ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އަހުމަދު ފަޒީލް: ފަޒީލްގެ މައްޗަށް ގިނަ ބަޔަކު ވަނީ ޖިންސީ ގޯނާގެ ތުހުމަތުކޮށްފައި --
20 ޖުލައި 2020 - 06:50
ޒުވާން އަންހެނުންނަށާއި ކުޑަކުދިންނަށް އެކި ކަހަލަ ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުތަކާ އެކު، ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އަހުމަދު ފަޒީލް މިއަދު ސަސްޕެންޑުކޮށްފި އެވެ.
ރައީސްގެ ތަރުޖަމާނު، އިބްރާހިމް ހޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖިންސީ ފުރައްސާރަކުރުމުގެ ސީރިއަސް ތުހުމަތުތަކާ ގުޅިގެން ފަޒީލް ސަސްޕެންޑުކޮށްފައިވާ ކަމަށެވެ. އެ މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ސްލޮޓެއްގައި ފިޝަރީޒްގެ ސިޔާސީ މަގާމަކަށް އައްޔަންކޮށްފައިވާ ފަޒީލަށް، ކުދިންގެ ގަޔަށް އަތްލުމާއި ބަދުއަޚުލާގީ އަމަލުތައް ހިންގާ މަންޒަރާއި އޮރިޔާން ފޮޓޯ ފޮނުވުން ފަދަ ތުހުމަތުތައް ކޮށްފައިވެ އެވެ. އެކަމާ ގުޅިގެން އެމްއާރުއެމްގެ ހަރަކާތްތަކުން ވެސް އޭނާ އެކަހެރިކޮށް އެ ޕާޓީން އަންނަނީ މައްސަލަ ބަލަމުންނެވެ.
"އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކާ އެކު މި ޕާޓީން ފުރިހަމައަށް މަސައްކަތް ކުރަމުންދާކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވަމެވެ. ޖިންސީ ފުރައްސާރަ އާއި އަނިޔާ ފަދަ ކުށްތަކަކީ މި ޕާޓީން އެއްވެސް ވަރަކަށް ބަލައިގަންނާނެ ކަންކަމެއް ނޫނެވެ،" ފަޒީލްގެ ނަން ހާމަ ނުކޮށް އެމްއާރުއެމްގެ ޓްވީޓުގައި ވެ އެވެ.
Following serious allegations of sexual harassment Ahmed Fazeel, Communication Director at the Ministry of Fisheries, Marine Resources and Agriculture has been suspended from his post. The matter is currently under investigation.
— Ibrahim Hood (@MvSpokesperson) July 20, 2020
ފަޒީލް ސަސްޕެންޑުކުރީ އޭނާގެ މައްޗަށް ތުހުމަތުކުރާ މައްސަލަ ބަލައި ނިމެންދެން މަސައްކަތުން އެކަހެރިކުރުމަށް އެމްއާރުއެމް އިން ރޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދިފައި ވަނިކޮށެވެ.
ޖިންސީ ގޯނާގެ ތުހުމަތުތައް ކޮށް ފާޅުގައި ވާހަކަ ދެއްކުން މި ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އެފަދަ މައްސަލަތަކުގައި ސަރުކާރުން ގެންގުޅޭނީ ޒީރޯ ޓޮލެރެންސް ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަހުމަދު އީސަ
20 July 2020
ޒީރޯޓޮލެރެންސް އެޖެންޑާ19ގަ ދަށުންހިގާކަންކަން އިތުރު ފުރުސޮތުވެސް ލިބޭނެ އެމައްސަލަތައްވެސްބަލާނެ ބޮޑުފަނިވެސް ދޫވެއްޖެ ބިރަކާނުލާ ދުނިޔޭގަ އުޅެންވީ ސަފާރީވެސް އުޅޭނެ ރައްޔަތުން ގުބޯހެއްދޭނެ އެހެންމިވަނީ
އީތޭން
20 July 2020
ކޮބާތޯ ދެން ހުރި ޖިންސީ ގޯނާގެ ކޭސްތަށް؟ މިފެންނަނީ އެހެން ޕާޓީތަކުގެ ޖިންސީ ގޯނާ ކުރުމުގެ ކޭސްތަކާ މެދު ފިޔަވަޅު އަޅާފަ، ސަރުކާރު ހިންގާ ޕާޓީގެ މެމްބަރުން ކުރާ ޖިންސީ ގޯނާގެ މައްސަލަތަކާ މެދު ފިޔަވަޅު ނާޅާތަން. އެމްއާރްއެމް އަށް ތާއީދު ނުކުރިއަސް ރައިސް މައުމޫން ކަންތަށް ކުރެއްވީ ވަރަށް ރަގަޅަށް. އެ މަނިކުފާންގެ ސްލޮޓްގަ ހުރި ބޭފުޅަކު ޖިންސީ ގޯނާ ކުރިކަން އިންގިލެއްވުމުން އަމިއްލަ ގޮތުން ކަމާ ބެހޭ އިދާރާތަކަށް ހުށަހެލުއްވީ... އެހެންވާންޖެހޭނެ
ހާސަރު
20 July 2020
މިކަން ޑަބްލިޔު އެޗްއޯ އަށް ވެސް އެބަޖެހޭ މިހާރު އަންގަން! ކޮރޯނާ އާއި ގުޅިގެން އެހެން ގައުމުތަކުގައި ވެސް މިކަން އިތުރުވިތޯ އެބަޖެހޭ ބަލަން. މިކަހަލަ ކަންތަކާ ހުރެ މިހާރު އޮފީހުގައި މަސައްކަތް އެކުގައި މަސައްކަތް ކުރާ ކުއްޖަކާދިމާލަށް ހީލަންވެސް ނުކެރޭ. މަދު ބައެއްގެ ސަބަބުން ގިނަބަޔަކަށް މިވަނީ އުދަގުލާ ކުރިމަތިލާން ޖެހިފަ.
