ޚަބަރު / ތައުލީމް

ކޮވިޑް-19: ހިތަދޫގެ ސްކޫލްތައް ބަންދުކޮށްފި

ސ. ހިތަދޫން ބިދޭސީއަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވުމާ ގުޅިގެން، އެ އަވަށުގެ ސްކޫލްތައް ކުރިއަށް އޮތް ދެ ދުވަހަށް ބަންދު ކުރަން ނިންމައިފި އެވެ.

އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ)، "މިހާރު" އަށް ވިދާޅުވީ ހިތަދޫގެ ސްކޫލްތައް ހޯމަ ދުވަހާއި އަންގާރަ ދުވަހަށް ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ އަތޮޅުގެ އެހެން އަވަށްތަކުގެ ސްކޫލްތަކުގައި އާއްމު އުސޫލުން ކިޔަވައިދޭނެ ކަމަށް ވެސް ސޯބެ ވިދާޅުވި އެވެ.

ހިތަދޫގައި ހަތް ސްކޫލް އަންނަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި ޕްރީ ސްކޫލާއި ޕްރައިމަރީ ސްކޫލްތަކުގެ އިތުރުން ސެކަންޑްރީ ސްކޫލްތައް ހިމެނެ އެވެ.

ހިތަދޫގައި ހިންގާ އައްޑޫ ހައި ސްކޫލްގައި ހަދާ އިމާރާތެއްގެ މަސައްކަތުގައި އުޅޭ ބިދޭސީއަކު ކޮވިޑަށް މިއަދު ޕޮޒިޓިވްވިއިރު، މާލޭން އައްޑު އަށް ގޮސް ހޯމް ކަރަންޓީނުގައި ފޭދޫގައި ހުރި ފުލުހަކު ވެސް ރޭ ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ، މިކަމާ ގުޅިގެން އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނީ އެ ދެ މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ކަމަށެވެ.

ހިތަދޫން މީހަކު ޕޮޒިޓިވްވުމާ ގުޅިގެން އެ އަވަށަށް އަރައި ފޭބުން ވަނީ ވަގުތީ ގޮތުން މަނާ ކޮށްފަ އެވެ. ހިތަދޫ ބަންދުކުރިއިރު، އެއީ އައްޑޫގައި ދައުލަތުގެ މުހިންމު މުއައްސަސާތަކެއް ހިންގާ ރަށެކެވެ. އޭގެ ތެރޭގައި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާއި ކޮވިޑް މެނޭޖްމަންޓް ސެންޓަރާއި ބައެއް މިނިވަން މުއައްސަސާތަކުގެ އޮފީސްތައް ފަދަ ތަންތަން ހިމެނެ އެވެ.

އައްޑޫގައި އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވީ މާލޭން އައްޑު އަށް ގޮސް ގަމުގެ އީކްއޭޓަ ވިލެޖްގެ ކަރަންޓީނުގައި ހުރި ދުވަސްވީ އަންހެނެކެވެ. އެއީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ.

6 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 75%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިސްކީ

10 August 2020

ކިހާ ދެރަ. ހެލްތު މިނިސްޓަރު ރައީސް ނަޝީދަށް ބިރުން، ހުރިހާ ގާޑެއް ދޫކޮށްލީމަ، މުޅި ރާއްޖެއަށް މި ބަލި މިދަނީ ފަތުއަޑުކިޔާފަ ފެތުރެމުން. އެވަރުން އުޅުނީމަވެސް އެކަމަކު އެމްޑީޕީ އެކްޓިވިސްޓުން މިނިސްޓަރު ސިއްރުން ހަދަމުން ދިޔަ ކޮޓަރިކޮޅުގެ ފޮޓޯތައް ވެސް އެ ލީކު ކޮށްލީ.

The name is already taken The name is available. Register?

މިސްކީ

10 August 2020

އިސްކީ ހާދަ ވަރަކަށް އިސްކުގައި ޖެހިގެން މި އުޅެނީ؟ ހެލްތު މިނިސްޓަރެއް ނޫނޭ ގާޑުގެ ވެރިޔާއަކީ..ލޮލް

The name is already taken The name is available. Register?

މަކުނުދޫ ހަސަންބެ

09 August 2020

އައްޑޫގައި އެހެން އަތޮޅެއްގައި ނުހިންގާ ވަކި ކޮން "މުހިއްމު" މުއައްސަސާސަތެކއްތޯ ހުރީ.މިކަން ސާފުކޮށްލަން ބޭނުންވޭ އެބަ.މުޅި އައްޑޫގެ ތަޞައްވަރު ރާއްޖޭގެ އެހެން މީހުން ކުރިމަތީގައި މިއޮންނަނީ ތަފާތުވެފަ.މިހެންވަނީ މިފަދަ ބަސްބަހުން ލިޔެ، އަސްލު އައްޑޫ އޮތްގޮތް ރާއްޖޭގެ އެހެން މީހުންނަށް ނޭގޭތީ.އައްޑޫއަށްވުރެ މާ ކުރިއެކުން ލިބިފައިވާ އަތޮޅުތަކާއި ރަށްތައް ރާއްޖޭގެ އެހެން ހިސާބުތަކުގައި އެބަތިބި މިހާރު.

The name is already taken The name is available. Register?

އައްޑޫމީހެއްނޫން

09 August 2020

އަޅެ އައްޑޫގައި ހުރި މުހިއްމު ތަންތަނުގެ ވާހަކަޔޭ އެބުނަނީ. އެހެން ރަށްރަށަށް ވުރެ މުހިއްމެކޭ ނޫނެކޭ ނުބުނޭ ދޯ! ހަމަ ޒާތީ ވަނީ

The name is already taken The name is available. Register?

ހަސަބު

09 August 2020

އިރާދަ ކުރެއްވިއްޔާ ރަނގަޅުވާނެ. އިތުރު ބަޔަކު ޕޮޒިޓިވްނުވާނެ.

The name is already taken The name is available. Register?

Seena

09 August 2020

މަގާމުގައި ހުރެ ދެ ދައުރު ފުރިހަމަ ކުރިއިރުވެސް މާ ބޮޑު ކަމެއް ކުރެވުނު މީހެއް ނޫން ސޯބެއަކީ. އެހެންވީމަ މި ވަރު ކަމެއްވެސް ދެން ބަލައިގަންނަން ޖެހޭނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454