އެއާ އިންޑިއާގެ ފްލައިޓެއް ނައްޓާލަނީ--
19 އޯގަސްޓް 2020 - 11:18
އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާގެ ޝެޑިއުލް ދަތުރުތައް އަންނަ އަންގާރަ ދުވަހު ރާއްޖެ އަށް ފަށަން ތައްޔާރު ވެއްޖެ އެވެ.
އެ އެއާލައިންގެ ރާއްޖޭގެ އޭޖެންޓު، ވިލާ ޓްރެވަލްސް އިން ބުނީ އަންނަ ހަފުތާ އިން ފެށިގެން މާލެ އިން ޓްރިވެންޑްރަމަށް ހަފުތާއަކު ދަތުރެއް އޮންނާނެ ކަމަށެވެ. މި ދަތުރުތައް އޮންނާނީ ކޮންމެ ހަފްތާއެއްގެ އަންގާރަ ދުވަހު އެވެ.
މިއީ ކޮވިޑް-19 ފެތުރޭތީ ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވި ފަހުން އިންޑިއާ އިން ރާއްޖެ އަށް އަންނަ ފުރަތަމަ ޕެސެންޖާ ފްލައިޓެވެ. އެ ގައުމުން ވަނީ ރާއްޖެއާ ދެމެދު ދަތުރުފަތުރުތައް ފެށުމުގެ ގޮތުން "ޓްރެވަލް ބަބަލް" އެއް ވެސް ހަދަން ނިންމައިފަ އެވެ. މިއީ ދެކުނު އޭޝިއާގެ ދެ ގައުމެއްގެ ދެމެދުގައި ހެދޭ މިފަދަ ފުރަތަމަ އެއްބަސްވުމެވެ.
ޓްރެވަލް ބަބުލް ނުވަތަ ޓްރެވަލް ކޮރިޑޯއެއް ހެދުމުގެ މާނަ އަކީ، ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ގޮތުން މީހުން ކަރަންޓީނުކުރާ އުސޫލު ދަތުރުވެރިންނަށް ނުހިނގާ ގޮތަށް ހެދުމެވެ. އިންޑިއާ އާއި ރާއްޖެއާ ދެމެދު ޓްރެވަލް ބަބުލްއެއް ހަދައިފި ނަމަ އިންޑިއާ އިން ރާއްޖެ އަންނަ މީހުން ރާއްޖޭން އިންޑިއާ އަށް ދާ މީހުން ވެސް ކަރަންޓީނުވާކަށް ނުޖެހޭނެ އެވެ.
އިންޑިއާ އަކީ ރާއްޖޭގެ އެންމެ ގިނަ ބަޔަކު ބޭސްފަރުވާ ދާ ގައުމެވެ. އަދި އެ ގައުމަކީ ދެ ވަނަ އަށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. އެހެންވެ އިންޑިއާގެ ދަތުރުތައް އަލުން ފެށުމާ އެކު ޓޫރިސްޓުން އައުން ކޮންމެވެސް ވަރަކަށް އިތުރުވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަލޯގަޔާ
19 August 2020
ދުނިޔޭގެ އެންމެ ބާރަށް ކޮވިޑް ފެތުރޭ ގުއުމަކީ އިންޑިޔާ. އެކަމަކު ކީއްކުރާނީ ދޯ ! އިންޑިއާގެ އަވަށެއްވިއްޔާ
އަމިއްލަ ވަޒަނުގައި ބީރައްޓެހިންނަށް
19 August 2020
ފޭސް ޕާމް. އާދައިގެ ދިވެހިންނަށް ވަރަށް ތުރާ ކުރާނެ ދިޔަސް, ކަރަންޓީނު ވާބް ނުޖެހުނެއް ކަމަކު. އިންޑިޔާ މީހާ އައިސް އުޅޭނީ ޑިޕްލޮމެޓެއް ހެން. ބަލި ފަތުރާނެ ގޮތެެއް ނުފެނިގެންތަ ތިއުޅެނީ. މަ އެކަމަކު މޯލްޑިވިއަން ޑައިރެކްޓް ފްލައިޓް ގަ މެލޭއިން މާލެ ދަންޏާ 14 ދުވަހު ކަރަންޓީނު ވާން ޖެހޭ. އަމިއްލަ ވަޒަނުގައި ބީރައްޓެެއްސަކަށް ވުރެ ހާލުގައި އުޅެން މި ޖެެހެނީ.
ކައްކާ
19 August 2020
ޗައިނާގައި ބަލިފެތުރުނުއިރު ފިލައިގެން ގައުމުންބޭރަށް މީހަކުދިޔައީތީ މުޅިދުނިޔެއަށް ބަލިފެތުރީއޭ ކިޔާފަ ހަންފެތުރިމީހުން މިހާރު އެތައްމިލިއަންމީހުނަށް ބަލިޖެހިފައޮއްވާ ކަރަންޓީނުނުކޮށް ދަތުރުކުރަންވެސް އޯކޭ.
ފޫހި
19 August 2020
އަހަރެން ކޮވިޑުގާ ވަރަށް ހާލުގައި ތިއްބާ ދުނިޔޭގެ 3 ވަނައަށް ކޮވިޑްއޮތް ގައުމަކުން މީހުންވއައުން ހުޅުވާލުމުގެ މާނައަކީ ދިވެހިންނަށް ކޮންމެގޮތެއް ވިޔަސް އޯކޭއޭ. ތިޔަހެން ނުހައްދަވާ އާދޭސްކޮށްފަ ބުނަން. މިއީ 4 ލައްކައެއްހާ މީހުން. އެއީ 1.3 ބިލިއަން މޙުން. މިކަމުން ފައިދާއޮތީ އެމީހުންނަށް. ކިތަންމެ ގާތްވިއަސް އޮޅު ކުއްތާއަކަށް ވާކަށް ނުޖެހޭ.
