ސްޓެލްކޯގެ މައި އިމާރާތް: ކަރަންޓްގެ އަގަށް ބަދަލު ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުން. --މިހާރު ފޮޓޯ: ނިޝާން އަލީ
29 މެއި 2016 - 12:51
ކަރަންޓް އަގަށް ބަދަލު ގެންނަން ކަމާގުޅޭ އިދާރާތަކުން މުރާޖައާކުރަމުން އަންނަ ކަމަށާއި އެ މަސައްކަތް ނިމޭނެ ދުވަހެއް އަދި ނޭނގޭ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެންމެ ފަހުން ކަރަންޓްގެ އަގަށް ބަދަލު ގެނައީ މި އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. އޭރު ގެނައި ބަދަލާ ގުޅިގެން ކަރަންޓްގެ އަގު ބޮޑު ކަމަށް ޝަކުވާކުރުމުން އެކަމަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފަ އެވެ.
މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ރައީސް ވިދާޅުވީ ކަރަންޓްގެ އަގުތައް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މުރާޖައާކޮށް، ގެނެސްދެވެން އޮތް ރަނގަޅު ބަދަލެއް ގެނެސް ދެއްވާނެ ކަމަށެވެ. ރައީސް އެގޮތަށް ވިދާޅުވި ފަހުން މަހެއްހާ ދުވަސްވިއިރު ވެސް އެ ބަދަލު ގެނެސްފައި ނުވާތީ، އެކަމާ ގުޅޭގޮތުން ދަނީ ސުވާލު އުފައްދަމުންނެވެ.
@Mihaarunews follow up this.@Thoriqibrahim suvaalu kuray. Current bill rate tha adhives kuda nukuray @fazyahmed pic.twitter.com/bW6b20wnOF
— Naibthuth (@naibuthuthu3) May 25, 2016
ކަރަންޓްގެ އަގާ ގުޅޭގޮތުން މީހަކު ކޮށްފައިވާ ޓުވީޓެއް.
ސްޓެލްކޯ އަށް ފައިދާވަމުން އަންނައިރު، ކަރަންޓްގެ އަގަށް ބަދަލު ނުގެންނަނީ ކީއްވެތޯ ވެސް ބައެއް މީހުން ދަނީ ސުވާލު އުފައްދަ އެވެ.
Adhi Current ge agu boduvee keehvetho ves balan jehey. STELCO record profit ga! @rushdhii @fazyahmed @naafix @dhamha7 @MohamedHamdhoon
— Usay #FreePNasheed (@usaymat) May 28, 2016
ކަރަންޓްގެ އަގާ ގުޅޭގޮތުން މީހަކު ކޮށްފައިވާ ޓުވީޓެއް.
އެންވަޔަރަމެންޓް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު މޫސާ ވަޖުދީ ވިދާޅުވީ ކަރަންޓްގެ ކަންކަން ދިރާސާކުރަމުން އަންނަނީ އެ މިނިސްޓްރީ އާއި އެނާޖީ އޮތޯރިޓީ އާއި ފެނަކަ އާއި ސްޓެލްކޯ އަދި ގުޅުން ހުރި އެހެން މުއައްސަސާތައް ގުޅިގެން ކަމަށެވެ. ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށް "ގެއްލުމެއް ނުވެ ފައިދާވާނެ ގޮތަށް" އެކަން ނިންމަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކަރަންޓްގެ އަގަށް ރައީސް އެ ވިދާޅުވި ބަދަލު ގެނައުމުގެ މަސައްކަތް ކުރިއަށް އެބަދޭ،" ވަޖުދީ ވިދާޅުވި އެވެ.
ވަޖުދީ ވިދާޅުވީ ރައީސް ވިދާޅުވި ގޮތަށް އެ މަސައްކަތް ކުރަމުން އައި ނަމަވެސް ނިމޭނެ ދުވަހެއް ސީދާ ދަންނަވަން ދަތި ކަމަށެވެ.
