ޕީޕީއެމުން ރޭ ޝީ ބިލްޑިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު، މައުމޫނާއި ޕީޕީއެމް މެމްބަރު ވަހީދު. މައުމޫނާއެކު މަސައްކަތް ކުރަން ތައްޔާރަށް ތިބި ކަމަށް އެމްޑީޕީން ބުނޭ. - ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
28 އޮކްޓޯބަރ 2016 - 11:26
ގައުމު ހަމަމަގަށް އަޅުވައި ޑިމޮކްރަސީގެ އުސޫލުތައް އަލުން އިއާދަ ކުރުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއެކު މަސައްކަތް ކުރަން ތައްޔާރަށް ތިބި ކަމަށް އެމްޑީޕީން ބުނެފި އެވެ.
ރައީސް އަބްދުﷲ ޔާމީނާއި އެ މަނިކުފާނުގެ ސަރުކާރަށް ކުރެއްވި ތާއީދު މައުމޫން އަނބުރާ ގެންދެވުމާ ގުޅިގެން އެމްޑީޕީން މަރުހަބާ ކިޔައި ނެރުނު ބަޔާނުގައިވަނީ މައުމޫނާއެކު މަސައްކަތްކޮށް ރާއްޖެ އަށް އިސްލާހީ ބަދަލުތަކެއް ގެންނަން އެ ޕާޓީން ބޭނުންވާ ކަމަށެވެ.
އެހެންކަމުން ސިޔާސީ މަސްރަހަށް ދިމާވެފައިވާ ހަލަބޮލިކަން ހައްލުކުރަން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާތައް ފެށުމަށް އެމްޑީޕީން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.
"އެމްޑީޕީން މަސައްކަތް ކުރާނީ ގާނޫނުތަކަށް ބަދަލު ގެނެސް، މުއައްސަސާތައް މިނިވަންކޮށް، މިނިވަން އިންސާފުވެރި އިންތިހާބުތައް ބޭއްވޭނެ މާހައުލެއް ގާއިމުކުރަން،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
އެމްޑީޕީގެ ބަޔާނުގައި ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި ހިނގަމުން އަންނަ ކޮރަޕްޝަންގެ އަމަލުތައް ބަލައި ތަހުގީގު ކުރުމަށް މިނިވަން މުއައްސަސާތަކަށް ގޮވާލި އެވެ. އަދި "ރައީސް ޔާމީންގެ އޯޑަރަށް" ކޯޓުތަކުން ކުރަމުންދާ ހުކުތައް ހުއްޓުމަކަށް ގެނެސް، އިންސާފުވެރި ހުކުމްތަކެއް ކުރުމަށް ވެސް ގޮވާލި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސް ޔާމީންގެ ވެރިކަން އިތުރަށް ދިފާއު ނުކުރެއްވޭނެ ކަމަށް ވިދާޅުވެ، އިއްޔެ ޓުވީޓެއް ކުރައްވައިފަ އެވެ. ނަޝީދުގެ ޓުވީޓުގައި މައުމޫންގެ ފަޅިއަށް މަޖިލީހުގެ މެމްބަރުންތަކެއް ގުޅިވަޑައިގަތުމާ ގުޅިގެން މަރުހަބާ ދެންނެވި އެވެ.
Welcome today's announcement of PPM MPs who are willing to work for the betterment of the Maldives. PY's presidency is no longer tenable.
— Mohamed Nasheed (@MohamedNasheed) October 27, 2016
ނަޝީދު ކުރެއްވި ޓުވީޓު.
