ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދު މަޖިލީހުގައި: މި ސަރުކާރުގައި ރައްޔިތުންނަށް ފައިދާވާނެ އިގްތިސާދީ ޕްލޭނެއް ނެތް ކަމަށް ވިދާޅުވި. --ފޮޓޯ/މަޖިލިސް
13 އޯގަސްޓް 2020 - 13:55
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ހިންގަވަނީ ދެ ސަރުކާރެއް ކަމަށާއި އެހެންވެ އެއް ސަރުކާރެއްގެ ގޮތުގައި ގައުމު ނުހިންގޭ ނަމަ ވެރިކަމުގެ ކޯޅުން ބޮޑުވެ، ރާއްޖެ ވެއްޓެން ޖެހެނީ މިނިވަންކަން ނިގުޅައިގަނެވޭ ގޮތަށް ބޭރު ގައުމެއްގެ ޖީބަށް ކަމަށް ވިދާޅުވެ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ސައީދު މިއަދު ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.
ކޮވިޑާ އެކު ގައުމުގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހާލަތުން އަރައިނުގަނެވި އިގްތިސާދީ ދަތި ހާލަތުގެ ސީދާ ގެއްލުން ރައްޔިތުންގެ ދިރިއުޅުމަށް ފޯރާފައިވާ އިރު ސައީދުގެ ކަންބޮޑުވުމަކީ މިކަމުން އަރައިގަނެވޭނެ ފަދަ އިގްތިސާދީ ޕްލޭނެއް މި ސަރުކާރަށް މިހާތަނަށް ނުދެއްކުމެވެ. އަދި އެ ޕްލޭނާ އެއްގޮތަށް ކަންކަން ތަންފީޒުވަމުން ނުދިއުމެވެ. އޭގެ ބަދަލުގައި ފެންނަނީ، ސައީދު ވިދާޅުވި ގޮތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ހިންގާ މަޖިލީސް ރައީސް ނަޝީދުގެ ސަރުކާރެއްގެ ބޮޑު ކޯޅުމެކެވެ. މިކަމުގެ ނުރައްކާ އޮތީ ރައްޔިތުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންގެ އިތުބާރު އޮތް އެއް ސަރުކާރު ނުއުފެދިއްޖެ ނަމަ ރައްޔިތުންގެ ޖީބު ހުސްވެ މަގުމަތިވުމުގެ ނުރައްކާ އަންނަނީ ބޮޑުވަމުން،" ސައީދު ކުރެއްވި ޓުވީޓުގައި ވިދާޅުވި އެވެ.
އޭނާ އެ ޓުވީޓުގައި އިޝާރާތް ކުރެއްވީ ސައީދު ވިދާޅުވި ގޮތުގައި ކޮވިޑް-19 ގެ މި ހާލަތުގައި ރައްޔިތުންނަށް ތަކުލީފު އުފުލަން ޖެހިފައިވާ އިރު، ސަރުކާރުން އިގްތިސާދު މެނޭޖްކުރަން ނޭނގި ހިންގާ ކަންކަމަށެވެ. ކޮވިޑް ފެށުނު ފަހުން ގާތްގަނޑަކަށް ހޭދަވީ ހަތަރު މަހުގެ ތެރޭގައި ހަތަރު ބިލިއަން ރުފިޔާ ޗާޕްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
"ސިއްހީ ކަންކަމަށް ދުވާލަކު މި ހޭދަކުރަނީ ހަތް މިލިއަން ރުފިޔާ. ވިޔަފާރިތަކަށް ހަތަރު މިލިއަން ރުފިޔާއާ އެކު ނިދާ ހޭލާއިރު، ދުވާލަކަށް ޖުމްލަ 11 މިލިއަން ރުފިޔާ ދައުލަތުން އެބަ ހޭދަކުރޭ،" ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޚަރަދު ބޮޑުކޮށް ދައުލަތް އަދިވެސް ހިންގާއިރު ރައްޔިތުންނަށް ލުޔެއް ނެތް ކަމަށެވެ. ގޭގެ ކުއްޔާއި ފެނާއި ކަރަންޓް ބިލް ނުދެއްކި މަގުމަތިވެދާނެ ކަމުގެ ބިރާއެކު މާދަމާ އަށް ކުރާ އިންތިޒާރުގެ ޖަވާބު ނުލިބި އެތައް ބަޔަކު ތިބި ކަމަށް ވިދާޅުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ރައްޔިތެއްގެ ޖީބަށް ދުވާލަކު ވަންނަނީ 120ރ. އެވެ. އެކަަމަކު 155ރ. ޚަރަދުވާ ކަމަށާއި އެހެންކަމުން ކޮންމެ ރައްޔިތެއްގެ ޖީބުން ދުވާލަކު 135ރ.ގެ ގެއްލުން ކޮންމެ ދުވަހަކު ލިބޭ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދީ މައި ގޭޓު ހުޅުވާލި އިރު ވެސް އެކަށީގެންވާ ޕްލޭނެއް ނެތް ކަމަށް ވިދާޅުވެ ސައީދު ފާޑުކިއުން އަމާޒުކުރެއްވި އެވެ. ކޮވިޑް ސޭފް ސަރަހައްދުތަކެއް ކަނޑައެޅުމުގެ ވިސްނުމެއް ނެތްއިރު، ސޭފް ޓޫރިޒަމް ލިސްޓުގައި ރާއްޖެ ނުހިމެނި ތިން ފަހަރަށް އިނގިރޭސިވިލާތުން ލިސްޓު ނެރުމަކީ ހިތާމައެއް ކަމަށް ސައީދު ވިދާޅުވި އެވެ.
