މަޖިލީހުން ރޭ ބޭއްވި ފޯރަމްގައި ޑރ.ނިޔާފް ވާހަކަ ދައްކަވަނީ.
20 ޖުލައި 2020 - 10:34
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރާ ގަރާރުން ބައެެއް ނުވަތަ ގަރާރު ބާތިލުކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް އޮންނަ ގޮތަށް އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމާ މެދު އޭޑީކޭގެ ނިއުރޮލޮޖިސްޓް ޑރ. އަލީ ނިޔާފް ރޭ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
އާއްމު ސިއްހަތު ރަައްކާތެރިކުރުމުގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ 98 ވަނަ މާއްދާގައިވާ ގޮތުން އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރާ ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން އެ ގަރާރުގެ ބައެއް ފާސްކޮށްފައި އަނެއްބައި ދޫކޮށްލުމުގެ ބާރު މަޖިލީހަށް އޮންނާނެ އެވެ. އަދި ގަރާރަށް ބަދަލު ގެނައުމާއި ބާތިލު ކުރުމުގެ ބާރު ވެސް ހަމަ އެގޮތަށް، މަޖިލީހަށް އޮންނާނެ އެވެ. އެ ގާނޫނު މިހާރު އޮތް ގޮތުން އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރަނީ ސިއްހީ މާހިރުންގެ ލަފަޔާ އެކު ހެލްތު މިނިސްޓަރެވެ. އެކަމުގައި މަޖިލީހުގެ ބަހެއް ހޯދާކަށް ނުޖެހެ އެވެ.
ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ އެ ބިލަށް ހިޔާލު ހޯދަން މަޖިލީހުން ރޭ ބޭއްވި ފޯރަމްގައި، މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން ތަމްސީލް ކުރެއްވި ޑރ. އަލީ ނިޔާފު އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވީ އެ ބަދަލާ މެދުގަ އެވެ. އޭނާ ވިދާޅުވީ ސިއްހީ ބޮޑު ބަލިމަޑުކަމެއް ފެތުރިގެންދާ ހާލަތެއްގައި ގޮތްް ނިންމާއިރު ސިއްހީ މާހިރުންގެ ބަހެއް ނޯންނާނެ ފަދަ ނުކުތާތަކެއް ބިލުގައި އެބަހުރި ކަމަށާއި އެއީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.
"މިސާލަކަށް ބަލިތަކެއް ފެތުރެމުންދާ ތަނެއްގައި، އެޕިޑިމިކް ޕެންޑެމިކްއަކަށް ބަދަލުވެގެން މުޅި ދުނިޔޭގައި ޕެންޑެމިކް ފެތުރިގެންދާ ހާލަތެއްގައި އެއަށް ގޮތް ކިޔާ އެންމެ އިސް ބަޔަކަށް ޑޮކްޓަރުން، ނޫނިއްޔާ އެކަމުގައި ހަވާލުވެގެން ތިބި މީހުން ނެތް، ނޫނިއްޔާ އެ މީހުންގެ ބާރު ނުފޯރާވަރުގެ ޕޮއިންޓްތަކެއް ހުރިކަަމަށް އަޅުގަނޑަށް ގަބޫލުކުރެވޭތީ، އަޅުގަނޑު ވަރަށް ބޮޑަށް އެކަން ގަބޫލުނުކުރާ ކަމަށް ދަންނަވަން އިނގޭތޯ،" ނިޔާފް ވިދާޅުވި އެވެ.
އޭނާގެ ކަންބޮޑުވުމަށް ޖަވާބު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒްް ފަހުމީ ވިދާޅުވީ މަޖިލީހުން ދައްކަނީ ސިއްހީ ކަންކަމުގައި މަޖިލީހުން ގޮތް ނިންމާ ވާހަކައެއް ނޫން ކަމަށާއި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރާ އިރު އޭގައި އިގުތިސާދީ ކަންތައްތަކާއި ގައުމަށް ދިމާވާ ހުރިހާ ބާވަތެއްގެ އެހެން މައްސަލަތައް ވެސް އެފަދަ ގަރާރެއްގައި އޮންނާނެ ކަމަށެވެ.
ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ އިސްލާހާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދަން ރޭ ބޭއްވި ފޯރަމްގެ ތެރެއިން.---ފޮޓޯ: މަޖިލިސް
"އޭގެ ތެރޭގައި ގާނޫނީ މައްސަލަތައް، ހައްގުތަކުގެ މައްސަލަތައް، ހައްގުތަކާ ބެހޭ ގޮތުން ދަންނަވައިލާ ނަމަ ގާނޫނުއަސާސީގައި އޮންނަ އެއްވެ އުޅުމުގެ ހައްގު. ވަރަށް ބޮޑު ހައްގެ އިނގޭތޯ. ދަތުރުފަތުރުކުރުމުގެ ހައްގު،" އިންތި ވިދާޅުވި އެވެ.
ބިލު ހުށަހެޅުއްވި މެމްބަރު މުހައްމަދު ރަޝީދު ވިދާޅުވީ ބިލުގެ 98 ވަަނަ މާއްދާގައި އޭނާ ހިމަނުއްވާފައިވާ އިބާރާތްތަކަކީ ގާނޫނުއަސާސީގައި އޮންނަ ކުއްލި ނުރައްކަލުގެ ހާލަތު ބަޔާންކުރާ ބާބުގައި އޮތް އިބާރާތްތައް ކަމަށެވެ. އޭނާ ވިދާޅުވީ އެ މާއްދާގައި ރައީސަށާއި މަޖިލީހަށް ދީފައިވާ ބާރުތަކަކީ ގާނޫނުއަސާސީން ލިބިދީފައިވާ ބާރުތަކެއް ކަމަށާއި އެ ބާރުތައް ހަނި ނުކުރެވޭނެ ކަމަށެވެ.
ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ރައީސް އިއުލާނުކުރައްވާ އިރު ސިއްހީ މާހިރުންގެ ލަފާ ހޯއްދަވާނެ ކަމަށާއި މިހާރު ފެތުރެމުންދާ ކޮވިޑް-19 ޕެންޑެމިކްގައި ވެސް ދުނިޔޭގެ އެހެން ގައުމުތަކުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރެއްވީ އެ ތަންތަނުގެ ވެރިން ކަމަށެވެ.
މެމްބަރުންގެ ޖަވާބުތަކަަށް ފަހު ނިޔާފް ހޯއްދެވި ދެވަަނަ ފުރުސަތުގައި ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރާ ގަރާރާ މެދު ރައްޔިތުންގެ މަޖިލީހުން ގޯސް ނިންމުމެއް ނިންމައިފާނެ ކަމާ މެދު ކަންބޮޑުވުން އުފަައްދަނީ ކީއްވެތޯ (މެމްބަރުން) ތަކުރާރުކޮށް ސުވާ އުފައްދަވާ ކަަމަށެވެ. ސިއްހީ މާހިރުންގެ ފަރާތުން މެމްބަރުންނާ ކުރައްވަން ވެސް އޮތީ އެ ސުވާލު ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ނިންމާ ނިންމުންތަކަކާ ދޭތެރޭގައި، ސިއްހީ ޑޮކްޓަރުންތަކެއް އެއްތަނަކަށް އެއްވެ ތިބެގެން ނިންމާ ނިންމުމަކާ ދޭތެރޭގައި ތިޔަ ބޭފުޅުން ގޮތެއް ކިޔައި އޭތި ބާތިލުކުރުމާ ދޭތެރޭގައި ވިސްނާ ވަޑައިގަންނަވާންވީ ސަބަބެއް އަޅުގަނޑަކަށް ހަަމަ އެއްވެސް ގޮތަކަށް ނުވިސްނޭތީ، އެ ޕޮއިންޓްގައި އިތުރުކޮށްލައިދޭން އަޅުގަނޑު މި އެދެނީ. ވަރަށް ބޮޑަށް މި އެދެނީ ތިޔަ ބޭފުޅުން އަރިހުން، ސިއްހީ މާހިރުންގެ ލަފަޔާ އެކު [މިތަންކޮޅު] އިތުރުކޮށްލައިދެއްވައިފިއްޔާ އަޅުގަނޑަށް ހަމަ ވަރަށް ފުރިހަަމަ ވާނެ އިނގޭތޯ ބިލް،" ނިޔާފް ވިދާޅުވި އެވެ.
