10 އޯގަސްޓް 2020 - 10:06
ރާއްޖޭގެ ސިއްހީ ދާއިރާ ދުވަހެއް ދުވަހަކަށް ދަށަށް ދާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ބަޔަކު ދެއްކި ވާހަކަތަކުގެ ދިފާއުގައި ހެލްތު މިނިސްޓްރީން ރޭ ބަޔާނެއް ނެރުމުން ވެސް އެކަން މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ގޯސްވެއްޖެ އެވެ.
އީދު ބަންދަށް ފަހު މަޖިލީހުގެ ޖަލްސާތައް މިއަދު ފެށުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ހެލްތު މިނިސްޓްރީގެ ބަޔާނުން ހީވަނީ މަޖިލިސް ހިންގަންވީ ގޮތް ބުނެދޭން އުޅޭހެން ކަމަށެވެ. އެހެންކަމުން އެއްވެސް ވުޒާރާއަކުން މަޖިލީހުގެ ކަންކަމާ ނުބެހުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.
"އަޅުގަނޑު އެ މިނިސްޓްރީއަށާއި އެ މިނިސްޓްރީގެ މުވައްޒަފުންނަށާއި ވުޒާރާގެ ވަޒީރަށް [މިނިސްޓަރު އަބްދުﷲ އަމީނަށް] ވަރަށް އިހުލާސްތެރިކަމާ އެކު ދަންނަވަން ދިވެހި ރާއްޖޭގެ ގާނޫނީ ނިޒާމު ގަޑުބަޑު ނުކުރެއްވުމަށާއި އަދި މި މަޖިލީހުން ކުރާ ކަންކަމަށް ވުޒާރާތަކުން އެ ބާވަތުގެ ނޫސްބަޔާން ނެރުއްވައި ބެހިވަޑައިނުގަތުމަށް،" ނަޝީދު ވިދާޅުވި އެވެ.
އެކަމަކު ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާ ފަސް ބޭފުޅަކު ކޮމިޓީގައި ދެއްކެވި ވާހަކަތަކާ ގުޅިގެން ހެލްތު މިނިސްޓްރީން ނެރުނު ބަޔާނުގައި މަޖިލިހުގެ އެއްވެސް ކަމަކާ ބެހިފައެއް ނުވެ އެވެ. އެ ބަޔާނުގައި ސާފުކޮށްދީފައި އޮތީ، ސިއްހީ ދާއިރާ ކުރިއަރުވަން މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތަކެވެ.
ނަޝީދާއި އެމްޑީޕީގެ ބައެއް މެމްބަރުން ސިއްހީ ދާއިރާގެ ކަންކަމަށް ގެންދަވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން ކޮވިޑް-19އިން ރާއްޖެ އަރައިގަތުމަށް ހެލްތު މިނިސްޓްރީން އަޅާފައިވާ ބައެއް ފިޔަވަޅުތަކާ މެދު ވެސް ގެންދަވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވަމުންނެވެ.
ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި އަމީންގެ ގާބިލްކަމާ މެދު ވެސް ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ މަޖިލިސް މެމްބަރުން ވަނީ ސުވާލު އުފައްދަވައިފަ އެވެ. ނަމަވެސް އެ ފާޑުކިއުންތަކަށް އަމީން ރައްދެއް ނުދެއްވަ އެވެ.
Sihhee dhaairaa dhanee kuriah, gaabilkan annanee ithurukurevmun: Health
The most trusted news source in the Maldives
Mihaaru
ސިއްހީ ދާއިރާ އަންނަނީ ކުރިއަރަމުން ކަމަށް ހެލްތުން ރޭ ބުނުން
މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ވާހަކަދެއްކެވި ބޭފުޅުން ކުރެއްވި އެއް ތުހުމަތަކީ ސިއްހީ ދާއިރާގެ ނިންމުންތައް ފަންނީ މާހިރުންގެ ލަފަޔާ ނުލައި ނިންމަމުން ގެންދާ ކަމެވެ.
އެ ވާހަކަތަކަށް ރައްދު ދެމުން ހެލްތު މިނިސްޓްރީންގެ ބަޔާނުގައި ބުނީ ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ގައިޑްލައިންތައް ހަދަނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ބިނާކޮށް ހޯދާ އާ ހޯދުންތަކާ އަދާހަމަކޮށްގެން ކަމަށާއި ފަންނީ މާހިރުންނާއި ތަޖުރިބާކާރުންގެ ލަފާގެ ވެސް މަތިން ކަމަށެވެ. ސިއްހީ ހިދުމަތްތައް ދެނީ ކަނޑައަޅާފައިވާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތަށްތޯ ކަށަވަރުކުރުމުގެ މަސައްކަތް އަބަދުވެސް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ބަޔާން ނިންމާލަމުން ބުނެފައި ވަނީ އިޖުތިމާއީ ކޮމިޓީގައި ސިއްހީ ހިދުމަތާ ބެހޭ ގޮތުން ދެއްވި މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުން މުހިއްމު ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮކުޑަޒަން
11 August 2020
އަޅެތި އަންނި މާމޮޅުވެގެންތި ތެޅި އެބުރެނީ މާމޮޅަށް ކޮންފަދައެއްޗެއް ކިޔަވައިގެންކަން ދަންނައެކަކުވެސް މިޤައުމަކުނުހުންނާނެ.
