އިދިކޮޅު ކޯލިޝަނާއި ޑީއާރުޕީން މަޝްވަރާ ކުރަނީ. މި ބައްދަލުވުމުގައި އެއްވެސް ކަމަކަށް އެއްބަސްވެފައި ނޯންނާނެ ކަމުގެ ޔަގީންކަން އަބްދުއްރަހީމް މިއަދު ދެއްވި. ---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
26 އޯގަސްޓް 2020 - 12:12
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ލީޑަރުކަން ކުރައްވާ ޑީއާރުޕީއާ އެކު ކޯލިޝަން އެއްބަސްވުމެއް ނުހަދާ ކަމަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް ވިދާޅުވީ ސަރުކާރު ޖަވާބުދާރީކުރުވާ އިދިކޮޅު ކޯލިޝަނަކީ ޕީޕީއެމާއި ޕީއެންސީ އެކަނި ކަމަށާއި އިތުރު އެއްވެސް ޕާޓީއެއްގެ ބައިވެރިވުމެއް ނެތް ކަމަށެވެ. ގުޅިގެން މަސައްކަތް ކުރަން ޑީއާރުޕީއާ އެކު މިދިޔަ ހަފުތާގައި މަޝްވަރާކޮށްފައި ވިޔަސް އެއްބަސްވުމެއް ނެތް ކަމުގެ ޔަގީންކަން އޭނާ މިއަދު ދެއްވި އެވެ.
"ވަކި ޑީއާރުޕީއެއް ނޫން، އެއްވެސް ސިޔާސީ ޕާޓީއަކާ އެކު އެއްވެސް ބާވަތެއްގެ އެއްބަސްވުމެއް ޕީޕީއެމް/ޕީއެންސީ އިން މިހާތަނަށް ހަދާފައެއް ނޯންނާނެ،" އަބްދުއްރަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ޕާޓީން އަބަދުވެސް އިސްކުރާނީ އިސްލާމްދީނާއި ގައުމާއި ރައްޔިތުންނެވެ.
މި ޔަގީންކަން އަބްދުއްރަހީމް މި ދެއްވީ ކޮވިޑް19 އަށް ޕޮޒިޓިވްވެ އާލާސްކަންފުޅާ އުޅުއްވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ނިސްބަތްކުރައްވައި ޖާބިރު ދެއްކެވި ވާހަކަތަކަކާ މެދު ޕީޕީއެމާއި ޕީއެންސީ ކޯލިޝަންގެ މެމްބަރުން ހިމެނޭ ގޮތުން ގިނަ ބަޔަކު ނުރުހުންފާޅުކުރަމުން ދަނިކޮށެވެ.
މައުމޫންގެ ދަރިކަލުން، ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫނަށް ފޮނުއްވި އޯޑިއޯ މެސެޖެއްގައި ޖާބިރު ވިދާޅުވެފައި ވަނީ އޭނާ އަށް މައުމޫން 29 މިލިއަން ރުފިޔާ އަނބުރާ ދައްކަވަން ހުރި ކަމަށެވެ. އެކަން މައުމޫނަށް ހަނދާން ކޮށްދެއްވަން ޖާބިރު އެދިވަޑައިގަތެވެ.
ޖާބިރުގެ އެ އަމަލާ މެދު ހިތްހަމަޖެހިވަޑައިނުގެން ޣައްސާން ޓުވިޓާގައި ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ތެރޭގައި ޖާބިރުގެ ވާހަކަތައް ސަމާސާއަކަށް ނެންގެވިއަސް ބައްޕާފުޅު އާލާސްކަންފުޅާ އުޅުއްވައި، އާއިލާ އަށް ހިތްދަތިކަން ވެރިވެފައި ވަނިކޮށް، ދެއްކެވި ވާހަކަތަކުން ޖާބިރުގެ ހަގީގީ ސިފަ ފާޅުވެފައިވާ ކަމަށެވެ. ޖާބިރުގެ ތުހުމަތަކީ މި ވެރިކަން ފެށުމުގެ ކުރިން އޭނާގެ އަތުން މައުމޫން 29 މިލިއަން ރުފިޔާ ނެންގެވުމެވެ. އެކަމަކު މައުމޫންގެ ފަރާތްޕުޅުން ވަނީ އެ ތުހުމަތު ދޮގުކޮށްފަ އެވެ.
