އިދިކޮޅު، ޕީޕީއެމް/ޕީއެންސީން ރޭ ވެސް މާލޭގައި ބޭއްވި މުޒާހާރާއެއްގައި ސަޕޯޓަރުން: ބަލި ފެތުރުން އިތުރުވާތީ މުޒާހަރާތައް ވަނީ މެދުކަނޑާލާފައި. --. ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
04 އޯގަސްޓް 2020 - 12:00
ކޮވިޑް-19 އަށް ރާއްޖެ އިން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ ހާލަތު ގޯސްވަމުންދާތީ އިދިކޮޅުގެ މުޒާހަރާތައް އަލުން ނުފަށަން ނިންމައިފި އެވެ.
ކޯލިޝަން ސަރުކާރުގެ ވެރިންގެ އިސްތިއުފާއަށާއި ޝަރުއީ ނިޒާމް މިނިވަންކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލަން ގޮވާލައި ޕީޕީއެމާއި ޕީއެންސީން މާލޭގައި ފެށި މުޒާހަރާތައް މެދުކަނޑައިލީ އީދު ބަންދަށެވެ. މި ބަންދަށް ފަހު ހުޅުވުމާ އެކު އެއްވުންތައް އޮންނާނެކަން ވަނީ އިއުލާންކޮށްފަ އެވެ.
ބަލި ފެތުރުން ކޮންޓްރޯލްކުރުމުގެ ފިޔަވަޅެއްގެ ގޮތުން އާއްމުން އެއްވެ ނޫޅުމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން (އެޗްއީއޯސީ) އިން އިލްތިމާސްކޮށްފައި އޮއްވައި މުޒާހަރާތައް ބާއްވާތީ ފާޑުކިއުން ވެސް އަމާޒުވި އެވެ. މާލޭގެ އެންމެ ތޮއްޖެހުން ބޮޑު، މަޖީދީމަގަށް މީހުން ޖަމާކޮށްގެން ފަށާ މުޒާހަރާ ނިންމަނީ، ބޮޑުތަކުރުފާނުމަގު، ޕީޕީއެމްގެ އޮފީހާ ހަމައިންނެވެ.
ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ސުޖާއު ރޭ ސަންގުޓީވީގައި ވިދާޅުވީ މުޒާހަރާތައް މެދުކަނޑާލީ އެންމެ ފުރަތަމަ ގައުމު އިސްކުރާތީ ކަމަށެވެ. ޕީޕީއެމްގެ މޮޓޯ އަކީ ވެސް "އެންމެ ފުރަތަމަ ގައުމު" ކަމަށް ވިދާޅުވި އެވެ.
"މުޒާހަރާ އަށް ނުނިކުމެ މި ތިބީ ދިވެހި ރައްޔިތުންގެ ހައްގުގައި. އެއީ މި ހާލަތުގައި، މި ކޭސްތައް އިތުރުވެގެން ގޮސް އަނެއްކާވެސް މީގެން ނޭދެވޭ އަސަރުތަކެއް ރައްޔިތުންތަކަކަށް ކޮށްފާނެތީ އެ ބިރުވެރިކަމަށްޓަކައި ރައްޔިތުންގެ ސައިޑު އިޚްތިޔާރުކޮށްގެން މި ތިބީ،" ސުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަޑުއުފުލުން ނުބޭއްވިޔަސް ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އިދިކޮޅުން ފަހެއް ނުޖެހޭނެ އެވެ. މި ސަރުކާރުންވެ ނުފުއްދި ހުރި ވައުދުތަކުގެ މަތިން ހަނދާންކޮށް ޒިންމާދާރުކުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިދިކޮޅުން މި ފަހުން ބޭއްވި އެއްވުންތައް ހޫނުވެ، އެޗްޕީއޭގެ އުސޫލުތަކުން ބޭރުން ވެސް ބައެއް ކަންކަން އެ މުޒާހަރާގައި ކުރިއަށް ގެންގޮސްފައިވެ އެވެ.
އެއްވެ އުޅުމުގެ ގާނޫނު ބުނާ ގޮތުން ނުރައްކާތެރި ބަލިމަޑުކަމެއް ނުވަތަ ގައިން ގަޔަށް އަރާ ބައްޔެއް ފެތުރެމުންދާކަން އިއުލާން ކޮށްފައިވާ ދުވަސްވަރެއްގައި އެކަމުން މީހުން ސަލާމަތް ކުރުމަށްޓަކައި އެއްވެ އުޅުމުގެ ހައްގު ފުލުހުންނަށް ހިފެހެއްޓިދާނެ އެވެ.
