ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު ހުސައިން ފަހުމީ: އެ ކުންފުނީގެ ކަސްޓަމަރުން ކަރަންޓު ބޭނުން ކުރާ މިންވަރަށް ބަދަލު ނާންނަ ކަމަށް ވިދާޅުވި-- ފޮޓޯ: ނިޝާން އަލީ/މިހާރު
20 ޖުލައި 2020 - 17:31
މިދިޔަ މަހާ އަޅާބަލާއިރު މި މަހު ކަރަންޓު ބޭނުންކުރާ މިންވަރަށް ބަދަލެއް ނާންނަ ކަމަށާއި، އެކަމުގެ ސަބަބުން މި މަހުގެ ބިލް ވެސް ބޮޑުވާނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ކަރަންޓުގެ ހިދުމަތްތަކާ ގުޅޭގޮތުން ފެނަކަ އާއި ސްޓެލްކޯ އާއި މޯލްޑިވްސް އެނާޖީ އޮތޯރިޓީ އަދި އެންވަޔަރަމަންޓު މިނިސްޓްރީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު ހުސައިން ފަހުމީ ވިދާޅުވީ މިދިޔަ މަހު ކަރަންޓު ބިލު ބޮޑުވުމާ ގުޅިގެން އެ ކުންފުނިން ސާވޭއެއް ހަދާފައިވާ ކަމަށެވެ. އެ ސާވޭއިން ދައްކާ ގޮތުގައި ގިނަ ގެތަކުގައި ބޭނުންވާ ވަރަށް ވުރެ އިތުރަށް ކަރަންޓު ބޭނުން ކުރަމުން އަންނަ ކަން ފާހަގަ ކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.
ހުސައިން ފަހުމީ ވިދާޅުވީ ހުސްކޮށް ހުރި ބައެއް އެޕާޓްމަންޓުތަކުގެ ބިލު ބޮޑުވުމުގެ ޝަކުވާތައް ވެސް އެ ކުންފުންޏަށް ލިބިފައިވާ ކަމަށެވެ. އެ ތަންތަނަށް ޒިޔާރަތްކޮށް ބެލި ބެލުމުން ކަރަންޓު ހޭދަވާ ގޮތަށް، އޮޅިގެން ނަމަވެސް އޭސީ އާއި ސްވިޗުތައް ޖައްސާފައި ހުންނަކަން ފާހަގަކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން 700 އަށް ވުރެ ގިނަ ގޭބިސިތަކާއި ވިޔަފާރިތަކުގެ ކަރަންޓު ހޭދަވާ ގޮތް ބަލައިލިން. މި ސާވޭއަށް ބަލާއިރު މެއި ޖޫން، ގައި ކަރަންޓު ބޭނުންކުރި ޕެޓާން އަދިވެސް މިހިރީ. އެހެންވީމާ އަޅުގަނޑުމެންނަށް އަންދާޒާ ކުރެވެނީ ޖުލައި މަހުގައި ލިބޭ ބިލު ވެސް ބޮޑުވާނެ ކަމަށް." ހުސައިން ފަހުމީ ވިދާޅުވި އެވެ.
މިދިޔަ މަހުގެ ކަރަންޓު ބިލު އާދަޔާ ހިލާފަށް ބޮޑުވުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މިކަމާ ގުޅިގެން ސަރުކާރުން ވަނީ ލޮކްޑައުންގެ ތެރޭގައި ދެމުން އައި 40 ޕަސެންޓުގެ ޑިސްކައުންޓު މިދިޔަ މަހުގެ ބިލުން ވެސް ދީފަ އެވެ. ނަމަވެސް މި މަހުގެ ބިލުން އެ ޑިސްކައުންޓު ދޭނެ ކަމެއް އަދި ނާންގަ އެވެ.
