މުނިފޫހިފިލުވުން

ސުޝާންތު މަރާލިކަމުގެ ހެއްކެއް ނެތް: ސީބީއައި

ސީބީއައިގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށް

ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު މަރައިލިކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ހިންގި ތަހުގީގުން ފެންނަން ނެތް ކަމަށް އެ މަރުގެ މައްސަލަ ތަހުގީގުކުރާ އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ބުނެފި އެވެ.

މިދިޔަ ޖޫން މަހު މަރުވި ސުޝާންތުގެ މައްސަލައިގެ ތަހުގީގު ޓީމުގައި ހިމެނޭ އޮފިޝަލުންތަކަކާ ހަވާލާދީ، "އިންޑިއާ ޓުޑޭ" އިން ބުނީ މިހާތަނަށް ތަހުގީގު ގޮސްފައިވާ ހިސާބަށް ބަލާއިރު، ބަޔަކު ސުޝާންތު މަރާލިކަމުގެ އެއްވެސް ހެއްކެއް، ގަރީނާއެއް ފެންނަން ނެތް ކަމަށެވެ.

ސީބީއައިގެ ތަހުގީގު މައިގަނޑު ގޮތެއްގައި އަމާޒު ކޮށްފައި އޮތީ ވެސް ބަޔަކު ސުޝާންތު މަރައިލި ކަމަށް ބަލައިގެން ކަމަށް ވިޔަސް، އެކަން އެގޮތަށް ހިނގި ކަމުގެ އެއްވެސް ހިލަމެއް، ތަހުގީގުގެ އެއްވެސް ދިމާއަކުން އަދި ފެންނަން ނެތް ކަމަށް ބުންޏެވެ. ސީބީއައި އިން މައްސަލަ ތަހުގީގުކުރަން ފެށުމާ އެކު، މުމްބާއީގެ ކޫޕާ ހޮސްޕިޓަލްގައި ހެދި ސުޝާންތުގެ ޕޯސްޓް މޯޓަމް ރިޕޯޓު ވެސް އަލުން ދިރާސާކޮށްފައިވެ އެވެ. އެ ރިޕޯޓަށް ރިއާޔަތްކޮށް، މުމްބާއީގެ ފުލުހުން ވެސް ޖޫން މަހުގެ ފަހުކޮޅު ވަނީ އުމުރުން 34 އަހަރުގެ އެކްޓަރު މަރުވީ ދަންޖެހިގެން ކަމަށް ބުނެފަ އެވެ. ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ސުޝާންތުގެ ހަށިގަނޑުގެ ބޭރުފުށުން އަނިޔާގެ އެއްވެސް ކަހަލަ ނިޝާނެއް އަލާމާތެއް ވެސް ފެނިފައެއް ނެތެވެ. އެހެންވެ އެ މަރާ، އިތުރު ބަޔަކާ ގުޅުވޭނެ އެއްވެސް ހެއްކެތް ނެތް ކަމަށް ޕޯސްޓްމޯޓަމް ރިޕޯޓުގައި ވެ އެވެ.

ނަމަވެސް ބައެއް މީހުން ވަނީ ސުޝާންތުގެ ޕޯސްޓްމޯޓަމް ރިޕޯޓު ހަދާފައި ވަނީ ވަރަށް އަވަސް އަރުވާލައިގެން ކަމަށް ބުނެ، އެއާ ދޭތެރޭ ސުވާލު އުފައްދައިފަ އެވެ.

ސުޝާންތު، މުމްބާއީގައި ދިރިއުޅޭ އެޕާޓްމަންޓުގައި ޖޫން 14 ގައި މަރުވެފައި އޮތްކަމުގެ ވާހަކަ ފެތުރުނީ ކޮޓަރި ތެރޭގައި ދަންޖެހިގެން ކަމަށް ބުނެ އެވެ. އެކަމަކު، ފަހުން ސުޝާންތުގެ އާއިލާ އާއި އޭނާ ދަންނަ ބައެއް މީހުން ވަނީ މަރުވީ ދަންޖެހިގެން ނޫން ކަމަށާއި އެއީ ދުރާލައި ރާވައިގެން ހިންގާފައިވާ ޖަރީމާއެއް ކަމަށް ބުނަން ފަށައިފަ އެވެ. މަރުގެ ތަހުގީގު ސުޝާންތުގެ އާއިލާ އާއި އޭނާގެ ފޭނުން ވެސް އަޅުވަނީ ސުޝާންތު ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބަތަލާ ރިއާ ޗަކްރަބަތީގެ ބޮލުގަ އެވެ. އާއިލާ އިން ތުހުމަތު ކޮށްފައިވާ ގޮތުގައި ރިއާ ވަނީ ފައިސާގެ ބޭނުމުގައި އޭނާގެ ބާރުގެ ދށުގައި ސުޝާންތު ގެންގުޅެ، ނަފުސާނީ މައްސަލަތަކެއް ހުރި ކަމަށް ބުނެ އާއިލާ އަށް ވެސް ނާންގައި ފަރުވާދޭން މަސައްކަތްކޮށްފަ އެވެ. ރިއާ، ސުޝާންތު ސިހުރު ހެދި ވާހަކަ އާއި ވިހަލި ވާހަތަކެއް ވެސް މީޑިއާތަކުގައި ދައުރުވެފައިވެ އެވެ.

