އޭސީސީގެ ރައީސް ޝިއުނާ އާއި މެމްބަރުން މަޖިލީހުގެ ކޮމިޓީއެއްގައި ވާހަކަ ދައްކަވަނީ. --ފޮޓޯ/މިހާރު
20 ޖުލައި 2020 - 16:04
ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތް، އެއެމްއެމްޕީއާރުސީގެ މައްސަލަތައް ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ވެސް ބަލައި ނުނިމޭނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީގައި މިއަދު ބުނެފި އެވެ.
މިނިވަން މުއައްސަަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ބާރަށު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އަބްދުﷲ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އޭސީސީގެ މެެމްބަރު އިބްރާހިމް ޝަކީލް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ތަހުގީގެއް ނިމޭނެ ކަމަށް ލަފާކުރާ މުއްދަތު ކަނޑައަޅަނީ ތުހުމަތުވާ މީހުންގެ ތެރެއިން މީހަކަށް ވަކިވަރެއް ކަނޑައަޅާ އުސޫލަކުން ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، އެކި މީހުންގެ މައްސަލަ އަށް އެކި ވަރަށް ވަގުތު ހޭދަވާނެ އެވެ.
"ރިއަލިސްޓިކް އަޅުގަނޑުމެން ވާން ޖެހޭނެ، ޕްރެކްޓިކަލް ވާން ޖެހޭނެ. އަަޅުގަނޑު ގަބޫލު ކުރަން އާއްމުން ވެސް މަޖިލީހުން އަދި ދެން ތިބި ހުރިހާ ފަރާތްތަކުން ވެސް ބޭނުން ވާނީ އަަވަހަށް ނިންމަން. އެކަމަކު ރަނގަޅަށް އަޅުގަނޑުމެން މި ގެންދާ ގޮތުން ކުރިއަށް އޮތް ހަ މަސް ތެރޭ ނުނިމޭނެ އަދި އެއް އަހަރު ދުވަސް ތެރޭ ވެސް ނުނިމިދާނެ،" ޝަކީލް ވިދާޅުވި އެވެ.
ނަމަވެސް ހަމަ އެ ނޭވާގައި އޭނާ ވިދާޅުވީ މިހާރު ހުރި ވަސީލަތްތަކާ އެކު ކުރިއަށް ދާ ނަމަ މާ ގިނަ ދުވަސްތަކެއް ނުވާނެ ކަމަށާއި ގަބޫލު ނުކުރެވޭ ވަރަށް ތަހުގީގު ދިގުދެމިގެން ނުދާނެ ކަމަށެވެ.
ޝަކީލް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގު އަވަސް ކުރުމަށްޓަކައި ތިން މުއައްސަސާގެ ވެރިން ވަރަށް ގާތުން ކަންކަން ބައްލަވަމުން ގެންދަވާ ކަމަށާއި އެގޮތުން ހަފުތާއަކު އެއް ފަހަރު ބައްދަލުވުންތައް ބާއްވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަނާއި އޭސީސީ ގުޅިގެން އެމްއެމްޕީއާރުސީގެ މައްސަލަ ބަލަމުން އަންނަނަނީ ފަހަރަކު 30 މީހުންގެ ތަހުގީގު ކުރިއަށް ގެންދާ ގޮތަށެވެ. އަދި ވިދާޅުވީ އެކަން އެގޮތަށް ކުރަން ނިންމީ މަޝްވަރާ ކުރުމަށް ފަހު، ތިން މުއައްސަސާގެ ވެރިން ވެސް އެއްބަސްވެގެން ކަމަށެވެ.
ތަހުގީގަކަށް ހޭދަވާނެ ވަގުތު އަންދާޒާ ކުރަނީ ޝަކީލް ވިދާޅުވި ގޮތުގައި މަސައްކަތުގެ ކުޑަބޮޑުމިނަށް ބަލައިގެންނެވެ.
"މިސާލަކަށް ވަރަށް ބައިވަރު ވިޔަފާރިތަކެއް ކުރާ މީހަކު، މީގެ ތެރޭ ހިމެނޭ ކަމަށް ވެއްޖިއްޔާ، އެއްވެސް ވަރަކަށް ވިޔަފާރި ނުކުރާ މީހަކާ ބަލާއިރު، މީގެ ފައިނޭންޝަލް ސްޓޭޓްމަންޓްތަައް ބަލައި ޕްރޮފައިލިންގެ މަސައްކަތް ކޮށް، އެސެޓް ޓްރޭސް ކުރުމުގެ މަސައްކަތްތައް ކުރުމުގައި ވަރަށް ބޮޑު ޑިފަރެންސެއް އަންނާނެތާ،" އޭނާ ވިދާޅުވި އެވެ.
