ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔަމް މަޖިލީހުގެ ޖަލްސާއެއްގައި ބަައިވެރިވެވަޑައިގަންނަވަނީ. ބޭރުގެ އެހީ ބޭނުންކުރާ ގޮތުގެ ތަފްސީލް ހާމަކުރަން ގޮވާލައި މައްސަލައެއް އޭނާ މިއަދު ހުށަހެޅުއްވި.
12 އޯގަސްޓް 2020 - 15:33
ކޮވިޑް-19 ފެތުރޭތީ ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ މައްސަލަތަަކާ ގުޅިގެން ބޭރުން ލިބުނު އެހީ އާއި ލޯނުގެ ގޮތުގައި ނެގި ފައިސާގެ ތަފްސީލާއި އެ ފައިސާ ބޭނުންކުރަމުން އަންނަ ގޮތުގެ ތަފްސީލު ދޭން ސަރުކާރަށް ގޮވާލައްވައި، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވައިފި އެވެ.
ޝިޔާމް މިއަދު މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގައި ތުހުމަތުކުރައްވާފައިވާ ގޮތުގައި ރާއްޖެއަށް ލިބުނު ފައިސާގެ އެހީ އާއި ލޯނުގެ ގޮތުގައި ނެގި ފައިސާގެ އަދަދުތައް ސަރުކާރުން ހާމަކޮށްފައި ވިޔަސް، އެ ފައިސާ ބޭނުންކުރަމުން އަންނަ ގޮތުގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ. އެތައް ގައުމަކުންނާއި ބައިނަލް އަގުވާމީ ޖަމިއްޔާތަކުން ރާއްޖެއަށް ބޮޑެތި އަދަދުތަކުން ފައިސާ ދީފައި ވިޔަސް ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުނުވާ ކަމަށާއި ރައްޔިތުންގެ އިތުރަށް ނިކަމެތިވަމުންދާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.
..މިހުރިހާ އެހީތަކާއި ލޯނު އެހީތަކުގެ ޖުމްލަ އަދަދު 24.2 ބިލިޔަން ރުފިޔާއަށް އެރިކަމުގައި ވިޔަސްް ރައްޔިތުން ބިކަވެ،ވަޒީފާ ގެއްލި، ބިލުތައް ދެއްކޭނެ ގޮތެއް ނެތި، އާމްދަނީ ލިބޭނެ ގޮތެއް ނެތި، ވަރަށް ހާލުގައި ޖެހި ހަދާނެ ގޮތް ހުސްވެ ވަޒީފާތަކާއި ކުދިންގެ ކިޔެވުމާއި ދިރިއުޅުން ގުރުބާންކޮށް ރަށްރަށަށް ބަދަލުވަމުން ދާއިރު އެހީގެ ގޮތުގައި މި ލިބެމުންދާ ފައިސާއިން ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް އެއްވެެސް ކުރިއެރުމެއް އަންނަމުން ނުދޭ،--- ޝިޔާމް
ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދާކަމުގެ ޝަކުވާ އެތައް ހާސް ރައްޔިތުންނެެއް އެކިއެކި ފޯރަމްތަކުގައި ކުރަމުން އަންނަ ކަމަށާއި ރައްޔިތުން އެކަމުގައި އަޑުއުފުލަމުން އަންނަ ކަމަށް ވެސް މައްސަލަ ހުށަހަޅުއްވަމުން ޝިޔާމް ވިދާޅުވި އެވެ.
އެހީ އާއި ލޯނުގެ ގޮތުގައި ލިބުނުކަމަށް ސަރުކާރުން މިހައިތަނަށް ހާމަކޮށްފައިވާ ބައެއް ތަފްސީލުތައް ހިމެނުއްވުމަށް ފަހު އޭނާ ވިދާޅުވީ މިހައިތަނަށް ލިބުނު ފައިސާގެ އަދަދު 24.2 ބިލިޔަން ރުފިޔާއަށް އަރާ ކަމަށެވެ.
