުރި ދައުވާތައް ކްރިމިނަލް ކޯޓުން އިއްޔެ ބޭރުކޮށްލުމާ އެކު، އޭނާ ވަނީ މިނިވަންވެފަ އެވެ. އެކަމަކު އެ މައްސަލަ އިސްތިއުނާފް ކުރަން ދައުލަތުން ވަނީ ނިންމައިފަ އެވެ.
އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ އަށް ނިސްބަތްވާ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ޔާމީން ޖަލަށްލީ އަދީބުގެ ހެކިބަހަށް ރިއާޔަތް ކޮށްފައި ވަނިކޮށް އަދީބުގެ މައްސަލަތައް ބޭރުކޮށްލުމުންނާއި އަދީބަށް މަޖުބޫރު ކޮށްގެން ބަޔާން ހޯދި ކަމަށް ކްރިމިނަލް ކޯޓުގެ ނިންމުމުގައި ބުނެފައިވާ ކަމަށެވެ. އަދި އެކަމުގައި އޭރުގެ ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމާއި ފުލުހުންގެ ބައެއް އިސްވެރިން ގާނޫނާ ޚިލާފަށް އަމަލުކުރި ކަމަށް އެ ނިންމުމުގައި ފާހަގަ ކޮށްފައިވާ ކަމަށް އެ މައްސަލާގައިވެ އެވެ.
އެހެންވެ، ޔާމީނަށް ހުކުމްކުރީ ގާނޫނާ ޚިލާފް ހެކިތަކަކަށް ބިނާކޮށް ކަމަށާއި އަދި ޔާމީން ޖަލުގައި ބެހެއްޓޭނެ ހަމައެއް ނެތް ވެސް އެ މައްސަލާގައިވެ އެވެ.
އެ މައްސަލަ އަށް ބަހުސް ކުރަން ފެނޭތޯ މަޖިލީހުގައި ނެގި ވޯޓުގައި 20 މެމްބަރުން ވޯޓު ދެއްވީ އެ މައްސަލަ އަށް ބަހުސް ނުކުރުމަށެވެ. އެކަމަށް ތާއީދު ކުރެއްވީ އެންމެ ހަތް މެމްބަރުން ކަމަށްވާތީ އެ މައްސަލަ ބަލައިގަތުމަށް ފާހެއް ނުވި އެވެ.
މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިނުގަތަސް، އަދީބު މިނިވަންކުރި މައްސަލަ އިސްތިއުނާފް ކުރުމަށާއި އެ މައްސަލަ ކްރިމިނަލް ކޯޓުން ނިންމެވި ގާޒީ އިސްމާއިލް ރަޝީދުގެ ސުލޫކީ މައްސަލަ ބެލުމަށް ޖުޑީޝަލް ސާވިސް ކޮޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި މައްސަލަ މިއަދު ވަނީ މަޖިލީހަށް ބަލައިގެންފަ އެވެ. އެ މައްސަލައިގެ ބަހުސް މިހާރު ވަނީ ފަށައިފަ އެވެ.
އަދީބަށް ކުރި ދައުވާތައް ބޭރުކޮށްލި މައްސަލަ އިސްތިއުނާފް ކުރަން ނިންމައި، އޭނާ ފުރުން މަނާކޮށް ރޭ ވަނީ އަމުރެއް ނެރެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަސްރުއް
15 July 2020
ނުވާނެ މަޖިލީހުގަ ތިވާހަކަނުވެސް ދެއްކޭނެ.
