ޚަބަރު / ރައީސް އޮފީސް

ޓޫރިޒަމް މިނިސްޓަރަކަށް ޑރ. މައުސޫމް އައްޔަން ކުރައްވައިފި

ޓޫރިޒަމް މިނިސްޓަރަކަށް ޑރ. މައުސޫމް މިއަދު އައްޔަން ކުރައްވައި، އޭނާ އަށް މަގާމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

ޓޫރިޒަމް މިނިސްޓަރަކަށް ޑރ. އަބްދުﷲ މައުސޫމް ހަމަޖައްސަވައި މަގާމުގެ ހުވާ ދެންމެ ކުރައްވައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ކުރީގެ ނައިބު ރައީސް އަދި ކެލާ ދާއިރާގެ ކުރީގެ މެމްބަރު މައުސޫމް އެ މަގާމަށް ހަމަޖައްސަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އޭނާ އަށް ވަނީ ފަތްކޮޅު ދެއްވައިފަ އެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި ކުރިން ވެސް ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި އަދި ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި މައުސޫމް އެންމެ ފަހުން ފުރުއްވީ ސިންގަޕޫރަށް ރާއްޖެ އިން ކަނޑައަޅުއްވާފައިވާ ސަފީރުގެ މަގާމެވެ. ޓޫރިޒަމް ޑިވެލޮޕްމަންޓުގެ ދާއިރާ އިން ފުރަތަމަ ޕީއެޗްޑީ ހެއްދެވި ދިވެއްސަކީ މައުސޫމެވެ. އޭނާ ކިޔަވާ ވިދާޅުވީ ވިލާ ސްކޮލާޝިޕް ސްކީމްގެ ދަށުން އިނގިރޭސިވިލާތުގެ ބާމިންގްހަމް ޔުނިވާސިޓީސްކޫލް އޮފް ޕަބްލިސިޓީ އިންނެވެ. ތީސިސް ލިއުއްވީ "އެންކްލޭވް މައިކްރޯ އައިލެންޑްޓޫރިޒަމް" އިންނެވެ.

ޑރ. މައުސޫމް ވަނީ ހޮޓެލް މެނޭޖުމަންޓުގެ ދާއިރާ އިން މާސްޓާސް ވެސް ހައްދަވައިފަ އެވެ. އޭނާ ޕީއެޗްޑީ އަށް ކިޔަވާ ވިދާޅުވުމަށް ފުރާވަޑައިގަތުމާ ހަމައަށް ހުންނެވީ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް(އެފްއެޗްޓީއެސް)ގެ ސީނިއާ ލެކްޗާ އަކަށެވެ. އޭނާ ފުރުއްވި މަގާމްތަކުގެ ތެރޭގައި، އެންވަޔަރަމެންޓް މިނިސްޓަރުގެ މަގާމާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ބޯޑު މެމްބަރު ކަމުގެ މަގާމުގެ އިތުރުން ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގެ އިސް މަގާމްތައް ހިމެނެ އެވެ.

Dr. Maus: Miee ehen meeheh

Dr. Maus: Miee ehen meeheh

The most trusted news source in the Maldives

Mihaaru

ސަން އައިލެންޑްގެ ޖެނެރަލް މެނޭޖަރު ކަމުގައި ހުންނެވި އިރު "މިހާރު" އަށް ދެއްވި އިންޓަވިއުއެއް

މައުސޫމް ވަނީ، ރާއްޖޭގެ އެންމެ ބޮޑު ރިސޯޓު، ސަން އައިލެންޑުގެ ޖެނެރަލް މެނޭޖަރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ. އަދި ރައީސް މައުމޫންގެ ވެރިކަމުގައި މިނިސްޓަރުކަން ލިބިވަޑައިގަތުމުގެ ކުރިން، ރާއްޖެ އަށް ކުރިމަތިވި ސުނާމީ ކާރިސާގެ ތެރޭގައި މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑު ވެސް ހިންގެވީ މައުސޫމެވެ.

މައުސޫމްގެ ސިޔާސީ ހަޔާތްޕުޅު ފެއްޓެވީ ޑީއާރުޕީންނެވެ. އޭނާ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެ ޕާޓީގެ ކުރީގެ ރައީސް އަހްމަދު ތަސްމީން އަލީގެ އަރިހުގައި މަސައްކަތް ކުރައްވައިފަ އެވެ.

