ޚަބަރު / ކޮވިޑް-19

މާލެ އިން މަރުވި މީހުންގެ އަދަދު މި އަހަރު މަދު

ކޮވިޑްގައި މަރުވިމީހެއްގެ ޖަނާޒާއަށް ތައްޔާރުވަނީ. މާލެއިން މިއަހަރު މަރުވިމީހުންގެ އަދަދު މިދިޔަ އަހަރަށްވުރެ މަދު.

ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށިފަހުން މިހާތަނަށް މާލެ ސަރަހައްދުގައި މަރުވި މީހުންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ވުރެ މަދުކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މަރުވެގެން ވަޅުލި މީހުންގެ އަދަދުތައް އެކި މަސް މަސް ވަކިން އެނގޭނެހެން މާލޭ ސިޓީ ކައުންސިލުން އާއްމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ އޭޕްރިލްް 15 އިން އޮގަސްޓް 31 އަށް މާލޭގައި ވަޅުވި މައްޔިތުންގެ އަދަދަކީ 302 އެވެ. މިއަހަރުގެ އެ މުއްދަތުގައި ވަޅުލި މައްޔިތުންގެ އަދަދަކީ 264 އެވެ.

އެ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި މިދިޔަ އަހަރު މާލޭގައި އެންމެ ގިނަ މީހުން ވަޅުލީ ޖުލައިމަހު އެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައިމަހު 81 މީހުން ވަޅުލިއިރު މި އަހަރުގެ ޖުލައިމަހު ވަޅުލީ 52 މީހުންނެވެ. މީީގެ މާނައަކީ މިއަހަރުގެ ޖުލައިމަހު މަރުވި މީހުންނަށް ވުރެ މިދިޔަ އަހަރު 29 މީހުން އިތުރަށް މަރުވެފައިވުމެވެ. މި އަހަރު އެންމެ ގިނަ މީހުން މަރުވީ މިދިޔަ އޮގަސްޓްމަހު އެވެ. އެއީ 63 މީހުންނެވެ.

މިދިޔަ އަހަރުގެ ޖުލައިމަހު މާލޭގައި ވަޅުލި މީހުންގެ ތެރޭގައި ގިނައީ ދިވެހި ފިރިހެނުންނެވެ. އެއީ 38 އެވެ. ދެ ވަަނަ އަށް އެންމެ ގިނައިން މަރުވީ އަންހެނުންނެވެ. އެއީ 27 އެވެ. ޖުލައިމަހު ކުޑަކުދިން މަރުވި އަދަދު މިދިޔަ އަހަރު ބޮޑުތަނުން އިތުރެވެ. އެގޮތުން މިދިޔަ އަހަރު 15 ކުއްޖަކު މަރުވި އިރު މި އަހަރު ޖުލައިމަހު މަރުވީ ފަސްު ކުދިންނެވެ. މިދިޔަ އަހަރުގެ އޭޕްރިލް 15 އިން ފެށިގެން އޮގަސްޓް 31 އަށް މާލޭގައި މަރުވި ކުޑަކުދިންގެ ޖުމްލައަކީ 59 އެވެ. މި އަހަރުގެ މި މުއްދަތުގައި މަރުވީ ޖުމްލަ 12 ކުދިންނެވެ.

އެކަމަކު މާލޭގައި އަންހެނުން މަރުވި އަދަދު މި އަހަރު އިތުރެވެ. މިދިޔަ އަަހަރު މާލޭގައި 91 އަންހެނަކު މަރުވި ނަމަވެސް މި އަހަރު 107 އަންހެނަކު މަރުވި އެވެ.

ހިސާބުތަަކުން ފެންނަ ގޮތުގައި މާލޭގައި ބިދޭސީ ފިރިހެނުން ވަޅުލި އަދަދު މި އަހަރު އިތުރެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި މާލޭގައި ވަޅުލީ އެކަކު ކަމަށް ވާއިރު މި އަހަރު 18 މީހަކު ވަޅުލިއެވެ. މިގޮތަށް ދިމާވީ ބެެލެވޭ ގޮތުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ޓަކައި ރާއްޖޭގެ ބޯޑަރު ބަންދުކޮށް، އެޅި ފިޔަވަޅުތަކުގެ ސަބަބުންނާއި އެހެން ގައުމުތަކުގެ ބޯޑަރު ވެސް ބަންދުވެފައި އޮތުމުން މައްޔިތުން ރާއްޖޭން ބާރަށް ގެންދެވޭގޮތް ނުވުމުންނެވެ.

މިތަފާސްހިސާބުތައް މިހެން ހުރި އިރު މާލެއިން މިއަހަރު މަރުވިމީހުންގެ ތެރޭގައި ކޮވިޑް-19 ޖެހިގެން މަރުވި 32 މީހުން ވެސް ހިމެނެއެެވެ.

9 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 67%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޭހަވަނީ.....

15 September 2020

އަލްޙަ މްދުލިﷲ! ތިކަ މުން ދޭހަވަނީ، މިދިޔަ އަހަރު ކޮވިޑްގެ ބަލި މަޑުކަން ނެތް އިރު، މާލެ ސަރްޙައްދުން މާގިނަ މީހުން މަރުވިކަ މެވެ. އެހެންވީ މަ " ޑޯންޓް ވޮރީ، ބީ ހެޕީ"

The name is already taken The name is available. Register?