އެކަމަކު ޝަކީލްގެ އެ ޖަވާބާ މެދު މެމްބަރު އަހުމަދު އަބްދުﷲ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަނާއި އޭސީސީ ގުޅިގެން އެމްއެމްޕީއާރުސީގެ މައްސަލަ ބަލަމުން އަންނަނަނީ ފަހަރަކު 30 މީހުންގެ ތަހުގީގު ކުރިއަށް ގެންދާ ގޮތަށެވެ. އަދި ވިދާޅުވީ އެކަން އެގޮތަށް ކުރަން ނިންމީ މަޝްވަރާ ކުރުމަށް ފަހު، ތިން މުއައްސަސާގެ ވެރިން ވެސް އެއްބަސްވެގެން ކަމަށެވެ.
އޭނާގެ ހިތްހަމަނުޖެހުމަކީ ތަހުގީގު ވަރަށް އަވަހަށް ކުރާނަމޭ ނުވަތަ ވަރަށް އަވަހަށް ނިމޭނެ ކަމަށް އޭސީސީން ބުނުމެވެ. އަހުމަދު އަބްދުﷲ ވިދާޅުވީ، އެގޮތަށް ބުނުމަކީ ޓާގެޓެއް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށާއި އެމްއެމްޕީއާރުސީގެ މައްސަލަ ނިންމައި ދައުވާ ކުރަން ފޮނުވަން އޭސީސީން ކަނޑައަޅާފައިވާ ޓާގެޓް އަންގައި ދިނުމަށެވެ.
"ހަމަަ ވަރަށް ސްޕެސިފިކް ކޮށް ވިދާޅުވެދެއްވަފާނަންތޯއޭ ތިޔަ ބޭފުޅުންގެ ޓާކެޓަކީ އެމްއެމްޕީއާރުސީގެ މައްސަލަ ނިންމައި ދައުވާ ކުރަން [މިސާލަކަށް] އެއް އަހަރު ދުވަހުގެ ތެރޭގައި ފޮނުވުމޭ. ޓާގެޓެއް އޮންނާނެ، ފަހަރެއްގައި އޭގައި އިސްފަސް ކަމެއް އައިސް ދާނެ،" އަހުމަދު އަބްދުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އޭސީސީން މަސައްކަތް ކުރާކަން ވެސް ގަބޫލު ކުރައްވާ ކަަމަށާއި އެކަަމަކު މައްސަލަތައް ނިންމަން އިސްކަންދޭ ތަރުތީބެއް ކަނޑައަޅައި ޕްލޭންތަކެއް ހުރި ކަން ނުވަތަ ނޫން ކަން އޮޅުންފިލުއްވަން ބޭނުންވާ ކަމަށެވެ.
ޖަވާބުގައި ޝަކީލް ވިދާޅުވި ގޮތުގައި، ލަނޑުދަނޑިތަކެއް ކަނޑައަޅައިގެން މަސައްކަތް ކުރުމަކީ މުހިއްމު ކަމެކެވެ. އެހެންވެ، ކެޓަގަރައިޒްކޮށް، ޓައިމްލައިނެއް ކަނޑައަޅަން މަސަައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިތައް އަހަރުންބާ
22 August 2020
ނާގާބިލް ވީމަކާ ނުނިންމޭނެ އެއް އަހަރު ކީއްކުރަން 100 އަހަރުވިޔަސް. ހަމައެކަނި ކުރަން އެގޭ ކަމަކީ ނިކަމެތި ކުށެއްނެތް މީހުން ގެ ނަފުސް ކަތިލަން. އެކަމަށް ވަރަށް މޮޅު. ﷲ ގެ ރަޙްމަތްފުޅުން ޙައްޤަށް ނަސްރު ލިބޭނެ. އެކަން މިދަނީ ފެންނަމުން.
ވަތުބަތާނަ
21 July 2020
ކީއްކުރާ ބައެއް؟ ކިތައް އަހަރުމވީ؟ އަނެއްކާ އެ ބުނަނީ އަދި އަހަރަކުން ނުނިމޭ ކަމަށް! ދެން އަދި ކިތައް އަހަރު ނަގާނެ؟ އަދި 5 ނޫން 10 އަހަރު ނަގައިގެންވެސް ތިކަން ވާނޭކަމަށް ދިވެހި ރައްޔިތުން ގަބޫލެއް ނުކުރާނެ! އެކަމަކު އާދައިގެ ރައްޔިތުމީހާ ގަބުޅިއެއް ނުވަތަ ރިހާކުރުފުޅިެއްގެ މައްސަލާގައި އިޞްލާހުވާނޭ ފުރުޞަތެއް ނުދީ ހުކުމްކޮށް ޖަލަށް
އެޖެންޓް
21 July 2020
ރިހާކުރު ފުޅި ވަގަށް ނެގީމަ 2 މީހުންގެ ހެކިބަހުން ފުދޭ!!! ކޮރަޕްޓްވީމަ 6 މީހުން ހެކިބަސް ދިނަސް ނުފުދޭ!!! ފްރޭމްކޮށްގެން އަދަބު ދެނީއޭކިޔާ މުޅި ސިސްޓަމް ބިނާކޮށްފަ މިއޮތީ ސިޔާސީމީހުން މުއްސަދިވެ ކޮރަޕްޓް މީހުންނަށް ހިމާޔަތް ލިބޭގޮތަށް
އެމް އެމް ޕީ ޕީ
21 July 2020
ނުނިމޭމެ މިސަރުކާރު އޮތްހާދުވަހަކު ، ތިކަން ބަލާ ނިމޭދުވަހަކީ މިސަރުކާރުގެ ފަހުދުވަސް ، ސޯލިހު ޖަލަށްދާނެދުވަސް ...އިންޝާﷲ އެދުވަސް ވަރަށް ކައިރިވެއްޖެ.