އޭނާ މަގާމާ ހަވާލުވެވަޑައިގަތީ ސިންގަޕޫރުން ރާއްޖެ ވަޑައިގެން 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރެއްވުމަށް ފަހު އެވެ. ކަރަންޓީނުގެ މުއްދަތު ހަމަވެފައި ވަނީ އިއްޔެ އެވެ. އޭނާ މިނިސްޓަރަކަށް މި ހަމަޖެއްސެވީ ކުރިން އެ މަގާމު ފުރުއްވި އަލީ ވަހީދު މަގާމުން ވަކިކުރެއްވިތާ ގާތްގަނޑަކަށް މަހެއްހާ ދުވަސް ފަހުންނެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި އެ މަގާމުގައި ހުންނެވި އަލީ ވަހީދު މިދިޔަ މަހުގެ 9 ގައި ވަކިކުރީ ގިނަ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތާ އެކުގަ އެވެ. އިސްތިއުފާ ދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވުމުން އެކަން ނުކުރެއްވުމުން މަގާމުން ވަކިކުރެއްވީ އެވެ.

އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުކުރެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްއާ އެވެ. ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ހަތަރު މަސް ވަންދެން ބޯޑަރު ބަންދުކޮށްގެން ތިބުމަށް ފަހު މިދިޔަ މަހުގެ 15 ގައި އަލުން ހުޅުވާލި އިރު، ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކުރެއްވީ ފައްޔާޒްގެ ބެއްލެވުމުގެ ދަށުންނެވެ.

49 ކޮމެންޓް, 232 ރިއެކްޝަންސް

icon happy icon happy 89%
icon sad icon sad 1%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެލްސީ އަހްމަދީ ނަޖާހް

10 August 2020

ޓެސްޓަޑް އެންޑް ފެއިލް

The name is already taken The name is available. Register?

ރީތި މޫސަ

07 August 2020

ހަމަގައިމުވެސް އަލީވަހީދަށްވުރެރަނގަޅުވާނެ ސަބަބަކީ ދާއިރާގެ މީހަކަށްވުން ޑިސިޕްލިންގ ހުންނާނެ ކޮންމެކޮންމެގޮތެއް އޯކޭނުވާނެ ބަޔަކުބުނާހާގޮތެއްނުހަދާނެ މުވައްޒަފުންނަށް ބިރެއްނެތި ވަޒިފާއަދާ ކުރެވޭނެ ޤައުމަށްވަފާތެރިވާނެ ފައިސާޔަކަށްނުވިކޭނެ

The name is already taken The name is available. Register?

އތނ

06 August 2020

ވަރަށް ކުއަލިފައިޑް މިނިސްޓަރ އެއް.. މަރުހަބާ

The name is already taken The name is available. Register?

ނާސިރު ބޭނުމީ މިނިވަންކަން.

06 August 2020

ޤައުމީޔަތެއް ނެއްސަރުކާރަކަ ކިހިނެ ޤައުމު ހިންގާނީ

The name is already taken The name is available. Register?

ޑިޒާއަަރ

06 August 2020

ރައީސް ޔާމީންގެ ވެރިކަމުގައި ތިއްބޭ ޓައިޓޭނިއަމް ޕްލޭޓެޑް މިނިސްޓަރުން ތަކެއް އެއީ ޑިފެންސް މިނިސްޓަރު ނާޒިމް އަދި ހޯމް މިނިސްޓަރު އުމަރު އަދި އިކޮން މިނިސްޓަރު ސައިއްޓޭ އަދި ޑައިމެންޑް ޕްލޭޓެޑް ދަ ހާކިމާ ރައީސް ޔާމީން ރައީސް އިބޫގެ ސަރުކާރުގައި އަދި އެއް ނެތޭ ޓައިޓޭނިއަމް ޕްލޭޓެޑް އެންމެ މިނިސްޓަރެއްވެސް މަމެން އުއްމީދު ކުރަމޭ އާ ޓޫރިޒަމް މިނިސްޓަރު އެއީ ޓައިޓޭނިއަމް ޕްލޭޓެޑް މިނިސްޓަރަކަށް ވާނޭ ކަމަށް ދިސް އިޒް ދަ ފީލިންގް ކްއެންޗް އަވަރ

The name is already taken The name is available. Register?

