މިނިސްޓަރު ފައްޔާޒް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: އަހްމަދު އައުޝަން/މިހާރު
08 ސެޕްޓެމްބަރ 2020 - 15:30
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަސައްކަތް ކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ބޭނުންވާ ގޮތަށް ކަމަށާއި މަޝްރޫއުތަކުގައި ކޮރަޕްޝަން ހިންގާ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގްރޫޕުގައި ތުހުމަތުކޮށް، އާއްމުކުރި މެސެޖުތަކުގައި ހުރި ވާހަކަތައް ފައްޔާޒު މިއަދު ދޮގުކުރައްވައިފި އެވެ.
މިނިސްޓަރު "މިހާރު" އަށް ވިދާޅުވީ، ކޮރަޕްޝަނާއި ނުފޫޒު އެކުލެވޭ ގޮތަށް އެއްވެސް ނުކުރައްވާ ކަމުގެ 100 ޕަސެންޓް ޔަގީންކަން ދެއްވާ ކަމަށެވެ. އެއްވެސް ތުހުމަތެއް އޮތް ނަމަ، މުއައްސަސާތަކަށް ހުށަހަޅައި ބަލަން އޭނާ އެދިވަޑައިގަތެވެ.
އޭޑީބީގެ އެހީގައި ކުރިއަށް ގެންދާ 100 މިލިއަން ރުފިޔާގެ ސިންގަލްވިންޑޯ މަޝްރޫއު އަލުން ބީލަމަށް ލާން ޖެހުނު މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތުހުމަތު އަމާޒުވީ ފައްޔާޒާއި އަމީރަށެވެ. އެކަމަކު، ބީލަމުގެ މަރުހަލާއަކީ މިނިވަންކޮށް، ކަމާގުޅޭ އިދާރާތަކުގެ ފަންނީ މީހުން ކުރިއަށް ގެންދާ ކަމެއް ކަމަށާއި ގޯސްކޮށް ކަމެއް ހިނގައިފި ނަމަ އެ މައްސަލަ ދެފުށް ފެންނަ ގޮތަށް ބެލޭނެ ނިޒާމުތައް ކަނޑައަޅާފައިވާ ކަމުގެ ޔަގީންކަން ދެއްވައި މިނިސްޓަރުންގެ ދައުރު އެ ކަމުގައި ނޯންނަ ކަމަށް އަމީރު ވިދާޅުވި ވާހަކަ ނަޝީދު ގަބޫލުފުޅެއް ނުކުރެއްވި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލިހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕުގައި ދެއްކި، އެކަމަކު ރޭ އާއްމު ކޮށްފައިވާ މެސެޖްތަކުގައިވާ ގޮތުން، ނަޝީދުގެ ހަމަލާއެއް އަމީރަށް ފޮނުއްވައިލައްވަމުން ވިދާޅުވި ގޮތުގައި އަމީރު ގަދަވާނީ ފަޔާއެކުގައި ހުންނެވުމުން ކަމަށް ހީކުރެއްވިޔަސް އެހެން ނުވާނެ އެވެ. އޭގެ ފަހުން، ކޮރަޕްޝަންގައި އެމްޑީޕީގެ ނަން ހުތުރުވާ ކަމަށް ވިދާޅުވެ ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ ވޯޓު އަލުން ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން ދަރުބާރުގޭގައި ބޭއްވި ޖަލްސާއެއްގައި ނަޝީދާއި ފައްޔާޒް ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ/ މިހާރު
އިތުބާރު ނެތް ކަމުގެ ވޯޓާ ގުޅިގެން ފައްޔާޒު ވިދާޅުވީ އެއީ ސިޔާސީ ކަންކަން ހިނގާ ގޮތް ކަމަށެވެ. އެކަމުގައި މާގިނަ ވާހަކަ ދައްކަވަން ބޭނުން ނުވާ ކަމަށާއި އެކަން އޮންނަ ގޮތަކަށް ނިމިގެންދާނެ ކަމަށެވެ.
