މާލޭގައި ބަޔަކު މާސްކް އަޅައިގެން ނަމާދުކުރަނީ. މާސްކް ނާޅައި އުޅުނު 272 މީހަކަށް އިއްޔެ ނަސޭހަތްދިން
04 އޯގަސްޓް 2020 - 01:13
މާލެ ސަރަހައްދުގައި އާއްމު ތަންތަނަށް ނުކުންނަ އިރު މާސްކް އަޅަން އަންގާފައިވާ އެންގުމާ ހިލާފުވެގެން 73 މީހަކު މިހާތަނަށް ޖޫރިމަނާކޮށްފައިވާ ކަމަށް އެޗްޕީއޭ އިން މިރޭ ބުނެފި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންްޓަރުގެ ތަރުޖަމާން ޑރ. ނަޒްްލާ ރަފީގު ވިދާޅުވީ މާސްކް ނާޅައި އާއްމު ތަަންތަނުގައި އުޅުނު 272 މީހަކަށް ފުލުހުން ނަސޭހަތްދީފައިވާ ކަމަށެވެ. މާސްކް ނާޅައި އާއްމު ތަންތަނުގައި އުޅޭ މީހުން ޖޫރިމަނާކުރަނީ 1000.ރ އިންނެވެ. ނަޒްލާ ވިދާޅުވީ މާސްކް އެޅުން މަޖުބޫރުކުރި ފަހުން އެ އުސޫލަށް އަމަލުނުކޮށްްގެން 645 މީހަކަށް ނަސޭހަތްދީ 73 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
މާލެ ސަރަހައްދުގައި އާއްމު ތަންތަނުގައި އުޅޭ އިރު މާސްކް އެޅުމަކީ މަޖުބޫރު ކަމެއް ކަމަށް ހެދީ ކޮވިޑް-19 ފެތުރޭ މިންވަރު ރާއްޖޭގައި ކުއްލިއަކަށް އިތުރުވުމުންނެވެ. އެގޮތުން އިއްޔެ އަކީ އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ކޭސް ފެނުނު ދުވަހެވެ. އިއްޔެ ފެނުނީ 215 ކޭހެވެ. އެމީހުންގެ ތެރޭގައި ގިނައީ ވެސް ދިވެހިންނެވެ.
"އެހެންވީމާ މިހާރު އަޅުގަނޑުމެން ވަރަށް ބޮޑު ސަމާލުކަމެއް އެބަ ދޭންޖެހޭ އަޅުގަނޑުމެން ބަލި ކޮންޓްރޯލްކުރުމަށް މިކިޔާ ފިޔަވަަޅުތަކަށް،" ނަޒްލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އުސޫލުތަކަށް އަމަލުކުރުމާ އެކު މުހިއްމު އަނެއް ކަމަކީ އެޗްޕީއޭ އަށް ފުރިހަމަ މައުލޫމާތު ދިނުމެވެ. އެގޮތުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތުގެ ތެރެއިން މީހަކަށް ގުޅުުމުން ސައްހަ މައުލޫމާތު ދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ކޮންޓެކްޓެެއް ނަމަ ކަރަންޓީނު ވެގެން ގޭގައި ތިބުން ވެސް އޭނާ ވިދާޅުވި ގޮތުގައި، ވަރަށް މުހިއްމެވެ.
"ވަރަށް ގިނަ ފަރާތްތަކުން އެބަ ސުވާލުކުރައްވާ އަޅުގަނޑުމެންނާ، ނޫނީ ބައެއް ބޭފުޅުން އެބަ ޑިމާންޑް ކުރައްވާ، ކޮންޓެކްޓެކޭ ތިމަންނަ މިއީ ޓެސްޓްކުރަން ބޭނުމޭ. ޓެސްޓްކުރިކަމުގައި ވިޔަސް ހަމަ 14 ދުވަހު ކަރަންޓީނުކުރުމަށް ފަހު އަލުން ޓެސްޓްކުރަން ޖެހޭނެ. އެހެންވީމާ މި ވަގުތު ޓެސްޓްކުރުމުގެ ވެލިއުއެއް ނެތް،" އޭނާ ވިދާޅުވި އެވެ.
ނަޒްލާ ވިދާޅުވީ އެޗްޕީއޭގެ ހާލު ބެލުން ޕޯޓަލް މެދުވެރިކޮށް ބައެއް މީހުން އަލާމާތް ހުރިކަމުގެ މައުލޫމާތު ދޭ ކަމަށާއި އެކަމަކު ފުރިހަމަ މައުލޫމާތު ހޯދަން ގުޅުމުން އަލާމާތެއް ނެތްކަމަށް ބުނާ ކަމަށެވެ. އެގޮތަށް ކަންތައް ނުކޮށް ރަނގަޅު މައުލޫމާތު ދޭން އޭނާ އިލްތިމާސްކުރެއްވި އެވެ.
ކޮވިޑް-19 ގެ ކޭސްތައް ގިނަ ވާތީ އާ ފިޔަވަޅުތައް އަޅަން ތައްޔާރުވަމުން އަންނަ ކަމަށް ނަޒްލާ މިރޭ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެގޮތުން އަޅާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން މިހާރު ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަވަން
04 August 2020
ޖޫރިމާނާ ކުރިޔަސް ނުވާނެ! ލާރި ހޯދީމަވާނީ. ކޮންމެ މީހެއް އަތުން 1000 ރުފިޔާ އަތުލީމާ 73000 ރުފިޔާ ލިބުނީ، ފްރަންޓަލައިން ކުދިންނަށް އެފައިސާ ބަހާލީމާ ސަޅިވާނެ.
ރަދުން999
04 August 2020
ތިޔައީ ގާނޫނީ ގޮތުން ކުރެވޭނެ ޖޫރިމަނާއެއް ނޫން. ޜާއްޖޭގެ އެންމެން މާސް އެޅުވޭގޮތަކަށް ނުން ގާނޫނެގެ 12 ވަނަ މާއްދާގެ ހ އޮތީކީ. ޢެމާއްދާއިން މަމޫނާއަށް ބާރު ނުލިބޭ ޖުމްލަކޮށް އެންމެން މާސްކު އަޅުވާ އިތުރަށް ބަލިކޮށްލާކަށް ރައްޔިތުން. ÷ޕޮލިސް މިކަން މިގޮތަށް ނުކުރެއްވުން އެދެން
ކުޑަމުހައްމަދު ބ
04 August 2020
ދިވެހިންނަށް ކަމުދާގޮތެއް އަޅެ އެބައޮތްތަ؟
ބޮޑު މުހައްމަދު
04 August 2020
ފުރަތަމަ ބުނީ މާސްކު އަޅަކަށް ނުޖެހެޔޯ. މިހާރު ދައުލތައުގެ މާލިއްޔާ ދިރުވާލައިގެން މުސާރަ ދެވޭނެ ފަދަ ނެތީމަ މާސްކު އެޅުން ވެއްކޭ މިކަމުގެ ވެކްސިނަށް. ނާގާބީލް ކޮހޭމެން އިސްތިއުފާ. ދައުލަތް ފެންފޮދަކާ ނުލައި ދިރުވާލި ވަގުންތައް އިސްތިއުފާ
ހުސެން
04 August 2020
ޖޫރިމަނާ ކުރުމަކީ ހައްލެއްކަމުގައި އަޅުގަނޑުނުދެކެން ސަބަބަކީ ޖޫރިމަނާކޮށްފައި ދޫކޮށްލުމުންވެސް މިފަދަމީހުންގެ އުޅުމަށް ބަދަލެއް އަންނާނަކަމަށް ގަބޫލެއްނުކުރެވޭ، އަނެއްކޮޅުން ޖޫރިމަނާގެ ސަބަބުން އަތްމަތިދަތިވެ އިޖުތިމާއީ އިތުރު މައްސަލަތަކެއް އުފެދޭނެ، ވިސްނޭގޮތުގައި އެންމެ ރަނގަޅުހައްލަކީ އުސޫލުތަކާ ހިލާފުވާ މީހުން 14 ދުވަހަށް ނޫނީ އެއިރެއްގައި އޮންނަ މުއްދަތަކަށް ކަރަންޓީން ކުރުން، ދެން ނުކިޔަމަންތެރިވާނަމަ ޖަލުގައި ބަންދުކުރުން
ބޮޑު މުހައްމަދު
04 August 2020
މުޅި ދައުލަތް މަޅާލައިގެން މުސާރެ ދެވޭނެ ފަދައެއްވެސް ނެތް. ދެން ރައްޔިތުން ފެލައިގެންވެސް ހޯދަން ޖެހޭނެތާ. ނުވަންޏާ އިސްތިއުފާ ދީބަލާ ސާލިހޫ
12345
04 August 2020
އެއްވެސް މުޖްތަމައެއްގައި ކުރާކުށާއި ދެވޭ އަދަބު ބެލެންސް ނުވެއްޖެ ނަމަ ކުށްކުރުން މަދުނުވާނެ. އަދި ދެވޭ އަދަބަކީ އަދަބެއްކަން ކުށްކުރާމީހާއަށް އިހްސާސް ވާންޖެހޭނެ. 1000 ރުފިޔާ ގެ ޖޫރިމަނާ ބަންގްލަދޭޝް މީހުނަށް އަދަބެއްގެ އިހްސާސް ކޮށްދިނަސް ދިވެއްސަކަށް އެއްވެސް އަދަބަކަށް ނުވާނެ. އެމީހުން ގެންގޮސް ޖަލަށްލާ.
ފަހުދު
04 August 2020
މިރާއްޖޭގަ ފުލުހުންނައް ބަޔަކުމީހުން މުޒާހަރާކުރީމަ ނޫނީ ކަމަކައްނުވާނެ. ނިކަން އެސްއޯ ފުލުހުން ނުކުމެ މާސްކްނާޅާ ލާހޫރޭ ބައިގަނޑު ދެލޮލައް ޕެޕާރސްޕްރޭ ނަމަވެސް ޖަހާބަލަ.
ސާރިއު
04 August 2020
މޮޅު ވާހަކަ ނުދައްކާ. މުޒާހަރާ ކުރީމަ މި ވަރު މިވީ
ކަސަބު
04 August 2020
ކޮން ބަޔަކާ މަޝްވަރާކުރަނީ؟ މެޑިކަލް ޓީމްގެ ބޭރުން އެއްވެސް ބަޔަކާ މަޝްވަރާ ކުރަންޖެހޭތަ؟
ގޯސް
04 August 2020
އެއްބަޔަކަށް ނަސޭހަތްދީފަ އަނެއްބަޔަކު ޖޫރިމަނާ. މިކިހިނެއްވާކަމެއް.
ބިލާލް
04 August 2020
ހަމަ އެ ތަފާތު ދަނެގަނެވޭ ވަރުގެ ތެތްކަމެއްވެސް ބޮލުގައި ނެތީ؟ ޖާހިލުކަން ބޮޑީ ބޮޑު ނަމަކަށް ނޫންތާ!¬