ބޯމަޅި
21 July 2020
އެއްވެސް ތަނަކުން އެއްވެސް ކަމެއް ނުނިމޭ އެކަމަކު މަސައްކަތް އެބަކުރޭތާ މިހާރު ވާންވީ ގޮތަކީ އެންޓި ކަރަޕްޝަން ކޮމިޝަނުން ރަނގަޅަށް މަސައްކަތް ކުރޭތޯ އެންޓި ކަރަޕްޝަން ކޮމިޝަންގެ ތިރީ ފަންގި ފިލާގަ ހުރި ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަނުން ބަލަންވީ ހަމަ ހައިރާންވަމޭ މި ހެދެއިފޭ ހުރި ބޭކާރު ތަންތަން ގިނަކަމުން
ލުތުފީ
21 July 2020
ތިބުނާ 30 މީހުންގެ ތެރޭގަ އަދީބް ނުހިމެނޭ ދޯ!
ބޮޑުމީހާ
21 July 2020
2 އަހަރު ނިމުނު އިރު ނުވިކަމެއް އިތުރަކަށް ނުވާނެ
ދޮން މަނިކު
20 July 2020
މިއީ އެއްވެސް ކަމެއްކުރަން އެނގޭ ސަރުކާރެއްނޫން. ކޮންކަމެއް ކުރެވުނީ؟ ފަހުން ރަނގަޅުވާނެކަމަށް ބަލަހައްޓައިގެން ހުއްޓާ ދައުރު މިނެމެނީ!!
ބަންޑޭރި
21 July 2020
އޭ.ސީ.ސީ އަކީ މިނިވަން މުއައްސަސާ އެއް އޭ.ސީ.ސީ އިން ކުރަމުންދާ ކަމަކާ ސަރުކާރާ ކޮންބެހޭކަމެއް ކޮންމެ ކަމަކާ ސަރުކާރާ ބައްސައިގެން ވާހަކަ ދެއްކުމަށް ވުރެ އަހަރުމެންނަކީ ޒިންމާދާރު ބަޔަކަށް ވާންޖެހޭ.
ލުތުފީ
21 July 2020
ކަމެއް ކުރިކަމަށްވަނީ ފަޓާސްބަރިއެއްހެން ޝަރީޢަތް ހިންގާ ދައުވާލިބޭފަރާތުގެ ހައްގުތަށް ނިގުޅައިގަނެ، ސަރުކާރުން ބޭނުންވާ މީހަކަށް ބޭނުންވާ މުއްދަތަކަށް ހުކުމް ކުރެވުނީމަ ތޯ!
Ali Gasim
20 July 2020
އެއްވެސް މައްސަލައެއް ނުބެލިގެން އުޅޭބަޔަކު ނުކުމެ އެއްއަހަރު މިކިޔަނީ ކާކަށް އޮޅުވާލަންތޯ ދެންހެޔޮ އިސްތިއުފާދީފަ ގެއަށްދޭ
ޕަބޭ
20 July 2020
އެހެންތޯ... އެހެން ވިއްޔާ އަދި ފެނޭ މުސާރައިގެ ކުރިއެރުން ޑަބަލްކޮށްދޭން... ޝުކުރިއްޔާ ކޮންމެއަކަސް.
ގައުމުން
20 July 2020
މައްސަލަ ބަލާވާހަކަ ދައްކާއިރު، ދުވަހަކުވެސް ތަނެއްގަ މައްސަލައެެއް ބެލި މީހަކު ތިތާ އެބައިންތޯ؟ މީހުން ތަންތަނަށް އައްޔަންކުރާއިރު ސަނަދެއް އޮތަކަސް ކަމަކު ނުދޭ. އެމީހާގެ މާޒީގަ އެކަމަކާ ގުޅޭ މަސައްކަތް ތަކެއް ކުރެވިފައި ހުންނަންޖެހޭ. އެނޫން މީހުން ތަންތަނަށް ލާފަ ދެން ތިބެގެން މިކިއަނީ ހުސް ފާޑު.