މި ވަގުތު ދަތުރުފަތުރު ކުރުން ރައްކާތެރި ގައުމުތަކަށް ދޭ "ސޭފް ޓްރެވަލް" ސްޓޭމްޕް ރާއްޖެ ނުލިބި ސްރީ ލަންކާ އަށް ލިބުމަކީ ވެސް ދެރައެއް ކަމަށް ސައީދު ވިދާޅުވި އެވެ.
ޓޫރިޒަމުން މި އަހަރަށް ވަންނާނެ ކަމަށް އަންދާޒާ ކުރި މިންވަރާ ގާތް ވެސް ނުވެވި ދެން މި ޖެހެނީ ބޭރު ގައުމުތަކުން އެހީ ހޯދަން ކަމަށާއި އެއީ ރާއްޖޭގެ މިނިވަންކަމަށް ހުރަސްއެޅޭ ހާލަތު ކަމަށް ވިދާޅުވި އެވެ. ބަނދަރެއް ހަދަން ނުވަތަ އެހެން ވެސް ތަރައްގީގެ ކަންކަމަށް އަބަދު ގައުމުތަކުން ލޯނު ނެގުމަކީ ނުރައްކަލަކެވެ.
ސައީދު ވިދާޅުވި ގޮތުގައި އެ ނުރައްކާ ބޮޑުވެ ރާއްޖޭގެ މިނިވަންކަމަށް ނުރައްކަލުގެ ހިޔަނި އެޅެނީ އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުން ވަކި ގައުމެއްގެ މުހިއްމުކަމުގެ ބޭނުން ބޮޑު ކަމަށް ދައްކަވާ ވާހަކަތަކުންނެވެ. މި ސަރުކާރުގައި އެންމެ ބޮޑަށް ގުޅުން ބަދަހިކޮށްފައި ވަނީ އަވަށްޓެރި އިންޑިއާއާ އެވެ.
އޭނާ ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ރާއްޖޭގެ މިނިވަންކަަމަށް ބުރޫނާރާނެ ފަދަ ގޮތަކަށް ގައުމުތަކާ ގުޅުން ބަދަހިކޮށް ތަރައްގީގެ ބިޔަ މަޝްރޫއުތަކަށް ނަގާފައި ވާނީ ވަރަށް ބޮޑަށް ބެލުމަށް ފަހު ލުއި ލޯނުތަކެއް ކަމަށެވެ. ދަރަންޏަށް ކަންބޮޑުވާ މި ސަރުކާރުން ރާއްޖޭގެ އަތޮޅުތަކުގެ ފަސް އަހަރުގެ ތަރައްގީގެ 80 ޕަސެންޓް ހޭދަވާ ގޮތަށް އިންޑިއާ އިން 89 ބިލިއަން ރުޕީސް ނުވަތަ 1.2 ބިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ނަގައިގެން ބްރިޖަކާއި ޕޯޓު އަޅަން އުޅެނީ ކީއްވެތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
އެ ލޯނާ އެކު، ސައީދު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ދަރަނި 90 ބިލިއަނަށް އަރާނެ ކަމަށެވެ.
"މިއީ، ސަލާމަތް ނުވާނެ އަދަދެއް،" އޭނާ ވިދާޅުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި ކޯލިޝަން ވެރިކަމެއް އުފައްދައި އެ ޕާޓީތަކުގެ ލީޑަރުން ވީ ތަނެއް ނޭނގި، އެމްޑީޕީ ބައިބައިކޮށްގެން ވެރިކަމާ ތަޅާފޮޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ރައީސްގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ކުރާ މަސައްކަތުން އެނގެނީ ސަރުކާރުގެ މެނިފެސްޓޯ އާއި އެމްޑީޕީގެ ވިސްނުން ދިމާ ނުވުމެވެ. އެހެންކަމުން، ރައްޔިތުންނަށް ވީ ވައުދު ފުއްދައި އިގްތިސާދު ކޮޅަށް ޖެހުމުގެ އިޚްލާސްތެރި ނިޔަތެއް ހުރި ނަމަ އެއް ސަރުކާރު އުފައްދަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒިންދަގީ
13 August 2020
ސައީދުމެން މުއިއްޒުމެން މިކަހަލަ ވާހަކަ ދެއްކީމަ އައިބުވަނީ.. މިއީ އެކަމަކު ހަގީގަތަކީ..
