އައްޑޫން ފެނުނު މަސްތުވާތަކެތީގެ މައްސަލާގައި ފުލުހުން ހުޅުމާލޭގައި އޮޕަރޭޝަނެއް ހިންގަނީ
04 އޮކްޓޯބަރ 2020 - 11:25
ހުޅުމާލޭގައި މިއަދު މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއް ހިންގައިފި އެވެ.
ފަތިހުން ފެށިގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި ފުލުހުންގެ ތިން ވެހިކަލުގައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވެފައިވާއިރު ކުއްތާ ވެސް ބޭނުންކޮށްފައިވެ އެވެ. މި އޮޕަރޭޝަނުގައި ކުލަ ހެދުމުގައި ތިބި ފުލުހުންނާއި ސްޓާ ފޯސް ފުލުހުން ވެސް ހަރަކާތްތެރިވެފައިވެ އެވެ.
ހުޅުމާލޭގެ އެކި ސަރަހައްދުތައް ފާސްކުރި އިރު ރެޑް ވޭވް މެގަ މޯލް ސަރަހައްދުން "މިހާރު" އަށް މައުލޫމާތު ދިން މީހަކު ބުނީ އެ ސަރަހައްދުން ދެ ތަނެއް ބަލާފައިވާ ކަމަށެވެ. އަދި އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
ނަމަވެސް ފުލުހުން އަދި މިކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
#BreakingNews hulhumaley ga fuluhun masthuvaa thakkethy ge bodu operation dog beynun kogen kuriyah dhany @Mihaarunews @VaguthuOnline pic.twitter.com/cNsw14YbIy
— Riyattey (@riyyatey) October 4, 2020
މިއަދު ހުޅުމާލޭގައި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއް ކުރިއަށްގެންގޮސްފައިވާއިރު ރޭ އައްޑޫގައި ވެސް މިފަދަ ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސް ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. ކަނޑުމަތީގައި ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި ގާތްގަނޑަކަށް 80 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ޕާކިސްތާނުގެ އެންޓި ނާކޮޓިކްސް ފޯސް (އޭއެންއެފް) އާ ހަވާލާދީ އެ ގައުމުގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މީހުން އަތުލައިގަތީ އެރެބިއަން ސީގައި ރާއްޖޭގެ ސަރަހައްދުގެ ތެރެއިންނެވެ. ރިޕޯޓްތައް ބުނާގޮތުން އަތުލައިގަތް މީހުންނަކީ އެކި ގައުމުތަކަށް މިގޮތަށް މަސްތުވާތަކެތި ގެންދާ ބައެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއައްޑޫ ކޮއްޔާ
05 October 2020
ކޮބާ މިކަމުގެ ލީޑަރު؟ ހަމަ އެކަނި ވަކި މީހުންގެ ފޮޓޯއާއި ނަންޖެހުތަ އޮތީ؟ އެވެސް ނުބައިކޮށް
ެަސައީދު ހަސަން
05 October 2020
ޒުވާނުންނަށް ގުރުއާން ދެކެ ލޯބި ވާން ދަސްކޮށް ދިނީމަ ތި މަސްތުވާ ސާމާނަށް ޝައުގުވެރި އެއް ނުވާނެ.
ރޯނު އދުރު ބޭ
04 October 2020
ކުއްތާތަކަށް ޕޮރޮމޯޝަން ނުދޭތީ އެ ސޮރުމެން ވަޒީފާ އަށް މަކަރު ހަދާ ކަމަށްވޭ!
އާރީ
04 October 2020
ހުޅުމާލޭ ރަށުހޮޓާ ސަރަހަށްދު ޗެކުކޮށްލަބަލަ.
ޑިސްކަވަރީ
04 October 2020
ތި ކުއްތާތައް ދާދި ފަހުން، ވިލިމާލެ އަށްވެސް ގެންދިޔަ، ނުފެނުނު އެއްވެސް އެއްޗެއް! ކުއްތާތައް ކޮށިގަ ތިބީ؟.
00101
04 October 2020
އަބަދުވެސް އަޑު އިވޭ ޕޮލިސް ތެރެއިން މައުލޫމާތު ލީކްވާ ވާހަކަ. ކުރިން އަހަރެން އުޅުނު ޕޮޮލިސް ސްޓޭޝަނުން މައުލޫމާތު ލީކްކުކުރަނީ ކާކުކަން އިންޓެލްއަށް އިނގޭ. އެކަމަކު އަދިވެސް އެ ފުލުސް އޮފިސަރު ހުރީ ފުލުހުންގެ ތެރޭގައި.
މޮންޑާ
04 October 2020
ކުއްތާބޭނުންކޮއްގެން ކޮވިޑް19 ޖެހިފައިވާ މީހުން ދެނެގަނެވޭގޮތް ހަދަން ފެނޭ އަދި ރާއްޖެގައިވެސް އެބަޖެހޭ ކުއްތާ ބޭނުންކޮއްގެން ޑްރަގް ގެކަންތައްތަ ހިންގާ މީހުން ހޯދުން ފުޅާކުރަން.
ބައިރޯ
04 October 2020
ބަޔަކު އުޅެފިނަމަ މިޑްރަގު ހުއްޓުވޭނެ