ހެލްތު މިނިސްޓަރު އަމީން (މ) އަދި ދެ ސްޓޭޓް މިނިސްޓަރުން ކަމަށްވާ ޝާހު (ވ) އަދި ޒުހެއިރު މަޝްވަރާއެއްގައި.
08 އޯގަސްޓް 2020 - 21:19
ކޮވިޑް-19 ގެ ބަލިމަޑުކަމުން ސަލާމަތް ވުމަށް ހެލްތު މިނިސްޓްރީން މިހާރު އަމަލު ކޮށްފައިވާ ގޮތްތަކާއި ކުރިމަގަށް ރާވާފައިވާ ކަންކަމާ ގުޅޭ ގޮތުން ސިއްހީ ދާއިރާގެ ކަމާގުޅޭ މީހުންނާއި އާންމުންގެ ހިޔާލަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިއަދު ހުޅުވާލައިފި އެވެ.
އެ ފުރުސަތު ހުޅުވައިލީ ކޮވިޑް ކޮންޓްރޯލް ކުރުމަށް ހެލްތު މިނިސްޓްރީން އަޅާފައިވާ ފިޔަވަޅުތަކާއި މިހާރު ކަންކަން ކުރިއަށް ގެންދާ ގޮތާއި ކުރިއަށް އޮތް ދުވަސްތަކުގައި ކަންކަން ކުރިއަށް ގެންދަން ރާވާފައިވާ ގޮތް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ނިންމާފައިވާތީ، އެ ކޮމިޓީގެ ބޭނުމަށް ކަމަށް މަޖިލީހުގެ އިދާރާ އިން ބުންޏެވެ.
އެ އިދާރާ އިން ބުނީ، މިދިޔަ މާޗް 7 ގައި ރާއްޖެ އިން ފެނުނު ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި އަމަލުކުރާ އުސޫލުތަކާއި ކުރިމަގަށް ރާވަން ފެންނަ ކަންކަމުގެ ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތް ނަމަ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު ދޭއް ޖެހުމުގެ ކުރިން ފޮނުވައިދިނުމަށް އެދޭ ކަމަށެވެ. ކޮމިޓީގެ އީމެއިލް އެޑްރެހަކީ [email protected] އެވެ. އީމެއިލްގެ އިތުރުން މަޖިލީހުގެ އިދާރާ އަށް ލިޔުމުން ވެސް ހިޔާލާއި ކޮމެންޓު ބަލައިގަންނާނެ ކަމަށް އެ އިދާރާގެ އިއުލާނުގައި ވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިދިޔަ ބުރާސްފަތި ދުވަހު ބުނެފައި ވަނީ ކޮވިޑާ ގުޅޭ ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަަށެވެ.
އެކަންކަން ދިރާސާ ކުރުމަށް ކުރީގެ ހެލްތު މިނިސްޓަރުންނާއި ޑޮކްޓަރުންނާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އިސް ބޭފުޅުންނާއި ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ ބޭފުޅުންނާއި ވޭތުވެދިޔަ 50 އަހަރު ރާއްޖޭގެ ޕަބްލިކް ހެލްތު ޑިރެކްޓަ ޖެނެރަލްގެ މަގާމުގައި ތިއްބެވި ބޭފުޅުންގެ އިތުރުން ކަމާ ގުޅުން ހުރި ޖަމިއްޔާތަކާއި ހެލްތު ސެންޓަރުތަކާއި ރީޖަނަލް ހޮސްޕިޓަލް އަދި އެ ނޫން ވެސް، މިކަމާ ގުޅުން ހުރި ބޭފުޅުންނާ ބައްދަލުކުރުމަށް ކޮމިޓީން ވަނީ ނިންމައިފަ އެވެ.
