އައިޖީއެމްއެޗުގެ ލެބޯރެޓަރީގައި ޓެކްނީޝަނުން މަސައްކަތުގައި: މާލޭގައި ކޮވިޑް-19 ފެތުރޭ އަދަދު ދަނީ އިތުރުވަމުން.
02 އޯގަސްޓް 2020 - 02:31
ކޮވިޑް-19 އަށް 64 ސިއްހީ ޚިދުމަތްތެރިއަކު އަދި 67 ފުލުހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނެފި އެވެ.
އެ ސެންޓަރުން ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ހެލްތު ކެއާ ވޯކަރުންގެ ތެރެއިން 37 މީހަކު ކޮވިޑަށް ޕޮޒިޓިވްވީ މިދިޔަ މަހު ކަމަށެވެ.
ސިއްހީ ޚިދުމަތްތެރިންގެ ތެރޭގައި، ޑޮކްޓަރުންނާއި ނަރުހުންނާއި ލެބް ޓެކްނީޝަނުންނާއި ރޭޑިއޯގްރާފަރުން އަދި ސާފުކުރުމުގެ މަސައްކަތްކުރާ މީހުން ވެސް ހިމެނެ އެވެ.
އެނގިފައިވާ ގޮތުގައި، ކޮވިޑް-19 ގެ ބަލި މީހުންނަށް ހުޅުމާލޭގައި ފަރުވާ ދެމުން އަންނަ މެޑިކަލް ފެސިލިޓީގައި މަސައްކަތްކުރާ ޑޮކްޓަރުންތަކެއް ވެސް މި ފަހުން ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.
މިރޭގެ މީޑިއާ ބްރީފިންގައި ޑރ. ނަޒްލާ ނޫސްވެރިންނާ އޮންލައިންކޮށް ވާހަކަ ދައްކަވަނީ.
ޑރ. ނަޒްލާ ވިދާޅުވީ މިހާތަނަށް 67 ފުލުހަކު ވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، މިދިޔަ މަހު އެކަނި ވެސް 21 ފުލުހަކު އަލަށް ޕޮޒިޓިވްވި އެވެ. އަދި އިއްޔެ ވެސް އިތުރު ހަ ފުލުހަކަށް އެ ބަލި އަލަށް ޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ އޭޕްރީލް 15 ގައި މާލެއިން ކޮވިޑް-19 ގެ ފުރަތަމަ ކޭސް ފެނުމާއެކު އެޅި ހަރުކަށި ފިޔަވަޅުތަކަށް ލުއި ދޭން ފެށުމުން، އެ ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައި ވެ އެވެ. ހާއްސަގޮތެއްގައި ކޮވިޑް ޖެހޭ ދިވެހިންގެ އަދަދު ވަނީ ރެކޯޑު އަދަދަކަށް މައްޗަށް ޖެހިފަ އެވެ.
އެޗްޕީއޭއިން ރޭ ބުނީ، މިދިޔަ ހުކުރު ދުވަހުގެ ހަވީރު 6 ން އިއްޔެ ހަވީރު 6 އާ ހަމައަށް އިތުރު 154 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި 134 ދިވެހިން ހިމެނެ އެވެ. މިއީ، އެއް ދުވަހުގެ ތެރޭގައި ރެކޯޑު އަދަދަކަށް ދިވެހިން ޕޮޒިޓިވްވި ދުވަހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސީނާ
02 August 2020
ހެޔޮނުވާނެ. ހޮސްޕިޓަލުތަކުގަ އުޅޭ ހައި ރިސްކު މީހުންނަށް ޗުއްޓީ ދެއްވާ. މަށަކީ 3 ދަރިންގެ މަންމައެއް. ލޭ މައްޗަށް ދިޔުމާ ނޭވާ ހިއްލުމާ ހަކުރުބަލި ހުރޭ. ނޯޕޭ ވެސް ނުނެގިގެން މިއުޅެނީ.
