ވިޔަފާރި / ރިޕޯޓް

ޓޫރިޒަމް ބަނަކޮށް، އެކަމަކު "ބޭސް އޮތީ ދިވެހިންގެ އަތުގައި"

ރާއްޖޭގެ އެންމެ ބޮޑު އެއް އިންވެސްޓަރު ޗަމްޕާ އަފީފް: އޭނާ ވިދާޅުވަނީ މިހާރު މި އޮތް ހާލަތުގައި ޓޫރިޒަމް ރަނގަޅުވާން ނެތް ކަމަށް

ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު މިހާރު މި އޮތް ގޮތުން ޗަމްޕާ ހުސެން އަފީފަށް ފެނިވަޑައިގަންނަވަނީ ވަރަށް ބޮޑު ގޮންޖެހުންތަކެކެވެ. މިއީ އޭނާ ވެސް ހީކުރެއްވި ފަދަ މަންޒަރެއް ނޫނެވެ. އެކަމަކު، ކޮވިޑް-19ގެ ކޭސްތައް ރާއްޖޭގައި ގިނަވަމުން ދިއުމުގެ ބިރާ އެކު، ޑިސެމްބަރު ހިސާބުގައި ވެސް ކުރީގެ ޓޫރިޒަމްއާ "ގާތަށް ވެސް ހިނގައިދާނެ" ކަމުގެ އުއްމީދު އޭނާއަކަށް ނެތެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ދިވެހި އެންމެ ބޮޑު އެއް އިންވެސްޓަރު އަފީފް، ފޯނުން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިހާރުގެ ހާލަތަށް ބަލާ ނަމަ އަންނަ ޑިސެމްބަރާއި އަންނަ އަހަރުގެ ޖެނުއަރީ މަހު ޓޫރިސްޓް އޮކިއުޕެންސީ "50 ޕަސެންޓަށް އެރިޔަސް އެ ވާނީ ކާމިޔާބީއަކަށް" ކަމަށެވެ.

ނަމަވެސް ކޮވިޑް-19ގެ ބަލިމީހުންގެ އަދަދު ރާއްޖޭގައި ކުއްލިއަކަށް މައްޗަށް ދާން ފެށުމާ އެކު، ކުރިން އުއްމީދުކުރި ގޮތާ ހިލާފަށް ޓޫރިޒަމަށް އެޅޭ ހިޔަނިން ސަލާމަތްވުމުގެ ބާރު "ދިވެހި ރައްޔިތުންގެ އަތްމަތީގައި އޮތް" ކަމަށް، އަފީފް ވިދާޅުވި އެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި "މި ބަލީގެ ބޭސް" ރައްޔިތުންނަށް ވެސް އެނގެ އެވެ. އެއީ، ސިއްހީ ތަޖުރިބާކާރުން އަބަދުވެސް އިރުޝާދު ދެމުން އަންނަ ގޮތަށް، ސާފުތާހިރުކަމަށް އިސްކަން ދިނުމާއި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމެވެ. ރާއްޖޭގެ އިގުތިސާދު ބިނާވެފައި އޮތީ ޓޫރިޒަމަށް ކަމަށް ގަބޫލުކޮށް، ރާއްޖެއަކީ ކޮވިޑް-19 އިން ސަލާމަތްވެފައިވާ "ގްރީން ޒޯނަކަށް" ރައްޔިތުން މި ގައުމު ހަދައިފި ނަމަ، އޮތީ އުފާވެރި ދުވަސްތަކެއް ކަމުގެ އުއްމީދު ވެސް، އޭނާ ވަނީ ފާޅުކުރައްވައިފަ އެވެ.

"ރާއްޖޭގެ ހާލަތު ރަނގަޅުވިއްޔާ ޑިސެމްބަރު، ޖެނުއަރީގައި 50، 60 އަދި 70 ޕަސެންޓަށް ވެސް ހިނގައިދާނެ،" އަފީފް ވިދާޅުވި އެވެ.