ނައީމާ
20 July 2020
ތިމޫންކަމެއް ނެތީތަދެން.
މައި
20 July 2020
ކޮބާހޭ.. ރައީސް އޮފީހުގެ މިނިސްޓަރ ހަސަން އިސްމާޢީލް ގެ މައްސަލަ. ހުންނެވި ޕާޓީގެ ގޮތުން ނުބެއްލެވެނީތޯ. ނޫނީ ސަރުކާރުގެ މުހިއްމު ޓާސްކެއް ބޯގަންވިލާ އާއިލާއިން ފުރިހަމަކޮށްދެއްވަނީތޯ. އަދި ރޯޔަލް ޓަޗްގެ އަޕްޑޭޓަކީ ކޮބައިތޯ?
ހޯގޮޅާ
20 July 2020
ސުމިތުގެ މައްސަލަވެސް
އަންބަރާ
20 July 2020
ހަސަން އިސްމާލް އެބުނާ ރާއި ކިޔާ ކުއްޖާ ގަޔަކުއަތްލީ ކަމަކަމަކައްނުވެ ކޮފީ މޭޒުގަ ތިބެ ދެއްކިވާހަކަތަކެއް ބަދަލްވީ ފުރައްސާރަޔައް، ފިރިހެނުނޭ ބައެއް އަންހެންކުދިންނާ ވާހަކަ ދައްކާއިރު ވިސްނައިގެން ވާހަކަ ދައްކާތި ޓަސްލާފަ ވެދާނެ ޖިންސީ ގޯނާޔަކައް ނޫނީ ފުރައްސާރައަކައް
ބިރާސް
20 July 2020
އިންސާފާއި ހައްގުތައް ހޯދައިދޭކަން ދައްކަން އުޅޭނެކަމެއްނެތް..ބައިމީހުންވީމަ ރައީސްއަށް އަޑެއްނީވޭ ނުފެނޭ..ހުކުމްގަ ހުއްޓަސް ދޫކުރަނީ..މީޑިއާތައް ފުރެންދެން ލިޔާއިރު ފެންނަކަމަކަށް ނުވޭ..ސީދާ ރައީސްއަށް ހުށައެޅިއަސް އަޅާނުލާ.
ވިޒާރު
20 July 2020
ރައީސްގެ ނިޔަތް ރަނގަޅެއްނޫން.ވަކިބައެއްގެ މައްސަލަ އަޑުއިވޭ ކަމަށްވެސް ނުހަދާ..
Dhaadhey
20 July 2020
ގައުމުގެ ޚަޒާނާ ބަހާލާއިރު ޒީރޯ ޓޮލަރެންސެއްނޫން. މިވެރިކަން ނިމޭއިރު ދައުލަތުގައިވެސް އަދި ދައުލަތުގެ ކުންފުންޏެއްގައިވެސް ފައިސާއެއް ނުހުންނާނެ. އަދި ގައުމުވެސް އޮންނާނީ ވިއްކާލާފައި.
ގަޓް ބްރޯ
20 July 2020
މިފަދަ މައްސަލަތަކުގަ ގެންގުޅެނީ ޒީރޯ ޓޮލެރެންސް އޭ ބުނީމަ ކަމަކުނުދޭ. އޭގެ ބަދަލުގަ %100- %0 އާ ދޭތެރޭ ދޭތެރޭގެ ޓޮލެރެންސް އޭ ބުނިނަމަ ތަންކޮޅެއް ގަބޫލުކުރަން ފަސޭހަވީސް. އެއީ މިފަދަ ތުހުމަތު ކުރެވޭ އެއްބަޔަކު އެއްވެސް ސަސްޕެންޝަނެއް ނެތި އަދިވެސް ވަޒީފާގަ ތިބިތަން މިހާރުވެސް ފެންނާތީ!
ބަރީޔާ ސުޖޫން.
20 July 2020
ސަސްޕެންޑުކޮށްބަލަ ދެންތިބި މީހުންވެސް.