އަލީޕާ
02 August 2020
ލިޔުމުގައި ބުނާ ގޮތުން ފުލުހުން ގިނައިން ޕޮޒިޓިވީ އޮފީސްތައް ހުޅުވާލުމުން. ޖުލައިގައި 21 ވީމަ ހަމަ އޮފީސްކަމަށް ޤަބޫލުކުރެވޭ. އަދި މުޒާހަރާ ކުރާމީހުން ހުއްޓުވުމުގައި ބޮޑު ރޯލެއް ހިނގައިފައިވާނެ. އެހެން ނަމަވެސް ކީއްވެބާ ފުލުހުން އެހާ ގިނައީ ހުޅުވާލުމާއެކު. 67 ކީ މަދުއަދަދެއްނޫން. އެހެންވީމަ ސްޓަޑީ ކުރުން މުހިއްމު. އަޑުއއހި ގޮތުގައި ސިފައިންކަމަށް ވަނީ ހުރިހާ ލޮޖިސްޓިކް ކަންތައްކުރަނީ. ޗީފް ފޮނިކެނޑި އެހެން ކީ.
އަހްމަދު 55
02 August 2020
ސިފައިންގެ އަދަދު ބުނެވޭވަރަށްވުރެ މަތީގަ އުޅެނީ ކަމަށް ވެދާނެ.
ސޭޓުގެސޭޓު
02 August 2020
މީގައި ނަން ނުކިޔަސް ޕޮލިޓިކަލް މީހުން ޒިންމާ ނަގަން ޖެހެނީ. ދެރައީ އެމީހުންނަށް އެެއްވެސް އަދަބެއް ނުދެވޭނެތީ. މިކަން މިހެންވާނެކަން އިނގޭ. މި މީހުން ވާހަކަ ފަތުރަނީ މީ ދުނެޔެއިން ފަތުރައިގެން އުޅޭ ހޯކްސް އެއްކަަމަށް ސިފަވާހެން. ޓްރަމްޕާއި ފޮކްސް ނިއުސްއިން ވެސް އެހެން ބުނި. މިހާރު އެމެރިކާ މީހުން އެތިބީ ފޮކްސްއާއ ދެކޮޅަށް ދައުވާ ކުރާ ހިސާބު. ހެޔޮނުވާނެ އަމިއްލަ ސިކުޑިންވިސްނާ. ޕޮލިޓިކަލް މީހުން މިގައުމުގެ ލޯބީގައި އުޅޭނެ ބަޔެއްކަމަށް ނުވިސްނާ
ކެރޯން
02 August 2020
މިދަނޑިވަޅުގަ މުޒާހަރާއޭކިޔާފަ ނިކުންނަ މީހުން ޖަލަށްވައްދާލީމަ ރައްޔިތުނަށްޓަކައި ކޮށްދެވޭނެ ވަރަށްރަގަޅުކަމެއް.
ކޮމެންޓްކެނަ
02 August 2020
އެވެސް ހަމަ މުޒާހަރާކޮށްގެން ޕޮޒްވީހާ މީހުން..
ހަބީބާ
02 August 2020
އާދެ ހަމަ އެހެންވެސް ވެދާނެ އިނގޭތޯ. މުޒާހަރާ ކުރަން ތިބީ މާސްކެއް ނައަޅާ ގައިދުރު ކުރުމެއް ނެތި. އެމީހުން ކޮންޓްރޯލު ކުރުން ނުކުންނަ ފުލުހުން އެދަނީ ބަލީގެ ނުރައްކަލަށް ހުށަހެޅިގެން.