ރައީސް ޔާމީންގެ ސަރުކާރަށް އެ މަނިކުފާނުގެ ބޭބޭފުޅު މައުމޫންގެ ތާއީދު އަނބުރާ މި ގެންދެވީ ރައީސް ޔާމީން ވެރިކަން ކުރައްވާ ގޮތާ މެދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދެއްކެވުމަށްފަހު އެވެ. މައުމޫން ވިދާޅުވި ގޮތުގައި ސަރުކާރުން ކަންކަން ކުރަމުން މިހާރު ދަނީ ގާނޫނުތަކާއި ގަވާއިދުތަކާއި ޑިމޮކްރެސީގެ އުސޫލުތަކާ ހިލާފަށެވެ. ތިން ބާރު ވަކިވެފައި އޮތް ނިޒާމުގައި ތިން ބާރު މަސްހުނިކޮށް، ހުރިހާ ބާރުތަކެއްގައި ވެސް ގަދަވެފައި ވަނީ އެއް ބޭފުޅެއްގެ އަޑު ކަމަށް މައުމޫން ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޒާން
29 October 2016
މަރުޙަބާ ! ލޮބުވެތި ޒަޢީމް ! ދިވެހި ޤައުމާއި ރައްޔިތުން ދެކެ ލޯބިފުޅުވެ ލައްވާ އަދި މިހާތަނަށް ރާއްޖެ ދުށް ހަމައެކަނި ރައީސަކީ ތިޔައީ ! ދިވެހި ރައްޔިތުންގެ ފަރުދީ ޙައްޤުތަކާއި ނަފްސީ މިނިވަންކަން ވަކިބައެއްގެ އަތްމަށްޗަށް ފުރޮޅާ ލެއްވުމަށް މިސަރކާރުން ކުރައްވަމުން އެގެންދަވާ ނޭއްގާނީ ޢަމަލުތަކާ ދެކޮޅަށް ތެދުވެ ވަޑައިގެން ތިޔަ ކުރައްވާ ޤައުމީ ޚިދުމަތަށް މާތްﷲ ނަޞްރާއި ކާމިޔާބު ދެއްވުން އެދި ދުޢާ ދަންނަވަން!
ޕެތްރޯން
29 October 2016
އުމަރު ހުއްޓާ ހަމަ ލާހިކު ކަމެއް ނޫން މީ... އުމަރު ބޭނުން އަދިވެސް ވެރިކަމައް އަރަން...
އުފާރި
28 October 2016
ވެރިކަން ލިބިދާނެހެން ހީވަންޔާމުން ތިޔަ އެމްޑީޕީ އިން ކޮންމެފަދަކަމެއްވެސް ކޮށްފާނެ. ތިޔަކީ ހަބަރަކަށްވާވަރުގެ ވާހަކައެއްވެސްނޫން މިހާރަކު. ކޮންމެފަދަ ގޭމެއްޖެއްސިޔަސް ދެނެއް ރައީސް ޔާމިން ނޫން ވެރިޔަކު މިޤައުމުގެ ގިނަ ރައްޔިތުންނެތް ބޭނުމެއްނޫން
ހުރިހާ ކުދިންގެ ބައްޕަ
28 October 2016
އެކަމަކު މަބުނަން ރަނގަޅު ވާހަކައެއް ! އެންމެންވެސް ހިފާ އޮޅުލަނީ ވެރިކަމާހެދި ! އެމް.ޑީ.ޕީ އާއި ގުޅުމަކުން އެއްވެސް މައްސަލައެއްނެތް ! މައްސަލައަކަށްވާނީ ރިޔާސީ ރޭހުގައި ވާދަ ކުރާނޭ ކެންޑިޑޭޓަކާ ދޭތެރޭ ! މީގެކުރިން ރައީސްކަންކޮށްފައިވާ އެއްވެސް މީހަކު ދެން ކުރިމަތި ކުރުވައިގެން ނުވާނެ ! އެމީހުން ވެރިކަން ކުރިލެއް ރަނގަޅުނުވާތީ ދެވަނަ ފހަރަކަށް ނުހޮވެނީ ! އެހެންވީމާ ދެން ރައީސްކަމާ ކުރިމަތިލާންޖެހޭނީ މުޅިން އާ މީހެއް !
ލިއަލީ
28 October 2016
މައުމޫން ކުޑަކޮށް އެތެރެކުރިޔަސް އުމަރު ނުވައްދާތި. ހަމަވެއްދީ ދެފަޅިކޮށްލީ. މިހާރު ދެޕާރޓީ ބައިކޮށްލައިފި.