އިބިރިހިންބެއްޔާ

15 September 2020

އަލްހަމްދުލިއްﷲ. ތިވެސް ޚަބަރެއް؟ ރާއްޖޭގައި ބޮޑަށްބަލިވާ އެންމެންހެން ފަހުފަރުވާއަށް އަންނަ މާލެ، މާޗްމަހުންފެށިގެން ވަނީ ބަންދުކުރެވިފައި. ދެން މާލޭގައި މަރުވާންތިބީ މާލޭގައި ދިރިއުޅޭ މީހުންކޮޅު އެކަނި. ގިނައީ ޒުވާނުންނާއި މޮޑާން ޒުވާނުން.

The name is already taken The name is available. Register?

ބީތާވުން

15 September 2020

އަލްހަމްދުލިއްލާހް. މިއީ އުފާވެރި ހަބަރެއް. ޢެކަމަކު ކިތަންމެ ރަނގަޅު ހަބަރެއް ލިބުނަސް ހުސް ނެގަޓިވް ކޮމެންޓްސް ހުންނާނީ. މިކަމުން ދައްކައިދެނީ ދިވެހިންގެ ގިނަ މީހުން މިހާރު ބޭސް ކުރަން ޖެހޭނީ ބޮލަށްކަން. ސިޔާސީ ވެގެން ގޮސް ބޯ ގޮވާފައި ގިނަ މީހުން ތިބެނީ.

The name is already taken The name is available. Register?

ބީޓާ

15 September 2020

ޚުދު ތިބޭފުޅާވެސް މިކަން ތި ސިޔާސީކޮށްލެއްވިއްޔެއްނޫންތޯ؟

The name is already taken The name is available. Register?

ކޮސްގޮވާ

15 September 2020

މިހާރު ކޮވިޑްޖެހިގެން މަރުވާ މީހުންވެސް މަދުވަނީއަދި އެހެން ބަލިތަކުގައި މަރުވާމީހުން ދުނިޔޭގެ ގައުމުތަކުން ވެސް މަދުވަނީ. އަދި ދުނިޔޭގެ ގިނަ ހަސްފަތާލުތަކުގައި އެޑްމިޓް ކޮއްގެން ބޭސްކުރާމީހުން ވެސް މަދުވެއްޖެއް. އެހެންވީމާ ކީއްވެގެންހޭ ސިއްހީފަރުވާދޭތަންތަން ބިޒީވާހަކަ އަދި ޑޮކްޓަރުންނާއި ނަރުހުން ބަލިވާވަހަކަ ޖަހަނީ. ކޮންކަމެއް ހާސްލްކުރަން އުޅޭބަޔެއްތަމީ.

The name is already taken The name is available. Register?

ސަމްކުޅިބޭ

15 September 2020

މި އަދަދު ތަކަކީ މާލޭގައި މަރުވާ އެންމެންގެ އަދަދު. މިއަދަދު ދަށްވެފައިވަނީ. މިދުވަސްވަރު ބޭސްފަރުވާއަށް މީހުނަށް މާލެ ނާދެވޭތީ. ރާއްޖެ ތެރޭގެ ގިނަމީހުންވެސް މިހާރު މަރުވަނީ މާލޭގައި. ހާލުބޮޑުވާ ހުރިހާ ބަލިމީހުން ގެންނަނީ މާލެއަށް. މި ކޮވިޑްގެ ސަބަބުން ބަލިމީހުންނާ މާބަނޑު މީހުން މާލެ ނުގެނައުމުގެ ސަބަބުން މާލޭގައި މަރުވި މީހުންގެ އަދަދު މަދުވީ.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

15 September 2020

ރާއްޖޭގެ ގިނަ މީހުން އުމުރުގެ ފަހު ދުވަސް ހޭދަކުރަން ޖެހެނީ އައިޖީއެމްއެޗްގަ.އަސްލު އަދަދު ދަށެއް ނުވޭ.މިވީގޮތަކީ ކޮވިޑް-19ގެ ސަބަބުން ދަތުރު ނުކުރެވިގެން ގިނަ ބަޔަކަށް މާލެ ނާދެވުނު.މިހެންވުމުން މަރުވި ގިނަ މީހުން ވަޅުލީ އެމީހެއްގެ ރަށުގަ.ރާއްޖޭގެ ރަށްރަށުގެ މީހުން މަރުވެގެން ވަޅުލަނީ މާލޭގަ.އެހެންވީމަ މަރުވި މީހުންގެ އަދަދަށް ބަދަލެއް ނާންނާނެ.މާލެއަށް ނާދެވުމުގެ ސަބަބުން އެމީހުން މަރުވީ ރަށަށް.މަރުގެ ވާހަކަ އެއީ ބިރުވެރި ވާހަކައެއް.ވ.ވެދުން

The name is already taken The name is available. Register?

ސްޓެޓިސްޓިކްސް

15 September 2020

ތިޔައީ ތެދަކަށް ވެސްވެދާނެ. އެކަމަކު ތިޔަހާ ޔަގީންކަމާއެކީ ތިހެން ވިދާޅުވާއިރު މުޅި ރާއްޖޭގަވެސް މީހުން މަރުވި އަދަދު މަދުނުވާކަން ފެންނަ އެއްވެސް ތަފާސް ހިސާބެއް ބެއްލެވިންތޯ؟ ނުވަތަ އެއްވެސް ހެއްކެއް ނެތް ވާހަކައެއް ހިތައްއެރި ގޮތަކަށް ހަމަ ބުނެލީތޯ؟

The name is already taken The name is available. Register?

ޑޮކުނަޒުލާ

15 September 2020

މުޅި އެކު ރާއްޖެއިން މަރުވި މީހުންގެ އަދަދު ބެލޭނެ ގޮތެއް ނެތްތަ ރަދީފު؟ ހެލްތު މިނިސްޓުރީން މި މައުލޫމާތު ދޭނެހެނެއް ހިއެއް ނުވޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454