ކުރީގެ ފިނޭންސް މިނިސްޓަރު އަދި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު، މުޅި މަޖިލީހުގެ ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަނީ.
11 އޯގަސްޓް 2020 - 16:42
ޗައިނާ އިން ނަގާފައި ވަނީ ދައުލަތަށް މާބޮޑު މާލީ ބުރައެއް އަންނާނެ ލޯނުތަކެއް ނޫން ކަމަށާއި އެއީ ވަރަށް ލުއި ލޯނުތަކެއް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަދި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.
ދައުލަތުން ނަގާފައިވާ ލޯނުތަކާއި ދީފައިވާ ސޮވެރިން ގެރެންޓީތަކާ ގުޅޭ ގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިސްނެންގެވުމަކަށް ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީ އަށް ހާޒިރު ކުރެއްވުމުން، މެމްބަރުން ކުރެއްވި ސުވާލުތަކުގެ ޖަވާބުގައި ޖިހާދު ވިދާޅުވީ، ޗައިނާގެ އެގްޒިމް ބޭންކުން ދިވެހި ސަރުކާރުން ނެގި އެއް ލޯނަކީ ސިނަމާލެ ބްރިޖް ހަދަން ނެގި ލޯނު ކަމަށާއި އެެއީ ވެސް ވަރަށް ދިގު މުއްދަތެއްގައި ކުޑަ އިންޓަރެސްޓަކާ އެކު ދައްކާ ގޮތަށް ނެގި ލޯނެއް ކަމަށެވެ. އެ ލޯނު ނަގަން ޖެހުނު ސަބަބަކީ އޭރުގެ ފިނޭންސް މިނިސްޓަރު ވިދާޅުވި ގޮތުގައި އެވަރުގެ ލޯނެއް ދޭނެ އެހެން ބަޔަކު ވެސް ނެތުމުންނެވެ.
"އެހެންވީމާ އެއީ އަޅުގަނޑަށް ހީވާގޮތުގައި ދައުލަަތަަށް މާބޮޑު މާލީ ބުރައެއް އަންނާނެ ކަމެއް ނޫން ކަ ންނޭނގޭ،" ޔާމީންގެ ވެރިކަމުގެ ފުރަތަމަ މިނިސްޓަރު ޖިހާދު ވިދާޅުވި އެވެ.
މާލީ އިދާރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްޕުޅު ކުރެއްވި ޖިހާދު ވިދާޅުވީ، ޔާމީނުގެ ވެރިކަމުގައި އެ މަނިކުފާނު ފިނޭންސް މިނިސްޓަރަކަށް ހުންނަވައިގެން، ހުރިހާ ލޯނެއް ވެސް ނަގާފައި ވާނީ ރާއްޖޭގެ ޖީޑީޕީގެ ނިސްބަތުން އެކަށީގެންވާ ވަރެއްތޯ އާއި އެއީ ޑެޓް ސާވިސް ރޭޝިއޯ ފަދަ ކަންތައްތަކަށް ބަލައިގެން ކަމަށެެވެ. ރާއްޖޭގެ ދަރަނީގެ ހާލަތު ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން އޭރު ގަވައިދުން ބަލަމުން އައި ކަަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަދި އަައިއެމްއެފް ވޯލްޑް ބޭންކް ކޮންސަލްޓޭޝަން މިޝަން ކޮންމެ ފަހަރަކު އައިސް ހުރިހާ އެއްޗެއް ވަަރަށް ތަފްސީލުކޮށް ބަލާނެ. ހުރިހާ ލޯނުތަކެއް،" ޖިހާދު ވިދާޅުވި އެވެ.
ނަމަވެސް ރާއްޖޭގެ ދަރަަނީގެ މިންވަރު މިހާރު ހުރީ އައިއެމްއެފާއި ވޯލްޑް ބޭންކުން ބަލާ މިންގަނޑުން ނަމަ މަތިކޮށް ކަމަަށް ޖިހާދު އެއްބަސްވެވަޑައިގަތެވެ. އެގޮތުން ދަރަނީ މިންވަރު މިހާރު ހުރީ ޖީޑީޕީގެ ނިސްބަތުން 60 ޕަސެންޓަށް ވުރެ މަތީގައި ކަމަށާއި ހުންނަން ޖެހޭނީ 50 ޕަސެންޓަށް ވުރެ ދަށުގައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މުޅި މަޖިލިސް ކޮމިޓީގައި އެމްޑީޕީގެ ގިނަ މެމްބަރުން ކުރެއްވި އެއް ސުވާލަކީ ޗައިނާ އިން ނަގާފައިވާ ލޯނުތައް ނުދެއްކޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ވާނީ ކިހިނެތްތޯ އާއި އެ ހާލަތުގައި އެ ގައުމުން ރާއްޖޭގެ ބިންތަކަކާ ހަވާލުނުވާނެތޯ އެވެ. މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ތަކުރާރުކޮށް އެސުވާލު ކުރެއްވި އެވެ.