"އެކަމަކު އެ ހައްލު އޮތީ ރައްޔިތުންގެ އަތްމަތީގައި. ރާއްޖޭގައި އަނެއްކާ އަލަށް ސާޖެއް [ކޮވިޑް-19 ގެ ބަލިމީހުންގެ އަދަދު މައްޗަށް ދިއުން] ފެށިގެން މި އުޅެނީ. އަމިއްލައަށް އަޅުގަނޑުމެން އެކަން ދެނެގަނެގެން ރައްކާތެރިވިއްޔާ މިކަން ނުފެތުރޭނީ. އޭރުން ޓޫރިޒަމަށް ވެސް ރަނގަޅުވާނީ."

މިހާރު މިއޮތީ ކުރިން ހީކުރި ހާލަތެއް ނޫން!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުން ފެށިގެން، ސަރުކާރުގެ އިސް ވެރިންނާއި ޓޫރިޒަމް ދާއިރާ އާއި އެހެން ވިޔަފާރިވެރިންގެ އިތުރުން ގިނަ އާންމުން ވެސް، މާޗުމަހު ހިސާބުގައި ގަބޫލުކުރީ "މިއީ އެންމެ ތިން މަހުގެ ނުރައްކަލެއް" ކަމަށެވެ. އެންމެން ހިތްވަރުކޮށްލަންވީ ގާތްގަނޑަކަށް "ކުރިއަށް އޮތް ތިން މަސް" ކަމަށް، މާޗު 25 ގައި، ރައީސް ވިދާޅުވި އެވެ.

އެކަމަކު ކޮނޯރާވައިރަސްގެ ފެތުރުން ކޮންޓްރޯލްކުރެވޭ ވަރެއް ނުވި އެވެ. ދުނިޔެ އަދިވެސް މި އޮތީ އެ ވައިރަސްގެ އަނދިރިކަމުގެ ތެރޭގަ އެވެ. އިގުތިސާދުތައް ހުޅުވި، ދަތުރުފަތުރު ރަނގަޅަށް ފެށި، އިންސާނުންގެ ބިރު ކެނޑޭނެ ދުވަހެއް ލަފާކުރަން އުނދަގޫ މިންވަރަށް، އެކި ގައުމުތަކުގެ ހާލަތު ގޯހެވެ. އޭގެ ތެރޭގައި ރާއްޖެ ވެސް މިއޮތީ ހިމެނިފަ އެވެ.

ޖުލައި 15 ގައި ބޯޑަރު އަލުން ހުޅުވުމާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ފުރަތަމަ ފްލައިޓުން ޓޫރިސްޓުން ފައިބަނީ: ޓޫރިޒަމް އަދި ފެންނަނީ ބަނަކޮށް .-- ފޮޓޯ: ނިޝާން އަލީ /މިހާރު

ކޮރޯނާވައިރަސް އާއި އެ ވައިރަސް އިން ޖައްސާ ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން އެޅި ހަރުކަށި ފިޔަވަޅުތަކުގެ ތެރޭގައި ހަތަރު މަސް ހޭދަވެ، ޖުލައި މަސް ކުރިމަތިވި އިރު ބެލެވުނީ ނުރައްކަލުން އަރައިގަނެވުނީ ކަމަށެވެ. މާލޭގައި ބަލި ފެތުރެން ފެށުމުން ލޮކްޑައުންއަކަށް ގޮސް ކުރި މަސައްކަތުން ބަލީގެ މައްޗަށް އޭރު ގަދަވެވުނެވެ. އެހެންކަމުން ޖުލައި 1 ގައި، ލޮކްޑައުންއަށް ލުއިތައް ދިނެވެ. އެކަމަކު މިހާރު މި އޮތީ އެ ލުއިތަކުގެ ސަބަބުން ބަލި ފެތުރުން ބޮޑުވެ، ރާއްޖޭގެ އެހެން ރަށްރަށުން ވެސް ޕޮޒިޓިވް ކޭސްތައް ފެނުން އިތުރުވެފަ އެވެ. އެހެންކަމުން މިއީ ރައްޔިތުން ގުޅިގެން، ހިތްވަރުނުކޮށް ސަލާމަތްވެވެން ނެތް ބަލިމަޑުކަމެއްކަން ޔަގީނެވެ. އަދި އެންމެން އެކައްޗެއް ކިޔައިގެން ބަލި ކޮންޓްރޯލްކޮށްގެން ނޫނީ ޓޫރިޒަމަށް ދިރުން ގެނެވޭކަށް ވެސް ނެތެވެ.

