ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ނޫސްވެރިންނަށް މައުލޫމާތު ދެނީ
09 އޯގަސްޓް 2020 - 11:23
މިދިޔަ ހަތަރު މަހު ސަރުކާރުން ހަތަރު ބިލިއަނެއްހާ ރުފިޔާ އޯވާޑްރޯކޮށްފި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ މިދިޔަ މަހުގެ ބެލެންސް ޝީޓުގައި "ސަރުކާރަށް ދޫކޮށްފައިވާ ފައިސާ" ގެ ގޮތުގައި 4 ބިލިއަން ރުފިޔާ ހިމެނުނު އިރު މިއީ ދައުލަތަށް އެވަރުގެ އާމްދަނީއެއް ނުލިބި އެކަމަކު އެމްއޭއޭއިން ސަރުކާރުގެ ހަރަދުތައް ހަމަޖައްސައިދޭން ދިން ފައިސާ އެވެ.
ޖޫން މަހު ގާތްގަނޑަކަށް 3.5 ބިލިއަން ރުފިޔާ އެމްއެމްއޭއިން ވަނީ ދޫކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އޯވާޑްރޯގެ ގޮތުގައި ނަގާފައިވާ ފައިސާ އާއި އެ ނޫން ގޮތްގޮތަށް ސަރުކާރަށް އެމްއެމްއޭ މެދުވެރިކޮށް ދޫކުރި ފައިސާ އެވެ.
އޯވާޑްރޯ ކުރާ ފައިސާ ބޭނުންކުރަނީ ސަރުކާރުގެ ރިކަރެންޓް ހަރަދުތަކާއި މިވަގުތަށް ކުރަން ޖެހޭ އެހެނިހެން ހަރަދުތައް މެނޭޖް ކުރުމަށެވެ.
އޯވާޑްރޯކުރަނީ ޕަބްލިކް ބޭންކް އެކައުންޓް (ޕީބީއޭ) އިން ކަމަށް ވިޔަސް، އެ އެކައުންޓްގައި ދައުލަތުގެ އެވަރުގެ އާމްދަނީއެއް ނެތެވެ. އެހެންކަމުން މިއީ މަރުކަޒީ ބޭންކުން ފައިސާ ޗާޕްކޮށްގެން އިގުތިސާދުގެ ތެރެއަށް ނެރުމެވެ.
ޕީބީއޭ އިން އެގޮތަށް ފައިސާ ނެގުން 2013 ގައި އޮތީ ހުއްޓާލައިފަ އެވެ. އޭގެ ބަދަލުގައި ޕީބީއޭ ބޭނުންކުރީ ހަމައެކަނި ސަރުކާރުގެ ދަރަނި އަދާކުރާށެވެ.
އެކަމަކު ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގުތިސާދުގެ މައި ދާއިރާ، ޓޫރިޒަމް މުޅިން ހުއްޓުމަކަށް އައުމުން ދައުލަތަށް އާމްދަނީ ލިބުން ވެސް ވަރަށް ބޮޑު ތަނުން ދަށަށް ދިޔަ އެވެ. އެހެންކަމުން މި ވަގުތު ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން އެމްއެމްއޭއިން ފައިސާ ހޯދުން ނޫން އެހެން މަގެއް ނެތެވެ.
ހަރަދުތައް މެނޭޖްކުރަން ބޭރުގެ މާލީ އިދާރާތަކުންނާއި ގައުމުތަކުން އެހީ ލިބޭތޯ ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މިހާތަނަށް 189.5 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) ލިބިފައިވެ އެވެ.
ސަރުކާރުން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް 13.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އެކަމަކު މި މުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 6.8 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މިހާތަނަށް ބަލާއިރު ދެ ގުނަ މަދު އަދަދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަށީދު
10 August 2020
ތި ބިލިއަން ނަގައިގެން ކީއްހޭތިކުރަނީ.؟ ވައްކަން؟ ފްރޮންޓް އެލެވެންސް ނުދޭ މީހުން ބައިވަރު. އެވެސް ދީފިމޭ ކިޔާ އަދަދެއް ބުނޭ. ބ. ވެރިކަމެއް.
ވިސްނޭ..
09 August 2020
ތިވާނީ ހަ މަ ޖަހާހާ...ކާބަޔަކު ކަ މުންދާނެ...
