ލ. ގަން: ރަށް މޮނިޓަރިންގެ ހާލަތައް ގެންނަން ޖެހޭ ކަމަށް ނުބެލެވޭ ކަމަށް ގަމު ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު ބުނި -- ފޮޓޯ: ގަން ކައުންސިލް
03 އޮކްޓޯބަރ 2020 - 21:42
ސިފައިންގެ ތަމްރީންތަކަކަށް ލ. ގަމަށް ދިޔަ 25 ސިފައިން ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ.
ގަން ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އަލީ ނަޝީދު "މިހާރު" އަށް ވިދާޅުވީ، ތަމްރީނަށް މިދިޔަ މަހުގެ 14 ގައި ދިޔަ ސިފައިން ތިބީ އެ އަތޮޅު ކައްދޫގައި ހުންނަ އެމްއެންޑީއެފްގެ ބޭސްއާ ވެސް ދުރުގައި ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް އެއްވެސް ބިރެއް ނެތް ކަމަށް ވިދާޅުވި އެވެ.
އަޅުގަނޑުމެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރި އިރު އިތުރު އެއްވެސް ބަޔަކާ ބައްދަލުވެފައިވާ ކަމަކަށް ނުފެނުނު،" އޭނާ ވިދާޅުވި އެވެ.
އެ މީހުންގެ ހޯމް ކަރަންޓީން މުއްދަތު ފުރިހަމަ ވުމުން ކޮވިޑަށް ޓެސްޓުކުރަން ސާމްޕަލް ނެގީ މި މަހުގެ ފުރަތަމަ ދުވަހު ކަމަށް ނަޝީދު ވިދާޅުވި އެވެ. މިހާތަނަށް 24 މީހެއްގެ ނަތީޖާ ނުލިބޭތީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުން އެކަށީގެން ވެ އެވެ.
"ރަށު ތެރެއަށް ބަލި ފެތުރުމުގެ އެއްވެސް ބިރެއް ނެތް. ރަށް މޮނިޓަރިންގެ ހާލަތަށް ގެންދަން ޖެހޭ ކަމަަކަށް ނުބެލެވޭ،" އޭނާ ވިދާޅުވި އެވެ.
އައްޑޫގެ ޕޮލިސް އެކަޑަމީގެ މަސައްކަތް ކުރަން އިންޑިއާ އިން އައި ބަޔަކު ވެސް މިދިޔަ ބުދަ ދުވަހު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ދަށްވެފައި ވަނިކޮށް، އެ ދުވަހު ޕޮޒިޓިވްވި މީހުންގެ އަދަދު 100 އާ ގާތް ކުރީ، އެއް ތަނަކުން ގިނަ ބަޔަކު ޕޮޒިޓިވްވުމުންނެވެ. އެހެންވެ މިއަދު ވެސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުން އެކަށީގެން ވެ އެވެ. އިއްޔެ، ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 44 މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިހާ ދެރަކަމެއް.
03 October 2020
އެކަމު ބޮޑުވަރު
4578
04 October 2020
މމބޮޑުވަރަށްވި ސަބަބުވެސް ބުނެލިނަ މަ ސިފައިން އަބަދުވެސް ކޮވިޑަށް ޕޮޒިޓިވެވޭ ދެން ކޮން ބޮޑުވަރެއް..