އެކަމަކު ރާއްޖޭގެ އިގުތިސާދުގެ މައި އިންޑަސްޓްރީއަށް މިހާރުގެ ހާލަތުން ވަރަށް ބޮޑު ހިޔަންޏެއް އެޅިއްޖެ އެވެ. ޖުލައި 15 ގައި ބޯޑަރުތައް އަލުން ހުޅުވާލައި، ޓުއަރިސްޓުން އަންނަން ފެށުމަކީ އުފާވެރި ހަބަރަކަށް ވިޔަސް، ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްނުކުރުވޭތީ ރިސޯޓްތަކަށް އޮތް ބިރު ކުޑައެއް ނޫނެވެ.

އަފީފްގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ރިސޯޓްތައް ސެޕްޓެމްބަރު 1 ގައި ހުޅުވަން ކުރިން ނިންމި އެވެ. އެކަމަކު އޭނާ ވިދާޅުވި ގޮތުގައި "ކެންސަލޭޝަން ބޮޑުކަމުން" މިހާރުގެ ޕްލޭނަކީ ގިނަ ރިސޯޓްތައް ޑިސެމްބަރު ހިސާބުގައި ހުޅުވުމެވެ. މިއީ 3،000 އަށް ވުރެ ގިނަ މުވައްޒަފުން ތިބި ކުންފުންޏަށް ވެސް ބޮޑު ގެއްލުމެކެވެ.

އަފީފް ވިދާޅުވި ގޮތުގައި އަންނަން ތިބި ޓޫރިސްޓުންނަށް ރާއްޖޭގެ ހާލަތު ވަރަށް މުހިންމެވެ. ރިސޯޓްތައް ވަކިވަކިން އޮތް ނަމަވެސް އޭގެ އެޑްވާންޓޭޖް، ފަސޭހައިން ފެތުރޭ ބަލިމަޑުކަމެއްގައި، ރާއްޖެއަށް ވެސް ނޯންނާނެ ކަމަށް، އޭނާ ގަބޫލުކުރައްވަ އެވެ. އޭގެ މިސާލު ވެސް ދެއްކެވި އެވެ.

"ސުނާމީ ކަހަލަ ކަމެއްގައި ބައެއް ރިސޯޓްތައް ހަލާކުވިޔަސް، ދެން ހުރި ރިސޯޓްތަކަށް ޓޫރިސްޓުން އަންނާނެ. އެކަމަކު ބައްލަވާ މިކަހަލަ ބައްޔެއް ފެތުރެނިކޮށް، ކިހިނެއްތޯ ޔަގީންކަން އޮންނާނީ އެއާޕޯޓުން ބަލި ނާރާނެކަން،" އަފީފް ވިދާޅުވި އެވެ.

"އެއާޕޯޓުން، ދެން އަނެއްކާ ލޯންޗަށް ނޫނީ ސީޕްލޭންއަށް. [އެހެންކަމުން] މިއީ އެތައް ބައެއްގެ ތެރެއިން ކުރާ ދަތުރުތަކެއް."

އޭނާ ވިދާޅުވި ގޮތުގައި ރާއްޖެއަށް ޓޫރިސްޓުން އަންނަ ގައުމުތަކުން ބަލި ކޮންޓްރޯލްކުރަމުން އަންނަ ވަގުތެއްގައި ރާއްޖޭގެ ހާލަތު ވެސް ރަނގަޅުކޮށްގެން ނޫން ގޮތަކަށް، މި ބޮޑު ގެއްލުމުން އަރައެއް ނުގަނެވޭނެ އެވެ.

