05 އޯގަސްޓް 2020 - 16:27
ގދ. އަތޮޅުގެ ރަށެއްގައި އުމުރުން ހަތަރު އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ކޯޓުން ދޫކޮށްލައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އަންގާރަ ދުވަހު ފަތިހު އެވެ.
އެނގިފައިވާ ގޮތުގައި ކުއްޖާގެ މައިންބަފައިން ތިބެނީ ވަރިވެފަ އެވެ. ފިރިހެންމީހާ އަކީ މަސްތުވާތަކެއްޗާއި މާރާމާރީ އަދި ގެވެށި އަނިޔާގެ ކުށުގެ ރެކޯޑު އޮތް މީިހެއް ކަން ވެސް އެނގިފައި ވެއެވެ.
މިހާރު އަށް މައުލޫމާތު ދިން މީހާ ކިޔައިދިން ގޮތުގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އޭނާ އެ އަތޮޅުގެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް ގެންގޮސްފައި ވަނީ އިއްޔެ އެވެ. ކުށުގެ ބާވަތުން، މައްސަލަ ބަލާ ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ޕީޖީ އޮފީހުން ކޯޓުގައި ވަނީ އެދިފަ އެވެ.
އެ ކޯޓުގައި މިހާރު ވަގުތީ ގޮތުން މަސައްކަތްކުރަމުން އަންނަ އެހެން ރަށެއްގެ އިސް މެޖިސްޓްރޭޓް އޭނާ ދޫކޮށްލާފައިވަނީ އޭނާ ބަންދުކޮށްފައި ބަހައްޓަން ޕީޖީން އެދިފައި ނުވާތީ ކަމަށް ބުނެ އެވެ.
މައްސަލަ ރިވިއުކުރަން ޕީޖީ އޮފީހުން އަނެއްކާ ހުށަހެޅުމުން މިއަދަށް ތާވަލްކުރި ނަމަވެސް ގާޒީ ސަލާމް ބުނުމާ ގުޅިގެން މައްސަލަ ކުރިއަށް ގޮސްފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލުގުމާނު
06 August 2020
ޝައްކެއްނެތް ތިޔަވާނީ ކޮއެލުތެރޭ ބޭޅަކަށް
Ali Gasim
06 August 2020
ސަދޫމު ޖަސްޓިސް ވެސް މިގައުމަށް ވުރެ ރަނގަޅުވާނެ
ނަޢީމް ޢަލީ
05 August 2020
ބޮޑެތި މައްސަލަތަކުގެ އަމުރު ރިވިއު ކުރަން ހުށަޙެޅުމުން، ސެޑިއުލް ނުކޮށް ގަސްތުގައި ލަސްކޮށް މައްސަލައަށް ނުފޫޒު ފޯރުވުމަށް މަގުފަހިވާ ގޮތަށް ކޯޓްތަކުގެ ޤާޒީގެ އަމަލުތައް ހުރިކަމަށްވާތީވެ އޭނާގެ މައްސަލަ ބަލާ ފިޔަވަޅު އަޅަންޖެހޭ
ސާފެއްނޫން
05 August 2020
ހަބަރުގައި މިއޮތީ މައްސަލަ ބަލައި ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ކޯޓުގަ ފުލުހުން އެދިފައިވާ ކަމަށް. ނަމަވެސް ގާޒީ މިބުނަނީ އޭނާ ދޫކޮށްލީ ބަންދުގައި ބަހައްޓަން ފުލުހުން އެދިފައި ނުވާތީވެ ކަމަށް. ދެން އެހެންވީމާ މީގަ ތެދުބުނަނީ ކާކު؟
ދައްނަކަލޭފާނު
05 August 2020
އަހަރެން ދަންނަކަން ކިޔެވިފޮތަކުން ވެސް މިޔާވަރު ސިޔާސަކުދިންގެ ވާހަކައެއް އަޑެއްނާހަން. ފަހެ މިހާރު ދޫކުރަމުންގޮސް ދޫކުރާނެ އެއްވެސް އެއްޗެއްނެތި މުޅިން ނިމިއްޖެ. ބޮދުންގެ ސިޓީ ދައްނަކަލޭފާނު
ދިވެހި ރައްޔިތުން
05 August 2020
މިއީތަ އަހަރަމެންނަށް ހައްްގު ލިބޭ ގޮތަކަކީ
ވައިސޫރި
05 August 2020
އެއަތޮޅުގާހުރީ އެންމެ ގާޒީއެއްތޯ އެހެން ރަށެއްގެ ކޯޓަކައް ހާޒިރުކޮއްގެންނަމަވެސް ތިޔަމީހުން ހައްޔަރުކުރަން އެބަޖެހޭ އެއީ ތިޔަމީހުންނަކީ އަންނަންއޮއެއް ޖީލުގެމީހުން ހަލާކުކުރަމުންދާ ބައެއް
އެންދެރި
05 August 2020
އެއްރަށުގަ ހުންނަ ގާޒީ އަނެއް ރަށައްގޮސް ސަކަރާތް ޖަހާފަ ފުރައިގެން ދަނީ އެވެ. ދެން އޭނަ ނުފެނެ އެވެ. ސިޔާސީ ނޫނަސް ޖޭއެސްސީ އިން މައްސަލަ ބަލާލަ ބަލާށެވެ.
ޔެސް
05 August 2020
ކޮންމެ 3 މީހުންގެ ތެރޭން 2 މީހުން ދަނީ.......
ބިސްބެ
05 August 2020
އޭނާ ދޫކޮށްލަންޖެހޭ ހުރިހާ ޝަރުތެެެއް އެބަހުރި.....ބޯހަލާކު.