ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި މީޑިއާ ބްރީފިން ގައި ޑރ. އަފްޒަލް ވާހަކަ ދައްކަވަނީ. އޭނާ ވިދާޅުވީ އިރުޝާދަށް އަމަލުކުރުމަށް ހުރަސް އަޅާ ނަމަ އެޗްޕީއޭއަށް އަންގަން އެދިވަޑައިގަންނަވާ ކަމަށް.
11 އޯގަސްޓް 2020 - 00:20
ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން އަމަލުކުރަން ދީފައިވާ އިރުޝާދުތަކަށް އަމަލުކުރަން، ވަޒީފާ އަދާކުރާ އެއްވެސް ތަނަކުން ހުރަސް އަަޅާ ނަމަ އެކަން އެޗްޕީއޭ އަށް އަންގަން މިރޭ އެދެފި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި މީޑިއާ ބްރީފިން ގައި "މިހާރު"ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ.އިބްރާހީމް އަފްޒަލް ވިދާޅުވީ ވަޒީފާ ދޭ ފަރާތްތަކުން އެޗްޕީއޭގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރަން ހުރަސްއަޅާ ނަމަ ފިޔަވަޅު އެޅޭނީ އެ މައުލޫމާތު ރިޕޯޓްކުރުމުން ކަމަށެވެ. އޭނާ ވިދާޅުވީ ހެލްތު އިމަޖެންސީގެ ހާލަތުގައި އެޗްއީއޯސީން ދޭ އިރުޝާދުތަކާ ދެކޮޅަށް އެމްޕްލޯޔަރުންނަށް ފިޔަވަޅުތަކެއް ނޭޅޭނެ ކަމަށެވެ.
"އެހެންވީމާ އަޅުގަނޑުމެން ދޭ އިރުޝާދުތަކަށް އަމަލުކުރައްވާށޭ އަދި އިރުޝާދުތަކަށް އަމަލުކުރުމުގައި އެއްވެސް ކަހަލަ ހުރަހެއް އަންނަ ކަމަށްވާ ނަމަ އެކަން ވެސް އަޅުގަނޑުމެންނަށް 1676 އަށް ގުޅައިގެން [އެންގުމުގެ ކަންތައް] ހަމަ ކުރިއަށް ގެންްދަވާށޭ،" އަފްޒަލް ވިދާޅުވި އެވެ.
މުވައްޒަފުން ކަރަންޓީނުވާން ޖެހޭ ހާލަތުގައި ބައެއް ކުންފުނިތަކުން ދަނީ އެ މީހުންގެ މުސާރަ އާއި އިނާޔަތްތައް ކަނޑަމުން ކަމަށް އެނގިފައިވެ އެވެ. އެހެންވެ، ކޮވިޑްގެ އަލާމާތްތައް ފެނުނަސް ބައެއް މީހުން މަސައްކަތަށް ނުކުންނަ ކަމަށްވެ އެވެ.
އަފްޒަލް ވިދާޅުވީ ކަރަންޓީނުވާން ޖެހޭ ހާލަތުގައި ހުންނަ މީހަކު ވަޒީފާ އަށް ނުކުތުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ. އޮފީސްތަކާއި އިދާރާތަކުން ކަންތައްތައް ކުރަންވީ ގޮތް ވަރަށް ރަނގަޅަށް ކިޔައިދީފައި ވާނެ ކަމަށާއި އެގޮތަށް ކަންތައްތައް ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް ހުރިހާ ތަންތަނުން އަމަލުކުރާ ގޮތް ވަކިވަކިން ބެލުމަކީ އޭނާ ވިދާޅުވިގޮތުގައި ކުރެވޭނެ ކަމެއް ނޫނެވެ.
"އެހެންވީމާ މިކަހަލަ ކަމެއްގައި ހަމަ ބޭނުންވަނީ ކޮންމެ ބަޔަކު ވެސް އެ ބަޔަކަށް އަންގާފައިވާ ގޮތަކަށް އަމަލުކުރަން،" އަފްޒަލް ވިދާޅުވި އެވެ.
ކޮވިޑްގެ ކޭސްތައް މި އޮގަސްޓް މަހު ވަނީ ރާއްޖޭގައި އިތުރުވާން ފަށައިފަ އެވެ. އެހެންވެ ބައެއް އާ ފިޔަވަޅުތައް ވެސް ވަނީ އަލުން އަޅައިފަ އެވެ. އަފްޒަލް ވިދާޅުވީ ކޭސްތައް އިތުރުވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ކުރިއަށް ވުރެ ބޮޑަށް ސަމާލުވާން އެޗްޕީއޭ އިން އެދޭ ކަމަށެވެ.
އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނަކީ ގެއިން ބޭރުގައި އެންމެ ގިނައިން އުޅޭ މީހުން ކަމަށާއި އެންމެ ގިނައިން މިހާރު ބަލި ޖެހެނީ އެ އުމުރުގެ މީހުންނަށް ކަމަށް ވެސް އަފްޒަލް ވިދާޅުވި އެވެ. އެހެންވެ އެ އުމުރުގެ މީހުން ވަކިން ހާއްސަ ސަމާލުކަމެއް ދޭން އޭނާ އިލްތިމާސް ކުރެއްވި އެވެ.