ތުއްތު ބޭ
15 July 2020
މިނިވަން ވާން މާ ގިނަ ދުވަހެއް ނެތް! އިންތިޚާބަށް ނިކުންނާނީ
ބައިރޯ
15 July 2020
ދެން ލަލާ
ފާރިހަތު ޖަލީލު ޏ
15 July 2020
ފާރިގެ ނަޒަރުގައި އަދުލު އިންސާފުގެ ކަންކަން އަބަދުވެސް އޮންނަނީ މިގޮތަށް. މައުމޫނުގެ ވެރިކަމުގައި އޭނާ ބޭނުންގޮތަކަށް، ނަޝީދުގެ ވެރިކަމުގައި އޭނާ ބޭނުންވާގޮތަށް، ޔާމީނުގެ ވެރިކަމުގައި އޭނާ ބޭނުންވާ ގޮތަށް، އަދި މިވެރިކަމުގައި އިބޫއާއި ނަޝީދު ބޭނުންވާގޮތަށް. މިކަހަލަ ޕޮލިޓީޝަނުންގެ ފަހަތުގައި ކަމެއް ލިބޭތޯ އާދޭސްކުރަންތިބޭ މީހުންގިނަވުމަކީ މީސްތަކުންގެ ތެރޭގައި ގޮތެއްފޮތެއް ނެތްކަމުގެ ނިޝާނެއްކަމުގައި ފާރި ދެކެން.
ގާކޮށި ހުސޭނުނު
15 July 2020
މޮޅުމީހެއްތި ތިމީހާ ހުންނަން ކުރިމިނަލް ކޯޓްގެ އިސް ފަނޑިޔާރެއްގެ ގޮތުގަ
ހަކީމް
15 July 2020
އޮޅުވާނުލާ .. ޔާމީނު ގެ ޝަރީއަތުގައި އަދީބު ދިބީ ހެކިބަހާ އިއްޔެ އޭނަގެ މައްސަލަތަށް ނުބަލާން ނިންމި ނިންމުމާ އެއްވެސް ގުޅުމެއް ނެތް. ޝަރީފްމެން ބޭނުން ވަނީ ރަށްޔިތުންނަށް އޮޅުވާލައިގެން ހާޖާނު ހަދަން.
1234
15 July 2020
ތިމާމެންގެ ވެރިކަމުގައި ކަންކުރެވުނު ގޮތް މިއަދު އަދުރޭ ހަދާން އެބަހުރިތޯ؟
Abdulla Nafiz
15 July 2020
ބުރޯ މިނިވަން ކުރީމަ އަދުރޭއާ އަދިވެސް ބައެއް މީހުން ތިބެނީ ފިސާރި ބާރަށް ގޭދޮރު ތަންޑުއަޅައިގެން ނުވެސް ނިދާކަމަށްވަނީ، ބުރޯ ދެކެ މިބައިގަނޑު ހާދަ ބިރެއްވެސް ގަނެއޭދޯ، ވާނީވެސް އެހެންތާ ބުރޯ އަތުން ހާދަ ބައިވަރެއް ކަޅާކޮށްލައިގެން ތިބެ، ފިނިފެންމާ ދޯނީގަ ފަޓާހެއް ގޮއްވާލި ހިސާބުން ބުރޯގެ ކަރަށް މިބައިގަނޑުއެރީ ފައިން.....
ބޯބުރި
15 July 2020
ކޯޓެއްގެ ފަޑިޔާރަކު ވަކިގޮތަކަށް ކަމެއް ނިންމީމާ އެކަން މަޖިލީހުގައި ބަހުސް ކުރާކަށް ނުޖެހެއެވެ. އެކަމާ ބަސް ބުނަންޖެހޭނީ ޕީޖީއެވެ. އޭނާގެ ވަނީ ބަސް ބުނެފައެވެ. މަޖިލީހުން ކުރަން ޖެހޭނެ ކަމަކީ މި ކަން ހިނގައި ދިޔަގޮތް ޕީޖީ ގާތުން އޮޅުން ފިލުވާ އޭނާގެ އިހުމާލެތް އޮތްތޯ ބެލުމެވެ. އެއްގޮތަކަށް ފަޑިޔާރަކު ކުރި ހުކުމަކާ ބޭހޭގޮތުން އޭނގެ ރަގަޅު ނުރަގަޅު ނިންމާތަނަކަށް މަޖިލިސް ވެގެން ނުވާނެއެވެ. އެކަން ނިންމާނީ މަތީ މަރުހަލާގެ ކޯޓްތަކުންނެވެ.