ރާއްޖެއަކީ "ގްރީން ޒޯނެއް" ނަމަ އަންނާނެ މީހުން ބައިވަރު

މުޅި ދުނިޔެއަށް ވެސް ކުރިމަތިވެފައި މި އޮތީ އިގުތިސާދީ ގޮތުން ބޮޑު ވެއްޓުމެކެވެ. ރާއްޖޭގެ ޓޫރިޒަމްގެ 48 އަހަރުގެ ތާރީޚުގައި ވެސް، މިގޮތަށް ހުރިހާ ރިސޯޓެއް ބަންދުކޮށް، އެއްވެސް އާމްދަނީއެއް ނުލިބޭ ހާލަތަކަށް ގޮސްފައެއް ނުވެ އެވެ. އެކަމަކު އަފީފް ވިދާޅުވި ގޮތުގައި ކަންކަން ރަނގަޅުވާނެ ކަމުގެ އުއްމީދު ދޫކޮށްލައިގެން ނުވާނެ އެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި މިހާރު ވެސް ރާއްޖެއަކީ "ގްރީން ޒޯނެއް" ކަމަށް ދައްކައިފި ނަމަ ރާއްޖެ އަންނާނެ މީހުން ބައިވަރެވެ.

ބަލި ކޮންޓްރޯލްކޮށް "މިއީ ގްރީން ޒޯނެކޭ [ބަަލި ނެތް ތަނެއް] ބުނެވޭވަރު ކޮށްފިއްޔާ ރާއްޖެ އަންނާނެ މީހުން ބައިވަރު، އިނގޭތޯ. މިއީ މާ ބޮޑު ކަމެއް ނޫން. އަޅުގަނޑުމެންގެ އަތުގައި އެކަން ކުރެވެން އޮތީ،" ބަލި ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތަކަށް އިޝާރަތްކުރައްވައި އަފީފް ވިދާޅުވި އެވެ.

"އެ ބާރު އޮއްވާ އަޅުގަނޑުމެން އެކަން ނުކުރުން ވާނީ ވަރަށް ދެރަ ކަމަކަށް."

އޭނާ ވިދާޅުވި ގޮތުގައި މިހާރު މި އޮތް ގޮތަށް ރާއްޖެ ކުރިއަށް ދާ ނަމަ ޑިސެމްބަރާއި ޖެނުއަރީ ހިސާބުގައި ވެސް ގިނަ ރިސޯޓްތައް އޮންނާނީ ބަންދުވެފަ އެވެ. އޭނާގެ އެންމެ ބޮޑު ބިރަކީ ވެސް އެއީ ކަމަށް ވިދާޅުވި އެވެ. އެ ބަދުނަސީބާ ކުރިމަތިވެއްޖެ ނަމަ، އޭނާ ވިދާޅުވީ، ގިނަ ބަޔަކަށް މުސާރަ ދެވޭނެ ގޮތެއް ވެސް ނޯންނާނެ ކަމަށެވެ.

ބޯޑަރު އަލުން ހުޅުވާލަން ޖުލައި 15 ގައި ބޭއްވި ރަސްމިއްޔާތުގައި ބައެއް މިނިސްޓަރުން ބައިވެރިވަޑައިގަންނަވަނީ: ރާއްޖޭގެ ހާލަތު ރަނގަޅުނުކޮށް، ޓޫރިޒަމްގެ އިންޖީނު ރޮލެއް ނުކުރެވޭނެ - ފޮޓޯ: ނިޝާން އަލީ /މިހާރު

"އަޅުގަނޑު އެންމެ ބިރުގަންނަ ކަންތައް އެއީ. މިހާ ހިސާބަށް އަޅުގަނޑުމެން މިއައީ 30 ޕަސެންޓް، 50 ޕަސެންޓް އުނިކޮށްފައި ވެސް މުސާރަ ދެމުން. އެކަމަކު ޑިސެމްބަރު، ޖެނުއަަރީގައި ރިސޯޓްތައް ބަންދުކުރާ ނަމަ ދެން ކިހިނެއްތޯ ހަދާނީ؟" އަންނަން ތިބި ޓޫރިސްޓުންނަށް ރާއްޖޭގެ ބަލީގެ ހާލަތު ގޯސްކޮށް ފެނިއްޖެ ނަމަ ކުރިމަތިވާނެ ދަތި ހާލަށް އިޝާރާތް ކުރައްވަމުން އަފީފް ވިދާޅުވި އެވެ.

