އިންޑިއާގެ ޕްރައިމް މިނިސްޓަރު ނަރެންދްރަ މޮދީ (ކ) ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލު ކުރައްވަނީ-- ފޮޓޯ: ފޮރިން މިނިސްޓްރީ
13 އޯގަސްޓް 2020 - 15:00
އިންޑިއާއިން ރާއްޖެ އަށް ދޭން ނިންމައިފައިވާ 800 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 12.3 ބިލިއަން ރުފިޔާ)ގެ ކްރެޑިޓްލައިނުގެ ދަށުން ބޮޑު ހަތް މަޝްރޫއެއް ހިންގުމާ ގުޅޭގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު މިއަދު މަޝްވަރާ ކުރައްވައިފި އެވެ.
މި ބައްދަލު ކުރެއްވުމުގައި ސަރުކާރުގެ ވައުދުތަކާ ގުޅުން ހުރި މި މަޝްރޫއުތައް ވީހާ ވެސް އަވަހަށް ފެށުން މުހިންމު ކަން ދެ ގައުމުގެ މިނިސްޓަރުން ވެސް ވަނީ ފާހަގަ ކުރައްވައިފަ އެވެ.
- 34 ރަށެއްގެ ފެނާ ނަރުދަމާގެ ނިޒާމް ގާއިމްކުރުން.
- އައްޑޫ ސިޓީ ތަރައްގީ ކުރުން (މީގެ ތެރޭގައި މަގު ހެދުމާއި އައްޑޫގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމާއި ބިން ހިއްކުން ހިމެނޭ)
- ހުޅުމާލޭގައި ކްރިކެޓް ސްޓޭޑިއަމެއް ގާއިމްކުރުން.
- އިންޓަނޭޝަނަލް ޕޯޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް.
- ހުޅުމާލޭގައި 100 އެނދުގެ ކެންސަރަށް ހާއްސަ ހޮސްޕިޓަލެއް ގާއިމްކުރުން.
- ގއ. ގެމަނަފުށި އަދި ފެލިވަރު މިފްކޯ ފެސިލިޓީ ތަރައްގީކުރުން.
- ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުން.
އިންޑިއާއިން ރާއްޖެއަށް ކްރެޑިޓް ލައިނުގެ ގޮތުގައި 800 މިލިއަން ޑޮލަރު ދޭން އިއުލާން ކޮށްފައިވަނީ 2018 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ގައުމަށް ކުރެއްވި ދަތުރުފުޅުގަ އެވެ. މި އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީ އާއި އިންޑިއާގެ މެގްޒިމް ބޭންކާ ދެމެދު ސޮއި ކުރެވުނީ މިދިޔަ އަހަރުގެ މާޗު މަހު އެވެ.
މިއަދުގެ ބައްދަލުވުމުގައި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ހައި އިމްޕެކްޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކުގެ ދެވަނަ ބުރަކަށް ހިލޭ އެހީ ދިނުމާ ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވައިފަ އެވެ. މި ޕްރޮޖެކްޓްގެ ފުރަތަމަ ބުރުގައި އިންޑިއާއިން ދިން 106 މިލިއަން ރުފިޔާއިން، 19 ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު މި ޕްރޮޖެކްޓްތައް ހިންގަނީ 18 އަތޮޅެއްގެ 74 ރަށެއްގަ އެވެ.
އިންޑިއާ އިން ރާއްޖެ އަށް 800 މިލިއަން ޑޮލަރު ދޭން ނިންމާފައިވަނީ ފަސް އަހަރުގެ މޮރިޓޯރިއަމް މުއްދަތަކާއެކު 20 އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށެވެ. މި އެހީގެ ދަށުން ރާއްޖޭގައި ހިންގާ ޕްރޮޖެކްޓުތަކަކީ ދިވެހި ސަރުކާރުން ކަނޑައަޅައި އިންޑިއާ ސަރުކާރުން އެޕްރޫވް ކުރާ ޕްރޮޖެކްޓުތަކެވެ. ހުރިހާ ޕްރޮޖެކްޓަކަށް ވެސް ކޮންސަލްޓެންޓުންނާއި ކޮންޓްރެކްޓަރުން ހޮވާނީ ދެފުށް ފެންނަހެން، ދެ ގައުމުގެ އެއްބާރުލުމާއެކު ކަމަށް ވެސް އިންޑިއާ ހައި ކޮމިޝަނުުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޖެހެނީ
14 August 2020
ޗައިނާއިން ލޯނު ނަގައިގެން ޑެޓް ޓްރެޕްގަޔޯ ޖެހެނީ. އިންޑިއާއިން ކްރެޑިޓް ލައިން ކިޔާ އެއްޗެއް ނަގައިގެން ޖެހި ތާށިވާ އެއްޗެއް ނުފެންނާނެ އެއްބަޔަކަށް.
ސަރަންފީ
14 August 2020
އައްޑުއަށް އާމްދަނީ ލިބޭނެ އެންމެ ކަމެއް ނުހިމެނެއޭ.
