ބޮޑުފިނޮޅުގައި ތިބި ބިދޭސީންތަކެއް. ރިޒް ކުންފުނިން މަސައްކަތް ކުރީ ނަން ބުބައި ކަަމަށް ބުނެ ދައުވާއިން ރެކެން.
16 ޖުލައި 2020 - 12:20
ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ރިޒާގެ ކުންފުންޏަކުން ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރުވި މީހުން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އެ ރަށުން އެ މީހުން ބާލައި އެ މީހުންގެ މުދާތައް ވަގުތުން ގެންދިއުމަށް ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު ވަގުތީ އަމުރު ތަންފީޒު ނުކުރެވޭނެ ކަމަށް އެ ކުންފުނިން ފުލުހުންނަށް އަންގައިފި އެވެ.
ރިޒާގެ ކުންފުނީގެ ނަމަކީ "ރިޒް" ކަމަށް މިހާތަނަށް ކިޔަމުން އައި ނަމަވެސް އެ ކުންފުނީގެ ވަކީލުން މިހާރު ވިދާޅުވަނީ ކުންފުނީގެ ނަމަކީ އާރްއައިއެކްސް ކަމަށާއި އަމުރު ރައްދުވަނީ "ރިޒް" އަށް ކަމަށެވެ. ތުޅާދޫ ކޯޓުގައި ހިނގަމުންދާ މައްސަލާގައި ވެސް އެ ކުންފުނިން އެންމެ ބޮޑަށް ދައްކަނީ ނަމުގެ ވާހަކަ އެވެ. އެގޮތުން "ރިޒް" އަކީ ވުޖޫދުގައި ނެތް ކުންފުންޏެއް ކަމަށް ވަނީ ބުނެފަ އެވެ.
ކުންފުނީގެ ނަމަކީ އާރްއައިއެކްސް ކަމަށާއި "ރިޒް" ގެ ނަމުގައި ކުންފުނީގެ ޝަހުސު އޮޅޭ ގޮތަށް އަމަލުކުރަމުންދާ ކަމަށް ބުންޏަސް ބޮޑުފިނޮޅުގެ މަސައްކަތާ ހަވާލުވެ ސޮއިކުރި އެއްބަސްވުމުގައި ވެސް "ރިޒް ޕްރައިވެޓް ލިމިޓެޑް" ގެ އެމްޑީގެ ހައިސިއްޔަތުން ރިޒާ ސޮއިކުރައްވާފައި އޮވެ އެވެ. އަދި ދައުވާ ރައްދުވަނީ "ރިޒް" ކުންފުންޏަށް ބުނާ ދައުވާގައި ކުންފުނީގެ ރަޖިސްޓްރީ ނަންބަރު ވެސް އޮވެ އެވެ.
ރިޒް ކުންފުނިން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ކަނޑައަޅައި ބަދަލު ހޯދަން ސީލް މޯލްޑިވްސް އިން ކުރި ދައުވާގައި އެދުނު ވަގުތީ އަމުރު ރިޒް ކުންފުންޏާއި ފުލުހުންނަށް ރައްދުވެ އެވެ.
ރިޒް ކުންފުނި ތަމްސީލްކުރާ ލޯ ކްރާޓުން، ވަގުތީ އަމުރާ ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ ވަގުތީ އަމުރު ނެރުމަށް ބޭއްވި ޝަރީއަތުގެ މަޖިލިސް ކުރިއަށް ގެންދިޔައީ ވީޑިއޯ ކޮންފަރެންސްކޮށް ކަމަށާއި ޝަރީއަތް ކުރިއަށް ދަނިކޮށް ޓެކްނިކަލް މައްސަލައެއް ދިމާވެ ގުޅުން ކެނޑުނު ކަމަށެވެ. އަދި ވަގުތީ އަމުރު ނެރުނީ ރިޒް ކުންފުނިން ހުށަހެޅި އިޖުރާއީ ހަ ނުކުތާއާ މެދު ވާހަކަ ދައްކަން ފުރުސަތު ނުދީ، އެންމެ ނުކުތާއަކާ މެދު ގޮތް ނިންމާފައި ކަމަށް ވެސް ބަޔާނުގައިވެ އެވެ. ގޮތެއް ނިންމީ ކޮން ނުކުތާއަކަށް ކަމެއް ބަޔާނަކު ނެތެވެ.
ބޮޑުފިނޮޅުން ރިޒްގެ މަސައްކަތު މީހުން ބާލަން އަމުރު ނެރެފި https://t.co/TFrL1zxvwQ
— Mihaaru (@Mihaarunews) July 15, 2020
ނަމަވެސް އެއީ ކުންފުނީގެ ނަމާ މެދު ހުށަހެޅި ނުކުތާ އެވެ. އިޖުރާއީ ގޮތުން ތުޅާދޫ ކޯޓުން މި މައްސަލާގައި ވަނީ ގޮތެއް ކަނޑައަޅައިފަ އެވެ.
