ކޮވިޑް-19 އަށް ޓެސްޓް ކުރަން ސާމްޕަލް ނަގަނީ-- ފޮޓޯ/މިހާރު
25 އޯގަސްޓް 2020 - 06:22
ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ ދިވެހި ފިރިހެނަކު މިއަދު މަރުވެއްޖެ އެވެ.
މި މަރާއެކު، އަދިވެސް ބާރަށް ފެތުރެމުންދާ ކޮވިޑުގައި ރާއްޖެ އިން މަރުވި މީހުންގެ އަދަދު ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ހިސާބުތަކުން ދައްކާ ގޮތުގައި، 28 އަށް އެރީ އެވެ.
ކޮވިޑުގެ ފަރުވާ އަށް ޚާއްސަކޮށްފައިވާ މެޑިކަލް ފެސިލިޓީގައި ހުރި މީހަކު "މިހާރު"އަށް ބުނީ ގާތްގަނޑަކަށް 60 އަހަރުގެ އެ މީހާ މަރުވީ ފަތިސް ނަމާދަށް ހުއްޓައި ވެއްޓުމުން ޑޮކްޓަރުންނާއި ނަރުހުން އެ ކޮޓަރި އަށް ވަދެ ފަރުވާދެމުން ދަނިކޮށް ކަމަށެވެ.
އޭނާއާ އެކު އަންހެނުން ވެސް ޕޮޒިޓިވްވެ އެތަނަށް ވަނީ ގެންގޮސްފަ އެވެ.
މި މަހުގެ ތެރޭގައި ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ، ކޮންމެ ދުވަހަކު މި ބައްޔަށް ޕޮޒިޓިވްވާ އަދަދު އުޅެނީ 100 އިން މަތީގަ އެވެ. މީގެތެރޭގައި ގިނައީ އެންމެ ހަރަކާތްތެރި އުމުރުފުރާގެ ދިވެހިންނެވެ. މީގެތެރެއިން އެޑްމިޓްކޮށް ފަރުވާ ދޭން ޖެހޭ އަދަދު އިތުރުވަމުން ދިއުމަކީ ޑޮކްޓަރުންގެ ކަންބޮޑުވުމެކެވެ. މި ރޭޓުންދާ ނަމަ، މާލެ ސަރަހައްދުގައި ފަރުވާ އަށް ޚާއްސަ ކުރި ހޮސްޕިޓަލްތައް ފުރިދާނެ ކަމުގެ ބިރު ވެސް ސިއްހީ ދާއިރާގެ ބޭފުޅުންނަށް އެބައޮތެވެ.
އެޗްޕީއޭ އިން ބުނެފައިވާ ގޮތުގައި މާލެ ސަރަހައްދުގައި ކޮވިޑަށް ޚާއްސަކުރި އެނދުނުތަކުގެ 62 ޕަސެންޓް ބޭނުންކުރަމުން އަންނައިރު މިއީ އެލާޓް ލެވެލް ދޭކެވެ. އެލާޓް ލެވެލް 2 ގެ ގޮތުގައި ބަލަނީ 60-79 ޕަސެންޓް އެނދުތައް ފުރުމެވެ. ވެންޓިލޭޓަރުގައި ފަސް މީހަކަށް ފަރުވާދޭ އިރު އައިސީޔޫގައި ވެސް ގިނަ އަދަދެއްގެ ބަޔަކު އެބަތިއްބެވެ.
ހުޅުމާލެ މެޑިކަލް ފެސިލިޓީގެ ޖާގަ އަކީ 250 އެވެ. އޭގެ އިތުރުން ހާލު ބޮޑު މީހުންނަށް ފަރުވާދޭ ދަރުމަންތަ ހޮސްޕިޓަލުގައި 16 އެނދުގައި ފަރުވާދެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 6،700 އަށް ވުރެ މަތިވެފަ އެވެ. މިއީ އާބާދީގެ ނިސްބަތުން ބޮޑު އިތުރުވުމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު23
25 August 2020
ތިތަންތަނަށް ގެންގޮސް މީހުން ބިރުގަންނުވާ އެކަނިވެރިކޮށް މާޔޫސްކޮށްލީމަ ވާނީ ތިޔަގޮތަށް..ފުރާނައަށް ހެޔޮ ރަހްމަތްލައްވާށި..