އިޖުތިމާއީ ކޮމިޓީން މިއަދު ވަނީ ހެލްތު މިނިސްޓްރީ އަދި ސިއްހީ ދާއިރާގައި ކުރިން މަސައްކަތް ކުރެއްވި ބައެއް ބޭފުޅުންނާ ބައްދަލުކޮށް، ކަންބޮޑުވުންތައް އޮޅުން ފިލުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާައެދުރުކަލޭފާނު
10 August 2020
އެޗްޕީޢޭއިން ބަލި ކޮންޓްރޯލްކުރަމުން ދަނިކޮށް ކެނެރީގޭ ނަށީދު ބޮޑާހާކައިގެން މަޖިލިސްގެ ހުޅުވާ މުޅިގައުމަށް ބަލިފަތުރަން ރައްޔިތުންނަށް ފުރުސަތުދިނީ
ށުންބުކި
10 August 2020
ހުރިހާ ކަމެއްގެ ތެރެއަށް ނުކިޔަވާ ޖާހިލު ބަޔަކު ވަދެގެން މިޅިގައުމު ހަލާކުކޮށް ސުންނާފަތިކުރަނީ. ބަނޑުދަށަށް ހުރިހާބާރެއް ނަގަނީ މަޑުމަޑުން
ޢަލްފާ
09 August 2020
ރާއްޖެތެރޭ ސްކޫ ލްތައް ބަންދު ކުރީ މާ ލޭގަ ބަ ލި ފެތުރެން ފެށީމަ ޢަަސް ލު މިހާރު މިއޮތީ ރާއްޖެތެރޭ ސްކޫ ލްތައް ބަންދު ކުރާހާ ލަތުގަ
އައްޑޫބެއްޔާ
09 August 2020
ސިއްޚީ ބަލިމަޑުކަން މެނޭޖް ކުރުމަކީ އާއްމުންގެ ހިޔާލުހޯދައިގެން ކުރަންޖެހޭ ކަމެއް ނަމަ އަހަރެމެން މިއުޅެނީ 18 ވަނަ ގަރުނުގައި. ކޮވިޑް ބަލިމަޑުކަމާއި ގުޅިގެން މިފަދަ އާއްމުންގެ ހިޔާލު ހޯދާ ފުރަތަމަ ޤައުމަކަށް ދިވެހިރާއްޖެވެ، ގީނިސް ވާރލްޑް ރެކޯޑް ފޮތުން ޖާގަ ލިބި ބައިނަލްއަގުވާމީ ދުނިޔޭގެ މަލާމާތް ލިބޭޏެކަން ޔަގީން
ޙިނި
09 August 2020
ރައްޔިތުންނާ ގުޅުން ކުޑަވީމަ ސަރުކާރުތައް ފެއިލްވަނީ.
ކުރަފި
09 August 2020
ހިޔާލުހޯދާއިރު ދޭނެ ބޭހެއްގެ ހިޔާލުވެސް ހޯދާލުން ރަނގަޅު.
ކޮވިޑް19
09 August 2020
ވަރަށް ރަގަޅު ކަމެއް. މުޅިްައުމު މިހިންގަނީ އެޗްޕީއޭއިން. އަޅުވެތިކޮށްފައި މިއޮތީ. އާދާއިގެ ބައްޔެއް. އިންޓަރނޭޝަނަލް ،ީޑިއާއިންވެސް ޕުރޮމޯޓް ކުރަނީ ކޮވިޑް ، ފަންޑް ނަގައިގެން. ދުނިޔޭގެ އެތައްމިތާ މުޒާހަރާ ކުރަނީ މިފިޔަވަޅުތަކާއި ދެކޮޅަށް. މުޅިދުނިޔޭގައި ހިންގާ ބޮޑު ގަތުލު އާއްމެއް . ޑީޕޮޕިއުލޭޓު ކުރުމަށް މިވެސް ކިޔާއެއްޗެއް.
ސަރުކާނު
09 August 2020
އަމީނު ޤުރްބާން ކުރަން މަޅިޖަހަމުން މަލިޖަހަމުން ދުރާލާ ރޭވެމުން ތިދަނީ.
ބޮޑުމީހާ
09 August 2020
އަމީނަކީ ނުފުދޭ މީހެއް ނޫން މަގާމުގެ ބޭނުމައި އެއްވެސް މީހެއްގެ ފައި ދަށަށް ވެއްޓެން. އެހެންނޫނަސް، މަގާމެއް ނޫން މީހާ ހަދަނީ، މީހާ މަގާމު އެއްޗަަކަށް ހަދަނީ. މި ރާއްޖޭގައި މީގެ ކުރިން ހެލްތު މިނިސްޓްރީއެއް އޮތް ކަން އެއްވެސް މީހަކަ އެބަހުރިތަ؟ މިއަދު އަޑު އެބަ އިވެއެއްނު.