ކަރަންޓްގެ އަގަށް އެންމެ ފަހުން ގެނައި ބަދަލާ ގުޅިގެން 400 ޔުނިޓުން ދަށުގެ މީހުންނަށް އަގު ހެޔޮވެފައިވާއިރު 400 ޔުނިޓުން ފެށިގެން މައްޗަށް އަގު ބޮޑުވެފައިވާ ކަމަށް ޝަކުވާ ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބްރާހީމް
29 May 2016
2018 ޔަގީން، އެވެސް އީ ވޯޓިން ބޭއްވިއްޖެއްޔާ، ވަރަށް ސަލާމް
ޑޭވިޑް
29 May 2016
ކަރަންޓް ބިލަށް ވަރަށް ބޮޑު ސަބްސިޑީއެއް ސަރުކާރުން ދައްކަމުންދާތާ ކިތައްމެ އަހަރެއް ވެއްޖެ. ކަރަންޓު އެ ރައްޔިތުންނަށް އަދި ކިރިޔާ ހަމައަގުގައި ސަރުކާރުން ދޭންފެށީ. މުއްސަނދިންނާއި މަހުޖަނުންނާއި އޭސީގައި އުޅޭމީހުންގެ ކަރަންޓު ބިލް ބޮޑުވެގެން ދިޔައީ. ރައީސްޔާމީން ރައްޔިތުންނަށް ހެޔޮ އެދިވަޑައިގެން ބިލް ރިވިއުކުރާ ވާހަކަ ވިދާޅުވުމުން އަޅުގަނޑުމެނެން ހެޔޮ ބަދަލަކަށް އިންތިޒާރުކުރުން ރަނގަޅުހެން އަޅުގަނޑަށް ހީވަނީ. ކުންފުނި ތަކަށްވާފައިދާ ވެސް ޚަރަދުކުރަނީ ހަމަ ރައްޔިތުންގެ ތަރައްގީއަށްޓަކާ.
ރައްޔިތުމީހާ
29 May 2016
2016 ފެބްރުއަރީ މަހުގެ ކުރިން ކަރަންޓް ބިލަށް އަރަނީ 1800 ރުފިޔާ، މިހާރު ކަރަންޓް ބިލަށް އަރަނީ 2900 ރުފިޔާ. ކަރަންޓް ޔުނިޓަށް ބަދަލު އަންނާނެ ވަރުގެ އެއްވެސް އިތުރު އެއްޗެއް ބޭނުމެެއް ނުކުރަން. އާމްދަނީ އެއް އިތުރެއް ނުވޭ. އެހެންކަމަށްވާނަމަ، 1100 ރުފިޔާ މަދުވަނީ ރައްޔިތު މީހާގެ އަތުން. އެފައިސާ ގޮސް ވަންނަނީ ސަރުކާރު ޙިއްޞާވާ ކުންފުންޏެއްގެ އެކައުންޓަށްް. އިކޮނޮމިސްޓަކު ވިދާޅުވެދެއްވާ އެއިރުން އިތުރުވާނީ ރައްޔިތުމީހާގެ އާމްދަނީތޯ ނުވަތަ ސަރުކާރު ޙިއްޞާވާ ކުންފުނީގެ ރެވެނިއުތޯ.
ސަކިލާ
29 May 2016
އަހަރެން ދުވަހަކުވެސް ޔަމީނުއަށް ވޯޓެއްދެންނުދޭނަން،،، ސަރުކާރުތަކައްވެރިން ހޮވަނީ އަހަރުމެންގެ ކަންތަކުގައި ރަންގަޅުކުރަން މިސަރުކާރުން އަހަރުމެން ދެރެނިކަމެތިންގެ ގޮހުރުގެ ލޮނދިކޮޅުވެސް ބޭރުކުރާނެ
ދޮންބެ
29 May 2016
ފަހަރެއްގައި ފަހު ދުވަހާ ހަމަ އިން ނިމިދާނެ!! ތިންބާރުގެ ވެރިންނާއި މިނިވަނޭ ކިޔައިގެން އުޅޭ މުއައްސަސާތަކުގެ ވެރިން، ހަމަ ރަގަޅަށްވެސް ރައްޔިތުންނަށް ދޯކާ ދިނުން ނޫން ކަމެއްނުކރޭ!!!!
ދޮގެއްތަ؟
29 May 2016
އަހަރުމެންނަށް އެނގޭ. 2018 ގެ އޮކްޓޯބަރުހާ ތަނުގަ ނިމޭނެ.
ތެދެއް!
29 May 2016
އެދުވަހު ތިގެއަށް ވަނީމަ ބިލްތަކަށް އެރި ފައިސާ ހޯދާތި.