ޕީޕީއެމާއި ޕީއެންސީން ޖާބިރާ އެކު މަޝްވަރާކުރީ ސަރުކާރު ޒިންމާދާރުކުރުމަށް މަސައްކަތް ކުރުމާ ބެހޭގޮތުން ބައްދަލުވުމެއް ހަމަޖައްސައިދިނުމަށް އޭނާ އެދިވަޑައިގަތުމުންނެވެ. މި ބައްދަލުވުން ބޭއްވިއަސް މާބޮޑު ތަފްސީލެއް ޕީޕީއެމާއި ޕީއެންސީން އޭރު ހާމައެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓިނު
27 August 2020
ތިކޯލީސަނުގައި ތިބީ 5 މީހުން 3 މީހުން ތިބީ ޗެނެލް 13 ގަ
ވަހީދުއްދީން
13 September 2020
5 މީހުންކަން އެނގޭނެ ޖެހިޖެހިގެން 2 ރޭ މުޒާހަރާ ކޮށްލަނިކޮށް.
ފިހާޜަ
26 August 2020
"ޕީޕީއެމް އާ ޕީއެންސީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް" އެކަކު ދެޕާޓީ ހިންގަނީ ކިހިނެއް. ރިޔާސީ ނިޒާމަށް ވާނެގޮތް ދެން ދެކިބަލަ.
ކެން
26 August 2020
ޖާބިރާއެކު ކޯލިޝަން ހެދުމަކީ އެމްޑީޕީގެ އަޑީދައުލަތާއެކު ކޯލިޝަން ހެދުން ފަދަ ކަމެއް.
ދޫނި
26 August 2020
ޖާބިރު އުޅެނި މީޑިޔާގެ ސަމާލުކަން އަބަދު އޭނައަށް އަބުރާލަށް ހަމަނުޖެހޭ ވާހަކަ ދަށްކައިގެން.
ދިއްދޫމީހާ
26 August 2020
ދޮންވެލި ރިސޯޓް، އަލިދޫ ރިސޯޓް، ހެރެތެރެ ރިސޯޓް، ޖާބިރު ހިންގި ރިސޯޓްތައްމީ ދުވަހަކު ނުހުނާނެ ބަރާބަރަ މުސާރަ ދީފަ، މިހާރުވެސް މަރުވެގެން ވަޅު ނުލާ ޖާބިރުގެ ދަރަންޔާ ގޮވާލާފިއްޔާ އިންގޭނެ ނިކަމެތި ސްޓާފުން މުޅ ރާއްޖެ އެކި ކަންކޮޅުތަކުން އަންނާނެ...
އާފާގް
26 August 2020
އެއްބަޔަކު އެއްބަޔަކާއި ނަގޫ ގޮށްޖެހިފައި ކޮން ކޯޅޭޝަނެކޭ ކިޔާކަށް؟ ޖާބިރު މައުމޫނަށް ނިސްބަތްކޮށް ދެއްކިވާހަކައިން އަވަހަށް ރެކިގަތީ
ފެގުނާ
26 August 2020
ކެނެރީގޭ ނަސީދުއާ ޖާބިރުއާ އެއީ އެކައްޗެއް
ވެގުނާ
26 August 2020
ބޮޑު ތެދެއް. ޖާބިރު ދުވަހަކުވެސް އެމްޑީޕީއަކާ ދުރަކަށްނުދާނެ.
ސޯދު
26 August 2020
ޖާބިރު އާ ގުޅިގެން އުޅޭ އެންމެން ފެއިލް ވާނެ، އަލީވަހީދު ވެސް ބޮޑުމޮހޮރާ ޖާބިރު އަށް ދިން ހިސާބުން އޭނަގެ ފެން ވަރު އެނގިއްޖެ..
ރަދީފުލް ކުމާރު
26 August 2020
އަވަހަށް ރެކިގަތީދޯ.
ޛިމް2
26 August 2020
ތީގަ ކޯލިޝަނެއް އެބައޮތްތަ؟ ހަމަ އެއްބައެއްނު ތިއީ
ސަފީރު
26 August 2020
2 ޕާޓީގަ 2 މީހުން. 2 ޕާޓީ އެކަކު ކޮންޓރޯލް ކުރާތީ މިކިޔަނީ ކޯލިޝަން.