މި މުޒާހަރާތައް ބޭއްވީ ލިއުމުން ހުއްދަ ހޯދައިގެން ނޫނީ ކުރިއަށް ނުގެންދަން ހޯމް މިނިސްޓްރީން އަންގާފައި ވަނިކޮށެވެ. ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެއްވެ އުޅުމުގެ ހައްގު ހަނިކޮށް ޕީޕީއެމްގެ ސަރުކާރުގައި ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ހުއްދަ ނުނަގައި މާލޭގައި އެއްވެވޭނީ ހަމައެކަނި ކާނިވާ ސަރަހައްދަށެވެ. ހައްގު ހިފަހައްޓާފައިވާ އެ އިސްލާހަށް ތާއީދުކޮށް، މި ސަރުކާރުން ވެސް އަންނަނީ އަމަލުކުރަމުންނެވެ. ކުރިން ދެކޮޅު ހެދި ނަމަވެސް އެ އިސްލާހު އުވާލުމުގެ ވިސްނުމެއް މިހާރު މި ސަރުކާރަކުން ވެސް ނުގެންގުޅެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިޔުން
04 August 2020
ނޫނޭ ކުރިޔަށް ގެންދޭ ހައްޕުޑުވެސް ޖަހާ
ިއިބްރާހިމް
04 August 2020
މުޒާހިރާ ކޮށްގެން ވާނެގޮތަކީ ސާލިހު ވެރިކަން ދޫކޮށްލާނީ. ދެން ޕާޓީކުދިން ނުކު މެ ގައު މުގައި ހުޅުޖަހާނީ. ބަނޑަށްޖެހި މަރުވިޔަސް ކެތްތެރިވެގެން ތިބުން ބުއްދިވެރި.
ވައިސޫރި
04 August 2020
ކުރީގާވެސް މުޒާހަރާކުރީ މިހެންވާނެކަން އެނގިތިބެ އެކަމައްގޮންޖައްސަވާފަ އަދިވެސް ކުރެވޭތޯބަލާ ތިޔައީ އެއްވެސްވަރަކައް ރައިއްޔަތުންނައް ވެދާނެ ގޮތަކައް ބަލާނެބައެއްނޫން
ހަސަދު
04 August 2020
ހާލަތު ގޯސްވާތީތޯ ނުވަތަ ނިކުންނާނެ މީހަކު ނުވީބާ!!!
Ahmed Ismail
04 August 2020
ޕީ.އެން.ސީއަކީ އަދުރޭގެ ޕާޓީ. އަދުރޭ ޕާޓީ ހިންގާނީ އަދުރޭ. ހާދަފޫހިވާ މީހެކޭ އަދުރޭއަކީ. އެމުޒާހަރާ އަށް ދިޔަ މީހުން ނަށް އަވަސް ޝިފާއަކަށް އެދެން
މާސްކު ( އަނގަމަތި ފޮތި )
04 August 2020
ޕީޕީ އަކަށް ކުރިޔަކުވެސް މިހާރަޖުވެސް ޤައުމެއް ނުފެނޭ ގައުމުގެ ހަޒާނާ ލޫޓުވާލާ ދަށު ދަރަޖައަށް ވައްޓާލާފަ މުޒާހަރާ ކުރަނީ ވެރިކަން ހޯދަން އެހެން އެއްވެސް ބޭނުމަކުނޫން ތިމަތިމާމެންގެ ޖީބަށް ބޮޑުކުރުމުގެ ބޭނުން އޮތީ
ކަނީރު
04 August 2020
ނޫން ހުއްޓާނުލާ. ކަލޭމެނަށް ދެރަވާނެ އެއިރުން
ކޮތަރު
04 August 2020
ހާލަތު އިތުރަށް ގޯސްވީ މާސްކުނާޅާ މުޒާހަރާކޮށް ހައްޕުޑުޖަހާހެދީމަ.
ހަސަނު1
04 August 2020
މުޅީ ރަށު ތެރެއަށް ފަތުރާފައި ހައްޕުނޑު ޖާހާފައި ދެންކޮށް ވާހަކައެއް ދައްކާކަށް.
އާންސީ
04 August 2020
އުހުން ހުއްޓާނެ ކަ މެއް ނެތް ވާނެ އެއްޗެއް ވީމމ މަ.