އައިޖީއެމްއެޗުގެ ލެބޯރެޓަރީގައި ޓެކްނީޝަނުން މަސައްކަތުގައި: ކޮވިޑް ޖެހިގެން އެ ހޮސްޕިޓަލްްގައި އެޑްމިޓްކުރި ތުއްތުކުއްޖާގެ ހާލު މިހާރު ރަނގަަޅު. ފައިލް ފޮޓޯ/މިހާރު
06 އޯގަސްޓް 2020 - 14:05
ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެ ބަލީގެ ސަބަބުން ހުން ގަދަވުމުން މިދިޔަ އަންގާރަ ދުވަހު އައިޖީއެމްއެޗުގައި އެޑްމިޓްކުރި އުމުރުން އެންމެ އެއްމަހުގެ ކުއްޖާގެ ހާލު މިހާރު ރަނގަޅު ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީީ) އިން މިއަދު މިއަދު ބުނެފި އެވެ.
އެ ސެންޓަރުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ، އެ ކުއްޖާ އަށް ކޮވިޑް ޖެހުނީ ބެލެވޭ ގޮތުގައި މަންމަގެ ފަރާތުން ކަަމަށެވެ. އެއީ އެ ކުއްޖާ އަށް ބަލި ޖެހިފައިވާކަން އެނގުމުން، ކޮންްޓެކްޓް ޓްރޭސިންގެ ތެރެއިން މަންމަ ޓެސްޓް ކުރިއިރު މަންމަ ވެސްް ކޮވިޑަށް ޕޮޒިޓިވް ވެފައި ވާތީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ތުއްތު ކުއްޖާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން އަންގާރަ ދުވަހު މީޑިއާގެ ސަމާލުކަމަށް ގެންނެވީ އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޓަރު އަހްމަދު ފައިސަލެވެ.
އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ ކުއްޖާ އޮތީ ވަރަށް ބޮޑަށް ޑީހައިޑްރޭޓްވެފައި ކަމަށެވެ. ކޮވިޑްގެ ބިރުވެރިކަން ބޮޑުވެ، ކޮންމެ ދުވަހަކު ވެސް ގިނަ ބަޔަކު ޕޮޒިޓިވްވަމުން ދާއިރު، އެއް މަހުގެ ކުއްޖަކު އެޑްމިޓްކޮށްފައިވާ ކަމުގެ މެސެޖް ޑރ. ފައިސަލް ދެއްވީ އާއްމުން އިތުރަށް ރައްކާތެރިވެ ތިބުމުގެ ނަސޭހަތެއްގެ ގޮތުންނެވެ.
ދޮޅު މަހުގެ ކުއްޖަކު ވެސް ކުރިން ކޮވިޑަށް ޕޮޒިޓިވްވެގެން ފަރުވާދީފައިވެ އެވެ.
ކޮވިޑް-19 އަކީ ވަކި ހާއްސަ ފަރުވާއެއް ހޯދިފައި ނުވާ ބައްޔަކަށް ވާތީ، އެ ބަލި ޖެހޭ މީހުންނަށް ފަރުވާ ދޭން ކުރާ ކަމަކީ ފެންނަން އަލާމާތްތަކަށް ފަރުވާ ކުރުމެވެ. އެގޮތުން ހުން އައިސްފައިވާ ނަމަ ހުމަށް ފަރުވާ ދެ އެވެ.
ކޮވިޑް ފެތުރޭވަރު ރާއްޖޭގައި މި މަހު ވަނީ ކުއްލިއަކަށް ވަރަށްް ބޮޑަށް އިތުރުވެފަ އެވެ. މި މަހުގެ ތެރޭގައި އެވްރެޖްކޮށް ދުވާލަކު 170 ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި މި ބަލީގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދު ވެސް ވަރަށް ބޮޑުތަން އިތުރުވެ، ކޮވިޑުގެ ފަރުވާ އަށް މާލޭގައި ޚާއްސަކުރި ތަންތަން ފުރިދާނެ ކަމުގެ ބިރު އޮތް ކަމަށް ވެސް ސިއްހީ ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަސް
06 August 2020
الحمد لله އިރާދަކުރެއްވިއްޔާ ކުއްޖާ އާއި ކުއްޖާގެ މަންމަވެސް ވަރަށް އަވަހަށް މުޅިން ރަނގަޅުވާނެ.
ހަބީބާ
06 August 2020
الحمد لله الحمد لله الحمد لله ހާދަ އުފާވެއްޖެއޭ!