ޖިހާދުގެ އިތުރުން، ޔާމީންގެ ވެރިކަމުގައި އެންމެ ފަހުން ފިނޭންސް މިނިސްޓަރުކަން ކުރެއްވި އަހުމަދު މުނައްވަރަށް އީވާ ތުހުމަތު ކުރެއްވި ގޮތުގައި އެ ބޭފުޅުން ވަނީ ޗައިނާގެ ދަރަނީގެ މަޅީގައި ރާއްޖެ ޖައްސައިފަ އެވެ. ޗައިނާ އިން ނެގި ލޯނުތައް ރާއްޖޭން ދެން ދައްކާނީ ކޯއްޗެއް ވިއްކާފައިތޯ ވެސް އޭނާ ސުވާލުކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގާގާ
12 August 2020
ކިޔަވައިގެން ހުއްޓަސް ޖިހާދުގެ މިސާލަކީ ވާހަކަދައްކާ ގުރަޔެއްގެ މިސާލު، އެސޮރުވެސް ވެރިމީހާ ބުނާހައެއްޗެއް ކިޔާނެ. ތަރައްގީދައްކައި ޢޮބިއަޅައިގެން ވިޔަސް ވެރިކަމުގަ ހުންނަން ޔާމިނު ބޭނުނި އެހެންވީމަ ނުކަތާވަރައް ލޯނުނެގީ.
ލކޖހގ
12 August 2020
އަސްތާ! ފައިސާ ހުސްވެއްޖެ. އިންޑިޔާއިންވެސް ދޭނެ ފައިސާއެއް ނެތީ. އެކަމަކު ސަލާންޖަހަންދާނެ ދެވަނަ ތަނެއްނެތް. މިގައުމުގެ މައްޗަށް އަމުރު މައުރޫފު ހިންގާ އީޔޫއޭ ކިޔައިގެން އުޅޭ ޔޫރަޕްގެ ގައުމުތަކުގައިވެސް އެހެންމީހަކަށް ދޭނެއެއްޗެއްނެތް. ފައިސާ ހުރީ ހަމައެކަނި ޗައިނާގައި. އެމީހުން ލަންކާއަށްވެސް 500 ބިލިއަން ޑޮލަރު ދީފި. އިޓަލީއަށް ބޭނުންވީ ވަރަކަށް ފައިސާދީފި. އެކަމަކު އިންޑިޔާއަކަށް ދިވެހިރާއްޖެއަކަށް ނުދިން.
56987
12 August 2020
ކަރަންސީ ސްވެޕްއެކޭ ކިޔައިގެން އިންޑިޔާއިން ގެނައި 100 މިލިއަން ޑޮލަރުވެސް އަމީރުމެން ހުސްކޮށްލީތަ؟ އެފައިސާއަށް ކުރީ ކީއް. 800 މިލިއަން ރުފިޔާ އިންޑިޔާއިން ފަހުންވެސް ދިނޯ. މިދޭތެރެއަކުންއައި މިނިވަން ދުވަހުވެސް އިބޫ ކިޔައި އަޑުއިރުވުން އިންޑިޔާގެ އެހީގައޭ މިއުޅެނީ. ބަލިން ސަލާމަތްވަނީވެސް އެމީހުންގެ އެހީގައޭ. ބަލަ ލޯނު ދައްކަން ލޯނުވެސް ދެން ނަގަންވީނު. ޗައިނާއިން މިސަރުކާރަށް ނޫނެކޭ ބުނިގޮތަށް އިންޑިޔާއިންވެސް ނޫނެކޭ ބުނީތަ؟
ކޖހގ
12 August 2020
ކޮންމެއަކަސް އެނގިގެން މިދަނީ ކޮންމެ މީހަކަށް ގައުމެއްގެ ވެރިކަމެއް ނުކުރެވޭނެކަން. އަބަދަކު އެއްހާލަތެއްގައި ދުނިޔެނޯންނާނެ. އިލާހެއްވޭ. އެއިލާހުގެ އިމްތިހާނާ ކުރިމަތިލާންޖެހޭ. މުޅި ދުނިޔެ މިދެކެނީ އެދުވަސް. ބޮޑާވެ މަށަށްވާނެ ކިޔައިފަ އައިމީހުން މިހާރު މިއުޅެނީ ކޮންމޮޔައެއްވެގެން. ބަލަ ފައިސާ ނެތިއްޔާ ބޮރޯއޭ ކުރަނީ. އަހަރެމެން އައިފޯން ނުކުންނަ ކޮންމެ ފަހަރަކު މިގަންނަނީ ހަމަ ދަރަންޏަށް. އެއީ ފައިސާ ނެތީމަ. ފޯނު ބޭނުމިއްޔާ ލިބެންހުރި ގޮތަކަށްތާ ހޯދާނީ
5698
12 August 2020
ދެން ވަރަށް މަތިހަށިނަގައި ދިވެހިރާއްޖޭގެ ވެރިކަމާ އިބްރާހީމް ހަވާލުވެއްޖެ. ދުނިޔޭގެ އުމްރާނީ ތަރައްޤީއާ އެއްވަރަށް ދިވެހިގައުމު ތަރައްޤީކުރުމުގެ މަތިވެރިމަގްސަދުގައި ކުރީގައި ދިވެހިގައުމު ހިންގެވި ޔާމީން ކިޔާމީހެއްގެ ޒައާމަތުގައި "ލޯނު" ގެނަމުގައި ފައިސާ ދައްކާ ހަލާސްކުރާގޮތަށް ފައިސާ ބޮރޯ ކޮށް ބޮޑެތި މަޝްރޫޢުތައް ހިންގި. ކޮވިޑް ކިޔާ ބަލިމަޑުކަމެއްއައި. އިބްރާހީމްގެ 4 އުދަރެއް ފެނުޖެހިއްޖެ. މީހުން ގެދޮރާއި މުދާ ފޭރޭ ހިސާބަށް ސިކުނޑި ހިނގައްޖެ.
