އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް. އޭނާ އެދިވަޑައިިގެންނެވި ގޮތަށް އިތުރަށް ބޮންޑް ވިއްކަން މަޖިލީހުން މިއަދު ހުއްދަދިން
31 އޯގަސްޓް 2020 - 20:05
ބޮންޑު ވިއްކައިގެން ފައިސާ ހޯދަން ދައުލަތުގެ ބަޖެޓްްގައި ކުރިން ކަނޑައަޅާފައިވާ ވަރަށް ވުރެ އިތުރަށް ބޮންޑު ވިއްކަން ރައްޔިތުންގެ މަޖިިލީހުން މިރޭ ހުއްދަދީފި އެވެ.
ދައުލަތުގެ ބަޖެޓުގައި ކުރިިން ހިމަނާފައި އޮތީ ރާއްޖޭން ބޭރަށް ބޮންޑު ވިއްކައިގެން 4.6 މިލިއަން ރުފިޔާ އަދި ރާއްޖޭގެ ފަރާތްތަކަށް ބޮންޑު ވިއްކައިގެން 930 މިލިޔަން ރުފިޔާ ހޯދުމަށެވެ. އެކަމަކު ބޮންޑު ވިއްކައިގެން އެ އަށް ވުރެ އިތުރަށް ފައިސާ ހޯދަން ހުއްދަ ދިނުން އެދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް ވަނީ މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ.
ގަވަރުނަރު ފޮނުއްވި ސިޓީގައި ވިދާޅުވީ، ބޮންޑު ވިއްކާއިރު އަމަލު ކުރަނީ އެ ވިއްކައިގެން ފައިނޭންސް ކުރުމަށް ބަޖެޓުގައި ހިމަނާފައިވާ ޖުމުލަ އަދަދަށް ވުރެ އިތުރު ނުވާނެ އަދަދު ބަލައިގެން ކަމަށެވެ. ނަމަވެސް ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ވިއްކުމަށް މިހާރު މަސައްކަތް ކުރާ ބޮންޑާ އެކު އެ އަދަދަށް ވުރެ ޖުމްލަ އަދަދު އިތުރު ވެދާނެ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.
ދައުލަތުގެ ބަޖެޓްގައި ހިމެނޭ ނެޓް ފައިނޭސިންގެ އަދަދު ހަ ބިލިއަން ރުފިޔާ އަށް އަރާއިރު، އެ އަދަދަށް ވުރެ އިތުރަށް ސަރުކާރުން އަހަރުގެ ތެރޭގައި ދަރަނި ނެގިދާނެ ކަމަށާއި ނަމަވެސް އަހަރު ނިމުމުގެ ކުރިން ނެޓް ފައިނޭންސް ހަ ބިލިއަނަށް ވުރެ ކުޑަ ކުރެވިއްޖެ ނަމަ ބަޖެޓާ އެއްގޮތަށް އަމަލު ކުރެވުނު ކަމަށް ބެލެވޭނެ ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ފިނޭންސް މިނިސްޓްރީ އަށް ލަފާ ދީފައިވާ ކަމަށް ވެސް ގަވަރުނަރުގެ ސިޓީގައިވެ އެވެ.
އެ ސިޓީއާ ގުޅޭ ގޮތުން ކިނބިދޫ ދާއިރާގެ މެމްބަރު، އަދި މާލިއްޔަތު ކޮމެޓީގެ މުގައްރިރު މުހައްމަދު ނާޝިޒު މިއަދު ހުށަހެޅުއްވީ ދައުލަތުގެ ބަޖެޓުގައި ހިމެނޭ ނެޓު ފައިނޭސިންގެ އަދަދު އަހަރު ނިމޭއިރު ހަ ބިލިއަން ރުފިޔާ އަށް ވުރެ އިތުރު ނުވާނެ ގޮތަށް އިތުރަށް ބޮންޑު ވިއްކުމުގެ ހުއްދަ ދިނުމަށެވެ. މަޖިލިހުގެ މިރޭގެ ޖަލްސާގައި އެގޮތަށް ފާސްކުރީ 65 މެމްބަރުންގެ ވޯޓުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔޫ
31 August 2020
ކަލޮޔާ ހުސްކޮށްފި. ގައުމަކާ ގައުމެއްނެތް
މިލިޓަރީ
31 August 2020
ރާްއްޖެގެ މިނިވަންކަން ގެއްލުވާލަން ތި އުޅެނީ.