ސައިމާ
14 August 2020
ކީއްކުރަން ކޮށްދޭކަމެއް؟ ކަމެއްކޮށްނުދިނަސް ދެގޮތެއްނުވެ ވޯޓުދޭނެ ވިއްޔާ! ނުރޯ ދަރިއަކަށް ކިރެއް ނުލިބޭނެ.
ތެދުވެރިޔާ
13 August 2020
ޤައުމު ފުނޑާލަނީ އައްވަކަސް އަދިރިޔަކަސް މި މީހުންނަ ވަރިހަމަ.
ޝޮކްތެރަޕީ
13 August 2020
އަޑި ނުބައި ރޭވުމެއްގެ ދަޝޫން މިދުވަސްވަރު ބަލާފަ ރާއްޖެ އަދަވަޅަކައް ވައްޓާލަން އިންޑިޔާގެ މަގްސަދު ފުރިހަމަ ކުރަނީ. ދެރަ
އަލް އުސްތާޒު
13 August 2020
ބަދަލުގަ އިންޑިއާގެ ކިތައް ހެލިކޮޕްޓަރާއި ކިތައް އިންޑިއާ ސިފައިން ރާއްޖެ އަންނާނެތަ؟
ޙަސަންދީ
13 August 2020
އިންޑިޔާ، އެމެރިކާ، ޖަޕާނެއް ކިޔާނެކަމެއްނެތް މިޤައުގައި ﷲގެ އިރާދަފުޅުން މިވަެުގެ ދަރިދެއްކޭހާ ވަރު އެބަހުރި ބޭނުންވަނީ އަވަސް ތަރައްޤީ ދިވެހިރާއްޖެއައް ފޫޅުކެޑި ކޮންމެ މީހަކީ ޕޮރެފެސަރެއް، ސައިންސިސްޓެއް އަދި އިކޮނޮމިސްޓެއް ...
ވިޔަފާރިވެރިންނަށް
13 August 2020
އިންޑިއާގެ ކްރެޑިޓްލައިނުގެ ދަށުން 7 މަޝްރޫއެއް ފަށާއިރު ގެމަނަފުށި އަދި ފެލިވަރުގައި މަސްފެކްޓަރީސް ތައް ބިނާ ކުރުން އެއީ ފައިސާ ގެ ގޮތުން އެލޯން ނުދެއްކޭނެ ކަމެކޭ ސަބަބަކީ އެ ދެރަށުގައި އެ ހަދާއިރު ވެސް އީއައިއާރުއާރު އާއި އެފްއައިއާރުއާރު އުޅޭނީ %3 އަށް ވުރެން ދަށުގައޭ ބަދަލުގައި ސަރުކާރުގެ ބަޖެޓުން ފައިސާ ކޮޅެއް ލައިގެން ނަަމަވެސް މާލެ ސަރަހައްދު ފޭދޫ ފިނޮޅު ދެކުނުން އޮތް ފަޅު ހިއްކާލާ އެތަނުގައި ތިޔާ ފެކްޓަރީސް ތައް އަޅާ ބިންތައް ދޫކުރަންވީ
ބޮޑު މުހައްމަދު
13 August 2020
މ ސަރުކާރު ނުނަގާނެ ލޯނެއް. އެމީހުން ނަގާނީ ކްރެޑިޓާ ކަރަންސީ ސޮވޮޕާ މިކަހަލަ އެއްޗެހި. ލަދެއް ހަޔާތެއް ނެތި މި އެމްޑީޕީ ބައިގަނޑު އެހެންމީހުންނާ ދިމާލަށް އަނގަ ފުޅާކުރެއޭ އަދި.
އާންސީ
14 August 2020
ބައިގަޑޭ ތިކިޔަނީ ކަލޭ ކަހަލަ ހަމަ ދިވެހިންނަށް.
ޖަޑީ
14 August 2020
ރީތި ނަންނަން ކިޔައިގެން ރައްޔިތުންނަށް އޮޅުވާލެވުނީމަ ނިމުނީ. ޔާމީނު ނަގާ ލޯނުން ގައުމު ދަރާފަ މިމީހުން ނަގާ ލޯނުން ގައުމު ނުދަރާނެތީ އެއީ މުޅި ދުނިޔެ ދަސްކުރަންޖެހޭ އުކުޅެއް.
ސަރީފު
13 August 2020
700 މިލިއަން ކުރެޑިޓް ލައިން 500 މިލިއަން ބުރިޖް 250 މިލިއަން ކޮވިތް ކަރަންސީ އެކްސްޗޭންޖް ..އިވާ އަށް ދަންނަވަން މީކުރު މުއްދަތެއްގައި ދަރަނީގެ ރެކޯޑް މިންވަރެއް...އަދި އިންޑިއާގެ އަކީ ވަރަށް ހަސީލަތް ނުބައި ބައެއްކަން ހަދާން ނައްތާނުލާތި.
ލޯމާފާން
13 August 2020
ކްރެޑިޓް ލައިން- މާނައަކީ ލޯނު.
ހުހޫ
14 August 2020
ރައްޔިތުން ޕެނިކްވެދާނެތީ ލޯނޭ ނުކިޔާނެ. ލޯނަކީ ހަމައެކަނި ޔާމީނު ނަގައިގެން އުޅުނު އެއްޗެއް.