"ލޯ ކްރާފްޓް މޯލްޑިވްސްގެ ފަރާތުން ސ. ފޭދޫ، ވެލިދޫގެ، އަލީ ސައީދު އަދި ނ.މާފަރު، އީޓުޖެހިގެ، އަބްދުއްސަލާމް އާރިފް ކަމަށް ބަޔާންކުރައްވައި ޖުލައި 8، 2020 ގައި މި ކޯޓަށް ފޮނުއްވި ސިޓީއާ އެކު ހުށަހަޅުއްވާފައިވާ ރިޒް ޕްރައިވެޓް ލިމިޓެޑްގެ ކުންފުނީގެ ޑައިރެކްޓަރުންގެ ބޯޑުގެ ގަރާރުގެ 1 ވަނަ ނަންބަރުގައި ކުންފުނީގެ ނަމުގެ ގޮތުގައި 'ރިޒް ޕްރައިވެޓް ލިމިޓެޑް' ސާފު ދިވެހި ބަހުން ލިޔުއްވާފައި އޮންނަ އޮތުމުން" ކުންފުނީގެ ނަމާ މެދު ސުވާލު އުފައްދާ ނުކުތާ ޝަރީއަތަށް ސާބިތު ނުވާ ކަމަށް ނިންމުމުގައިވެ އެވެ. މީގެ އިތުރުން މި މަހުގެ 8 ވަނަ ދުވަހު ބޭއްވި ޝަރީއަތުގައި އިޖުރާއީ ނުކުތާތަކާ މެދު ވާހަކަ ދައްކަން ދިން ފުރުސަތުގައި މި ވާހަކަ އެއްވެސް ވަރަކަށް ދައްކާފައި ނުވާތީ، އާ ކަންތައްތަކެއް ބަލައިގަނެވޭނެ ތަނެއް ނެތް ކަމަށް އިސް މެޖިސްޓްރޭޓް އަހްމަދު ލަތީފްގެ ނިންމެވުމުގައިވެ އެވެ.
ލޯ ކްރާފްޓްގެ ބަޔާނުގައި ތުހުމަތުކޮށްފައިވަނީ ރިޒްގެ ފަރާތުން ހުށަހެޅި އިޖުރާއީ ނުކުތާތައް ބަލައިނުގަތީ ކޯޓުން މައްސަލަ ބޭރުކޮށްލަން ޖެހިދާނެތީ ކަމަށެވެ. އަދި ސީލްއާ އެއްކޮޅަށް އަމުރު ނެރުމުގައި "ފޮރުވިފައިވާ ސަބަބުތަކެއް" އެބަހުރި ކަމަށް ވަނީ ބުނެފަ އެވެ. އަދި މި ނޫނަސް އެކި ތުހުމަތުތައް ތިން ސަފުހާގެ ބަޔާނުގައި ކޮށްފައިވެ އެވެ.
ރިޒުން ބޮޑުފިނޮޅަށް އެރުވި މީހުން ބާލަން ނެރުނު އަމުރުގައިވަނީ ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކުގެ ދަށުން، ރިޒް ކުންފުނީގެ މުވައްޒަފުން ބޮޑުފިނޮޅަށް އަރުވާފައިވާކަން، ހުށަހަޅާފައިވާ ލިޔުންތަކުން އެނގޭކަމަށެވެ. މި މުވައްޒަފުން ރަށުން ބާލަން އެންގުމުގެ ބާރު އެއްބަސްވުމުގެ ދަށުން ސީލް އަށް ލިބިދީފައިވާކަން އެނގޭ ކަމަށެވެ.
ސީލް އާއި ރިޒްގެ ދެމެދުގައި މައްސަލަ ގޯސްވީ ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުދީގެން ސީލްގެ މުދަލަށް ގެއްލުންދީ ބަޔަކު ރަހީނުކުރި ހިސާބުންނެވެ. ރިޒުން ބުނަނީ މުސާރަ ދޭންޖެހޭނީ ސީލް އިން ކަމަށާއި ސީލް އިން ރިޒަށް ފައިސާ ނުދޭ ކަމަށެވެ. އެކަމަކު ސީލް އިން ވަނީ ރިޒުން ފާހަގަކުރާ އެއްބަސްވުންތަކުގައި ބުނާ އަދަދަށް ވުރެ އިތުރަށް ވެސް ފައިސާ ދެވިފައިވާ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުﷲ
16 July 2020
ކޯޓު އަމުރަށް ތަބާ ނުވާނަމެކޭ ނުބުނެވޭނެ. ދަށުކޯޓުގެ ނިންމުމަށް ޖެހޭނީ މަތީ ކޯޓުގައި އެޕީލް ކުރަން. ކޮބާތަ އެމްޑީޕީ ކުދިންކޮޅު. ކީއްވެތަ ކޯޓު އަމުރު ތަންފީޒް ކުރަން ނުގޮވަނީ؟. އިންސާފޭ ކިޔާ އެއްޗެއް ލޮލޮކޮޅަށްވެސް މިހާރު ފެންނާކަށްނެތް؟.