އަސްލު
10 August 2020
މަޖިލީސް ނުވަންނަ, އެއްވެސް ދޭޓެރެއެއް ނެތް. މީގައި މޮޅުކަމަކީ މަޖިލީހުން ކުރާ އެއްވެސް ކަމަކާ އެއްވެސް ފަރާތަކުން ނުވަންނަން ބުނުން. މާލޭގައި ކުދި ބިންކޮޅު އޮތް މީހުންނަށް ހުޅުމާލެއިން ގޯތި ދޭނަމޭ ވެރިކަމަށް އަންނަން އުޅުނުއިރު, ވަޢުދުވެފައި ވެރިކަމަށް އާދެވުމުން އެކަން ހަނދާނެތިފަ ތިތިބީ, ވޯޓު ދިނީ, 6 ފޫޓު ހަތަރު ފޫޓު ގޮޅިއަކުން ދަރިންނާއިއެކު ނިކުމަ, ހުޅުމާލެއިން ގޯތި ލިބިގެން ހަމަޔަށް ނޭވާލެވޭނެ ކަމަށް. ވޯޓު ހޯދައިގެން ވެރިކަންވެސް ހޯދައިގެން މަޖިލީސް ގޮނޑިތައްވެސް ހޯދައިގެން ވަޢުދު ނުފުއްދުނަސް ކައުންސިލް މެޖޯރިޓީވެސް ދޭށޭ މި ބައިމީހުން ކިޔަނީ. ރައްޔިތުންނަށް ހަމައަށް ނޭވާ ނުލެވުނަސް ވަރިހަމަ.
ޝޮކްތެރަޕީ
10 August 2020
ދިވެހި ރާއްޖޭގެ އަމިލްލަ ވަންތަކަން ނަޝީދު ފުނޑާލައިފި.
ޝޮކްތެރަޕީ
10 August 2020
މިކަހަލަ މީހުންގެ ސަބަބުން ޤައުމުތައް ސުންނާފަތި ވެފަ އޮތީ.
ކަޓޭ
10 August 2020
މިކަހަލަ މައްސަލަތަކުގައި ނަޝީދަށް އެހާވަރަށް ނުބައިކޮށް ފާޑު އެކިޔަނީ "ސިޔާސީ ހަތުރުން" ފަހުން އަންނަ ބަޔަކު ތާރީޚުން ފާހަގަކުރާނެ، ނަޝީދު ގައުމައްޓަކާ ވި ގުރުބާނީ. އަބަދު މިކަހަލަ މުޑުދާރު ޖީލެއް ނޯންނާނެ.
ހަސަންބެ323
10 August 2020
ހުރިހާ ކަމެއްގެ ފަހަތުގައި އޮތީ އަމިއްލަ އެދުންކަން ފަހުގެ ޖީލުތައް ވަރަށް ރަގަޅަށް ދަންނާނެ
ރެކިދިޔެ
10 August 2020
އަންނި އަކީ ފިތުނަޔާއި ނަފުރަތު އުފެއްދުމުގެ ލާމަސީލު ނަމޫނާއެއް. ދޭދޭ ގައުމުތަކާ ރާއްޖެ ޖެއްސުމާއި އެހެންޕާޓީ ތަކާއި އެމްޑީޕީ ޖެއްސުމުގެ އިތުރުން އެހެންޕާރޓީ ތަކުގެ ވަޒީރުންނާއި އަބަދު ޖައްސާލައިގެން އުޅޭތަން މިފެންނަނީ.މީނަޔަކަށް ޚިޔާލުތަފާތު ވާމީހުންނާއި އެއްކޮށެއްނޫޅެވޭނެ.އެހެންވެ ކުރީފަހަރުވެސް މީނަގެ ވެރިކަން ވެއްޓުނީ
ޢިބޫ
10 August 2020
ހެލްތް މިނިސްޓްރީން ކުރާހާކަމަކީ ނޫސްތަކަށް ކޮމެންޓް ކުރުމާ ލައިކް، ޑިސް ލައިކް ދިނުން.
ހަޒާނާ
10 August 2020
ގާނޫނު ހަދާ މަޖްލީހެވެ. ގާނޫނެއް ނުހެދެ އެވެ. ކިޔަންވީ މުރަނގަ މަޖްލީހެވެ. އެނގޭކަމެއް އަދި ނޭނގޭ ކަމެއް ވެސް ނެތެވެ.
ކަޓޭ
10 August 2020
އިޖްތިމާއީ ކޮމިޓީގަ ވާހަކަފުޅު ދެއްކެވި ބޭފުޅުން ވިދާޅުވިގޮތައް އެކަންކަންހުރީ. ހެލްތް ދާއިރާގެ ހުރިހާކަމެއް ގޯހެކޭ ބުނެވޭކަށް ނެތް.
ދައްނަކަލޭފާނު
10 August 2020
ހުރިހާ އެއްޗެއް އަމިއްލަޔަށް އެގިގެން މަމޮޅޭ ވެގެން އުޅޭމީ ހުނަށް މަމެން ކިޔަނީ ކަނޑުކޮހުން ނުވަތަ ރޯނުއެދުރުން. ވަރަށް ސަލާމް. ދައްނަކަލޭފާނު / މައިކާލޯސިޓީ