09 ސެޕްޓެމްބަރ 2020 - 15:42
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަަށިކޮޅަށް ގެއްލުންދޭން، ޗެނަލް-13ގެ ޕްރޮގްރާމެއްގައި ބައިވެރިވި މީހަކު ގޮވާލި މައްސަލައިގައި ބްރޯޑްކާސްޓިން ކޮމިޝަނަށް ޖަވާބުދާރީވާން ދިން ދެވަނަ ފުރުސަތުގައި ވެސް އެކަން ކުރަން އެ ޗެނަލުން އުޒުރުވެރި ވެއްޖެ އެވެ.
"ރައްޔިތުންގެ އަޑު"ގެ ނަމުގައި، ޗެނަލް13 އިން މިދިޔަ ބުރާސްފަތި ދުވަހު ގެނެސްދިން ލައިވް ޕްރޮގްރާމްގައި، ސަރުކާރުން ކަންކަން ކުރަމުން ގެންދާ ގޮތާ މެދު ޕްރެޒެންޓަރު ސުވާލު ކުރުމުން އެ މީހާ ވަނީ މި ވެރިކަން ވަގުތުން ނައްތާލައި، "މިހާރުން މިހާރަށް [ރައީސް] އިބްރާހިމް މުހައްމަދު ސޯލިހު ގައިގައި (ކަނޑާލާފައި) ޖަހަންވީ" ކަމަށް ބުނެފަ އެވެ.
އެ މީހާ މިހާރު ވަނީ ތަހުގީގަށް ބަންދުކޮށްފަ އެވެ.
މި މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަން ފަށައި އެ ކޮމިޝަނަށް ޖަވާބުދާރީވާން ޗެނަލް-13 އަށް އެންގީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ ފުރުސަތު ހޯމަ ދުވަހު ހަމަވި އިރު، ފުލުހުން އެ މައްސަލަ ބަލަމުން ދާތީ ބްރޯޑްކޮމްއަށް ޖަވާބުދާރީވާން އެ ޗެނަލުން ވަނީ އުޒުރުވެރިވެފަ އެވެ.
ނަމަވެސް އެކަން ބަލައިނުގަނެ ޖަވާބުދާރީވާން ދެވަނަ ފުރުސަތެއް އެ ޗެނަލަށް ދިނުމުން ވެސް އެ ޗެނަލުން ވަނީ އުޒުރުވެރި ވެފަ އެވެ. ޗެނަލް-13 ސީއޯއޯ މުހައްމަދު ސަމާހު 'މިހާރު' އަށް ވިދާޅުވީ ފުލުހުންގެ ތަހުގީގަށް މިހާރު ތިން މުވައްޒަފުންގެ ބަޔާން ނަގާފައިވާ ކަމަށެވެ. އަދި ފުލުހުންގެ ތަހުގީގު ނުނިމެނީސް ބްރޯޑްކޮމްއަށް ޖަވާބުދާރީވެވެން ނެތް ކަމަށް ވިދާޅުވި އެވެ.
"ދެ އިދާރާއަކުން ދެ މައްސަލައެއް އެއްކޮށް ބެލީމަ އެއް މައްސަލައަކަށް ދެ ފިޔަވަޅެއް އެޅުމުގެ ފުރުސަތު އެބައޮތް. އަޅުގަނޑުމެނަށް ޔަގީން ފުލުހުން މިކަމުގަ ބަލަން ޖެހޭ ޓެކްނިކަލް ކަންކަން ވެސް ބަލާނެ ކަން. އެހެންވީމަ ފުލުހުންގެ ތަހުގީގު ނިމެންދެން މަޑުކޮށްލަން އަޅުގަނޑުމެން އެދިފައި ވާނީ،" ސަމާހު ވިދާޅުވި އެވެ.
ޗެނަލް-13 އަށް ޖަވާބުދާރީވާން ދިން ދެވަނަ ފުރުސަތުގައި ވެސް އުޒުރުވެރިވެފައިވާއިރު، މި މައްސަލަ ކުރިއަށްދާނީ އުސޫލާ އެއްގޮތަށް ކަމަށާއި ޖަވާބުދާރީ ނުވެއްޖެ ނަމަ ލިބިފައިވާ ހެކިތަކަށް ބަލައި މައްސަލަ ކުރިއަށްގެންދާނެ ކަމަށް ބްރޯޑްކޮމް އިން މީގެ ކުރިން ބުނެފައި ވެއެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ެރިނީ
10 September 2020
ޓެކްނިކަލްކޮށް ބެލީ މަ ބުނިއެއްޗެއް ނުބުނާ ކަ މަށް ވަނީބާ!