ހުސެން
28 October 2016
އަސްލަމް. އެމް.ޑީ.ޕީ އަމާޒެއް ނެތީ އެންމެނާ ގުޅޭތީ ދޯ. ވަކިވެގަނެގެން ކުރެވޭނެ ކަމެއްނެތްކަން ދެދައުރުންވެސް ސާބިތުވެއްޖެ. ގައުމު ކައިހުސްކުރާއިރު ފުރަތަމަ ކަމަކީ އެކަން ހުއްޓުވުން. އަސްލަމަށް މީތި ކަޑަވެދާނެ.
އަޑީބް އެންޑް ބަދީއް
28 October 2016
މަށަށްވެސް ވެރިކަންލިބެންޏާ ޓަރަންޕާގުޅެންވެސް ތައްޔާރު. ޓުރަންޕޫ ! މައެބަ ހުރީމޭ ކަލޭގެ ކޯލެއްގެ އިންތިޒާރުގާ.
ޏ އައިކު
28 October 2016
މޑޕ ބޭނުމެއް ނޫން. އެހެން ޕާޓީއެއް ހިޔާރު ކުރައްވާ.
ހަކުމަނާ
28 October 2016
އެމްޑީޕީ ނޫން ޕާޓީއެއް ބޭނުމެއްނޫން. އެއީ އަންނި އެޕާޓީގަ ހުރީމަ. އަންނި ޕީޕީއެމް އަށް ގޮސްސިއްޔާ ޕީޕީއެމް ނޫން ޕާޓީއެއް ބޭނުމެއްނޫން. ޕޕ ކުދިން ވެސް ދަސްކޮއްބަ މިވާއެއްޗެއް.
އަސްލަމް
28 October 2016
އެން.ޑީ.ޕީ އަކީ އަމާޒެއް އޮތް ބައެއް ނޫން. އެހެންވީމާ، އެން.ޑީ.ޕީ އާ ގުޅޭނީ މޮޔަބައެއް. އެހެން ނޫނަސް ދުވަހަކުވެސް އެން.ޑީ.ޕީ މިގައުމުގައި ދެން ވެރިކަމެއް ނުކުރާނެ. ނުވެސް އާދެވޭނެ.
ކެސްލަމް
28 October 2016
ވަރަށް ރަނަގަޅެއްނު މ ޑ ޕ އިން ވެރިކަން ނުކުރީމަ، ނުކުރާ ކަށް ވައްކަމެއްނެތް. އެންމެ ފަހުން ބޭބެ ވެސް ބޭރު ކޮއްލީއެ
ސ
28 October 2016
ސުބުޙާނަﷲ!
ކައްޑޮއި
28 October 2016
އަނެއްކާވެސް ހަތަރުއުދަރެސް ފެނުޖެހޭތަންއައީ. އެކެއްޕޮއިންޓުދޭއްދޭއްބިލިއަނުގެ ރަހައަރުތެރޭގައި ހިފާފަތިބީން ގަދަފައިވިއްދާ ނާރުތަކާއިހުޅުހުޅުގައި ހުރިވަރެއް ދައްކަމުންދާއިރުވެސް އޮބިނޮއޮވެގެން މިހިރަގެންދަނީ. ރައްޔަތުން ދެކެންބޭނުންވަނީ ބޮޑުޚިޔާނާތުގެ އެންމެހާ ބައިވެރީންނަށް ހައްގުއަދަބު ލިބޭދުވަސް. ރައްޔަތުންގެ އަޒުމަކީވެސް މީގެކުރީގެ ބޮޑެތިޚިޔާނާތްތަކަށް ވީހެން މިބޮޑުޚިޔާނާތަށް ވިޔަނުދިނުން. ރައްޔަތުންގެ ދުޢާއަކީ މާލަސްތަކެއްނުވެ ހަތަރުއުދަރެސް ފެނުޖެހުން.