14 ސެޕްޓެމްބަރ 2020 - 20:45
ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުމަށް ފާޑުކިޔައި އެ ގުޅުން ބަލައިނުގަނެވިގެން އުޅެނީ މި ސަރުކާރުން ގެންނަ ތަރައްގީ ހަޖަމް ނުވާ ބައެއް ކަމަށް ފޮރިން މިނިސްޓްރު އަބްދުއްﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
އިންޑިއާ އިން ދީފައިވާ ހިލޭ އެހީގައި މ. ކޮޅުފުށީގެ މަގު ބައްތި ހަރުކޮށް ނިމުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ޝާހިދު ވިދާޅުވީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތީ ވަރަށް ގާތް އަދި ވަރަށް ހާއްސަ ގުޅުމެއް ކަމަށެވެ.
"މި ގުޅުމަކީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުމެއް. ދެ ގައުމުގެ ރައްޔިތުންގެ ހިތާ ހިތާ ގުޅިފައި އޮތް ގުޅުމެއް. އެކަން އަޅުގަނޑުމެން ގަބޫލު ކުރަން. އެކަން ގަބޫލު ނުކުރެވިގެން އުޅޭ ބަޔަކީ މި ސަރުކާރުން ހިންގަވާ ތަރައްގީގެ މަޝަރޫތަކަށް، އެ ތަންތަން ފެނި އެކަމަށް ހިތްދަތިވާ ފަރާތްތައް،" ޝާހިދު ވިދާޅުވި އެވެ.
ރާއްޖޭގައި ހިންގާ އެންމެ ކުދި މަޝްރޫތަކުން ފެށިގެން ގޮސް އެންމެ ބޮޑެތި މަޝްރޫތަކަށް ވެސް އިންޑިއާ ސަރުކާރުގެ ބޮޑު އެހީއެއް ލިބެމުން އަންނަ ކަން ފާހަގަކުރައްވައި އެކަމަށް ޝާހިދު ޝުކުރުއަދާކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮވިޑް-19އާ ގުޅިގެން މުޅި ދުނިޔެ ހުއްޓުމަކަށް އައިސްފައި އޮތްއިރު ވެސް މި ސަރުކާރުން މަޝްރޫއުތައް ކުރިއަށް އެބަގެންދެ އެވެ. އޭގެތެރޭގައި ރަށްރަށުގައި މަގު ބައްތި ޖެހުމާއި ބަނދަރު ހެދުމާއި ނަރުދަމާގެ މަސައްކަތްތައް ހިމަނޭ ކަމަށް ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ އެ މަޝްރޫއުތަކުގެ އިތުރުން ވެސް މި ސަރުކާރުން ބޮޑެތި މަޝްރޫއުތައް ރާވައި ފަށަން ގާތްވެފައި އެބަހުރި ކަމަށެވެ. ދިވެހިންނަށް މިހާރު އެންމެ ބޭނުންވެފައިވާ އެއް ކަންތައް ކަމަށްވާ ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް ވެސް މިއަހަރު ތެރޭގައި ފަށަން ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫ ކަމަށްވާ ގްރޭޓާ މާލެ ކަނެކްޓިވިޓީ މަޝްރޫ ވެސް އަވަސް މުސްތަގުބަލެއްގައި ފަށަން ތައްޔާރުވެފައިވާ ކަމަށް ވިދާޅުވި އެވެ.