ދީދީ އައްޑޫ
16 July 2020
ތީދެންމާމޮޅުގޮތެއް އެހެންނޫންތޯ. މަމެންވެސް ދެން ކޯޓުއަމުރުތަކަށް ބުނާާނީ ނޯ ތެންކިޔު. މިހާވަރުވަމުންދާއިރު ރިޒާ ހައްޔަރުނުކުރެވެނީ ކީއްވެތޯ. މީތޯ ތިބުނާ އަދުލު އިންސާފަކީ. މުއައްސަސާތައްހުރީވާވެފަތޯ؟
ޓަކަފިރޯށި
16 July 2020
ދެން އެއްވެސް ރަށްޔިތެއް ކައިރިޔަށް ކޯޓުއަމުރެއް ހިފައިގެން އަޔަސް އެޔައްބޯނުލަނބާތި، މ.ޑ.ޕ މީހުންގެ މައްޗައް ގާނޫނު ނުހިގަންޏާ އެހެނިހެން މީސްތަކުންގެ މައްޗައްވަސް ގާނޫނު ހިގައިގެން ނުވާނެ
ޖާރިޔާ
16 July 2020
"އެގޮތުން "ރިޒް" އަކީ ވުޖޫދުގައި ނެތް ކުންފުންޏެއް ކަމަށް ވަނީ ބުނެފަ އެވެ." އަނެއްކާ އަލީ ރިޒާއަކީ ވުޖޫދުގައި ހުރި މީހެއްބާ؟
މެޓްރިކްސް މޭން
16 July 2020
ރާއްޖޭގަ ފައިސާގެ ބޮޑު ކުޅިގަނޑު ފެށުނީ ދޯ. ބޭރު ބައެއް ގައުމުތަކުގަ، ބައެއް ވިޔަފާރިވެރިން ޓެކްސް އިން ރެކެން ވެގެން ކުރީބައިގަ ކުންފުނި އުވާލާ. ރިޒް ކުންފުނި ކުރީބައިގަ ތިއޮތީ އުވާލާފަ. ބިދޭސީން ކީއްކުރަން ޓެކްސްއަށް ވެސް ލާރި ނުދައްކާނެ. ކޮބާ މި ސަރުކާރުގެ ޒީރޯ ޓޮލެރެސް ޕޮލިސީ. ހުސް ފޭކު. ދުވަސް ކޮޅަކުން މި ރާއްޖެ ވެސް ވުޖޫދަކު ނޯންނާނެ. ވާނީ އިންޑިޔާގެ އަވަށަކަށް.
ބުރުމާ
16 July 2020
ކޮސް ގޮވާ ވަކީލުން ދޯ
ނަން
16 July 2020
ރިޒާގެ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ މައްޗަށް ޝަޚްޞު އޮޅުވާލިކަމުގެ ދަޢުވާ ކުރާކަށް ނުވޭބާ
އަހުމަދުބޭ
16 July 2020
ރިޒާއެވެ، ލައްކަދުވަހަ އާރާ ބާރާ އެކީ މަޖްލިސް މެންބަރ ގެ ތާޖް ތުރުކުރައްވައިގެން އުޅެވިއްޖެނޫންހެއްޔެވެ، އަހަރެން ގަބޫލް ކުރާހިއްވަނީ ރަގަނޅަށް ކޮއްފައި އިތްކަމެއްގައި ގޯހެއް އޮވެގެން ނުވާނެއެވެ. އެއްޗެތީގައި ސޮއިކުރާއިރު ވާނުވާ ނޭގޭ ހާލްގައި ސޮއިކުރަނީތޯއެވެ، ލާރިކޮޅު ހޯދަން ސޮއިކުރި ލިއުމުގައި އޮތީ ތިބޭފުޅައިގެ ނަމެެވެ. ކަންކަމުގެ ނިމުން އަންނަނީ ތިމާމެން ކޮއްފައިވާކަންކަމުގެ މައްޗަށެވެ.
އާރް އައި ޒެޑް އޭ
16 July 2020
ގާނޫނު ނުހިނގާ ރިޒްއަކީތަ؟
އަލީ އަލީ
16 July 2020
ދައުލަތައް ވުރެ ކުންފުނި ބޮޑުވިމަ ވާނީ ތިޔަހެން!
ކަހާ
16 July 2020
ކޯޓް އަމުރަކަށް ބޯލަނބާ ވަރަށްވުރެ މާމަތީގަ ތިިބޭ ބައެއް އެމްޑީޕީ މީހުންނަކީ. މަގުމަތީ ކޯޓްތައް ހަދައިގެން އުޅުނީވެސް އެހެންވެގެން. މިހާރު ޖޭއެސްސީ ކިޔާ ކުންފުންޏަކާ މަޖްލިސް މެޖޯރިޓީކިޔާ އެއްޗެއް ލިބިފަ އޮތީ. ދެން އެ ޕާޓީ މީހެއްގައިގަ އަތްލާނީ ކިހިނެތް؟ ހުރިހާ ޝުކުރެއް ހޮވައިދިން ރައްޔިތުންނަށް.