ޓޫރިޒަމް މިނިސްޓަރަކަށް ޑރ. މައުސޫމް މިއަދު އައްޔަން ކުރައްވައި، އޭނާ އަށް މަގާމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
26 އޯގަސްޓް 2020 - 18:47
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިނިސްޓަރުކަމުގެ ހުވާ ކުރެއްވި އިރު، ވިޔަފާރި ކުންފުންޏަކުން ވަކި ނުވެ ހުންނެވިކަން އެނގުމުން، އޭނާ އަލުން ހުވާ ކުރައްވަން ލަފާދޭން ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީން މިއަދު ނިންމައިފި އެވެ.
މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާ ކުރި އިރު އެނގިފައިވާ ގޮތުގައި އޭނާ ބައިވެރިވެވަޑައިގެން އުޅުއްވި ވިޔަފާރިއަކުން ވަކިވެވަޑައިގެންނެވީ މިނިސްޓަރުކަމުގެ ހުވާ ކުރެއްވި ފަހުންނެވެ. ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓުން އެކަން އެނގެން އޮތުމުން، އެކަން އަލުން ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ އަނބުރައި ފޮނުއްވައިލެއްވި އެވެ.
އެކަމާ މަޝްވަރާކުރަން ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ބައެއް މެމްބަރުން ވިދާޅުވީ އެކަމުގައި މާބޮޑު ގޯހެއް ނެތް ކަމަށާއި ނަމަވެސް އެކަމުގައި ޚިޔާލުތަފާތުވުންތަކެއް ހުރުމުން އެއްވެސް ޝައްކެއް ނުބޭއްވުމަށް އަލުން ހުވާ ކުރެއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.
ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއް ލަތީފް ވިދާޅުވީ މި އުޅެނީ ވަޒީރަކު މާބޮޑު ކަންތައްތަކެއް ކުރައްވައިގެން ނޫން ކަމަށާއި ކޮމިޓީން ވެސް ބޮޑު ގޯހެއް ހަަދައިގެން ނޫން ކަމަށެވެ.
"އެހެން ނަމަވެސް އަޅުގަނޑުވެސް ގަބޫލުކުރަން މިވަރުގެ ކަމެއް ކުރާއިރުގައި އެއްވެސް ފަރާތަކަށް އެއްޗެއް ބުނުމުގެ ޗާންސެއް ނޯންނަ ގޮތަށް ކަންތައް ކުރުމަކީ އެންމެ ރަނގަޅު ގޮތް،" ޔާސިރު ވިދާޅުވި އެވެ.
މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ މިއީ ރައީސް އޮފީހުން ބަލަން ޖެހޭ ކަންތައްތައް ރަނގަޅަށް ނުބެލިގެން ދިމާވި މައްސަލައެއް ކަމަށާއި މިިގޮތަށް ކަންތައް ދިމާވި މިއީ ދެވަނަ ފަހަރު ކަމަށެވެ. މިއީ ފެންނަން އެހާ ރީތި މަންޒަރެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ މިކަން ތަކުރާރު ނުވާނެ ގޮތަކަށް ސަރުކާރުން އެބަ ޖެހޭ ވިސްނާވަޑައިގަންނަވަން،" އާދަމް ޝަރީފް ވިދާޅުވި އެވެ.
މައުސޫމް އަލުން ހުވާ ކުރައްވަން ލަފާދޭން ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ދެކޮޅު ހެއްދެވި އެވެ. އޭނާ ވިދާޅުވީ އެއީ ރައްޔިތުންގެ ކުރިމަތީގައި ސަރުކާރުގެ އަގު ވެއްޓޭ ފަދަ ކަމަކަށް ވާނެ ކަމަށެވެ. އޭނާ ހުށަހެޅުއްވީ ރިޕޯޓް އޮތް ގޮތަށް އަލުން ތަޅުމަށް ފޮނުވުމަށެވެ.
