14 ސެޕްޓެމްބަރ 2020 - 06:43
ޕްލޭސްޓޭޝަން 5 ވިއްކަން ފަށާނެ އިރަކަށް އެތައް ބަޔަކު އިންތިޒާރުކުރާއިރު އެ ތާރީހު އިއުލާންކުރާނެ ކަމަށް ބެލެވޭ ލައިވް އިވެންޓެއް ބުދަ ދުވަހު ބާއްވަން ނިންމައިފި އެވެ.
މިކަން އިއުލާނުކުރަމުން ސޮނީން ބުނީ އެ ދުވަހުގެ އިވެންޓްގައި ޕީއެސް 5 އާ ގުޅޭ ގިނަ މައުލޫމާތުތަކެއް ލިބޭނެ ކަމަށެވެ. އެހެންވެ އެ އިވެންޓުން ގޭމް ނެރޭނެ ރަސްމީ ތާރީހާއި ވިއްކާނެ އަގު ފަދަ މުހިއްމު މައުލޫމާތުތަކެއް ހާމަކުރާނެ ކަމަށް ޓެކް ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުންޏެވެ.
PlayStation 5 Showcase broadcasts live this Wednesday at 1pm Pacific Time: https://t.co/W4gkVp7pdv pic.twitter.com/Nn33RT0yki
— PlayStation (@PlayStation) September 12, 2020
މިދިޔަ މަހުގެ ފަހުކޮޅު ވަނީ ޕީއެސް 5ގެ ޕްރި-އޯޑަރުގެ ރަޖިސްޓްރޭޝަނަށް ވެސް ހުޅުވާލައިފަ އެވެ. އަދި އެންމެ ފުރަތަމަ ގޭމް ގަންނަން ލިބުމުގެ ޝަރަފު ލިބޭ މީހުންނަށް ލިމިޓެޑް އެޑިޝަނެއްގެ ގޮތުގައި ނެރޭ ޕީއެސް 5 ޕްރި-އޯޑަރަށް ރަޖިސްޓްރީވުމުގެ ފުރުސަތު ބޮޑަށް އޮންނާނީ ކުރިން ވެސް ޕްލޭސްޓޭޝަންގެ އެކިއެކި ކަންކަމަށް ޝައުގުވެރިކަން ދޭ ކަސްޓަމަރުންނަށް އިސްކަންދޭ ގޮތަށް ކަމަށް ވެސް ބުންޏެވެ. އެންމެ ފުރަތަމަ ގޭމު ގަތުމުގެ ފުރުސަތު ލިބޭނީ އެންމެ ފުރަތަމަ ރަޖިސްޓްރީކުރާ މީހުންނަށް އިސްކަން ދީގެންނެވެ. އަދި ރަޖިސްޓްރީވިކަން އީމެއިލަކުން އަންގާނެ ކަމަށް ވެސް ޕްލޭސްޓޭޝަނުން ބުންޏެވެ. ރަޖިސްޓްރީނުވާ ނަމަ އީމެއިލެއް ނުލިބޭނެ އެވެ.
ޕީއެސް 5 ކޮންސޯލް ދައްކައިލީ މިދިޔަ ޖޫން މަހުގެ 11 ގަ އެވެ. ކޮންސޯލްގެ ދެ ވާޝަނެއް ވަނީ ދައްކާލައިފަ އެވެ. އެއީ ބުލޫރޭ ޑްރައިވްއަކާ އެކު ނެރޭ ސްޓޭންޑާޑް ވާޝަނަކާއި ޑިޖިޓަލްކޮށް، ގޭމެ ތެރެ އަށް ނުވަތަ ސްޓްރީމްކުރެވޭ ގޮތަށް ޕްލޭސްޓޭޝަން 5 ކުޅެވޭ ވާޝަނެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy