ޑރ. ޝީނާ މޫސާ: އޭނާ ވިދާޅުވަނީ މި މަހުގެ ފަހުކޮޅު ކޭސްތައް މަދުވާން ފަށާނެ ކަމަށް.
07 ސެޕްޓެމްބަރ 2020 - 12:06
މާލެ ސަރަަހައްދުގައި ކޮވިޑް-19 ވަރަށް ބޮޑަށް ފެތުރިފައި އޮތް ނަމަވެސް މި މަހުގެ ފަހުކޮޅުން ފެށިގެން ޕޮޒިޓިވް ކޭސްތަކުގެ އަދަދު ދަށްވާން ފަށާނެ ކަމަށް ލަފާކުރެއްވޭ ކަމަށް ޕަބްލިކް ހެލްތު އެކްސްޕާޓު ޑރ. ޝީނާ މޫސާ ރޭ ވިދާޅުވެއްޖެ އެވެ.
ކޮވިޑާ ދެކޮޅު މީޑީއާ ކެމްޕޭންގައި، ޕީއެސްއެމްގައި ޝީނާ ރޭ ވިދާޅުވީ ލޮކްޑައުން އަށް ވަރަށް ބޮޑަށް ލުއި ދީ އަންދާޒާކުރި ވަރަށް ވުރެ ވެސް ބޮޑަށް މާލެ ސަރަހައްދުގައި ބަލި ފެތުރިފައިވާ ކަމަށެވެ. ލުއިތައް ދިނީ އާއްމުން އެޗްޕީއޭގެ ގައިޑްލައިނަށް އަމަލުކުރާނެ ކަމުގެ އުއްމީދާ އެކުގައި ނަމަވެސް ބަލި ކޮންޓްރޯލްކުރަން އާއްމު ދިރިއުޅުމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެކަށީގެންވާ ގޮތެއްގައި ނޭޅުނު ކަމުގެ ކަންބޮޑުވުން އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"މާލެ ސަރަހައްދުގެ ހާލަތު ދަންނަވަންޏާ މިހާރު މިއޮތީ ވަރަށް ބޮޑަށް ފެތުރިފައި. ތަންކޮޅެއް ކުރިން އޮގަސްޓް މަހު އަޅުގަނޑު ޝެއާ ކޮށްލިން ޕްރޮޖެކްޝަންސްތަކެއް. އެސްޓިމޭޓް ކުރެވެޔޭ ސެޕްޓެމްބަރު ފަހުކޮޅު، ޓްރެޖެކްޓެރީއަކަށް ގޮސްފައި ދެން ތިރިވާނެއޭ. އެހެންވީމާ އަދި މި ލެވެލްގައި ދުވަސްކޮޅަކު ހިފަހައްޓާނެ،" ޝީނާ ވިދާޅުވި އެވެ.
"މި މަހުގެ ފަހުކޮޅަށް އަންދާޒާ ކުރެވެނީ ދަށްވާން ފަށާނެ ކަމަށް."
ޑރ. ޝީނާ ވިދާޅުވި ގޮތުގައި ކޭސްތައް އިތުރުވެ ސިއްހީ ނިޒާމަށް އޮތީ ވަރަށް ބުރަ ބޮޑުވެފަ އެވެ. ކޮވިޑަށް ޚާއްސަކޮށް ހުޅުމާލޭގައި ހެދި ފެސިލިޓީގެ ހުރިހާ އެނދެއް ގާތްގަނޑަކަށް ފުރިފައި އޮތް ކަމަށް ވިދާޅުވި އެވެ.
ކުރިން ވެސް އޮތް ކަންބޮޑުވުމަކީ އެނދުތައް ފުރިއްޖެ ނަމަ އެކަށީގެންވާ ގޮތެއްގައި ބަލި މީހުންނަށް ފަރުވާ ނުދެވުން ކަމަށާއި މެދުކެނޑުމެއް ނެތި މި ފަރުވާގައި އުޅޭ ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ޚިދުމަތްތެރިން ވަރުބަލިވެފައި ތިބި ކަމަށް ވިދާޅުވި އެވެ.
ޝީނާ ވިދާޅުވީ، މިހާރުގެ ރޭޓުގައި މި މަހުގެ ފަހުކޮޅަށް އަދަދު ދަށްވެއްޖެ ނަމަ ސިއްހީ ދާއިރާ އަށް މެނޭޖު ކުރެވިދާނެ ކަމަށެވެ. އެކަމަކު އެކަން ވުން ގުޅިފައި އޮތީ އެޗްޕީއޭގެ ފިޔަވަޅުތަކާ އެއްގޮތަށް އާދަތައް ބަދަލުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. ނޫން ނަމަ، އަދަދު ދަށްވާނެ ކަމަށް ޔަގީންކޮށް ދަންނަވަން ދަތި ކަމަށް ވެސް ވިދާޅުވި އެވެ.
މިދިޔަ މަހުން ފެށިގެން ދުވާލަކު 100 އަށް ވުރެން ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވަމުން އައިސް އެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 8،500 އަށް ވުރެ މަތިވެފަ އެވެ. މި ބަލީގައި ރާއްޖެ އިން މިހާތަނަށް 29 މީހަކު ވަނީ މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމަދުފުޅު
08 September 2020
ކަޅުބެ މޮހޮއްމަދަށް ނުވެއްޖިއްޔާ ރަނގަޅު.