ކަރަންޓުގެ ހިދުމަތާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކި އިދާރާތަކުގެ ބޭފުޅުން މީޑިއާއާ މައުލޫމާތު ހިއްސާ ކުރަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު
އާއްމުކޮށް މާޗު، އޭޕްރިލް އަދި މެއި މަހަކީ ހޫނު ގަދަ ދުވަސްވަރަކަށްވުމުން ކަރަންޓު ބިލު ބޮޑުވެ އެވެ. ނަމަވެސް މިއަހަރު އެ ބިލުތައް ބޮޑު ނޫން ކަމަށް ފާހަގަކުރެވުނީ ސަރުކާރުން ޑިސްކައުންޓު ދިނުމާ ގުޅިގެން ކަމަށް ފެނަކަ ކޯޕަރޭޝަނުން ވެސް ވަނީ ފާހަގަކޮށްފަ އެވެ.
އެ ކުންފުނީގެ ޑެޕިއުޓީ ޑިރެކްޓަރު އަހުމަދު ނަޖާހު ވިދާޅުވީ އެ ކުންފުނީގެ ވެސް މި މަހުގެ ބިލްތަކަށް އަރާ މިންވަރު މިދިޔަ މަހާ އަޅާ ބަލާއިރު މަދުވި ނަމަވެސް ދައްކަން ޖެހޭ މިންވަރު އިތުރުވާނެ ކަމަށެވެ. އެއީ ކުރިން ދެމުން އައި ޑިސްކައުންޓު މި މަހުގައި ދޭން މިހާތަނަށް ނިންމާފައި ނުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭޕްރިލް މަހުގަ އެބަހުރި 21.1 މިލިއަން ޔުނިޓު ކަސްޓަމަރުން ބޭނުންކޮށްފައި. އެއީ ޖެނުއަރީއާ އަޅާބަލާއިރު 34 ޕަސެންޓުގެ ބޮޑުވުމެއް. ހާއްސަކޮށް ހުރިހާ އަހަރަކު ވެސް އޭޕްރިލް މަހުގެ ބިލް އެންމެ ބޮޑުވާނީ. އެކަމަކު އެވަރަށް ބިޑުވި އިރުވެސް ކަރަންޓުން 40 ޕަސެންޓު ޑިސްކައުންޓު ލިބުނީމަ ކަސްޓަމަރުންނަށް އެ ބޮޑުވުމެއް ފާހަގައެއް ނުކުރެވުނު." އަހުމަދު ނަޖާހު ވިދާޅުވި އެވެ.
ކަރަންޓު ބިލު ބޮޑުވުމަށް އޮތް ހަމައެކަނި ހައްލެއްގެ ގޮތުގައި ކަރަންޓާއި ހަކަތައާ ބެހޭ ހުރިހާ އިދާރާއަކުން ވެސް ފާހަގަކޮށްފައިވަނީ ބޭކާރު ގޮތުގައި ބޭނުން ކުރާ ކަރަންޓުގެ މިންވަރު ދަށް ކުރުމެވެ. އެގޮތުން، އޭސީ 16ގައި ބެހެއްޓުމުގެ ބަދަލުގައި 25 ގައު ބެހެއްޓުމާއި ބޭނުންކޮށް ނިމުމުން ސްވިޗުތައް އޮފް ކުރުމާއި އޭސީ ކޮށްފައި ހުންނަ ކޮޓަރިތަކުގެ ކުޑަ ދޮރުތައް ހުޅުވާފައި ނުބެހެއްޓުން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުއްމުލްކާރިސް
21 July 2020
މިއީ އަނެއްކާ ސްޓެލްކޯއިން ކޮންތާކުން ހޯދި ސޮރެއްބާ؟ މިސޮރަށް ނޭންގޭ، މިދިޔަ މަހަކީ ޖޫން ކަމާއި، މިއީ ޖުލައި ކަންވެސް
މުހަމާ
21 July 2020
ގަސްތުގަ މަކަރު ހަދާފަ ބިލް ބޮޑުވީމާ ރައްޔިތުންގެ ބޮލަށް ކަނޑާލަނީ. ޑިސްކައުންޓް ދޭން ނިންމި ދެމަހުގެ ޔޫސޭޖް ނުވަލާ އަދި މީޓަރުގެ ފޮޓޯފޮނުވީމަވެސް އެއަށް ނުބަލާ ކުޑަ ޔޫސޭޖްއެއް ޖަހާފަ ބިލްފޮނުވީ. ދެން ޑިސްކައުންޓް ކެނޑުނީމާ އެހާތަނަށް ބިލްނުކޮށްހުރި ހުރިޔާ ޔުނިޓެއް ބިލަށް އެއްކޮށްލީމާ އަމިއްލަ މީހާ އަށް ޚަރަދު ބޮޑުވެ ސަރުކާރުން ޑިސްކައުންޓް ދޭންޖެހޭވަރު މަދުވީ. ދެން ކޮންވާހަކައެއް ތި ދައްކަނީ. ރައްޔިތުން ފެލަނީ ހަމަ.