ބޯހަލާކު
25 August 2020
10000 އަށް އެރުވީމަ ލާރިގަނޑެއް ލިބޭކަމަށް އަޑުއިވޭ. ލާރިއެއް ލިބޭނެ ގޮތެއް ނޭނގޭވިއްޔަ މިހާރު ރައްޔިތުން ޖޫރިމަނާކުރުމާ އެމީހުންނަށް ސުންޕާތައް ޖައްސައިގެން ނޫނީ. ދެން ދާނީ މިކަހަލަ ގޮތަކަށްދޯ؟
ޖަސަން ސޭޓް
25 August 2020
މިސަރުކާރުން ރާވައިގެން ހިންގާ ޖަރީމާތަކެއްމީ. ވަރަށް ފަރުވާކުޑަކޮށް ކަންތައް ކުރަނި. މީހަމަ ގަސްދުގަ ކުރާ ކަމެއް
ކަނބުލ
25 August 2020
ދެންވެސް މިކަން ކޮންޓްރޯލްކޮށް ގައުމު ސަލާމަތް ކުރެވޭނީ ސިފައިންނަށް. އެމީހުންނަށް ފުރިހަމަ ބާރާއި އިޚްތިޔާރު ދީފަ ހަވާލުކޮށްބަލަ. އެމީހުންގެ ހުންނާނެ ހިތްވަރާއި ކެޕޭސިޓީ. އެމީހުންނަށް ކެރޭނެ. ކުރާނެ. މަޖިލިސްމީހުން ބުނާގޮތް ހަދައިގެން މިކަމެއް ނުތްވެއްނު؟
ރަބަރު
25 August 2020
ހެލްތު ދާއިރާއަށް ފާޑުކިޔާ މޮޅު އައިޑިއާތަކުގެ ވެރިން ޑޮކްޓަރުން ދުރުކޮށްލާފަ ނިކުންނަންވީ އެއްނޫން. ވާވަރު އެނގިދާނެ. ދާއިރާގައި މަސައްކަތް ކުރާތާ 30 ޕްލަސް އަހަރުވި މީހުނަށް ފާޑުކިޔަން މީ ކޮންބައެއްތަ؟
ހަކީމް
25 August 2020
ފެށުނީއްސުރެން ޓެސްޓިންގް ކެޕޭސިޓީ އިތުރު ކުރުމުގެ ބަދަލުގައި ބެލީ ގިނަ އަދަދަކަށް ވެންޓިލޭޓަރު ގެނެވޭތޯ ... މިހާރު އިނގިއްޖެ ވެންޓިލޭޓަރު ގެންނަން ހިފާފަ ތިބީ ކީއްވެކަން. ދެން މިހާރު އެކިޔަނީ ހެޔޮނިޔަތުގަޔޯ ...
ޒުލްފިޤާރު
25 August 2020
ހުރިހާ ރައްޔިތުން ބަހެއް ނާހާނެކަމާއި އެފަދަ ހާލަތެއްގަ ކަންތައް ކުރާނެގޮތް ސަރުކާރަށް ނޭނގުނީމަ މިހެން މިވީ. ސަރުކާރުގެ ލީޑަރޝިޕެއް ނެތީ. ދެންވެސް ހަމައެކަނި ލޮޖިސްޓިކްސްގެ ބަދަލުގަ މުޅި އޮޕަރޭޝަން ހިންގަން އެމްއެންޑީއެފްއާއި ހަވާލު ކުރީމަ މިކަން ކޮންޓްރޯލް ކުރެވޭނީ. ހުރިހާ އާއިލާތަކެއްގަ ވެސް ހައި ރިސްކު މީހުން އެބަތިބި. އިގްތިޞާދު އިނދަޖެހިއްޖެ. މިކަމުން މިންޖުވެވޭނީ އެމްއެންޑީއެފްއަށް ބާރުތައް ދީފަ ކޮވިޑް ކޮންޓްރޯލް ކުރަން ރައީސް އެންގެވީމަ.
Lulua
25 August 2020
ރާއްގޭގައި ކޮވިޑް މެނޭޖުކުރީމުޅިން އަމީންގެ މަކަރުވެރިވިސްނުމުގައި، އޭނަގެއަމިއްފައިދާއަށް
އަޙްމަދު އާންދު
25 August 2020
މާލޭގެ ހާލަތު މިވަރަށް ގޯސްވިއިރު އެޑިއުކޭޝަން މިނިސްޓްރީން އަދިވެސް ހޭބޯނާރާ އުޅެނީ 'އުފަލުން ސްކޫލަށް'ކިޔާފަ ޕޯސްޓަރު ހަދައިގެން ދަރިވަރުންގެ ކްލާސް ވައިބަރ ގްރޫޕްތަކަށް އެޅޭތޯ. ޖުލައި މަސްތެރޭ ސްކޫލަތއް ހުޅުވައިގެން އުޅުނު އިރުވެސް ކުއްޖަކު ޕޮޒިޓިވް ވިޔަސް ޓީޗަރުންނާ ކުލާހުގެ އެހެން ކުދިންގެ ޕޭރެންޓްސްއަށް އެންގުން މަނާ. ޑައިރެކްޓް ކޮންޓެކްޓް ވިކަން ސިއްރުކުރަނީ ކޯއްޗެއް ހާސިލް ކުރަންތަ؟ ކުދިންނަށް އޮންލައިންކޮށް ކިޔެވޭވަރަށް ޑާޓާދީފަ މަޑުން ތިބެބަލަ
ގަޓް ބްރޯ
25 August 2020
ކޮވިޑް ގެ ނުރައްކާތެރިކަން އެންމެ އާދައިގެ ކޮށި ވިސްނުމުގެ މީހުންނަށްވެސް ވިސްނޭވަރަށް ކޮވިޑް ޖެހުމުން އެކި މީސްމީހުންނަށް ވާގޮތް ދެލޮލަށް ފެންނަ ގޮތަށް ޑޮކިއުމެންޓަރީ ފިލްމެއް ހަދައިގެން މާލެ ސިޓީގަ އިޝްތިހާހުދައްކަން ބަހައްޓާފަހުރި ޑިޖިޓަލް ބޯޑުތަކުންނާ ޓީވީ ތަކުން ދައްކަން ފަށަން ނާއިބު ރައީސް ފައިސަލްއަށް ގޮވާލަން. އެޗްޕީއޭގެ އިރުޝާދުތައް އަޑުއަހާ އަމަލުކުރާ ބަޔަކު ތިބިހެނެއް ހިޔެއްނުވޭ!
ދިޔާޝް
25 August 2020
އޭރުން ދެން އަދުރޭމެން އެއްޗެކޭ ކިޔާފަ ނުކުންނާނީ ތި ބޯޑުތައް ބަލަން. އެވެސް ނަމުގަ