ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެމްޕީއެލް އިން އަޅަން ނިންމާފައިވާ 14 ބުރީގެ ތިން ޓަވަރުގެ ކުރެހުމެއް.ފޮޓޯ: އެމްޕީއެލް
22 ޖުލައި 2020 - 15:48
ހުޅުމާލޭގެ ފޭސް 2 ގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހަދަމުންދާ ޓަވަރުގެ 14 ވަނަ ބުރިން ބިދޭސީއަކު މިއަދު ވެއްޓި މަރުވެއްޖެ އެވެ.
ފުލުހުން ބުނީ ބަންގްލަދޭޝްގެ އެ މަސައްކަތު މީހާ ވެއްޓުނުކަން ރިޕޯޓު ކޮށްފައި ވަނީ މިއަދު މެންދުރު 1:45 ގައި ކަމަށެވެ.
އެ މީހާ މަރުވެފައި ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.
މާލެ ސަރަހައްދުގައި ހަދަމުން އަންނަ އިމާރާތަކުން މީހަކު ވެއްޓި މަރުވެފައި މިވަނީ މިފަދަ ހާދިސާއެއް ނުހިނގާތާ ދުވަސްތަކަކަށް ފަހު އެވެ.
އިމާރާތް ކުރުމުގައި ސަލާމަތީ ފިޔަވަޅުތައް ދޯދިޔާވުމުން ހިތާމަވެރި އެތައް ހާދިސާއެއް މީގެ ކުރިން ވެސް ހިނގާފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރީތި މޫސަ
23 July 2020
ގިނަތަންތާގަ އެމީހުންލައްވާ ހެސްކިޔާފަ މަސައްކަތްކުރުވަނީ އެއްވެސް ސޭފްޓީއެއްނެތި ނުވިތާކަށް މުސާރަވެސްނުދީ ނިދަންދެނީވެސް އެއިރެއްގަ މަސައްކަތްކުރާ ސައިޓެއްގަ ފުލައިވްޑްފިލާގަދެއްގަ ކާންދެނީ އެހާދޭސީކޮން ފެންވަރަންދެނީ ލޮނުފެން މަސައްކަތް ކުރުވަނި 16 ގަޑިއިރު އޯޓިވެސްނުދީ މީއެމީހުންގެ ގިނަމީހުން އުޅޭހާލަކީ
ދެރަ
22 July 2020
ހަމައަށް މުސާރަ ލިބޭބާ، ދޭން ޖެހޭ މުސާރަކޮޅު އާއިލާ އަށް ފޯރުކޮށްދިނުން ރަގަޅު.
ޙަމްދަރުދީ
22 July 2020
ހިއުމަންޓުރެފިކު ހިންގުމުގަ ކުއްވެރިނުވާ ގައުމެއްމީ މަގުމަތިން ބިދޭސީންހޯދައިގެން މަސައްކަތްކުރުމުގާ އެއްވެސް މައްސަލައެއްނުޖޭތީ ދެމީހަކު އެއްވެލާފަ ބޮސްހެދިގެން މަސައްކަތްކުރުވަނީ އެންމެގިނައިން މިކަންކުރާނީ ވެރިކަންހިންގާޕާޓީގެ އިސްސަފުގަ އުޅޭމީހުން...