އެކަމަކު، އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ފައްޔާޒު މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ. އެކަމާ ކޮރަޕްޝަނާ ވެސް ނުގުޅުވޭނެ ކަމަށާއި އެއްވެސް ކަމެއް އެ މަގުން ކުރިއަށް ގެންގޮސްފައި ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
"ކޮރަޕްޓް ކަމުން އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ. އެހެނެއް ނޫން، ބަލަންވާ ވަރަށް ނުބެލި ކަމެއް އެންމެ ފުރިހަމަ އަށް ނުކުރެވި އޮވެދާނެ. މިސާލަކަށް ވަސީލަތްތައް މަދުވީމާ އިންކަމް ސަޕޯޓްގައި ވެސް ބޭނުންވާ އަވަސް މިނަކުން ނޫން އެކަންކަން ކުރަނީ،" ފައްޔާޒު ވިދާޅުވި އެވެ.
އަޅުގަނޑު 100 ޕަސެންޓް ޔަގީންކަން މި އަރުވަނީ އެއްވެސް ކޮރަޕްޝަނެއް ނޯންނާނެ. ސިޔާސީ މަގާމްތަކަށް މީހުން އައްޔަން ކުރުމަކީ ކޮރަޕްޝަނެއް ނޫން، --ފައްޔާޒް
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ ތެރޭގައި ވަޒީރުން މަސައްކަތް ކުރައްވަނީ ޓީމެއްގެ ގޮތުގަ އެވެ. ކުރާ މަސައްކަތުގެ ގޮތުން އަމީރާ ގާތް ކަމަށް ފެނުނަސް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާ އެކުގައި ވެސް އުޅުއްވަނީ ވަަރަށް ގާތުން ކަމަށް ފައްޔާޒު ވިދާޅުވި އެވެ. ސަބަބަކީ، ރައްޔިތުންނަށް ވީ ވައުދުތަކާ ގުޅޭ ސިޔާސަތުތައް އެކުލަވާލެއްވި އިރު އެކުގައި މަސައްކަތް ކުރެއްވިފައި ވުން ކަމަށް ވިދާޅުވި އެެވެ.
"ސަރުކާރުގައި، އަޅުގަނޑުމެންގެ ލަނޑުދަނޑިތައް ހާސިލް ކުރަން ކުރަން ހުރި ކަންކަމުގައި ހުރިހާ މިނިސްޓަރުން ވެސް ބައިވެރިވެގެން ކަންކަން ކުރަނީ. ސަރުކާރުން ކުރާ ކޮންމެ ކަމެއްގައި ވެސް ގޮސް ޖެހެނީ ފިނޭންސް މިނިސްޓަރާ ހިސާބުގައި. އެހެންވީމާ ސަރުކާރަށް އޭރެއްގައި އެންމެ މުހިއްމު އެންމެ އިސްކަންދޭނެ މަޝްރޫއުތައް ކަނޑައަޅަނީ ފިނޭންސް މިނިސްޓަރާ އެކުގައި،" ފައްޔާޒު ވިދާޅުވި އެވެ.
"އަޅުގަނޑާ އަމީރާއި އަސްލަމާ ތިން މީހުންނަކީ ރައީސުލްޖުމްހޫރިއްޔާ ކެންޑިޑޭޓެއްގެ ގޮތުގައި ހުންނެވިއިރުގައި ވައުދުތައް ހެދުމުގައި އުޅުނު މީހުން. އެހެންވީމާ ކަންކަން ކުރިއަށް ގެންދަންވާ ގޮތް އެނގޭ. ވަރަށް ފަސޭހަ ގުޅިގެން މަސައްކަތްކުރަން."
އެމްއެމްއޭ އަށް 38 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު އަމީރު އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/ މިހާރު
އަމީރު މަސައްކަތް ކުރައްވަނީ ފައްޔާޒު ބޭނުންވާ ގޮތަށް ކަމަށް ނަޝީދު ކުރެއްވި ތުހުމަތު ދޮގު ކުރެއްވި އެވެ.
"އަމީރަކީ ހަމަ ވަރަށް މިނިވަން މީހެއް. އެއްވެސް މީހެއްގެ މީހެއް ނޫން، ބަޔަކު އެހެން ވިދާޅުވާންވީމާ ވިދާޅުވަނީ،" އަމީރުގެ ދިފާއުގައި ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި ތުހުމަތެއް ކުރެވިއްޖެ ނަމަ އެކަން މިނިވަންކަމާ އެކު ބަލައި ފިޔަވަޅު އަޅާނެ ނިޒާމު މި ސަރުކާރުގައި އޮތީ ފަހިކޮށްދީފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ކަންބޮޑުވުންތައް ބަލައި، މިނިވަން މުއައްސަސާތަކުން ތުހުމަތުތައް ބަލަން ޖާގަދީފައިވާ އިރު ނުފޫޒެއް އޮތް ނަމަ ނުވަތަ ވަކި ގޮތަކަށް މައްސަލަތައް ނިންމަން ބުނާ ނަމަ ނޫސްވެރިންނަށް ވެސް އެނގޭނެ ކަމަށް ފައްުޔާޒު ވިދާޅުވި އެވެ.