ޓިނު
13 August 2020
ވެރިކަން ލިބެންދެން އަގަމަޑުންލައިގެންތިބެބަލަ ؟
ްއަދުރޭ
13 August 2020
ދެން ނުލިބޭނެ
ކޮސްގޮވާ
13 August 2020
ދިވެހިރާއްޖޭގައި ދެންވެރިކަން ކުރަނީ ޕީޕީއެމް ސަރުކާރެއްގައި ސައީދު. އެއީ ޒުވާންވެފައި، އިގްތިސާދު ކޮޅަށްޖެހޭވަރުގެ އިލްމީ ހުނަރުހުރެ، އަދި ތަޖްރިބާ ހުރި ވަޒީރެއްގެ ވަޒީފާ އަދާކޮއްފައިވާތީ.
އެކްޓިވިސްޓް
13 August 2020
ސަޢީދުބުންޏަސް ރަނގަޅުވާހަކައެއްވިއްޔާ ވާނީ ހަމަ ރަނގަޅުވާހަކައަކަށް، އަންނި ބޭނުންވަނީ މިޤައުމުގެ ވެރިކަން ހަމަ މިހާރުން މިހާރަށްވެސް ކުރަން، އެހެންވެ އަބަދު ސަރުކާރުގެ އިސްވެރިންނާއި ޖައްސާލައި އެވެރިންނަށް ރައީސް އިބޫޞޯލިހާއި އެކު މަސައްކަތްކުރުމަށް ފުރުޞަތުލިބިދިޔަނުދީ އޭނަ މަސައްކަތްކުރަމުންއެދަނީ ރައީސް އިބޫސޯލިހުގެ ސަރުކާރު ބަލިކަށިކޮށް އޭނައަށް އަވަހަށް ވެރިކަމަށް އެރޭނެހާ މަގެއްކޮށަމުން، އަހަރަމެންރައްޔިތުން މިތިބީ އިބޫޞޯލިހު ފަހަތުގައި
ސޭ ނޯ ޓް ނަޝީދު
13 August 2020
ނަޝީދަކީ ދިވެހިރާއްޖެއާއި އެމް.ޑީ.ޕީ ގެ ވެސް ހަލާކު. އެންމެން ނަޝީދަށް ނޫނެކޭ ބުނަންވީ ދުވަސް އަތުވެއްޖެ!
ގަޓް ބްރޯ
13 August 2020
މިހުންނަނީ ކޯލިޝަން ސަރުކާރު ހަދައިގެން ސަރުކާރު ހިންގަން އުޅުނީމަ ގައުމަށް ޖެހޭނެ މުސީބާތް. ސައީދު އެބުނިހެން ކޯލިޝަން ހެދި ބައެއް ލީޑަރުން ފިލާ ތިބެގެން އެމްޑީޕީ ހަލާކުކޮށްލަން ރައީސް އާ މަޖިލިސްގަ ތިބި ވިކޭ އެންމެން ހައްލާލައިގެން މިޖަހާ ސަކަރާތް މިވަގުތަކާ ނުގުޅޭ. އިދިކޮޅުންވެސް ކަމެއްކުރަންޏާ ބަލަންވީ 2023 އަށް ރައްޔިތުން ބަލައިގަންނަ ރަނގަ ލީޑަރަކު ލިބޭތޯ. ރައީސް ޔާމީނެއް ދެނެއް ނުވިއްކޭނެ.
ޗީނޯ
13 August 2020
ޗައިނާގެ ޖީބަށް ވަރަށް ބޮޑުކޮށް މިދިޔަ 5 އަހަރު ލާފައި އޮތީ. އަދި ނުނިކުމެވޭ
ފޫހި
13 August 2020
ދެން އެހެންވީމަ މުޒާހަރާ ކުރަންވީނު
ބަސް
13 August 2020
ބޭރު ގައުމެއްގެ ޖީބަކަށް ނުވެއްޓޭނެ. ބިރު ނުގަނޭ. ވޯޓް ލާ ދުވަސް އަންނަންދެން މަޑުން ހުރެވޭތޯ ބަލާބަލަ.
ހައްޕުޑުސް
13 August 2020
ތި ވާހަކަ ދައްކަން ސައީދުގެ ލަދުކޮބާ؟ ކޮވިޑް ކަންތަކުން އަރައިނުގަނެވި މުޅި ދުނިޔެ މި ތަހައްމަލު ކުރާ ވޭނުގައި ރާއްޖެވެސް ތާށިވެފައި އޮތްވާ ނޫންތަ ނަޝީދުއާ ބައިވެރިވެގެން ސައީދުމެން މުޒާހަރާ ކުރަން ނިކުތީ؟ ކޮބައިތޯ ބޭނުމަކީ؟ މި ނާޒުކު ދަނޑިވަޅުގައި ގައުމު ހަލަބޮލި ކޮށްލާ ތިމާމެންގެ ނަޝީދުއަށް ބޮޑު ވަޒީރުކަން ލިބުނީމަ ތިމާމެން ރޫހާނީ ލީޑަރު ޖަލުން ނެރުންތޯ؟ ހުސް އަމިއްލަ އެދުމުން ފޯވެފައި ތިބި މީހުން.