ހޯލްޑްއޮންހޯލްޑްއޮން

06 August 2020

ޓޫރިޒަމް މިނިސްޓަރު ކަން ޑރ. މައުސޫމަށް ދިނުން އެއީ ކޯލިޝަން އެއްބަސްވުމަށް ރައީސް އިބޫ އިހްތިރާމް ކުރާ ކަން އަންގައިދޭ އަލިގަދަ ދަލީލު ތަކޭ މީ މަމެން އުފާ ކުރާ ކަމެކޭ މަމެން އުއްމީދު ކުރަމޭ ކޯލިޝަންގެ ހުރިހާ ސިޔާސީ ޕާރޓީ ތަކުގެ ލީޑަރުން އަދި އިދިކޮޅު ސިޔާސީ ޕާރޓީ ތަކުގެ ލީޑަރުންނާއި އެކު ރައީސް އިބޫ ގުޅިފައިވާ ބައްދަލުވުމެއް ބާއްވާ ރާއްޖޭގެ އިގްތިސާދު ރިކަވަރ ކުރުމަށް ޓަކައި މާލެ ސަރަހައްދުގައި ހުރި ފަޅު ތައް ހިއްކާ ގޯތި ވިއްކަން ފަށާނޭ ކަމަށް..

The name is already taken The name is available. Register?

ރައްޔިތު ސޮރު

06 August 2020

ޝުކުރިއްޔާ ރައީސް! މަރުހަބާ މައުސޫމް. ދެން އެންމެ އަވަހަށް ހެޔޮބަދަލެއްގެންނަން ފެންނަނީ ހެލްތަށް. ކަމަށް ޤާބިލް ހީވާގި ހިންގުންތެރި ހަރަދަށްބަލާ ތަޖުރިބާހުރި ބޭފުޅަކު މި ނާޒުކު ވަގުތު ހެލްތު މިނިސްޓަރަކަށް އައްޔަނުކޮށްދިނުމަށް ރައީސް އަރިހުން ވ.އަދަބުވެރިކަމާއެކު ދަންނަވަން.

The name is already taken The name is available. Register?

ސްކިޕަރ

06 August 2020

މަޖިލީހުން ވަރަށް ބޮޑާ ހާކާނެ! އެމް.ޑީ.ޕީ ސުޕަ މެޖޯރިޓީއަށް ހަޖަމެއް ނުވާނެ މިކަމެއް

The name is already taken The name is available. Register?

ނަވަ ނަވާން 81

06 August 2020

ކަލޯ އިބޫ ކަލޭ ގަދަ އިނގޭ!

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

06 August 2020

ދެނެފަރިތަ ރައްޓެއްސެއް. ނަމަވެސް ޑރ މައުސޫމަކީ އަހްމަދު އަދީބު އާއި އަލީ ވަޙީދަށް ވުރެން ރަނގަޅުމީހެކޭ ބުނެ ހިތް ހަމަޖައްސާލުމަށްވުރެން ބޮޑަށް އަހަރުމެން ކުރާ އުއްމީދުތައް ޙާސިލް ކޮށްދެވޭނެ "ހިތްވަރު ހުރި" މައުސޫމެއްތޯ ބަލާލަން ބޭނުން. # ރާއްޖޭގެ މަދުބަޔަކު ޓްއަރިޒަމްގެ މައްޗަށް ވެރިވެގެން ތިބި ތިބުމަށް ނިމުން ގެނެސް ވެލްތް ޑިސްޓްރިބިއުޓް ކުރުމަށްޓަކާ އުތުރާއި ދެކުނަށް ފުޅާދާއިރާއެއްގައި ޓްއަރިޒަމް ގެންދެވޭނެމީހެއްތޯ ބަލާން އަހަރުމެން ބޭނުންވޭ.

The name is already taken The name is available. Register?

ޙަސަން އަޙްމަދު

06 August 2020

ތިޔަ ބުނާ ތަރައްގީގެ އުއްމީދަށް ވުރެ ކުރިޔަށް ނަޒާހަތްތެރިކަމާ އަޚްލާޤު ވެލިޔު ކުރެވުނު ދުވަހަކުން ރާއްޖެއަށް ތަރައްގީއެއް އަންނާނީ ވެސް.

The name is already taken The name is available. Register?

ބޯގޯސް އަފީފް ދީދީ

07 August 2020

އަމިއްލަ އެދުން ނޫންވާހަކައެއް މިތާކު ނުދައްކާ މީހެއް މިއީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454