"މިނިވަންކަމާ އެކު ތަހުގީގު ކުރާނެ ޖާގަ އެބައޮތް. އެ ވާހަކަ ދެއްކޭނެ ޖާގަ އެބައޮތް. ހުރަހެއް ނެތޭ. ކޮންމެ ކަމެއް ވެސް ބަލާނެ މިންވަރަކަށް ބަލަންވީ،" އޭނާ ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ ސަރުކާރުގެ ވައުދުތައް ފުއްދަން މަސައްކަތް ކުރާ ނަމަ އަބަދުވެސް ތުހުމަތުކުރާނެ ކަމަށެވެ. ގޯސްކޮށް މަޝްރޫއުތައް ޓެންޑާކުރަނީ ކަމުގެ ތުހުމަތު ފިނޭންސް މިނިސްޓަރާ ދިމާލަށް އަންނާނެ ކަމަށާއި އެއީ ބީލަމުގައި ބައިވެރިވާ އެހެން ކުންފުނިތަކުން ކުރާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.
އެކި މަސައްކަތުގައި ހޭދަކުރަން ޖެހޭ ވަގުތު އަޅުވާ ތުހުމަތުކަށް ޖަވާބުދާރީވާން އެބަ ނަގާ ކަމަށް ވިދާޅުވި އެވެ. އެއީ ވެސް ކުރަން ޖެހޭ ކަމަކަށް ވާތީ އެކަމަށް ޖާގަ ދެއްވާ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒީރޯ ފޮޑި
09 September 2020
ކޮބާ އިބުރާހިމުގެ ލޯބި ލޯބި ފަޔާ ދިފާއު ކުރަން އަދިވެސް ނިކުމޭ އިތުބަރު އެބޯތޭ 500 ޕަސެންޓް ކިޔާފަ
ދޮންފުތާ
09 September 2020
ރައީސް ސޯލިހަކީ އެމްޑީޕީ ހޮވާފަހުރި ރައީސެއް ކަމަށް ޑރ. ރާމީ އަށް ފެންނަންޏާ އަދި އެއް ޑޮކްޓަރުކަން ނަގަން ފެނޭ! ނޫނީ ތި ވައިނުޖެހޭގޭގައި ކަރަންޓީނުވެފައި އިނުން ތޯއްޗެއް މައްސަލައަކީ.
ޝައްފަ
10 September 2020
ބަހުގެ ލަފްޒީމާނަ ނެގުމަކީ ވަކިކަމެއް. އެބަހުގެ މާނައަކީ އިބޫ އަކީ އެމްޑީޕީ އަށް ނިސްބަތްވާ ރައީސް އެކޭ. ވީމާ އެމް.ޑީ.ޕީ އަށް ހުރުމަތްތެރިކޮން ހިތަންވާނެ. ނުހިތިޔަސް ވާނެކަމެއް ނޯންނަނީ ޤާނޫނު ނެތީމައޭ. އިޙްތިރާމް ކުރަން ވާނެއޭ.
އަލިފް ހ
09 September 2020
ވަގު ކަލޭގެ ދުވަހަކުވެސް ބުނާނެބާ ތިމަންނަ މިހުރީ ވައްކަން ކޮށްގެންނޭ! ނޫނީ ތިމަންނަ އަކީ މިއީ ވަގެކޭ؟
ކަރީމު
09 September 2020
ވައްކަން ކުރުމުގައި ނޫޅޭނަމަ މިފަދަ ވާހަކަ ނުދައްކާނެ! އަދީބުގެ ވާހަކަވެސް ފެށިގެން އައީ މިފަދަ ގޮތަކަށް! ޕަރޓީގައި ތިބި ވަގުން މުޅީހެން ކައިރީގައި ތިބީ!
