ދޯނީގައި ރޯވި އަލިފާން ނިއްވައިލަން ސިފައިން މަސައްކަތްކުރަނީ
10 އޯގަސްޓް 2020 - 16:00
ލ. އަތޮޅަށް ދަތުރުކުރި މުދާ އުފުލާ ދޯންޏެއްގައި އަލިފާން ރޯވެ، އަޑިއަށް ދިއުމުގެ ސަބަބުން މީހަކު ގެއްލިއްޖެ އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު މޭޖާ އިބްރާހީމް އާޒިމް ވިދާޅުވީ ލ. ގަމު ތުނޑިއާ ދިމާލުން ބޭރަށް އަޑިއަށް ދިޔަ "ވިންދު" ދޯނިން ގެއްލުނީ ބިދޭސީއަކު ކަމަށެވެ.
އެޕޯލޯ ކުންފުނީގެ އެ ދޯނިން ގެއްލުނު ބިދޭސީމީހާ ހޯދަން ސިފައިން އަންނަނީ މަސައްކަތް ކުރަމުންނެވެ. ދޯނީގައި އަލިފާން ރޯވެ، އަޑިއަށް ދިޔަ އިރު އޭގައި ތިބި 10 މީހަކު ކަމަށް ކެޕްޓަނާ ހަވާލާދީ އާޒިމް ވިދާޅުވި އެވެ. އެއީ ދިވެއްސަކާއި ނުވަ ބިދޭސީއެކެވެ.
އެމްްއެންޑީއެފުން އާއްމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި އަލިފާން ރޯވެ، އެނދީ ދޯނީގެ އިންޖީނުގޭ ތެރެއިންނެވެ. އަލިފާން ނިވުނު އިރު ދެފެން ދޭތެރޭގައި އޮތް އެ ދޯނީގެ އެހެެން ތަނެއްގައި ރޯވެފައި ހުރި ކަމަކަށް ފޮޓޯތަކުން ނުފެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަސް
10 August 2020
ހާދިސާއަކަށްފަހު ހާދިސާއެއް. ހިތާމަތަކުން ފުރިފައިވާ އަހަރެއް. އިން ޝާއަ ﷲ ގެއްލުނު މީހާ ސަލާމަތުން ހުއްޓާ ފެންނާނެ.
ރަދީފްއޮފިޝިއަލް
10 August 2020
ވަޓް އަ ޓްރެޖެޑީ.ހިތާމައިގެ ކޮޅެއް ނެތް.ދުއާއަކީ ގެއްލުނު ބިދޭސީ ބޭފުޅާ ހެޔަޮ ހާލުގައި ހުއްޓާ ފެނުން..ވވެދުން