"...މިހުރިހާ އެހީތަކާއި ލޯނު އެހީތަކުގެ ޖުމްލަ އަދަދު 24.2 ބިލިޔަން ރުފިޔާއަށް އެރިކަމުގައި ވިޔަސްް ރައްޔިތުން ބިކަވެ،ވަޒީފާ ގެއްލި، ބިލުތައް ދެއްކޭނެ ގޮތެއް ނެތި، އާމްދަނީ ލިބޭނެ ގޮތެއް ނެތި، ވަރަށް ހާލުގައި ޖެހި ހަދާނެ ގޮތް ހުސްވެ ވަޒީފާތަކާއި ކުދިންގެ ކިޔެވުމާއި ދިރިއުޅުން ގުރުބާންކޮށް ރަށްރަށަށް ބަދަލުވަމުން ދާއިރު އެހީގެ ގޮތުގައި މި ލިބެމުންދާ ފައިސާއިން ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް އެއްވެެސް ކުރިއެރުމެއް އަންނަމުން ނުދޭ،" ޝިޔާމް ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވި އެވެ.
އެހެންވެ އެ ފައިސާ ބޭނުންކުރަމުން އަންނަ ގޮތުގެ ތަަފްސީލު ވީ އެންމެ އަވަހަކަށް ރައްޔިތުންނަށް ހާމަކޮށްދިނުމަށް އޭނާ ގޮވައިލެއްވި އެވެ.
ޝިޔާމް ހުށަހެޅުއްވި މައްސަލާގައި ހިމަނުއްވާފައިވާ ފައިސާގެ އަދަދުތަކަކީ އެކި ގައުމުތަކުންނާއި ބައެއް ޖަމިއްޔާތަކުން ރާއްޖެއަށް ދިން ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވާ އަދަދުތަކެކެވެ. އެނގިފައިވާ ގޮތުގައި އެހީއާއި ލޯނުގެ ގޮތުގައި ހަަމަޖެހުނުކަމަށް އިއުލާނުކުރާ ފައިސާ ލިބެން ބައެއް ފަހަރު ވަރަށްް ގިނަ ދުވަސް ހޭދަވެ އެވެ. އެއީ އެކަންކަމުގައި އޮންްނަ އިދާރީ މަސައްކަތްްތަކަށް ހޭދަވާ ވަގުތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢިބޫ
12 August 2020
ތީ ވަރަށްރަނގަޅު ކަމެއް މިހާރު މިހިރަ ފިނޭންސް މިނިސްޓަރަކަށް އިތުބާރެއްނުކުރަން، ފިނޭންސް މިނިސްޓަރަކީ ފައްޔާޒުގެ ޕަޕެޓެކޭ ކިޔާ އަޑުއިވޭ އެއީ ތެދެއްތޯ؟
ރިހި ރާންބާގަސް
12 August 2020
މިދުނިޔޭގަ ތިޔަމީހަކަށް ކުރަން ދަސްވެފައޮތްހާވެސް ކަމަކީ ފިތުނައުފެއްދުން! ތިމާމެންގެވެރިކަން ގެއްލުނުގޮތާމެދު ވިސްނާލާފަ ލަދުވެތިވެ ރައްޔިތުންކިބައިން މައާފަށް އެދިބަލަ! ވެރިކަމުގެ ދުވަސްވަރުގަ ދައުރާވީ ހެނދުނާއި ހަވީރު ހިންގީ ގިނަގުނަ ބޮޑެތިބިޔަ ޖަރީމާ! މިހާރުވެސް އުފައްދަމުން ތިދަނީ އިންސާނިއްޔަތަށްވެސް ގެއްލުންފޯރާވަރުގެ ބޮޑެތިފިތުނަ! ތިޔަހަރަ ބޮޑާކަމާ ކިބުރުވެރިކަން ބަލާއެއްނުގަންނަން!