ސަރަނގު
31 August 2020
ބޮޑުއަގުގަ މަގުމަތީގައި ޑޮލަރު ވިއްކާމީހުން ނުފެންނަނީތޯ.ކޮބައިތޯ ގާނޫނުދަމަހައްޓާމީހުން. މުސާރަ ކައިގެން ގޭގައިތިބެނީ މަސައްކަޓެއްނުކޮށް.މުސާރަ ހަލާލު ކޮށްބަލަ.
ނާސިރު ބޭނުމީ މިނިވަންކަން.
31 August 2020
ކާބަފައިން ރައްޖެ މިނިވަން ކޮއްދިނީ ހާދަ ބުރަ މަސައްކަތެއް ކޮއްގެނޭ. މި ސަރުކާރު ޤައުމައް ހިޔާނައްތެރި ވަނީ
ވަތަން އިސްކުރަންޖެހޭ
31 August 2020
ރާއްޖޭގެ ހާލަތު މިދަނީ ގޯސްވަމުން ދިވެހިންނަ މިހާރު އެއްޗެ ވިންނޭނެ؟
މަންޑޭލާ
31 August 2020
ޤައުމު ވިއްކާލަނީ ކާކުތަ ޒިމްމާނަގާނީ. ރައްޖެ ދެކެ ލޯބިނުވާ ބަޔަކު ވެރިކަމައް އަރާ ޤައުމު ފުނޑާލަނީ
ޝޮކްތެރަޕީ
31 August 2020
މިހާލަތަ ޤައުމު ދާއިރު ދިވެހިން ބަލަން ތިބޭންވީތަ؟
ކާއްޑަ
01 September 2020
ބަލަންތިބުން ނޫން ވަކި ކޮންކަމެއްކުރާނީ. މެކަމެއްކުރިޔަސް ދެން އަރަންތިބީ ވަކި ސަހަލުބައެއްނޫން. އެއީ އަދުރޭބެމެން، ސޭޓުބޭމެން ނޫނީ ޖާބެމެންކަހަލަ މީހެއް.
ގުއިރޯނުގަ
31 August 2020
ސްޓޭޓް ބެންކް އޮފް އިންޑިއާ މެދުވެރިވެން ގައުމު އިންޑިއާއަށް ހިބައިންދޭންތިޔަ ތައްޔާރުވަނީ ރައްޔިތުން މިގައުމުގެ ހަގީގީ ރެފިއުޖީނަށް ހަދަން..ދުވަސްކޮޅަކުން ފެންނާނެ ސިޔާސީ މަގާމުތަކަށްވެސް އިންޑިއާ މިހުންލާތަން އަދި ސިވިލް ސާވިސް މަގާމުތަކަށްވެސް..މިހާރުވެސް ޓޫރިޒަމް ދާއިރާގެ 70% އިންޑިއާމީހުން
ދުންދަނޑި
31 August 2020
ޗައިނާއޭ ދަރަނިދަންތުރައޭ ކިޔަކިޔާތިބެ ތިއުޅެނީ ކުންފުނިތަކުގެ ދަރަނީގެ ދަންތުރައިގަ ޖެހެން. ޑެޓް ޓްރެޕޭ ތިޔާ.
ކައުންސެލަރު
31 August 2020
ކަލޯމެން ފައިބައިގެންދާއިރު ކޮންމެ ދިވެއްސެއް ކުޑަކަކޫމައްޗަށް ތިރިވާވަރު ކުރަންވާނެ. ދިވެހިރާއްޖެ މިހިރަގެން ހިންގަނީ ލެޕަކާ ދޮޅުރިސޯޓްބައިން. ހަމަ ދޮވެލަނީ މިތިބަ. ކޮބާ ވޯޓްދިންމީހުން؟