ނިޔާފް އެ ފާހަގަ ކުރެއްވި ނުކުތާގައި މަޖިލީހުގެ މެމްބަރުން ވިދާޅުވީ މަޖިލީހުން ކޮންމެ ދާއިރާއެއްގެ ކަމެއްގައި ގޮތެއް ނިންމިޔަސް އެކަމެއްގެ މާހިރުންގެ ލަފާ އަބަދުވެސް ހޯދާ ކަަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ްއަދުރޭ
22 July 2020
މިސްކިތާ މަޖުލިހާ އަޅުވާކިޔާނީ ސިޔާސީވީމަ. އެހެން ތަންތަންވެސް ހުރޭ ޕަބްލިކްތަންތަން، ކެފޭ، ރެސްޓޯރަންޓް، ފިހާރަތަށް!! މަޖުލިހަކީ ޕަބްލިކް ތަނެއްނޫން. ނަމަވެސް މިސްކިތްތަކަކީ ޕަބްލިކް ތަންތަން 24 ގަޑީރު ބޭނުންމީހަކު ބޭނުންއިރަކުދެވޭ.
ޑޮކްޓަރު
20 July 2020
ތީކީ ބަހުސްކުރަންޖެހޭ ކަމެއްނޫން. އެކަން ކުރާނީ ޤައުމުގެ ވެރީން. އެކަން އެނިމުނީ. ކޮވިޑް ތެރޭގަ އެހެން ގައުމުތަކުންވެސް ކަންކުރީއެހެން، ދެން ލަފާއަރުވާނީ ޑޮކްޓަރުން.
އާދަނު2
20 July 2020
ސިއްހީމާހިރުން ލަފާއަރުވަންޖެހޭނީ ރައީސުލްޖުމްހުރިއްޔާއަށް. ގޮތްނިންމާނީ ރައީސް. އެއީ އެކަންއޮންނަގޮތަކީ،
ދޮންކެޔޮ
20 July 2020
މިޤައުމުގެ ބާރުތަށްވެސް އެކިދިމަދިމާލަށްތޯ ދޭންޖެހެނީ..!!؟
އަލީ!
20 July 2020
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަންޖެހޭނީ ޑޮކްޓަރުންނެއްނޫން، އަދި ހެލްތް މިނިސްޓރީއަކުންވެސްނޫން. އެކަންކުރަންޖެހޭނީ ޑޮކްޓަރުންގެ ލަފާގެމަތިން ރައީސުލްޖުމްހުއްރިއްޔާ. އެއަށްފަހު ރައްޔިތުންގެ މަޖުލިސްގެ ތަޅުމުން ފާސްކުރަންޖެހޭނެ. އެއީ ދުނިޔޭގެކުރިއަރަފައިވާ ޤައުމުތަކުގައި އެކަން ކުރާގޮތަކީ..
ނަޝީދު.
20 July 2020
ބާކީތިބި ހުރިހާ ރައްޔިތުންނަށްވުރެން މަދު މީހަކަށް މާބޮޑަށް އިގެނީ.
ވިސްނާ ވިސް
20 July 2020
ދެން މީ ކީއްކުރަން ބޭއްވި ފޯރަމެއްތަ؟ މީހަކު ދައްކާ ވާހަކައެއް ހަޖަމު ވަނީކީ ނޫން. ފޯރަމް ކުރިއަށް ގެންދަން ތިބިމީހުން ތިތިބީ މާކުރިން ގޮތްނިންމާގެން. މީހަކު ދޭ ލަފައެއް ޤަބޫލުނުކުރެވެންޏާ ތީ ބޭކާރު ފޯރަމެއް.
ހަސަނު1
21 July 2020
މިހާރު ބުނެވޭނެތާ ރައްޔިތުންގެ ޚިޔާލު ހޯދައިގެން ކުރިކަމެކޭ.
ކޮސްއެބަގޮވާ
20 July 2020
މަޖްލީހުގަ ތިބޭނީ ހުސް ސުޕަރހީރޯސް، ސުޕަރމޭން. ވޮންޑަރވިމެން....ނޭނގޭ އެއްވެސް ކަމެއް ނޯންނާނެ
965މިޙސަ888
21 July 2020
ކުރުގޮތަކަށް ބުނާނަމަ މަމޮޅުވެފަތިބި ރޯނުއެދުރުން
އާންމު މީހެއް
20 July 2020
ހިޔާލު ހޯދަންޔާ އެވާހަކަ ލިޔަންވީމާ މައްސަލަ އަކަށް ވަނީ ކީއްވެތޯ؟
Ahmdd
20 July 2020
ޢެއްވެސް އެއްޗެއް އިގޭ ރޯނުއެދުރެއް ނޫން އަންނި އަކީ