ދޮންދުބުރި ގަސް
13 August 2020
ބަލަ ފިތުނަ އުފައްދާކަމަށް ކިޔާގެން އަދިވެސް ކަމެއް އޮޅުވާލެވޭތޯބަލާ! މިޤައުމަށް ޔާމީނު ވެރި ކަމުގައި ތިހިންގި ޖަރީމާތައް އިންސާނުންގެ ލޯތަކަށް ފެންނަން އެބަހުރި ބުރިޖު ރަށްރަށުގެ ފެނާއި ނަރުދަމާ ހިއްކާފައިވާ ބިންތައް މިފަދަ އެތައް ޖަރީ މާއެއް އެކަމު ޞާލިޙު ހިންގާ ޖަރީމާތައް ހިންގަނީ ވަރަށް މަކަރުވެރި ސިފާގަ ފެލަނީ ދަވަނީ ރައްޔިތުން ގެ ކަރަށް އަތްބާނާފަ ކުޑަދޫ ދަމަނީ
ދައުހާ
12 August 2020
ބޭރުގެ އެހީން ހެދީ ކޮޓަރިކޮޅާއި ހޯލު. އަދި ބޭކާރު ޚަރަދުތައް. ހަގީގަތަށް ބޭނުންވާ އެއްޗިއްސެއް ވަސީލަތެއް ހޯދިފައެއް ނެތް. އެހެންވީމާ އެހީގެ ތަފުސީލެއް ނުދޭނެ. އަދިވެސް ގައުމުގެ ހާލަތޭ ކިޔައި އިތުރަށް ފައިސާ ނަގަން ސަލާން ޖަހައި، ލިބޭ ލާރިކޮޅު ސިޔާސީ މީހުންނާ ގުޅުން އޮންނަ މީހުންނަށް ބަދަލުގެ ނަމުގައާއި އެހެނިހެން އަނދުން އަޅުވައިގެން ބަހަމުން ދަނީ.
ނަޝީދު.
12 August 2020
އެޖެންޑާ19ގަ ވީހާ ވައުދު ކޮބާ؟ ސަރުކާރުން ވިޔަފާރިކުރުން ހުއްޓާލަން ބުނިންތަ؟ ހުރިހާ އިންޕޯޓް ޑިއުޓީ ކަނޑާލަން ބުނިންތަ؟ އަނބިދަރިންގެ ހިސާބުތައް ހާމަކުރަން ބުނިންތަ؟ ހުޅުމާލެއާ ގުޅީފަޅުން ގޯތިދޭން ބުނިންތަ؟ އެލް.ޖީ.އޭ އޮވާލާ އަތޮޅާ ރަށުސަރުކާރަށް ބާރުތައް ބަހާލަން ބުނިންތަ؟ އިންޓަނެޓް އަގުހެޔޮކުރަން ބުނިންތަ؟ ކޮމިޝަންތަކެއް ހަދާ ތަހުގީގުތަކެއް ހާމަކުރަން ބުނިންތަ؟ ވަޒީފާ ގެއްލުވާލިމީހުންނަށް ވަޒީފާ ދޭން ބުނިންތަ؟ ހައްގުމިންވަރު ބާ މިފެންނަނީ؟!؟
ަސާޖިދުނާޑުވާގެބައްޕަ
12 August 2020
ކޮން ގައުމެއްގެ ސަރުކާރަކަށްތޯ ކޮވިޑްއާ ހަނގުރާމަ ކުރަމުން ބޮޑެތި ބިޔަ މަޝްރޫއު ހިންގެނީ؟ މުޅި ދުނިޔެ މިއޮތީ މިކަމާ ޖެހި ނޭވާ ހޮޅިއަށް އެޅިފައި. އަދި އެ ހާލަތުން އަރައިނުގަނެވެނީސް ހާލަތު ގޯސް ކުރަން ޝިޔާމުމެން މުޒާހަރާ ކުރަނީ. ގައިމު ދިވެހި ރައްޔިތުންނަށްވެސް މިހާރު އެއްޗެއް ވިސްނޭނަމަ އެނގޭނެ ޝިޔާމުމެން އެއްވެސް ކަމަކާ ތި އުޅެނީ ހެެވެއް އެދިގެން ނޫންކަން.
ވެދުން ސަލާމަށްފަހު
12 August 2020
ކޮންމެ ޕާޓީއެއްގެ މެންބަރެއް ކުރިޔަސް ތިޔައީ ކުރަން ޖެހޭނެކަމެއް. ސަރުކާރުން ޓްރާންސްޕޭރެންޓް ވާންޖެހޭނެ.