އިންޑިއާ އާއި ރާއްޖޭގެ ގުޅުމަށް ފާޑުކިޔަނީ ތަރައްގީ ހަޖަމްނުވާ ބައެއް ކަމަށް ޝާހިދު ވިދާޅުވިއިރު، މި ސަރުކާރު އުފެދުމާ އެކު ގާތްވި އެ ގުޅުމަށް އިދިކޮޅު ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ. އިދިކޮޅު ކޯލިޝަނުން ތުހުމަތުކުރާ ގޮތުގައި އިންޑިއާއާ މާބޮޑަށް ގާތްވުމަކީ ރާއްޖޭގެ މިނިވަންކަމަށް އޮތް ނުރައްކަލެކެވެ. އެކަމަކު ސަރުކާރުން ބުނަމުން އަންނަނީ ރާއްޖެ އަށް ނުރައްކާވާ ފަދަ އެއްވެސް ކަމެއް އެއްވެސް ގައުމަކާ އޮންނަ ގުޅުމުގެ ތެރެއިން ނުކުރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސައިން
18 September 2020
ޝާހިދުމެން އިދިކޮޅުގައި ތިބިއިރު ދައްކާފައި ހުރީވެސް ތިފަދަ ވާހަކަތަކެއް . ޝާހިދު އަމިއްލަ އަށްކުރި އެންމެ ދަށް ފެންވަރުގެ ކަމަކީ ´ހިބަރު ވަދެއްގެ´ ވާހަކަ ދެއްކުން. ހިތާއި ހިތާއި ނުގުޅެނީ ކިތައް % ކަން މިޕޯސްޓްގެ ރިއެކްޝަން އެނގޭ. މިވަގުތު %91 ތިވާހަކައަށް ހިތްހަމަ ނުޖެހޭ
ވަހީދު
15 September 2020
ސާހިދުމެން އިންޑިއާ ސިފައިން މިގައުމަށް ތިގެންނަނީ އެމީހުން މިތަނުން ދާން ދެކޮޅު ހަދާފިއްޔާ ކުރެވޭނެ ކަމެއް އޮންނާނެތަ؟ އެމެރިކާ އިނގިރޭސިން ރާއްޖެ ސަލާމަތްކުރަން އިންޑިއާއި ދެކޮޅެއް ނުވާނެ. ޗައިނާ އަކުން ވެސް ބާރުގެ ބޭނުމެއް ނުކުރާނެ.
ދަރަނި ދަންތުރަ
15 September 2020
އިންޑިޔާއިން ބޯކޮށް ދަރަނި ދިނުން އެއީތޯ ތިޔަބުނާ ތަރައްގީޔަކީ ނޫނީ ރާއްޖޭގެ ތަރައްގީގެ މަސްރޫއުތަށް މިހާރުތިޔަ ހިންގަނީ އިންޑިޔާގައިތޯ ދިވެހިރާއްޖެއިން މިހާރު ފެއްނަ ތަރައްގީގެ މަސްރޫއުތަކަކީ ޑޮލަރު އަގުބޮޑުވުން ގައުމުގެ ހަޒާނާ ހުސްވުން ރައްޔިތުން އަނގަޔާ އަތާދިމާނުވުން ހެސްކިޔާފައި ސަރުކާރުތެރެއިން ވަށްކަންކުރުން ދެން އިސްލާމް ދީނަން ފިރައްސާރަ ކުރުން އަދި އަގުބޮޑު ކާޕެޓު...
ސްޕީޑް
15 September 2020
ތިޔަ ބުނާ ކެންސަރު ހޮސްޕިޓަލް ފަށާނެ ދުވަހެއް އަދި ނިމޭނެ ދުވަހެއް ނޭނގޭނެ. އަންނި ސަރުކާރުގަ އިންޑިއާއަށް ދިން ބިންތަކަށް ބަލާބަލަ. ކޮންކަމެއް އެތަންތާ ކުރެވުނީ ކިހާ ދުވަހަކުން ތަނެއް ނިންމުނީ؟ ކެންސަރު ހޮސްޕިޓަލް އެމީހުންގެ ސްޕީޑްގައި އަޅަން ނަގާނެ 6 ވަރަކަށް އަހަރު. ހޮސްޕިޓަލް އަޅާ އެ ހުޅުވަން ނަގާނެ އަނެއް 6 އަހަރު. އެމީހުންގެ ސްޕީޑަކީ ކުރިންވެސް ފެނިފަ ހުރި ކަންކަން. ކަންކަން ނުނިންމަން ފިރުކި ފިރުކި މިގައުމުގަ ތިބެނީ ކަމެއްވެގެން.