ޓޫރިޒަމް ހިނގައިނުގަނެ ރާއްޖޭގެ އިގުތިސާދުގެ އިންޖީނު ބާރެއް ނުކުރެވޭނެ އެވެ. އެއީ ހަގީގަތެވެ. އެކަމަކު އެ އިންޖީނު ހިންގޭނީ ކޮވިޑް-19ގެ ބަލި ރާއްޖޭގައި ކޮންޓްރޯލްކުރެވިގެންނެވެ. ރައްޔިތުންގެ އަތްމަތި ދަތިވެ، ސަރުކާރު ފައިސާއަށް ޖެހި، ހާލަތު ގޯހުން ގޯހަށް ދިއުން ހުއްޓުވަން، އާ އަަޒުމަކާ އެކު މަސައްކަތް ނުފަށައި، ހަމައެކަނި އުއްމީދު ކުރިޔަކަސް، މި އަޑިގަނޑުން އަރައިގަނެވޭކަށް އަދި ނެތެވެ.

އަފީފް ވިދާޅުވި ގޮތަށް "އެ ބޭސް އޮތީ އަޅުގަނޑުމެންގެ އަތުގަ" އެވެ. ރާއްޖެއަކީ ޓޫރިސްޓުންނަށް "ގްރީން ޒޯނެއް"ގެ ގޮތުގައި ދައްކައިދިނުމާ އެކު، ޓޫރިސްޓް އެނދުތައް ފުރާލެވިދާނެ އެވެ. އެކަމަކު މިހާރު މި އޮތީ އެ ހާލަތު ނޫންކަން ޔަގީނެވެ. ޓޫރިޒަމަށާއި މުޅި ގައުމަށް އޮތް ހިތާމައަކީ ވެސް އެ އެވެ.

92 ކޮމެންޓް, 117 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 56%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާދަމުގެދަރި

17 August 2020

ރައްޔިތުން ވަޒީފާއިން ވަކިކޮށްފައި ބިކަކޮށްފައި މަގުމައްޗަށް އެއްލާލާފައި ވިޔަފާރިވެރި މަހުޖަހުން ކުރި ކަމަކީ ހުރިއްޔާ ހުރި ލާރިއަކަށް ދައުލަތް ދަރުވާލުމާއި، ޓީބިލް ގަނެފައި ބެހެއްޓުމާއި ތިޔަ ޓޫރިޒަމެއް ފެށިގެން ލިބޭހައި ލާރިއެއް ޓީބިލޭ މިކިޔާ ދަރަންޏަށް ރައްޔިތުންނަށް ދައްކަން ޖެއްސުން. އަނެއް ބަޔަކު ކުރި ކަމަކީ ޓީބިލް ވިއްކައިގެން ލިބުނިއްޔާ ލިބުނު އެއްޗެއް ފެންފޮދަކާ ނުލައި ދިރުވާލުން. އޯޑިޓް ކުރާ މީހުން އެ ވާހަކަ ލިޔުނީމާ ނިމުނީ.

The name is already taken The name is available. Register?

ާއުނިމާ

16 August 2020

ޒިއްމާ އިން ރެކެން ރައްޔިތުން ބޮލުގަ ޒިއްމާތައް އަޅުވާނީ ވަރަށް ތާކުނއތާކުނުޖެހޭ މީހުން! ސްޓެޓިސްޓިކް ދައްކަގޮތުން އާބާދީގެ 541683 މީހުންގެ ތެރެއިން 1118 މީހުން ޤަވާޢިދަށް ހުރުމަތްތެރިކޮށް ނުހިތިކަމަށް ވަންޏާ އެއއީ ހުރުމަތްތެރިކޮށް ނުހިތީ އާބާދީގެ 0.2% މީހުނޭ! ވީމާ، 99.8% ރައްޔިތުން ފަރުދީ ޒއްމާ އަދާކޮށްފިޔޭ! ވީމާ، މިހާ ވަރަކަށް ރައްޔިތުންގެ އެއްބާރުލުން ލިބޭނީ

The name is already taken The name is available. Register?