ރާއްޖެއިން މިހައިތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 5،000 އަށް ވުރެ މަތިވެފަ އެވެ. އޭގެ ތެރެއިން 19 މީހަކު ވަނީ އެ ބަލީގައި މަރުވެފަ އެވެ. މިހާތަނަށް 2،835 މީހަކު ބަލިން ރަނގަޅުވެފައި ވާއިރު އެކްޓިވް ކޭސްތަކުގެ އަދަދަކީ 2،303 އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮޑްސަން
12 August 2020
ލައިފް އިޒް ނޮޓް ފެއާ މައި ފުރެންޑް!
ަލދމފަ
11 August 2020
އެންވައިރަމަންޓް މިނިސްޓްރީޢިން ދަނީ ބައެއް ޑިޕާޓްމަންޓުން ހުރިހާ މުވައްޒަފުން ނެރެމުން. މީހަކު ޕޮޒިޓިވް ވީމަވެސް ނާނގާ!
އައިސްތު
11 August 2020
އަޅުގަނޑު ވެސް މި ސަރުކާރު ވަޒީފާއެއްގައި އުޅޭ މީހެއް. ގޭގައި ހުރިހާ ކަމެއް ކުރެވޭއިރުވެސް އެބަ ނެރޭ ކަމެއްނެތަސް 2 ދުވަހުން 1 ދުވަހު އޮފިސްއަށް ފުލްޓައިމް ކޮށް. ރިކުއެސްޓް ކުރީ މަވެސް އަޅައެއްނުލިއެވެ. ކުޑަ ކުއްޖެއް ގޮވައިގެން އުޅޭއިރު ވެސް. އިސްވެރިން އަޅައިނުލާ
ސުހެއިލް
11 August 2020
ސަޅި ބާރެއް ތިދިނީ މިފަހަރު އެންމެންގެ މުސާރަ ކަނޑާ ލާނަން ހާއަސަ ކޮން އިންޖިނިއަރިންގެ. ޕައިލެޓުންނާ އެކަމަކު ނުކެރޭނެ ކުޅޭކަށެއް!!
އަހުމަދުއަލޯ
11 August 2020
އޮޑިޓް އޮފީހުގެ ހުރިހާ ކުދިން އަދިވެސް ނެރޭ ކޮންމެ ދުވަހަކު. ހުރިހާކަމެއް މަސައްކަތެއް ގޭގަ ތިބެގެން ކުރެވެންއޮއްވާ އަދި. އެޗްޕީއޭއިން އެއްވެސް އޮފީހަކަށްގޮސް ބަލާލިންތަ އެތަންތަން ހުންނަނީ ކިހިނަކުންތޯ؟
ބޮސްގެ ބޮސް
11 August 2020
މިއީ ވަރަށް ރަނގަޅު ކަމެއް. މަގޭ ބޮސްއަށްވެސް ހަމަ އެއްވެސް ޒިންމާއެއް ނެގެނީއެއް ނޫނޭ.
ރަށުބޭބޭ
11 August 2020
އެޗްޕީއޭއަށް ގުޅީމަ ފޯނު ނުނަގާ، އަރިއަތޮޅު މިހިރެ ރިސޯޓުތަކަށް ޓޫރިސްޓުން އަންނަ އިރުވެސް އެތަނުގެ ސްޓާފުން އެއްވެސް ހިފެހެއްޓުމެއްނެތި މީހުންއުޅޭ ރަށްރަށށް އަންނަމުންދަނީ .....މީ އުސޫލާ ޚިލާފަށް ހިނގަމުންދާކަމެއް ..... ނުހުއްޓުވޭ، ފިޔަވަޅެއް ނޭޅޭ، ރިޕޯޓުކުރާނެ ގޮތެއް ނެތް އެޗްޕީއޭއިން ފޯނު ނުނަގާ....މުޅި ޤައުމުގެ ހުރިހާކަމެއް 1676 އިން ހިންގަންވީމަ ދެން ކެވޭނީ ރާކަނިމަސް
ހާސަރު
11 August 2020
ޑރ.އަފްޒަލް އަށް އަޅުގަނޑުވެސް ދަންނަވާލަން ބޭނުން ވާހަކައެއް އެބައޮތް އެއީ ނިއުސް ކޮންފަރެންސްތަކުގައި އަފްޒަލް ދައްކަވާވާހަކަ އަޑު ވަރަށް މަޑު ވީމާ މައިކް ތަންކޮޅެއް ކައިރި ކޮށްލައްވައިގެން އިންނަވާނަމަ އަޑުއަހާ މީހުނަށް ފަސޭހައިން އޮޅުންފިލާނެ.
ސަމާއާދަނު
11 August 2020
ރަނގަޅު ހުށަހެޅުމެއް
ޢެޗްޕީ6
11 August 2020
ދެން ހުއްޓުވަންވީ މި މަގުމަތީ ދުވާ މީހުން. ޙާއްސަކޮށް ހުޅުމާލެ ތަންތަނުގަ ކްލޯޒްޑް ސްޕޭސަސް ހުރެ މަގުމަތީ ދުވުން މިއީ ބޮޑު ރިސްކަކަށް އެހެން މީހުން ވައްޓާލާ ކަމެއް. އަދި ގްރޫޕްތައް ހަދާ ދުވަން ދިއުން ހުއްޓުވަންވީ. ބޮޑެތި ގޭގޭގަ އުޅޭ މީހުން ގިނައިން މަގުމަތީ ދުވަނީ. ޙާލަތައް ބަލާ ގޭގައި ކަސްރަތު ކުރެވޭނެ، އެގޮތައް ކުރާ މީހުން ބައިވަރު. އެހެންވީމަ މިމީހުނަށް ނުކުރެވެންވީ ކީއްވެ؟މިކަން ރަނގަޅު ކުރުމަށް ގޮވާލަން.