އޮޅިފައި
15 September 2020
ތިއޮތީ މާބޮޑަށްވެސް އޮޅިފައި. އަސްލު ހަޖަމުގެމައްސަލަ އެންމެބޮޑަށް އުޅެނީ އިންޑިއާގެ. އެމީހުންނަށް ހަޖަމެއްނުވޭ ޗައިނާއާ ގުޅިގެން ރާއްޖެ ކުރިއަރާތީ. އެހެންވެ ޔާމީނުގެ ވެރިކަން ހުއްޓުވަން އެމީހުން އެހާ މަސައްކަތްކުރީ. ޔާމީން ސަރުކާރުން އިންޑިއާއަށްވުރެ ބޮޑަށް ޗައިނާއަށް އިސްކަންދީ ބްރިޖާ އެއަޕޯޓާ ޕްރޮޖެކްޓްތައް ހިންގައި ރާއްޖެ އަމިއްލަ ފައިމައްޗަށް ތެދުވަން އުޅުމުން އިންޑިއާއަށް ކަމަކުނުދިޔަ. ނަޝީދާ ގުޅިގެން ބޭރުގެ މީޑިއާތަކަށް ހުސް ދޮގުހަބަރުދިނ
ސަލާޙް
15 September 2020
މިިޒަމާނުގެ ހަސަން9ވަނަ ރަސްގެފާނު ނަޝީދު ރެއާދުވާލު މަސައްކަތްކުރަނީ ބޭރުގެމަދަދުގާރުންގެ އެހީގަ، ވެރިކަމެއް މިގައުމުގަ ދަމަހައްޓަން. މިކަން ނޭގޭ ދިވެއްސަކު ނެތް! އެމްޑީޕީއަކީ ނަޝީދު. ރ.ސޯލިހު އަކީ އެވަގުތަށް ކުޅުނުގޭމުގެ މަނައެއް. އިންޑިޔާއަކީ ދުނިޔޭގެ އެންމެ ރިސޯސްގިނަ ގައުމުކަމަށްވާއިރު އިންޑިޔާގެ ރައްޔިތުންނަށް ލިބުނީ ކޮން ތަރައްގީއެއްތޯ؟ އެފަދަ ބަޔަކަށް މިގައުމަށް ގެނަސް ދެވޭނީ ކޮން ތަރައްގީއެއް؟ މަގުމައްޗާށް ދެކަމު ހާޖަތަށް ދިއުން އެކަނި!
ބޭބެ1
15 September 2020
ކޮންތާކު އޮތް ތަރައްޤީއެއްބާ... ... ...ތަރައްޤީއޭ ބުނީމާ އަހަރެންނަށް ސިފަވަނީ އެމްޑީޕީ މީހެއް ނޫން
ނިއުމާ މޫސާ
15 September 2020
އެހެންތަ؟ ދެން ޗައިނާއަށް ނަޝީދު ފާޑުކިޔަނީ ހަޖަމްނުވެގެންދޯ؟
ރަދީފްއޮފިޝިއަލް
15 September 2020
ތަރައްގީ؟؟ ޕަކާސް.ޑަބިޔާ ފަޅި ފަދަ ތަކެއްޗަށް ވެލި އަޅައިގެން ބޮލުގެ މަތީގަ އުފުއްލާ ގްރޫޕްގެ މީހުންނަށް ގެނެވޭނެ ތަރައްގީއެއް ނޯންނާނެ.އެކަން ޝާހިދަށް އަދި މާބޮޑަށް ސާފްވާނެ.
ޙަސަނުގެ
16 September 2020
ޑަބިޔާފަޅި ފަދަ ތަކެއްޗަށް ވެލި އަޅައިގެން ބޮލުގެ މަތީގަ ގެންދިއުމަކީ އެމީހުނަށް މެޝިނަރީ ނުލިބިގެން ކުރާ ކަމެއްނޫން މަސައް ކަތެއް ނުލިބިފަ ތިބޭ ގިނަ އަދަދެއްގެ މީހުނަށް މަސައްކަތް ދިނުމަށް ހަމަޖައްސާފަ އޮންނަ އުސޫލެއް މިގެން މިބުނީ ރީދޫ ކުލަޔަށް ސަޕޯޓް ކުރާތީކީ ނޫން
އަލީ އަލީ
15 September 2020
ލައްބަ! ތަރައްގީ އޮހެނީ! އިއްޔެ ފުލެޓް ފައްޗަކުން ބޮލުގަ ޖެހިގެން ބޯފަޅައިގެން ގޮސްގެން މިއުޅެނީ! ތިބުނާ ތަރައްގީއަކުން ސަލާމަތް ނުވެގެން މިއާ މިއުޅެނީ!