ހިތަދޫ ހުސެން

16 August 2020

ވަންޏާ....ވޭތަ؟

The name is already taken The name is available. Register?

ާއުނިމާ

16 August 2020

ހިތަދޫ ހުސެން އެއީ ރިޕޯޓުކޮށްފަވާ ތަފާސް ހިސާބުތަކެއް

The name is already taken The name is available. Register?

ކާކީ88

16 August 2020

ކާކުތަ މިއުޅެނީ ހުވަދޫން 80 ރަށް ރިސޯޓް ތަރައްޤީކުރަން ބައިނަލްއަޤުވާމީ ބިޑަށް ހުޅުވާނުލެވިގެން ހުވަދޫން ބިޑައްލީ ފަޅުރައް މަދެއްނުވާނެ. އިންވެސްޓަރުންގެ ޝައުގުނެތީ ހުވަދޫއަށް. ޗަމްޕާ، ވިލާ، ޔުނިވާރސަލް އޯކިޑް އޮފަރޭޓް ކުރަނީ 25 ރިޒޯޓް. ބާކީ 131 ރިޒޯޓް އޮޕަރޭޓް ކުރަނީ ކޮންބަޔެކޯ.

The name is already taken The name is available. Register?

ތެދެއް.

16 August 2020

ބޭރުގެ އިންވެސްޓަރުން ހަމައެކަނި ޝައުގުވެރިވާނީ ކ.އަތޮޅު މާލެ ވަށައިގެން ހުރި ރަށްރަށަށް. އެހެންނު ވާނީ އެމީހުނަށްވެސް އިގޭވީއްޔާ މާލޭސަރުކާރުން އެހެން ތަނެއްކައި ކަމެއްވިޔަކަ ނުދޭނެކަން.

The name is already taken The name is available. Register?

ތީތި ކަޑަ

16 August 2020

ތި ދައްކަނީ މިހާރުގެ ވާހަކަ މީގެ 10 ވަރަކަށް އަހަރު ކުރީގައި ހުވަދޫގައި ރިސޯޓެއް ނެތް. ހުވަދޫގައި އެއާޕޯޓެއް އޮންނަތާ އޭރުވެސް 16 އަހަރު ވެދާނެ. ޑިމާންޑު އޮންނާނެ 90ގެ އަހަރުތަކުގައި ވެސް ޑިމާންޑު އޮންނާނެ. ހަމަ ބަޔަކު ބޭނުމެއް ނުވީ ކުރަން. އެއީ ހަޤީގަތް

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

16 August 2020

ރައީސް ނަޝީދަށް އިތުބާރުކޮށްގެން މުޅި ދެކުނުގެރައްޔަތުން ސޯލިޙްއަށާއި އެމްޑީޕީއަށް ނިމިދިޔަ އިންތިޙާބުތަކުގައި ދީފައިވާވޯޓްތަކުގެ ޤާނޫނީ ސައްޙަކަން ދެމެހެއްޓުމަށްޓަކާ އެމީހުން އެންމެބޮޑަށް ބޭނުންވި ލާމަރުކަޒީ ބާރުތަކާއި ފަތުރުވެރިކަމުގެ ސިނާއަތް އެމީހުނަށް ދޭންޖެހޭ. # މިގޮތުން ފަތުރުވެރިކަމަށް ހުވަދޫ އަތޮޅުން 80 ރަށް ކަޑައަޅާ ކުރުއަށްއޮތް 5 އަހަރު ތެރޭގައި ރަށްތައް ތަރައްޤީކޮށްގެން ހިންގާވަޔަކަށް 30 އަހަރަށް ރަށް ދޫކުރަން ބައިނަލްއަޤުވާމީ ބިޑަށް ހުޅުވާލައްވާ.

The name is already taken The name is available. Register?