އިޔެ1
19 August 2020
އިންޑިޔާ އަދި ޕާކިސްތާނުގައި ހަލުވިކަމާއިއެކު ކޮވިޑު ފެތުރެމުންދަނިކޮށް ދަތުރު ބޭއްވުމުގެ ސަބަބުން ލިބޭނެ ގެއްލުން އިންތިހާއަށް ބޮޑު. ޗައިނާއިން ފަތުރުވެރިން ގެނައުން މިއަށްވުރެ ރަނގަޅުވާނެ.
ބައިރޯ
19 August 2020
ރަންގަޅުވާނެ ކަމަށް ބަލަމާ
ރާއްޖެ
19 August 2020
ޓްރެވަލް ބަބަލް ހަދަނީ ދުނިޔޭގައި ކޮވިޑް ކޮންޓްރޯލް ނުވެ އެންމެ ބާރަށް ފެތުރޭ ގައުމާ އެކީ. މި ވެސް ހަމަ ދިވެހިން ބޭނުންވާ ގޮތް؟
އެކަމު ވެސް.....
19 August 2020
ބޭނުން ނޫން ގޮތަށް ރުހެން ޖެހޭ، ކިތަންމެ ފަހަރެއް އަންނާނެ އެވެ. މިއީ ވެސް އެފަދަ ފަހަރެކެވެ. ބޭނުމެއް ނޫނެވެ. އެހެނަސް ރުހެން އެބަ ޖެހެއެވެ. ހަމަ ޔަޤީނެވެ! ތިބާގެ ޙަޔާތުގައި ވެސް ބޭނުން ނޫން ގޮތަށް ރުހެވިފައި ހުންނާނެ އެވެ. އަހަރެން މިރުހެނީ، ބޮޑެތި ބަލިތަކަށް ފަރުވާ ކުރަމުންދާ ދިވެހި ލޮބުވެތި އަޚުންނާއި އުޚްތުންގެ ޙައްޤުގަ އެވެ. މެޖޯރިޓީ މީހުންނަކީ، އިންޑިއާ އަށްވުރެ ދުރު ހިސާބަކަށް ގޮސްގެން ބޭސްކުރުމަށް ފައިސާ ޚަރަދު ކުރެވޭނެ ބައެއްނޫނެވެ.
ބޮޑު ކަމު
19 August 2020
ޓްރެވަލް ބަބަލް ހަދައިގެންތޯ ބަލި މީހުން މިހާރު އިންޑިއާއަށް ފޮނުވަނީ؟ ނޭގޭ ވާހަކަ ނުދައްކާ. އިންޑިއާއަށް އާސަންދަ ފައިސާ ނުދީ އަމިއްލަ ގައުމުގަ ސިއްހީ ޚިދުމަތް ތަރައްގީ ކުރަންވީ. އަބަދު ސަލާން ޖެހުން ހުއްޓާލަން ވީ. ޥެރިންގެ ވިސްނުން ހުރީ އަބަދު އިންޑިއާ ތައްޕާހުގަ އުޅެން.
އެޑްމުންޑޯ
19 August 2020
ދަތުރު ތަށް ފަށައިރު ޓްރެވެންޑަރަމަށް ދާމީހުން ކަރަންޓީން ވާންޖެހޭތޯ މިއީ އޮޅުންފިލަންޖެހޭ ވަރަށް މުހިއްމު ކަމެއް
ލޯފުހެލާފަ...
19 August 2020
އަޅެ ދެލޯ ފުހެލާފައި ލިޔުމުގެ 4 ވަނަ ޕެރެގްރާފް ކިޔާލަބަލާށެވެ! އޭރުން އިންޑިއާ އަށް ރާއްޖެއިން ދާ މީހުންވެސް ކަރަންޓީން ވާން ނުޖެހޭނެކަން އޮޅުންފިލާނެއެވެ. ޓްރިވެންޑްރަމަކީ ވެސް އިންޑިއާގެ ސިޓީއެކެވެ. ޚަބަރުތައް ލިޔަނީ އޮޅުންފިލުވައި ދޭށެވެ. އެކަމަކު ހަމައެކަނި ޝުރުޚީ ކިޔާލައިފަ، ކޮމެންޓް ކުރުމަކުން އޮޅުމެއް ނުފިލާނެއެވެ. އެއްޗެއް އޮޅުންފިލާނީ މުޅި ޚަބަރުވެސް ކިޔާލީމައެވެ.
މީ މަގޭ ގައުމުގެ
19 August 2020
ކޮވިޑް ކޭސަސް 3 ވަނައިގަ އޮތް ގައުމުން ފުލައިޓް ދަތުރުތައް ފެށީމަ ކޮހިނެތްތޯ ވާނީ މި ގައުމައް، މިހާރުވެސް މީހުންގެ ނިސްބަތުން ކޭސަސް އެއްމެ ކުރީގަ ރާއްޖެ މި އޮތީ، ބޮޑު ބޭބެ ގެ ގައުމު ބޭނުން ގޮތަކައް ކަންތައް ކުރާނީ