މެމްބަރުންގެ ޚިޔާލު ތަފާތުވެފައި ވަނިކޮށް ދިއްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ވަހީދު ހުށަހެޅުއްވީ އަލުން ހުވާކުރައްވަން ލަފާދީ ރިޕޯޓް އިސްލާހުކޮށް ތަޅުމަށް އަލުން ފޮނުވުމަށެވެ. ކޮމިޓީން ފާސްކުރީ އެގޮތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ. ރާމީ ނިއުޔޯކް/އެމެރިކާ
27 August 2020
ސުލޭމާންގެފާނު ގެ ރާމާމަކުނު އާއި ވާހަކަފުޅު ނުދައްކަވާތީ އެކަމާއި ގެންގުޅޭމީހާ ދެރަވެގެން ދެންނެވީމާ ފަހުން ވާހަކަފުޅު ދެއްކެވިއެވެ. ނަމަވެސް، އަނެއްދުވަހު ރާމާމަކުނު އެރީ އެކަލޭގެފާނުގެ އިސްތަށިފުޅަށެވެ. ޤާނޫނެއް ޤަވާއިދެއް ނެތިއްޔާ ތިމާގެ ދަށުން ތިބޭ މީހުން ކުރާނޭ އިހްތިރާމެއް ނޯންނާނެއެވެ. އަމީނު ވެސް އަމިއްލައަށް ސިޓީ އެއް ފޮނުވާފައި ގޭގައި ހުރެވޭ ނަމަ ވެރިއެއްގެ ބޭނުމެއްނެތެވެ. އޯޑަރ އަންނަން ވާނީ މަތިން ތިރިއަށެވެ. ތިރިން މައްޗަކަށް ނޫނެވެ.
އަލްފާ
27 August 2020
މިއީވެސް ރައީސްގެ އަގުވައްޓަން ވެގެން ކުރާކަމެއް. އެއޮތީނު ބުނެފަ ރައީސްއޮފީހުން ބަލަންވާވަރަށް ނުބެލީމަވީގޮތެކޭ. ކޮންމެވެސް އެއްޗެކޭކިޔާ އިބޫއާ ޖައްސާލެވޭތޯ އަންނި މިހާރު ބަލަނީ.
ލައިޓް
27 August 2020
އަދިވެސް ޤާނޫނު އަސާސީ މާނަކުރަނީ ބޯދާ ގޮތަށް. ރައީސުލްޖުމްހޫރިއްޔާ އަށް ވަޒީރުކަމަށް ބޭފުޅަކު އައްޔަން ކުރެވެން މި އަންނަނީ ކޯޓް ތަކުން "މައްސައެއް ނެތް" ފޯރމް ގައި ތައްގަނޑު ޖެހި ދުވަހަކުން. ރަސްމީ ބަންދު ދުވަސް ތަކުގައި އެކަން ކުރާނެ ގޮތެއް ބުނެދީބަލަ. އެބަޖެހޭ މިކަންކަން ބަދަލުވާން.
ސިދާ
27 August 2020
މީގެބޭނުމަކީ މައުސޫމް ފޫހިކޮށްކާ އަގުވައްޓާލުން
ޙިނި
26 August 2020
ޓުވަރިޒަމް މިނިޓުރީއިން ވެޖެނުން މަސްވެރިންނައް ލުގިގޮތެއްގަ 10000 ވަރަކައް މަސްދޯނިދޭން، މަސްވެރިކަން އެބަޖެހޭ ދިރުވަދޭން، ތި އިންޑަސްޓުރީ އިން އެބަޖެހޭ ޕޭ އިޓް ފޯވަޑް ސްކީމެއް ދަށުން މަސްވެރިކަމައް ދަންޑުވެރިކަމައް އެހީވަން
ތަކުރު333
26 August 2020
ބަލަ އެނާއަށް ހައިކަމިޝަނަރ ކަން ހަވާލުވެ އެތައް ޒަމާނެއްވީއިރުވެސް ތިޔަ ވިޔަފާރީގަ ނޫންތޯ އޭނާ އުޅުނީ...މިނިސްޓަރުކަން ދިން އިރުވެސް އޭނާހުރީ ދައުލަތުގެ ޒިންމާދާރު ބޮޑު މަގާމެއްގަ....ރައްޔިތުންނޭ ކިޔައިގެން ކޮންމެ ބަޔަކު ވެރިކަމަށް އަންނަން އުޅެނީ ތިމާމެންގެ ޖީބަށް އެކިގޮތްގޮތުން ވަންނަ މަންފާގެ ބޮޑުކަމުން....މަގުމައްޗަށް ނިކަމެތި ރައްޔިތުން ގޮވައިގެން ނުކުމެ އޭގެ ފޮނިމީރުކަން މިލިބެނީ އަބަދު އިސްކޮށްތިބޭ މީހުނަށް....އާންމު މީހާ އާމްދަނީން ދެކޮޅުނުޖެހޭ....މިމީހުން ވިޔަފާރި އުފައްދައި މިލިއަނުން ބިލިއަނުން ފައިދާ
ގަމު މީހާ
27 August 2020
100ގެ ވާހަކައެއް