ނަމަވެސް އުމުރުން 27 އަހަރުގެ ބަތަލާ އަންނަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރު ކުރަމުންނެވެ. ސުޝާންތު މަރުވީ ދެ މީހުން ވަރަށް ލޯބިން އެކީގައި ދިރިއުޅޭތާ ދޮޅު އަހަރު ފަހުން ކަމަށާއި އުންމީދީ އެކްޓަރު މަރުވީ ދެ މީހުންގެ ދޭތެރޭގައި ޖެހުނު މައްސަލަތެކެއްގައި ޖޫން 8 ގައި ސުޝާންތުގެ އެޕާޓްމަންޓުން ނުކުމެގެން ދިޔަ ފަހުން ކަމަށް ވާތީ އެ މަރާ ދޭތެރޭ ހިނގި ކަންކަން އެނގެން ބޭނުންވާ ކަމަށް ވެސް ރިއާ އަންނަނީ ބުނަމުންނެވެ.

ސުޝާންތުގެ އާއިލާ އިން ރިއާގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅިގެން އެ އާއިލާ އަށް ދައުވާ ކުރަން ވެސް ރިއާ މިހާރު ވަނީ ނިންމައިފަ އެވެ. މި މައްސަގަނޑުގެ ތެރޭގައި މީޑިއާތަކުން ރިއާގެ އާއިލާ ދިމާކޮށްލައި، އެ މީހުންގެ ޕްރައިވެސީ އަށް އަރައިގެންފައިވާ ކަމަށް ބުނެ ޕަޕަރާޒީންތަކެއްގެ މައްސަލަ ވެސް ރިއާ ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ.

ސީބިއައި އިން ސުޝާންތުގެ މަރުގެ މައްސަލަ ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރަމުން އަންނަ އިރު، ސުޝާންތުގެ އާއިލާގެ ބައެއް މީހުންނާއި ރިއާގެ ފަރާތުން ސުޝާންތާ ގުޅުން ހުރި ކަންކަމުގައި އި ފަރާތްތަކަށް ކޮށްފައިވާ ވަޓްސްއެޕް މެސެޖްތަކެއް ވެސް ދަނީ ފުލުފުލުން ލީކްވަމުންނެވެ.

އެގޮތުން ސުޝާންތުގެ ދައްތަ ޕްރިޔަންކާ އަށް ސުޝާންތު ޑިޕްރެޝަނުގެ ތެރެގައި އުޅޭކަން އެނގިގެން ނިއު ދިއްލީގެ ޑޮކްޓަރަކު ލައްވައި ލިޔުއްވި ބޭސްސިޓީއެއްގެ ފޮޓޯ ހިމެނޭ ވަޓްސްއެޕް މެސެޖެއް ވެސް ލީކްވެފައިވެ އެވެ. އެހެންވެ، މި މުއާމަލާތްތަކުން ސުޝާންތު ސިއްހީ މައްސަލަތަކެއްގެ ތެރޭގައި އުޅުނުކަން އާއިލާގެ މީހުންނަށް ކުރިން ވެސް އެނގޭކަން ހާމަވެފައިވާ ކަމަށް މިކަމާ ބެހޭ ގޮތުން ދެއްކެވޭ ވާހަކަތަކުން އެނގެ އެވެ.

ސީބީއައިގެ ތަހުގީގުގެ ތެރެއިން ސުޝާންތުގެ ބައްޕައާ ވެސް ވަނީ ސުވާލުކޮށްފަ އެވެ. ތަކުރާރުކޮށް އެތައް ގަޑިއިރަކަށް ސީބީއައިގެ ޓީމުން ރިއާ ވެސް ސުވާލުކޮށް، ބަޔާންތައް ނަގާފައިވެ އެވެ.

2 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 31%
icon sad icon sad 0%
icon angry icon angry 69%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަބަރު

03 September 2020

ދަންޖެހިގެން މަރުވާ ކޮންމެމީހަކީ ނަފްސާނީ މައްސަލަތަކާ ކުރިމަތިލާނެ ހިތްވަރު ނެތިގެން މަރުވާ މީހެކޭ ބުނެވިދާނެ. އެހެން މީހުން ޒިންމާކުރެވޭވަރުގެ ސާބިތު ހެކި ނުލިބެނީސް އެވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ.

The name is already taken The name is available. Register?

ބާބާ

02 September 2020

"ޢިންޑިއާ ޓްޑޭ" އަކީ އިންޑިއާ މީހުންގެ މެދުގައި މަގުބޫލުކަން ގެއްލެމުންދާ ނިއުސް އޮގަނައިޒޭޝަނެއް، އެމީހުންގެ ބަސް މަގު ހުންނަނީ އެލީސްޓުންނާ ބޮޑެތި މީހުންގެ ޕީއާރު އޭޖެންސީއެއްގޮތަށް، ނިކަން ދެކެބަލަ ރިޔާއާއި އެތަނުގެ ކޮންސަލްޓިން އެޑިޓަރ ރަޖްދޭސް ދެސާއީ ކުރި އިންޓަވިއު، ސްކްރިޕްޓެއް ރިއާއަށް ދީފަ އިންޓަވިއު ކުރިހެން ހީވަނީ، ނޯލީޑިން ނޯ ޕޮއިންޓެޑް ކްއެސްޓަން. އެހެންވީމަ އެމީހުން ދައްކާ ވާހަކަ ހެޔޮނުވާނެ ގަބޫލުކުރަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454