ސްސު
02 August 2020
ގަބޫލުކުރަން ބޭނުނުން ނުވިޔަސް ނުރައްކާ ބޮޑުވަމުން މިދަނީ. އަމިއްލައަށްވެސް ރައްކާތެރިވާން މުހިންމު
ހަސަބު
02 August 2020
ހިތާމައިގެ ކޮޅެއް ނެތް. ހިތަށް އަރާ މިމީހުން ހޭއަރާނީ ކޮން އިރަކުންބާއޭ. ﷲ މިބަލިން އެންމެން ރައްކާތެރި ކުރައްވާށި. އާމީން
އަފީފްް
02 August 2020
ވަރަށް ދެރަވޭ ފްރޮންޓްލައިނުގައި މަސައްކަތް ކުރާ މީހުންނަށް މިހެންވީމަ. ގަބޫލުކުރެވެނީ ފުލުހުންނަށް ބަލި ލިބިފައި ހުންނާނެކަން މުޒާހަރާ ކޮންޓްރޯލު ކުރަން އުޅުމުގެ ތެރޭގައިވެސް. މި ވަގުތު ބަލިބޮޑުކުރަން ގަސްތުގަ މުޒާހަރާ ކުރާ މީހުން ޖަލު ގޮޅިއަށް ކަހާލަދީ ހެޔޮނުވާނެ. ސިޔާސީ ބޭނުމަށް ގައުމު ނުފުނޑިގެން އުޅޭ ބައިގަނޑެއް މިއީ. އެމީހުން ބޭނުން ގޮތަކަށް ކަންތައް ކުރާއިރު ބަލަން ތިބެފިއްޔާ މިކަން ވެދާނެ ގައުމީ ނުރައްކަލަކަށްވެސް.
ޖަފީފް
02 August 2020
މުޒާހަރާކުރާ މީހުން ނިކުތީ މާ ފަހުން. އޭގެ ކުރިން އޮފީސްތަކަށް މީހުން ނިކުމެގެން އެއޮތީ ފެތުރޭނެވަރަކަށް ފެތުރިފައިކަން ހިސާބުތަކުން ފެންނަަން އެއޮތީ. މުޒާހަރާކޮށްގެން ގަސްތުގައި ފަތުރާނަމަ އޮފީހަށް ބަލި ހިފައިގެން ނިކުންނަނީވެސް ގަސްތުގައި. އެމީހުންވެސް ކޮންމެވެސް ތަނަކަށް ކަހާލާކަށް ނުޖެހޭތަ؟
އައިޖީ.އެމް.އެޗް މުވަައްޒަފެއް
02 August 2020
އަދިވެސް ކުޑަ ހުސައިނު ބުނީމަ ޕްރޮޓޮކޯލު ބަދަލުކުރާތި. އޭރުން ހުރިހާ ސިއްހީ ހިދުމަތްތެރިން އެއް ފަހަރާ އަނދަވަޅެއް ވެއްޓޭނެތާ. މިފަދަ ބޮޑެތި ކަންތައް ވާއިރުވެސް ރައީސް އޮފީހުން އައި.ޖީ.އެމް.އެޗްއާ ހަވާލުވެ ހުރި އެ އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމު ނިދާފައި. ޕާޓީ ރޯޔަލް ބޭފުޅެއްވީމަ މަޖިލީހަށް ކުއްލި މައްސަލަ ވައްދާ އޭނާ ޒިންމާ ކުރުވާނެ މީހެއްވެސް ނެތް.
ދެންކިޔާ
02 August 2020
ކަލޭމެން ކުދިން ވޯޓްލައިގެން ގެނައި ސަރުކާރުގަ ކަތުރުފަނީގެ އެއްބައި އޮތުން އެއީ ކަލޭމެންވެސް ޒިންމާވާންޖެހޭ ކަމެއް. ދެން ކުދިނުކިޔާ ތިބިއްޔާ ރަގަޅުވާނީ.
އޭނަ މީނަ
02 August 2020
ބަލަ މީކީ ރައިސް އޮފީހުގެ މިނިސްޓަރުގެ ސަބަބުންވާކަމެއްނޫން. މުޅި ދުނިޔެވެސް އޮތީ މިހާލުގައި. އަހަރުމެންގެ ޤައުމުގެ މީހުން އުޅެނީ އެމީހަކަށް ހިތަށްއެރިގޮތަކަށް. ދެން ކޮންކަމެއް ރަނގަޅުވާނީ.