ދަރަނި ދަންތުރަ
09 August 2020
ފުރަންޓު ލައިން އެލަވަންސް ލިބޭނެ މަހުސަރު މައިދާނުން ކެއްކޮށްލާ
ރާއްޖެ
09 August 2020
ވެރިކަމުގަ ހުރި މީހާ ވައުދު ވީ މަހުޝަރުން އެލަވަންސް ދޭކަށް ނޫން
ނައީޟާ
09 August 2020
ދެން އަތްޖަހާ އުފާފާޅުކުރޭ! ކުރިއަށްއޮތީ ތަދުމަޑުކަން. ޑޮލަރުގެ އަގު އަތްނުފޯރާފަށަށް އަރައިގެންދާނެ. ތަކެތީގެ އަގު އިންތިހާއަށް ބޮޑުވާނެ. ހުރިހާވެސް ދެރައެއް ނިކަމެތި ރައްޔިތުންނަށް. އާންމުންގެ ފަސޭހަޔަށް، އަތްމަތި ތިޔާގިކޮށް ގައުމަށް އެޔޮއެދިގެން ކަންކޮށްދިން ވެރިޔާ އެޔޮތީ ޖަލުގައި. މިއީ ދިވެހިން އަމިއްލަޔަށް ބޮލަށް ފެހި ދަންމަޅިއެއް
ދަރަނި ދަންތުރަ
09 August 2020
އިބޫއަށް ވޯޓުދިން ބޭފުޅުންނަށް މިހާރު ހުއްނާނީ އަލިފާންކެވިފައި މުޅިގައުމުދަވާލައިފި ރީދޫގުރޫޕު ވެރިކަމަށް އައުމާއެކު ގައުމު ހުލި ޑޮލަރެއް 25 ރުފިޔާޔަށް ވަށްކަމެއްނުކުރެޔޯ ވީދާ ނޮޅާ ކައި ހުސްކޮށްފި
ޙިނި
09 August 2020
ނުހަދާށޭ ކިޔަކިޔާ ތިއްބަ މާލީއްޔަތު ގާނޫނުގެ އެއްބައި ކަންކަން ހިފެހެއްޓީ އަމިއްލަޔަކަންނު. ދެން ޗެކް އެން ބެލެންސް އެއްނެތި ހަރަދުކޮއްފަ ފައިސާ ހުސްވީމަ ޝަކުވާމިކުރަނީ. ކަންކަން ވާނީ ގާބިލު ތަޖުރިބާކާރުން އިހުލާސްތެރި މީހުނައް މިވެރިކަމުގެ ފުރަތަމަ ދުވަހު ވިދާޅުވި އެންމެ 2000 ރުފިޔާއޭ ވެރިކަމުގެ ފުރަތަމަ ދުވަހު ހަރަދުވީ. ދެން 8 މަސްވަންދެން ފައިސާ ހިފަހައްޓާލީ އިކޮނޮމީ ދިޔައީ ސައުތައް ދެން ގުޅުން އޮންނަ މީހުނައް ދޭންފެށީ 160 މިލިޔަނުން ނުބަދަލު
ދޮންބެއަލީ
09 August 2020
އެމްޑީޕީ ވެރިކަމަށް އަންނަކޮންމެ ފަހަރަކު ޤައުމުދަނީ ފަހަތަށް....މީފެންނަށް އޮތް ޚަޤީޤަތް ވެރިކަމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭ ކަމެއްނޫން ކަމަށް ފޮތް ފޮތުގައި ލިޔެފައި އެހުރީ އެހެންވެތާ.. އަގަޔަކުން ތަރައްޤީއެއް ނުވާނެ ބަ ލާބަ ލަ ލަންކާ މިސާ ލަކަށް....
ބޮޑު މުހައްމަދު
09 August 2020
ގައުމު ހިންގިފަ މިއޮތީ ރީއްޗަށް. ކޮބާ މި ނާގާބިލް ވެރިކަން ގެންނަން އެއްމެ ބޮޑަށް އެހީވި ވިޔަފާރިވެރިން. ޑޮލަރު ހައުދަހައިވާ ތިޔާގި އުތަ؟
ބޮޑު މުހައްމަދު
09 August 2020
މޮޔައެއްގެ އަތަށް ކަނޑި ދިނީމަ ވާނެގޮތް މިގައުމަށް މިހިރަ ވަމުން މިދަނީ. ދެ ބަޖެޓް ދަވާލައިފި. ރެކޯޑް މިންވަރކަށް ލޯން ނަގައިފި. ގައުމު ފުނޑާލައިފި.
ބޮޑު މުހައްމަދު
09 August 2020
ދިވެހި ރުފިޔާގެ އަގު ރެކޯޑް މިންވަރަކަށް ދަށަށް ދާނެ. ގައުމު ސަލާމަތްކުރަން ބޭނުންނަމަ މިހިނދުން މިހިނދަށް މިވެރިކަން ބަދަލުކުރަން ޖެހޭ