އަސްތާރު
09 August 2020
ކޮން ހިޔާލެއް ހޯދާކަށްތަ. ތިޔައީ ހުރިހާކަމެއްވެސް އަނގައިން ކުރާ ބައެއް. ހުރިހާ ކަމެއްވެސް ވަނީ ފެއިލްވެފަ. އެކަކު އަރާފަ ބުނާނެ ރައީސް މީހާ ކޮވިޑްއާއި ގުޅިގެން އެޅި ހަރުދަނާ ފިޔަވަޅު ތަކުގެ ސަބަބުން ތިމަން މިހުންނަނީ ހައިރާންވެ އަންތަރީސް ވެފައޭ. މިހެން ބުނާއިރު ހާޞިލްވި އެއްވެސް ނަތީޖާއެއް ނެތްކަންވެސް އެހެން އެބުނާ މީހަކަށްވެސް ކަނޑައެޅިގެން އެބަ އެނގޭ. ބަލަ މިނޫނީ ނެތޭ ޖީޑީޕީގެ ނިސްބަތުން ބޮޑުހަރުކޮށްގެން އެއްވެސް ނަތީޖާއެއް ނުނެރެވުނު ގައުމެއް.
ގައްދާރުން
09 August 2020
މުޅި ސަރަހައްދުންވެސް އެންމެ ރަނގަޅަށް ބަލި ކޮންޓްރޯލު ކުރި ގައުމު ގޮތުގައި އޮތްވާ ނަޝީދު ނިކުމެ އެޗްޕީއޭގެ އެންގުންތައް ބޮލާލާ ޖަހާ މަޖިލީސްގެ ހުޅުވާ ގައިޑްލައިންތައް މުގުރާލީމަ ވީ ގޮތް. ދެން ހުރި މީހާ އަދުރޭ ނިކުތީ މާސްކު ނައަޅާ ގައިދުރު ކުރުމެއް ނެތި މުޒާހަރާ ކުރަން. މީގެ ސަބަބުން މާ ސިންގާ ކްލަސްޓާތައް އުފެދި ބަލި ބޮޑުވީ. ދެން އެހެން ކަންތައް ކޮށްފައި މިއަދު ކަލޭމެން ތި ތިބީ ތިހެން ކިޔަން. މިކަމުގެ ޒިންމާ ނަޝީދުއާއި އަދުރޭ ނަގަން ޖެހޭނެ.
ތޯއި
09 August 2020
ވާނެ އެއްޗެއް ވީމާ އާންމުންގެ ކޮން ޚިޔާލެއް. ބޮޑުތަނުން ފެއިލް. މޮރިޝަސް އަދި ސީޝެލެސްގައި އެއްކޮށް ކޮންޓްރުކޮށް ޔޫކޭގެ އިން ދާމީހުން ކަރަންޓީނު ނުކުރާ ލިސްޓައް އަރައފި. އަހަރުމެން ފަޓާސް ބަރިއެއްއްހެން ދޫނިދިން ނަމަ މިހާރު ޔޫކޭގެ ސޭފް ލިސްޓަށް އޮންނާނީ އަރާފަ. މޮރިޝަސް އިން ޕޮޒިޓިވް މީހަކު މިދިޔަ މަސްތެރޭ ނުފެނޭ އަހަރުމެން ހިންގަން ތިބި މީހުން ދޯހަޅީ
ހައްޕުޑު ފެކްޝަން
09 August 2020
މި ރާއްޖެވެސް އޮތީ ދޫކޮށްލި އިރު އެހާ ރަނގަޅަށް ކޮންޓްރޯލު ކުރެވިފައި. ދެން އެކަން ހަޖަމު ނުވެގެން ބަލި ބޮޑުކުރަން ކަލޭމެން މުޒާހަރާ ކުރީނު
އަސްތާރު
09 August 2020
މުޒާހަރާ ކޮށްގެންވެސް މިމީހުން އެބަ ވެރިކަމުން ބާލަންޖެހޭ. ހުރިހާ އެއްމެން ބަޑަށްޖެހެނީ. އަދިވެސް ގޮތް ދޫނުކުރާ މީހުން ތިބީ ހަމައެގޮތުގަ