ކޮމެންޓޭ1
21 July 2020
ބިލުގަ މައްސަލަ އެއް ނެތް ހަމަ ޔޫސޭޖް ބޮޑުވީ. ދެން އަޑު ގަދަ ކޮއްލައިން މިމަހުވެސް ބިލް ކުޑަ ކޮއްލައިފިއްޔާ މަށަށް ވެސް ފައިދާ
މޮޔަނުގޮވާހުރޭ
21 July 2020
ޔޫސޭޖް ބޮޑެއް ނުވޭ. ޔޫސޭޖްއަކީ ކިތަންމެ ވަރަކަށް ފަންކާއާއި ބޮއްކާއި އޭސީ ޖައްސާފައި ހުއްޓަކަސް ވަކިވަރަކަށް ކަރަންޓް ބޭނުން ކުރާ އެއްޗެހި ތަކެއް. އޭގައި އިންނަ ވަޓްއަށް ވުރެ މައްޗަކަށް ބޭނުމެއް ނުކުރެވޭނެ. މިސާލަކަށް 500ވަޓުގެ ކުޑަ އޭސީ އެއް 24 ގަޑިއިރު ޖައްސާފަ ހުއްޓާ މީޓަރަށް އިތުރުވާނީ އެންމެ 12 kWh. ދުވަހަކުވެސް 12 އަށް ވުރެ މަތި ނުވާނެ. އެކަމަކު ސްޓެލްކޯގެ މީޓަރުން ހީވަނީ ބޭނުން ނުކުރިޔަސް 20-30 އަށް ބޮޑުވާހެން. ބޮޑުތަނުން މަކަރު.
އިއްލެ
21 July 2020
ހާދަ މޮޅު މީހެކޭ މިއުޅެނީ. އިލެކްޓްރިކަލް ދާއިރާގެ މާހިރެއްތަ؟ ނިކަން ރިސާޗެއް ހަދާލަބަލަ. މުސުމާއި ކަރަންޓުބިލްތަކާއި އޮތް ގުޅުމާއި، ކަންކަން ހުރިނެތް ގޮތް! ސްޓެލްކޯއަކުން މަކަރެއް ނަހަދާ. ނުވެސް ހަދާނެ.