ޑޮޓް

16 August 2020

އަފީފު ދީދީގެ ކޮމެންޓުތައް ޖަހާފަ އެހެން ކޮމެންޓެއް ޖެހޭކަށް ނެތެންނުން!

The name is already taken The name is available. Register?

ބޯގޯސް އަފީފު ދީދީ

16 August 2020

އޭނާއަކީ މިގައުމުގައި ނެތްވަރުގެ ރޯނުއެދުރެއް.. އެހެން ވީމައި ގިނަ ފުރުސަތު ލިބޭނެއްނު.. ހުސްޖާގައެއް އިނދެއްޖިއްޔާ ކޮމެންޓް ކޮށްލާ. އެހެން ނޫނީ ބަލަހައްޓައިގެން ތިބެ ޖެހޭނީ

The name is already taken The name is available. Register?

ގިރާވަރު

16 August 2020

އޭނާ (އަފީފު ދީދީ) ކޮށްފައިވާ ކޮމެންޓްތައް ދެންހުރި އެހެން ހުރިހާ ކޮމެންޓް ތަކަށްވުރެން ރަނގަޅު ކަމަށް ޑޮޓް ވެސް އެއްބަސް ވާންޖެހޭނެ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

16 August 2020

މިއީ ބޭކާރު ބައެއް. ދައުލަތުގެ ރަށްތައްދީފައި އަދި ދައުލަތުން ސަވޮރިންގގެރަންޓީދީގެން ފައިސާހޯދާދިނީމަ ކޮންމެ މީހަކުވެސް ތިގޮތަށް "ޕައިނީއަރުންނަށް" ވާނެ. # މިއަދު ތިޔަ ޕައިނީއަރުން ލަދެއް ނުގަނޭތޯ ތިމާމެންގެ ރިސޯޓް ތަކުގެ އެނދު ވިއްކާން ސިލޯނުގެ ކުންފުނިތަށް ތިބިއިރު "ތިމަންނާމެންނަކީ ރަށް ކޮށާން ކަތިވަޅި ހިފައިގެން ނިކުތް މީހުންކަމަށްބުނެ" ބޮޑާ ފޮނިވާހަކަ ދައްކާއިރު މިއިން މީހެއްގެ އަތުގައި ރަނގަޅު ޓްރެވެލް އޭޖަންސީ ގަނޑެއްވެސް ނެތް ކޮން ޤާބިލްބައެއް؟؟

The name is already taken The name is available. Register?

ހާސަރު

16 August 2020

ގައުމަށް ވަންނަ ބޭރުފައިސާ ބައްކޮށްގެން ބޮޑުއަގުގައި ވިއްކުމުގެ ސަގާފަތެއް ގެންގުޅުން އެއީ މިއަދު މިގައުމަށްއޮތް އެންމެ ބޮޑުދެރަ . ގައުމު މިވަޅުގަނޑުން އަރައިގަންނަ އިރު އެހެން ގައުމުތަކުތަކުގައިވެސް އޮންނަ ކަހަލަ ފޮރިން ޕޮލިސީ ގަވާއިދުތަކެއް ރާއްޖޭގައި ހިންގަން ފެށިއްޖެނަމަ ކުރިއަށް އޮތްތަން އުޖާލާވާނެ. މިކަމުގާ ސަރުކާރަށް އެއްބާރުލުންދޭން އަފީފުމެންނަށް ނުކެރޭނެކަން ޔަގީން. އެކަމަކު މިއީ ކުރަން ވެއްޖެ ކަމެއް.

The name is already taken The name is available. Register?