ރީތި މޫސަ
10 September 2020
މީގެ ކުރިންވެސް ލައިވްކޮށް މީހަކުބުނި ނަސީދާބެހޭގޮތުންވެސް މާވަރުގަދައެއްޗެއް އެއްވެސް ފިޔަވަނެއްނާޅަ
ބަކުރ
09 September 2020
އަނހާ... ކިތައްފަހަރުހޭ ބުނާނީ އެޗެނަލުން ބޭނުންވަނީ ޖަވާބު ނުދީގެން ބްރޯޑްކޮމައިން ފިޔަވަޅު އަޅާށޭ އޭރުންނޭ އެކަންތައް ބޮޑުކޮށްގެން މުޒާހާރާ އާއި އެހެނިހެން އިދިކޮޅު މަސައްކަތް ފެށޭނީ
ބޯޓު
09 September 2020
އެމީހުން ނުދާނެ@ ޔާމިނު ވެރިކަމުހައި ހުރި ނަމަ އެމީހުން ތިބޭނީ ޖަލުގައި
ހަޒާނާ
09 September 2020
ޖަވާބުދާރީ ވާން ދިޔައިމަ ލައްކަ އިން ޖޫރިމަނާ ކުރަނީ އެވެ.
ޢަބުދުލް ޤާދިރު
10 September 2020
ހިތަށް އެރީމާ ހިތަށް އެރިވަރަކަށް ޖޫރިމަނާ ކުރެވޭތަ؟ ކުރިން ތިބުނި އަދަދުތަކުން ޖޫރިމަނާކުރީ އަބުރުގެ ޤާނޫނުގެ ދަށުން. އެވެނީ އުވާލާފާ.
ނެކްސްޓް
09 September 2020
ތާކުންތާކު ޖެހޭ ބައެއްނޫން. ބްރޮޑްކާސްޓީންގ ލައިސަސް ކެންސަލްކުރޭ. ޤާނޫނުގެ މައްޗަށް އެއްވެސް ބަޔަކަށް އެެރިގެން ނުވާނެ
ޢަބުދުލް ޤާދިރު
10 September 2020
ތި ބުނާ އެއްޗެއްގެމައްޗަށް އެރެނީ ވަކި ބަޔަކަށްތަ؟
ުވައިސޫރި
09 September 2020
ކިތެންމެ ފުރުސަތެއްދިނަސް ޖަވާބުދާރީއެއްނުވާނެ އެއައްވުރެމާ ބޯހަރުބައެއްތިޔައީ ނިކަން އަލާކެނޑޭވަރުގެ ފިޔަވަޅެއް އަޅާބަލަ
ޖިނާޙް
09 September 2020
ފިތުނަ އުފެއްދުމުގައި އެހެން ލެވެލް އެއްގައި އުޅޭ ބައެއް
ޢަބުދުލް ޤާދިރު
10 September 2020
ޗެނަލް 13 އިން ފަތުރަނީ ފިތުނަ. ރ ޓީވީން މިއޮތް ހުރިހާ ދުވަހު ދޮގު ޚަބަރުފަތުރާ މީހުންގެ އަބުރު ކަތިލަމުން ދިޔައިރު އެ ނުވޭ ފިތުނައަކަށް. ހެލިކޮޕިޓަރަކީ 2015 ގަ ރައީސް ޔާމީން އިންޑިއާއަށް ކުރިދަތުރުގައި ހަމަޖެހުނުކަމެކޭ ކިޔައިގެން ރޮޒޭނާ ފާޅުކޮށް ފެންނަންއޮތް ބޮޑެތި ދޮގު ހަދަމުން ދިޔައިރު އެނުވޭ ފިތުނަޔަކަށް . ހަޖަމެއްނުވާނެ
އުމަރުބޢޭ
09 September 2020
ޗެހެނަލް13 އަކީ ފިތުނަ އުފައްދާ މެސިނެއް.....ލައިސެންސް އުވާލާ ވަގުތުން ވަގުތައް
ކޮސް އުމަރުބެ
10 September 2020
ރާއްޖެ ޓީވީވެސް ހަމަ ޖެހެނީ އެއްތާކު ކަލޯ
ގަޓް ބްރޯ
09 September 2020
ރާއްޖެފަދަ ނާތަހުޒީބު ގައުމުތަކަށް ތިޔަކަހަލަ ކޮމިޝަންތަކެއް ބޭނުމެއްނުވާނެ. ރައީސް މައުމޫނު ދައުރުގަ އޮތްގޮތަށް އިންފޮމޭޝަން މިނިސްޓްރީ އެއް އުފައްދާފަ މީޑިއާ ތަކުގެ ބެލެނިވެރިކަން ހަވާލުކުރަންވީ. އޭރުން ފާޑުފާޑުގެ އުޒުރެއް ނުދެއްކޭނެ. ކޮންހާ ޕާޓީތަކަކާ މީޑިއާ ތަކެއް. ކުރިޔަށް ފިޔަވަޅުއަޅައިގެން ވީކަމެއް ހަރާން. އެހެންވީމަ ދެން ފިޔަވަޅުއަޅަންވީ ފަހަތަށް.