ރައްޔެތުން
08 September 2020
ނުވާނެ. ޢެއާ ބަބުލް އެޔޮއް ފެއްޓީ
ބައްޖިޔާ
08 September 2020
ކޮމެންޓް ސެކްށަން ގަ މިތިބެނީ އެންމެ މޮޅެތި މީހުން.
ބ.ގޮއިދޫ ކިންގް
08 September 2020
ޙީވަނީ މިމީހުން ރާވައިގެން ކުރާ ކަމެއްހެން. ކޮވިޑޭ ކިޔާފަ ކާލާނެ ލާރި ކޮޅެއް ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިއިތުރަށް ނެތީމަ ކުޅުނު ޑުރާމާ ނިމްމާލަނީ ދޯ
އަބްދުރަހީމް ޕައިތަގަރަސް
08 September 2020
ތި ހިސާބުތައް ދިމައެއްނުވޭ
ޖަނަރަލް އަދުރޭ
08 September 2020
ބަލަ ފޯކާސްޓްއަކީ ކުރިއަށް އޮތްތަނަށް ލަފާކޮށް އެސަމްޕްޝަންސް ތަކެއްގެ މައްޗަށް ބިނާކޮށް ހަދާ އެއްޗެކޭ. ޢެހެންވީމަ އެ ދިމާވާލަށް ނުޖެހެއޭ!
އިބްތިސާމަ2
07 September 2020
ހޫނ. ބަލަ ކަމެއްދުވަހަކު ނުކުރިޔަސް ކޮންމެވެސް ދުވަހަކުން މަދުވާނެ ނުން. ލޮކްޑައުން އޭ ކޮރޯނާއޭ ކިޔާކަށްތަ؟ ހަމަ ކުރިން އުޅުނުހެން އުޅުނަދީބަލަ. އެއްފަހަރެއްނުން މަރުވާނީ. އެހެންނޫނަސް ވެކްސިންވެސް އެއޮތްނެރެނީހުން ނަމަ ޒޫންކަނޑާފަ. ހޫންންންންންްންން. ދަންނަ މަންޖެ
ޕޮގުބަ
07 September 2020
އެއީ ރާވާފަ އޮތްގޮތް ފުރަތަމަ މާލެއިން އެންމެ މީހަކަށް ކޮވިޑް ޖެހުނީމަ މުޅި މާލެ ލޮކުކުރި މިހާރު ދުވާލަކު 190 މީހުންނަށް މާލެއިން ކޮވިޑް ޖެހޭއިރުވެސް ބަރާބަރު ރާއްޖޭގަ ކޮވިޑްޖެހޭމީހުންގެ 99% މީހުންނަކީ އެއްވެސް އަލާމާތެއް ނުފެންނަމީހުން މާނައަކީ ކޮވިޑް މިހާރަކު ރާއްޖޭގަ ނެތޭ
އަހްމަދުބެ
07 September 2020
މީ ޖަހައިގެން އުޅޭ ބޮޑުސަކަރާތެއް. މީގެން މިޙަކަށް ތަނެއް ދޮރެއްވެސް އިނގެނީކީ ނޫން ހަގީގަތައް ބަލާނަމަ.
ބަބުރުލް ސަލީމް
07 September 2020
ޝީބައްތަމެން ދައްކާވާހަކަ މަމެންނަކަށް ގެޓެއްނުވޭ.
ސާބީ
07 September 2020
ސިއްޙީ ދާއިރާގެ ބޭފުޅުންނަށްވެސް އެނގޭނީ ވަމުންދާގޮތުގެ ވާހަކަދައްކަން. ވާނޭކަންތަކުގެ ވާހަ ނުދެއްކިއްޔާ ރަނގަޅުވާނީ، ކިޔާ އެއްވެސް އެއްޗެއް ދިމަލެއްނުވޭ، އެހެންއުޅެނިކޮށް މުޅި ގައުމަށް ބަލި ފެތުރިއްޖެ. ފަރުދީޒިންމާއޭ ކިޔާ ރައްޔިތުމީހާގެ ބޮލަށް ހުރިހާކަމެއް ޖަހާލަނީ.
މަކީޓާ
07 September 2020
އާނ، އެންމެން މި ބައްޔަށް އިމިއުންވީމަ ޖެހޭމީހުން މަދުވާނެ. ހަމަ އެޗްޕީއޭ އިން އެބުނަނީ ޕޮޒިޓިވްވާ މީހުންގެ %40 މީހުންނަކީ އެއްވެސް އަލާމާތެެއް ނުފެންނަ މީހުންނޭ. ޙަގީގީ % އުޅޭނީ މިއަށްވުރެވެސް މަތީގަ. އުމުރުން ދުވަސްވީ މީހުންނަށް ބަލައިގެން އެންމެންވެސް އުޅުނީމަ ރަގަޅުވާނެ. #އެންމެންވެސްޕޮޒިޓިވް.