ނިކަމެތި އޭލިއަން

16 August 2020

ބަނާނާތީ އައްޑޫ މީހެއްނުން! ބަލަ 60-70ގެ އަހަރުތަކުގައި މާލޭ މީހުން ރަގަޅު ބޭސް ފަރުވާއަށް ވެސް ދިޔައީ އައްޑުއަށް! އޭރު ޕައުންޑުތައް ޖީބަށް އަޅައިގެން އައްޑޫ މީހުންތިބެނީ ވަރަށް ފޮނިވެފައި! 1974 ވަނަ އަހަރު އިގިރޭސިން ފޭބި ހައިރުން ބޯ ބަހަށްޓައިގެން ލާރިކޮޅު ހިފައިގެން މާލެ އައިސް ވިޔަފާރި ފެށި 6 ކަ މީހުން އެއީ މިހާރުގެ ވެސް އެންމެ މުއްސަދި މީހުން ބާކީ ތިބި ގިނަ މީހުން ކަންނެއްކަމުން ސަރުކާރު ލައްވާ ކަންކަން ކުރުވަން އައްޑޫ އަށް ކަމެއްކޮށް ނުދެއޭ ކިޔަ ކިޔާ ތިބީ! ކޮންމެ ސަރުކާރަކުން ވެސް ވޯޓް ހޯދަށް އެންމެ ގިނަ ފައިސާ އޮއްސީ އައްޑު އާ ހުވަދޫއަށް! މާލޭގެ އުތުރަށް މާ ބޮޑުކަމެއް ނިސްބަތުން ސަރުކާރުތަކުން ކޮށްނުދޭ! ދެން މާލެ ހުޅުމާލޭ ގައި ވެސް އާމްދަނީ ލިބޭ ގެދޮރުވެރިން ގޮތުގައި ގިނަ ވާނީ، ރަށްރަށު މީހުން! ވީމާ މާލެ މީހުންނަށް ނުބަވާ!

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

16 August 2020

ދިވެހިދައުލަތް މިފަދަމީހުނަށް ބަރޯސާވާގޮތަށް ހިންގުންހުއްޓުވުމަށްޓަކާ "ޤާނޫނުހަދާ މަޖިލީހުން ރާއްޖޭގެ އެންމެބޮޑު ސިނާއަތް ބައްޓަންކުރާންޖެހޭނެގޮތް ކަޑައަޅާ އެމަގަށް ކަންކަންހިންގުމަށް" ސަރުކާރުހިންގާފަރާތަށް އަންގާންޖެހޭ. # މިގޮތުން ކުރިއަށް އޮތް 30 އަހަރު ފަތުރުވެރިކަމަށް ދޫކުރާނެ 100 ރަށް އުތުރުން ހއ، ހދ، ށ، ނ އަދި ދެކުނުން ގއ، ގދ، ތ، ލ އިން ކަޑައަޅާ އެރަށްތަކުގެ ނަން އާންމުކޮށް ބައިނަލް އަޤުވާމީ ބިޑަށް ހުޅުވާލަންޖެހޭ. ކޮރަޕްޝަން ހުއްޓުވޭނީ އޭރުން.

The name is already taken The name is available. Register?

ބޯގޯސް އަފީފު ދީދީ

16 August 2020

ކަލޭ ފޮޓޯ ބަލާފަ ދޯ ކޮމެންޓުކުރަނީ.

The name is already taken The name is available. Register?

ޑޮކްޓާރ. ބަނާނާ

16 August 2020

މިގައުމުގައި އޮތް އެންމެ ބޮޑު ރިސޯސަސް އަކީމިގައުމުގެ ބިންތައް. މިރާއްޖޭގައި އެންމެގިނަފައިސާ ލިބޭ އެއްބަޔަކީ މާލޭގެ ބިންތަކާއި ރިސޯޓް އޯނަރުން. ފެށު ނީއްސުރެން ރިސޯޓްތަކުން ލިބޭ އާމްދަނީ މުޅިންހެން މިލިބެނީ ދެނިން މަހުޖަނުންނަށް. ނިކަމެތި ރާއްޖެތެރޭމިހާ އުފަންވީއްސުރެން ގުލާމު ކޮށް ކުޑަފައިސާ ކޮޅަކަށް އުމުރު ހޭދަކޮށްލަނީ މިދެންނެވި މަހުޖަނުންނަށާއި މާލޭ ބިންތަކުގެ ވެރިން މުއްސަދިކުރުމަށް. ވަރައްސަލާމް! ބަނާނާ / މައިކާލޯސިޓީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454