ARIF
09 September 2020
ހައުސިންގ ޕްރޮޖެކޮޓަށް އިންވެސްޓްކުރަން ރާއްޖެ އަންނަ ފަރާތްތައް ފިއްކަނޑައިގެން ދާވަރުގެ ބޮޑެތި އަދަދު ކިޔައިގެން އިންވެސްޓަރުން އަނބުރާ ގޮސްފައި ނުވާނެކަން 100 ޕަސަންޓް ޔަޤީންތޯ؟
ރާޔާ މުހައްމަދު
09 September 2020
ފަޔާޒް މިވަރުން ވަޒީރުކަމުގައި ހުންނަން މިއުޅެނީ ހަމަ ރައްޔިތުންނަށް ޚިދުމަތް ކުރަން؟ސަރުކާރު ކުންފިނިތަކުގެ ބޯރޑަށް ގޭދޮށު ކުދިން ލައިގެން ކުންފުނިތަކުގެ އެމްޑީންނާއި އެކު މައްލަވަ ކޮށް ވަޒީފާތައް ނަހަަމަ ގޮތުގައި ބައްސަވަނީ ކޮރަޕްޝަންއަށް ނުވާނަމަ ކޮން ގޮތަކަށް ތޯއެވެ؟ވައިބާރގައި ވަކި ގުރޫޕް ހަދައިގެން ޕާރޓީތެރޭގައި ފަސާދަ ކުރަނީ އެވެސް ހަމަ ގައުމަށް ޚިދުމަތް ކުރުމަށް ތޯއެވެ؟ ފަޔާޒުގެ ތިމާގެ ބޭފުޅުން އަންހެނުންނަށް ކުރާ ފުރައްސާރަ އެވެސް؟؟
ކަނބިލި
09 September 2020
ފަޔާޒު ނުހިންގާނެ ކޮރަޕްޝަނެއް. ފަޔާޒުމެން "ހެޔޮނިޔަތުގައި" ރައްޔިތުންގެ ބައިތުލްމާލު އަމިއްލަ ޖީބަށް ކަހާލާނީ. " ހެޔޮ ނިޔަތުގައި" ވީމާ އޯކޭ ނު ދެއްތޯ؟
ހަކީމް
09 September 2020
ފުރަތަމަވެސް އަހާލަން ބޭނުން ވަނީ ކުރިން ތިބޭފުޅާ ހިއްސާއޮތް އަދި މިހާރު ބޭބެ ކުންފުނި ބިގްއަށް މިސަރުކާރު އައުމާއިއެކު، ކޯޓު މަރުހަލާތަށް ވެސް ނުނިމިއޮތް ކޭސް އަކަށް ކުއްލިއަކަށް 30 މިލިޔަން ގުނާލާފަ ދެވުނީ ތިބޭފުޅާގެ އަތެއް ، ނުފޫޒެއް ، ފަޔެއް އޮވެގެންތޯ ... މިކަހަލަ ކިތަންމެ ކަމެއް ... ޓީވީ ތަކަށް އަރާ އަޑަށް ބާރުލާފަ 100% އޭކިޔަކަސް މިހުރީ ކަންކަން ވެފަ ހުރިގޮތް.
ޖޯކާބޯއި
09 September 2020
ކޮރަޕްޝަން ނުހިނގާކަމަށް މީގެ އެތައް އަހަރެއްކުރިން ވަނީ އަންގާފަ. އަދި އެކަމަށް ދެވިފަވަނީ ޒީރޯ ޓޮލަރެންސް ކަމަށްވެސް ވަނީ އަންގާފަ. މަންޒަރު ވަރަށް ސާފު ފެންނަ ފެނުމަށް. އިތުރަށް ނެތިން އެއްޗެއް ބުނަން.
ޝޮކްތެރަޕީ
09 September 2020
އެމްޑީޕީ ވެރިކަމައް އައި އިރުގަ ރާއްޖެ އޮތީ ވަރައް ފުދުންތެރި ހާލަތެއްގަ. ދައުލަތުގެ ރިޒާވްގަ ހުރި 800މިލިޔަން ޑޯލަރު. މިހާރު ދައުލަތުގެ ރިޒާވްގަ ހުރި ޑޯލަރުތަކައް ވީގޮތެއް ނޭގި ރައްޖެ އިންޑިޔާއަ ދަރާވިކިއްޖެ.