ޑަބްލިއުޓީއެމްގައި ބައިވެރިވި ރާއްޖޭގެ ޓީމް-- ފޮޓޯ: މިހާރު
23 ޖުލައި 2020 - 11:04
އިނގިރޭސިވިލާތުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ހާއްސަ ކެމްޕެއިނެއް ފަށައިފި އެވެ.
މި ކެމްޕެއިން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އިން ފެށީ މަގުބޫލް ޓްރެވަލް މަޖައްސާއެއް ކަމަށްވާ ޓްރެވަލް ވީކްލީއާ ގުޅިގެންނެވެ. މިއީ އިނގިރޭސިވިލާތުގެ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މީހުންގެ މެދުގައި ވަރަށް މަގުބޫލް މަޖައްލާއެކެވެ.
މި ކެމްޕެއިން މި މަހުން ފެށިގެން އޮކްޓޫބަރު މަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. އެގޮތުން ޓްރެވަލް ވީކްލީގެ އޮންލައިން ޕްލެޓްފޯމުތަކާއި މައިކްރޯސައިޓްތަކުގެ އެހީގައި ރާއްޖެ އިޝްތިހާރު ކުރާނެ އެވެ. އަދި ރާއްޖޭގެ ޓޫރިޒަމާ ގުޅޭ ޚަބަރުތައް ޓްރެވަލް ވީކްލީ މެދުވެރިކޮށް ގެނެސްދޭނެ އެވެ.
މި ކެމްޕެއިންގެ އެންމެ ބޮޑު މަގްސަދަކީ ކޮވިޑް-19 އަށް ފަހު ޓޫރިސްޓުން ޗުއްޓީ ހޭދަކުރުމަށްޓަކައި އެންމެ އެކަށީގެންވާ އަދި ރައްކާތެރި މަންޒިލެއްކަން އިޝްތިހާރު ކުރުން ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ
އިނގިރޭސިވިލާތަކީ ރާއްޖެ އަށް ޓޫރިސްޓުން އެންމެ ގިނައިން އަންނަ އެއް ގައުމެވެ. އެގޮތުން މިދިޔަ އަހަރު ވެސް ގިނަ ހަރަކާތްތަކެއް އެ ގައުމުގައި އެމްއެމްޕީއާރްސީން ހިންގި އެވެ. އޭގެ ތެރޭގައި އައުޓްޑޯ އެޑްވަޓައިޒިން ކެމްޕެއިނާއި ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ގައި ބައިވެރިވުމާއި އޮންލައިން ކެމްޕެއިން ހަރަކާތްތައް ހިންގުން ހިމެނެ އެވެ.
މިދިޔަ އަހަރު ރާއްޖެއަށް 126،000 ޓޫރިސްޓުން އިނގިރޭސިވިލާތުން ޒިޔާރަތްކުރި އެވެ. މިއަހަރުގެ ފުރަތަމަ ތިން މަހު އެގައުމުން އައިސްފައިވަނީ 7،200 ޓޫރިސްޓުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތެދުވެރިޔާ
24 July 2020
އޮނަރަބްލް އަފީފު ދީދީ ކަލޭމެންގެ މުސްތަގްބޮލް ނަޝީދު އިސްވެ ހުރެ އިންޑިޔާގެ އަސްކަރީ ބޭހަކައް ހަދަނީ އައްޑޫ. އެމްޑީޕީގެ އޮތީ މަކަރުވެރި ރޭވުމެއް އިންޑިޔާ ރައްޔިތުން އާބާދު ކުރުވުން އައްޑޫގަ އައްޑޫ މީހުން 2ވަނަ ދަރަޖަޔައް ވެއްޓޭނެ.
އޮނަރަބްލް އަފީފު ދީދީ
23 July 2020
ފުވައްމުލަކާއި އައްޑޫސިޓީގައި 1000 އެނދުގެ 10 ސިޓީ ހޮޓާ ތަރައްޤީކޮށް 2024 ގެ ކުރިން ހުޅުވުމަށް ބިންދޫކޮށް ލ. އަތޮޅުގައި ހަމައެކަނި ދިވެހި އިންވެސްޓަރުންނަށް ފުރުސަތު އޮންނަގޮތަށް އަގުހެޔޮ ފަތުރުވެރިންނަށް އަމާޒުކޮށް ޓްއަރިސްޓް ވިލެޖެއް ތައްޔާރުކުރާންޖެހޭ. ޢަދި މަތީ ފެންވަރުގެ 80 ރިސޯޓް ތަރައްޤީކުރަން ހުވަދޫ އަތޮޅުން ބައިނަލް އަޤުވާމީ ބިޑަށް ރަށްތައް އިއުލާންކުރުން އަވަސްކޮށް ގޭންއެއަރޕޯޓް އިންވެސްޓަރ ފައިނޭންސް އުސޫލުން ތަރައްޤީ ކުރާނެ ޕާޓީއެއް ހޯދާންޖެހޭ.
ޙިނި
23 July 2020
ޔޫރަޕު ކުރިން ހީކުރިވަރައްވުރެ ފުން ރިސެޝަނަކައް ދަނީ، ޓުވަރިޒަމްގެ ނިއު ނޯމަލް އަކީ އޮކިއުޕެންސީ ދައް ވާނެ. އަހަރުމެނަކައް މިކަމައް ރެޑީވެވޭނީ ކިހިނެއް.