ކުރަންވީއޭ
22 July 2020
އިމާރާތް ކުރުމުގެ ދާއިރާ ގެ ސޭފްޓީ އާއި ގުޅޭ ގޮތުން ހެދިފައިވާ ގާނޫނު ތަންފީޒު ކުރުމުގައި ހުރިހާ ބާރުތައް މުށުތެރެއަށް ލައިގެން ހައުސިންގް މިނިސްޓްރީން ތިބުމުން އެނިޒާމް ފެއިލް ވެފައިވާ ކަމަށް ކަން މިހެން ހުރުމުން އެގާނޫނަށް އެބަޖެހޭ ބަދަލު ތަކެއް ގެންނަން އިމާރާތް ކުރުމުގެ ދާއިރާ އިންސްޕެކްޓް ކުރުމަށް ޓަކައި ގައުމީ ޔުނިވަރސިޓީން ހިންގާ ކުރު ކޯހެއް ނިންމާ މީހުންނަށް އިމާރާތް ކުރުުމުގެ ދާއިރާގެ ހެލްތް އެން ސޭފްޓީ ސެޓިފައިޑް މީހުންނަށް ވާނެ ކަމަށް
އިސްމާއިޅް އަބުދުﷲ
22 July 2020
ތިޔައީ ވަރަށް އުސް އިމާރާތެއް. ވީމާ އަދި މީހުން ދިރި އުޅޭތަނަކަށް ތިޔަތަނަ ވުމުން ހިނގާނެ ތިޔަކަހަލަ ހާދިސާތައް މާގިނަވާނެ. ކުޑަކުދިންނަށް ތިޔަ މާހައުލަކީ ވަރަށް ނުރައްކާ މާހައުލެއް، އެހާ އުސް އިމާރާތް ތަކަކީ އާންމުން ދިރިއުލެން ރަގަޅު ތަންތަނެއް ނޫން.
ާއުނިމާ
23 July 2020
2 ބުރި އިމާރާތެއްވެސް ތިޔަގޮތައް ރައްކާތެރިއެއްނުވާނެ!
ވައްގަވައްގާ
22 July 2020
ތިފަދަ އިމާރަތްކުރާ ތަންތަނުގައި ޝިޕްޓް ޑިއުޓީގައި ހުއްނަ ހެލްތް އެންޑް ސޭފްޓީ ސްޕަވައިޒަރ ތިކަންކަމާއި ޒިއްމާދާރުކުރުވަންޖެހޭ.
ނަން.
22 July 2020
މުސާރަ ނުދޭތާ ސޭފްޓީ އިކުއިޕްމެންޓް ކޮޅަކަށް ހަރަދުކޮށްލާނެ ފައިސާވެސް ރާއްޖޭގެ ގިނަ މަހުޖަނުން އަތަކު ނުހުރޭ؟
ވަމުންދަނީއޭ
22 July 2020
ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ އެބަޖެހޭ ވަރަށް ބޮޑަށް އޯވަރހޯލް ކުރަން އެމެން މަސައްކަތް ކުރާއިރު މަސައްކަތް ކުރަން ޖެހޭނެ ގޮތުގެ މެތަޑް ސްޓޭޓްމެންޓްސް ތަކާއި އަދި ހެލްތް އެން ސޭފްޓީ ވަކި ޑިޕާރޓްމެންޓެއް ނުވަޔަ ޔުނިޓެއް ހުންނަން ޖެހޭނެ ކޮންމެ ޕްރޮޖެކްޓެއްގައި ރިސޯރޓްސް ތައް ހަދަނީ ވެސް އެއްވެސް މިންވަރަށް ސޭފްޓީ ހުރެގެން ނޫނޭ އިތާފުށި ހެދި އިރު އެތަނުގައި މަސައްކަތް ކުރި މީހަކު ކަރަންޓް ގައި ޖެހިގެން މަރުވީ އެޚަބަރު މީޑިއާ އަށް ނައި ނަމަވެސް
އިބުނު ހަސަނު އިބުނު
22 July 2020
މަރުވަރަށްކައިރި. ވެއްޓުނަސް ނުވެއްޓުނަސް
ޕީޕީއެލް
22 July 2020
މީ ދެވަނަ ފަހަރު. މީގެ ކުރިންވެސް ހަމަތިއިމާރާތުން މީހަކު ވެއްޓި ނިޔާވީ. އުސޫލުތަކާ ގަވާއިދުތަކަމީ ހަމައެކަނި ކަރުދާހުގަ އޮންނައެއްޗަކަށް މިވަނީވެފަ