ލައިލާ
12 August 2020
ޖިހާދުބުނީ މިހާރުގެ ވާހަކަ އެމީހުން ލޯނުނެގި އިރުގެ ވާހަކައއް ނޫން , މިހާރުއަކީ 2020 އެހެންވީމަ ޖިހާދުގެ ސޯޓެއްނޫން ބޭލޭނީކީ އަންނި , އިބޫ ދެމީހުންގެ ސޯޓް ބޭލުނީ
ޒާރާ
12 August 2020
ލުޔޭ އބުނީ ދިގިމުއްދަތަކަށް ބަހާލައިގެން ކުޑަ އިންޓަރެސްޓާއެކު ދައްކަން ޖެހޭތީ ގަމާރުންނަކަށް ނުވިސްނޭނެ ތިޔަކަހަލަ މީހެއް މރ އަކީވެސް , މިހާރު މިވީ ގޮތަކީ ޔާމީނު ސަރުކާރުގެ ލޯނުގެ މައްސަލަ ގޯހަކަށް ހަދަން އުޅެގެން އިތުރަށް ރައްޔިތުންނަށް ބޮޑަށް ސާފުވީ ޗައިނާ ލޯނަކީ ހަމަ ވަރަށް ރަގަޅަށް ނަގާފައިވާ ލޯނެއްކަން
ޙިނި
12 August 2020
ޢަގުހެޔޮވީމަ ފަހައްނުބަލާ މުޅި ފިހާރަ ގަނެލީދޯ! ޜަންގަޅު ތީވަރަ ފުރިހަމަ ޖަވާބެއް ގުލިބަލް ދިވެހިން ތިޖަވާބު ބަލައިގަންނާނެ އަދި މަޖުލިސް މެންބަރުން ނައް ވެސް ތިޔައްދޭނެ ރައްދެއް ނުވިސްނޭނެ.
ފފފފފ
12 August 2020
ތިޔަބޭފުޅާއަށް ވިސްނުނީދޯ؟ އެކަމަކު ތިވިސްނުނީ ނުވަތަ ތިބަޔާންކުރީ ރަނގަޅަކަށްނޫން. މުޅި ފިހާރަ ގަންނާނީ މުޅި ފިހާރައިގައި ހުރި މުދަލަކީ ބޭނުންތެރި މުދަލަށްވާނަމަ. ޖިހާދުމެނަކީ ކޮންބައެއްކަން އެނގޭތަ؟ އެމީޙުންނަކީ އިލްމުވެރި އިހްލާސްތެރިން. ރައްޔިތުންގެ ހައްޤުގައި އެމީޙުން ގެއްލުން ލިބޭގޮތަކަށް ކަމެއް ނުކުރާނެ. ރާއްޖޭގައި އުމްރާނީ ތަރައްޤީއަށް ބޭނުންމިންވަރު އެނގޭ. އެހެންވެތާ އިސްތިއުމާރީ އިންޑިޔާގެ ޖީއެމްއާރްއަށް އެއަރޕޯޓް ހަދަންދިނީވެސް.
ޒުވާނާ.
12 August 2020
އަދިވެސް ތާކު ވެރިކަ މެއް އޮތިއްޔާ ހަވާލުވާތި ތިޔަ އެ މްޑީޕީގެ ފެންވަރު މިދަނީ ފެންނަ މުން ހަނާވަނީ ފަނާވަނީ
ލީލާވަތީ
11 August 2020
ޔާމީނު ވެރިކަމާ ހަވާލުވިއިރު ވެސް ދައުލަތުގެ ދަރަނިވެރިވެފައި އޮތީ. އެބުނާ ޖީއެމްއާރަކަށް ރާއްޖެ ވިއްކާލާފައި ދިޔަ ބަޔަކު ދިޔައީ