ފަލަވުމަކީ ސިއްހީ މައްސަލަތައް އިތުރުވާ ކަމެއް.
28 ޖުލައި 2020 - 08:32
ފަލަ މީހުންނަށް ކޮވިޑް-19 ގެ ނުރައްކާ ބޮޑު ކަމަށާއި އަދި އެފަދަ މީހުންނަށް ބަލި ޖެހިއްޖެ ނަމަ ފުރާނަ އަށް ނުރައްކާވުމުގެ ފުރުސަތު ވެސް ބޮޑު ކަމަށް އިނގިރޭސިވިލާތުގެ ތަޖުރިބާރުންގެ ޓީމަކުން ބުނެފި އެވެ.
ޕަބްލިކް ހެލްތު އިންގްލެންޑް (ޕީއެޗްއީ) އިން މިހާތަނަށް ހޯދި ހޯދުންތަކަށް ބަލާއިރު، ފަލަ މީހުންނަށް ކޮވިޑް-19 ޖެހިއްޖެ ނަމަ އެ މީހުންނަށް ސިއްހީ ގޮތުން ދިމާވާ މައްސަލަތައް އެ ނޫން މީހުންނާ އަޅާބަލާއިރު ބޮޑުވެފައި، ފުރާނަ އަށް ނުރައްކާވުމުގެ ފުރުސަތު ވެސް ބޮޑުކަން ފާހަގަކުރެވިފައިވެ އެވެ.
އިނގިރޭސިވިލާތުގެ ސިއްހީ ތަޖުރިބާކާރުންގެ ޓީމަކުން މި ދިރާސާގެ ނަތީޖާ ހާމަކޮށްފައި މި ވަނީ އޮބިސިޓީ ނުވަތަ އާދަޔާހިލާފަށް ފަލަވާ މައްސަލައާ ދެކޮޅަށް މަސައްކަތްކުރާނެ އާ އުސޫލުތަކެއް ވެސް އިއުލާންކުރަން ސަރުކާރުން ތައްޔާރުވަމުން އަންނަނިކޮށެވެ.
In our new report, we look at the evidence that suggests being overweight or obese increases the risk of serious illness from #coronavirus.
— Public Health England (@PHE_uk) July 25, 2020
Read it here: https://t.co/kAdcLE0Eh6 pic.twitter.com/nctECM50Vq
ޕީއެޗްއީގެ ޗީފް ނިއުޓްރިޝަނިސްޓް އެލިސަން ޓެޑްސްޓޯން ވިދާޅުވި ގޮތުގައި ފަލަވުމާއި ކޮވިޑާ އޮތް ގުޅުމަކީ މިހާރު ދެބަސްވެވެން ނެތް ހަގީގަތެކެވެ. އެހެންވެ ކޮވިޑް-19އާ ދެކޮޅަށް މަސައްކަތްކުރާ އިރު، ފަލަ މީހުންގެ ސިއްހަތަށް މިހާރަށް ވުރެ ބޮޑަށް ސަމާލުކަން ދޭން ޖެހިފައިވާ ކަމަށާއި ފަލަވުމާ ދެކޮޅަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
"ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ފަލަ މީހުންނަށް ކޮވިޑާ އެކު ސިއްހަތަށް ނުރައްކާވާ ފަދަ އެހެން މައްސަލަތައް ވެސް ކުރިމަތިވެ، ފުރާނަ އަށް ނުރައްކާވުމުގެ ފުރުސަތު ވެސް ބޮޑުކަން،" އެލިސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މުޅި ދުނިޔެ ކޮވިޑް-19އާ ހަނގުރާމަކުރަމުން އަންނަ މި ބަލީގެ ނުރައްކާ ކުޑަކުރެވޭނެ އެއް ގޮތަކީ ފަލަވުމާ ދެކޮޅަށް މަސައްކަތްކުރުން ކަމަށެވެ. އަދި މިއީ ކޮންމެ މީހަކު ވެސް ފަރުދީ ހައިސިއްޔަތުން އެ މީހުންގެ ސިއްހަތު ދުޅަހެޔޮކޮށް ބެހެއްޓުމަށްޓަކައި ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.
"އުމުރާ ގުޅޭ ގޮތަށް ބަރުދަން ބެހެއްޓުން ވަރަށް މުހިއްމު. ބަރުދަން އިތުރުވިޔަ ނުދީ ރަނގަޅު ޑައިޓަކާ އެކު ކަސްރަތު ވަރަށް މުހިއްމު. އެހެންވީމާ އެ އާދަ އެބަޖެހޭ އަށަގަންނުވަން،" އެލިސަން ވިދާޅުވި އެވެ. "ބަރުދަން އިތުރުވުމަކީ ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތިވާ ކަމެއްކަން ކުރިން ވެސް އެނގޭ. އަދި ބަރުދަން ލުއިވުމަކީ ސިއްހީ ގޮތުން އެތައް ފައިދާއެއް ލިއްބައިދޭނެ ކަމެއް."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގަޓް ބްރޯ
28 July 2020
ކޮވިޑް ރޯގާ ނުބަލާ ވަކި ބާވަތެއްގެ ބަޔަކަށް. ހަފްތާއަކު 5 ދުވަހު ކަސްރަތުކޮށް އުޅޭ ވަރަށް ފިޓްކޮށް ތިބި ކިތަންމެ ބަޔަކަށްވެސް ކޮވިޑް ރޯގާ ޖެހިއްޖެ. އަދި ބަލި ޖެހުމަށްފަހު ކުރިމަތިވާ ނުރައްކާވެސް ވަކި ކުޑައެއްނޫންކަަށްވެސްވޭ.
ހަސަބު
28 July 2020
ހިކުމަކީ އުދަގޫކަމެއް. އެކަމަކު ނުވާނެކަމެއްނޫން. ފަލަވާ މީހުން ހިކުނަސް އޭގެމަތީ ދެމިހުރުމަކީ އެއަށްވުރެ ބޮޑު އުދަގުލެއް.