ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގައި ހަސަން އާއި ޝިފާޒް ބައިވެރިވެވަޑައިގަންވަނީ. --ފޮޓޯ/ސިޓީ ކައުންސިލް
07 އޮކްޓޯބަރ 2020 - 12:13
މާލޭ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ މާލޭގެ ރައްޔިތުންނާ ގުޅޭ ކަންކަމުގައި، އެމްޑީޕީގެ ފަރާތުން ލަފަ އާއި މަޝްވަރާ ދޭން އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފާއި ނައިބު ރައީސް މުހައްމަދު ޝިފާޒް ކައުންސިލް ބައްދަލުވުންތަކުގައި ބައިވެރިވާން ކައުންސިލުން ފާހެއް ނުވި އެވެ.
މިގޮތަށް ފާސްކުރަން ކައުންސިލް ބައްދަލުވުމަށް ހުށަހެޅީ، ކައުންސިލް މެމްބަރުންނާ އެ ދެ ބޭފުޅުން ވަރަށް ފަހުން ބައްދަލު ކުރެއްވުމަށް ފަހު އެވެ.
މީގެ ހަފުތާއެއްހާ ދުވަސްކުރިން ކައުންސިލް ބައްދަލުވުމެއްގައި، މިކަން އެޖެންޑާކޮށް، އެމްޑީޕީގެ ފަރާތުން ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންތައްތައް ކުރަން މަގުފަހިކުރުމަށާއި އެ ކަންތައްތައް ކުރެވޭނެ މިންވަރު ބަލަން ހަސަން އާއި ޝިފާޒް، ކައުންސިލް ބައްދަލުވުންތަކާއި ކައުންސިލަށް ހުށަހަޅަން ޖެހޭ މައްސަލަތަކުގައި އެ ދެ ބޭފުޅުންގެ މަޝްވަރާ ހޯދުމާ ގުޅޭ ގޮތުން ކައުންސިލް ބައްދަލުވުމުގައި ކައުންސިލަރުން ވަނީ ވާހަކަ ދައްކައިފަ އެވެ.
@MDPSecretariat ge Chairperson @HassanLatheef adhi Party ge Naibu Raees @mdpshippe Male’ City ge Council Memeberunaai Baddhalu kurun pic.twitter.com/sLIJGYWxYU
— Male' City Council (@MaleCitymv) September 16, 2020
ޑެޕިއުޓީ މޭޔަރު، ޝަމާއު ޝަރީފް ރިޔާސަތު ބެލެހެއްޓެވި ބައްދަލުވުމުގައި، ކައުންސިލް ބައްދަލުވުންތައް އެގޮތަށް ކުރިއަށްދަން ނުފެންނަ ކަމަށް ނިންމީ ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާގުންނެވެ.
ކައުންސިލްގެ ނިންމުމުގައި ބުނެފައި ވަނީ، އެމްޑީޕީގެ ފަރާތުން ކައުންސިލަށް ލަފަ އާއި މަޝްވަރާ ދިނުމަކީ މިހާރު ވެސް އޮތް ފުރުސަތެއް ކަމަށެވެ. އެ ކައުންސިލަކީ ސަރުކާރު ހިންގާ މައި ޕާޓީގެ މެޖޯރިޓީ އޮތް ކައުންސިލެއް ކަން ފާހަގަކޮށް، ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންކަން ކޮށްދޭން ކައުންސިލް ތައްޔާރަށް އޮތް ކަމަށް ވެސް ނިންމުމުގައި ވެ އެވެ.
ސިޓީ ކައުންސިލުން ފޯރުކޮށްދޭ ބައެއް ޚިދުމަތްތަކުގައި، ލަފަ އާއި މަޝްވަރާ ދެއްވުމުގައި ޑރ. އިބްރާހިމް ނާޝިދު ވަރަށް ފަހުން ހަރަކާތްތެރިވެވަޑައިގަތެވެ. ކޮވިޑް-19ގެ ތެރޭގައި، އޭނާ ކައުންސިލްގައި މަސައްކަތް ކުރެއްވީ ވޮލަންޓިއަރެއްގެ ގޮތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަބީނު
07 October 2020
ނަޝީދުގެ ދެފައި އަދި ދެއަތް ތިޔަ ކައުންސިލް ގައި ބައިންދަންވީނޫންތޯ؟ ދެން ނަޝީދުގެ ލައިފްސައިޒް ބޮޑު ފޮޓޯއެއްވެސް! ބޯހަލާކު!
އިބިރިހިންބެއްޔާ
07 October 2020
މިތިބަ ބައެއްދޯ؟ ބަލަގަ ކައުންސިލަކީ މާލޭގެ ރައްޔިތުން ހޮވާފައިވާ މާލޭ ސިޓީކައުންސިލެކޭ. އެމްޑީޕީ މީހުންގެ އައްޑާއެއް ނޫނޭ. ރައީސުލް ޖުމްހޫރިއްޔާ ވެސް ރައްޔިތުންގެ މަޖިލިސްވެސް އެއީ މި ޕާޓީގެ މިލްކަކަށްހަދަން ތެޅިބާލަނީ.
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
07 October 2020
ދުނިޔޭގައި ސިޓީ ކައުންސިލްތަށް މަސައްކަތް ކުރާގޮތް ދަސްކޮށް ތަމްރީން ހޯދަންފެނެ.
ރަދީފްއޮފިޝިއަލް
07 October 2020
ހުރިހާ ތަނަކަށް އުނދުޅި ބާނަން ޖެހޭނެ.
ހީހީހަލާކު
07 October 2020
އެމްޑީޕީ ތަމްސީލުކުރާ މެންބަރުންގެ ޤާބިލުކަން ބަލާފަ ނޫންތޯ ކެޑިޑެސީ ދިނީ! ދެން އެމީހުން ހޮވާފަ އެތިބީ ކޮންމެހެން ޕާޓީ މެންބަރުންނެއްވެސް ނޫން! މިއީ އާވައްތަރެއްގެ ލޯކަލް ގަވަމަންޓް ސިސްޓަމެއްތޯ؟
ތަރައްގީކުރަންވާގޮތް
07 October 2020
މާލެ ސިޓީ ކައުންސިލް މެމްބަރުން ހޮވާފައިވަނީ ދިވެހިރައްޔިތުން އެމެންނަށް ލަފާ ދޭން އެމްޑީޕީގެ އިސްބޭފުޅުން އަދި ރައީސް ނަޝީދުގެ އެކެބަނޑެ ބެއްޔާ ޑރ. ނާޝިދު މެން ކައުންސިލް ޖަލްސާ ތަކުގައި ވެސް ބައިވެރިވެގެން ނުވާނެއޭ އެކަން ކުރާނަމަ ކުރަން ޖެހޭނީ މާލެ ސިޓީ ކައުންސިލަށް ލަފާ ދޭން ޖެހޭނީ ކޮން ދާއިރާއަކުން ކަމަށް އިއުލާން ކޮށް އެކަމަށް ކުރިމަތިލާ މާލޭގައި ތިބި ކޮންސެލްޓެންސީ ފާރމްސް ތަކުންނޭ ދެން ބާރަށު ގައި ރަޖިސްޓްރީ އޮތް މީހަކަށް ނޭގޭނެއޭ މާލެ