ޓެލްމީވަޓްއައިޑޯންޓްނޯ
21 July 2020
ތީތި ކުޑަވާނެކަމުގެ ހުވަފެނެއްވެް ދިވެހިރާއްޖޭގެ އެކަކަށްވެސް މިހާތަނަށް ފެނިފައިވާނެހެނެއް ހިޔެއްނުވޭ. މިއީ އެްއވެސް ކަބަރަކަށްނުވޭ. ވާނުވާ ނޭނގި ކަރަންޓް ބިލުބޮޑުވުމާ ޓެލެކޮމް ކޮމްޕެނީތަކުން ޑާޓާ ޕެކޭޖްތަކުން ހަދާ މަކަރާ ވާނުވާ ނޭނގޭ ޗާރޖްތައް ކުރުމާ، މިއީ ދިވެއްސަކަށްވީތީ ކަށަވަރުވެފައިވާ އަސާސީ ޙައްޤުތައް. މީހަކު ޝަކުވާއެއްވެސް ނުކުރެއެއްނު. މި ރާއްޖޭގަ އެބަ އުޅެވެއެއްނު. ތި ޖަރީމާތައް މާޒީ ކޮށަލާނެ ސަރުކާރެއް އަދި ވެރިއެއް ނާންނާނެ
ކްރޯޑް
21 July 2020
ޑިސްކައުންޓް ނުދިނުން މައސްލައެއް ނޫންް އަބަދުވެސް ބޭނުންކުރާ ވަރަށް ކަރްންޓް ބޭނުން ކުރަނީ އެކަމަކު ދުވަހަކުވެސް ބޮޑުނުވާ ވަރަށް ބިލް ބޮޑުވީމަ މައްސަލައަކީ މިސާލަކަށް މަމެންގޭ ބިލް މިދިޔަ 10 ވަރްކްށް އަހްރުގެ ތެރޭގަވެސް 2500 އަށްވުރެ ބޮޑެއްނުވޭ ކަރަންޓް ބޭނުންކުރާ އަދަދު ްިއިތުރެއް ނުވޭ ވަޒީފާއަށްދާ މީހަކު ނޫޅޭ ލޮކްޑައުންވީމަ ގޭގަ ތިބެގެން ބޭނުންކުރާ ކަރަންޓް އިތުރުވާކަށް އެކަމަކު ބިލަށް އަރައިފި 4000 ރުފިޔާ , ކަރްންޓްގެ އަގު ބޮޑެއް ނުވޭ މީ މައްސަލައަކީ
އާރީ
21 July 2020
ރައީސް ސޯލިހު ގެ ވެރިކަން މިދާ މިސްރާބު ރަގަޅެއް ނޫން. ރަށްއިތުންނަށް ހެޔޮވެރިކަން ކޮށްދޭށް އައިމީހުން ފަހަތުން ރަށްއިތުން އަބަދު މިޖެހެނި އިހުތިޖާޖް ކުރަށް. މުޅިން ވެސް މަކަރު ހަދަނި ވާއެއް ނުވާއެއް ނޭގޭ މިހާރު. ބިލުގަ ވެސް ހިތަށް އެރިވަރެއް ޖަހާ ފޮނުވަނި
ޢާސީ
21 July 2020
މީދެން ކިހާ ބޮޑުވެއްޖެ ބަލާއެއްތަ މިކަން ހައްލުކުރަންވެއްޖެ މިކަން ހައްލުކުރާނަން އިރާދަ ކުރެއްވިއްޔާ.
ދީދި
21 July 2020
ރަނގަޅަށް ދިޔަފެލާލެވޭތޯ ބަލާތި. މިގައުމުގަ ކަރަންޓާ ފެންބިލަކީ އަރަތެއް ކަހަލަ އެއްޗެއް
މޯޑޭ
21 July 2020
މީ ބޮނޑް ރޭވުމެއް. މަސްނިމްމުގެ ކުރިން ކަރަށްޓް ބިލު ބޮނޑްވާނޭ ކިޔާ ނޫސްކޮށްފަރެސް ބާންވަނި މި ކޯއްޗެއް ފޮރުވަންބާ. އިހުތިޖާޖް ކޮށްގެންވެސް ހައްލު ކުރަށް ޖެހޭ ގައުމީ މަންސަލައެއްމީ.
ބައިތު
21 July 2020
އޮޅިގެން ބޮޑުވީއޭ ކިޔާފައި ކުޑަ ކޮށްލަފާނެ.