މާލޭގައި މިރޭ ހިނގި އެކްސިޑެންޓެއްގައި އަންހެނަކު ވެއްޓިފައި. އޭނާގެ ހާލު ސީރިއަސް ކަަމަށް ފުލުހުން ބުނި. ފޮޓޯ:އެމްވީކްރައިސިސް
14 އޮކްޓޯބަރ 2020 - 21:07
މާލޭގައި މިރޭ ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެ އެކަކުގެ ހާލު ސީރިއަސް ވެއްޖެ އެވެ.
ފުލުހުން ބުނީ ބޮޑު ތަކުރުފާނު މަގު، އާޓިފިޝަލް ބީޗް ސަރަހައްްދުން ދުއްވާފައި ދިޔަ ސައިކަލެއްގައި، ފަހަތުން އައި ވޭނަކުން ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވީ ސައިކަލްގެ ފަހަތުގައި އިން އަންނެކަށް ކަމަށެވެ. އަންްހެންމީހާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ސައިކަލްގައި ތިބި ދެ މީހުންނަށް ވެސް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗްގަ އެވެ. އެ އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިރޭ އިރުއޮއްސި 6:08 ގަ އެވެ.
އެކްޑިސެންޓުގެ މައްސަލަ ބަލަމުން އަންނަ ކަމަށާއި އެކްސިޑެންޓްވި ދެ އުޅަނދު ވެސް ދުއްވަން ތިބީ ލައިސަންސް އޮތް މީހުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓްވި ވޭން ވަނީ، ސައިކަލުގައި އިން އަންހެން މީހާ ވެއްޓިފައި އޮއްވާ އޭނާގެ ގައިމަތިން ގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މައުލާނާ ސޯލިހް
15 October 2020
99:99 % އެކްސިޑެންޓް ވަނީ ލައިސަންސް އޮންނަ ފަރާތްތަކުން ، މާނައަކީ ލައިސަންސަކީ އެކްސިޑެންޓަށް އޮތް ހައްލެއްނޫނޭ .
މާލޭ ކުއްޖާ
15 October 2020
މަގުމަތީ މިހާރު ނުބަލާ ދުއްވާ މީހުން ގިނައީ.. މިއީ ވަރަށް ދެރަ މައްސަލައެއް... މިކަމަށް ހައްލެއް ގެންނަން ޖެހެ
ފުލޮޕް
15 October 2020
ރަގަޅު ލޭން ގަ ބާ ސައިކަލް ދުއްވީ ނޫނީ ވޭން ދުއްވީ
އަލްފާ
15 October 2020
ބޭރުމީހުން އެކަނިއެއްނޫން ނުބަލާ ދުއްވަނީކީއެއް. ކީއްވެހޭ ފުލުހުންނަށް މިއުޅޭ ޖީއެން ސައިކަލުގަ ބާރުބާރަށް ހަރުފައެއްހެން ދުއްވާ ބައިގަނޑު މަތަނުކުރެވިގެން ތިއުޅެނީ.
ބްރާންޗެއް
15 October 2020
މީ ހަބަރެއްތަ.އެކްސިޑެންޓް ވީ ބަޔެއްގެ ވަނަވަރު. ނުވަތަ އު މުރު އިގޭނެނަމަވެސް ޭޭe
ލީލާބޭގަމް
15 October 2020
ބާރަށަ ސައިކަލް ގޭމްތަކުގައި ރޭސް ޖަހާހެން ދުއްވާ ޒުވާނުން ގިނަ! އަދި އެކި އުމުރު ފުރާގެ މީހުން ފޯނުގަ ހުރެގެނަ ދުއްވާ ދުވުންތަށް ހުއްޓުވުމަށް ފުލުހުން އެއްކަމެއްވެސް ޕުރޯ އެއްކަޓިވް ކޮށް ނުކުރޭ!
ޙަލީމު
14 October 2020
ބިދޭސީ ބޭކަލުން ލޮލެއް ބޮލެއް ނުބަލާ. ބާރަށް ދުއްވަ ދުއްވާފައި ކުއްލިއަކަށް ހުއްޓާލު މަކީ އެބޭފުޅުން އާއް މުކޮށް ކުރާކަ މެއް .
އަހުމޭ1
14 October 2020
ކޮންމެވެސް ބަންގާޅު މީހެއް ތިދުއްވާނީ. އެއްޗަކަށް ނުބަލާނެ. ކިރިޔަ ކިރިޔާ ދާނީ
ހަސަނު
14 October 2020
ބާރަށް ވެހިކަލް ދުއްވާ މީހުންނާދެކޮޅަށް މި ސަރުކާރުން އެއްވެސް ކަމެއް ނުކުރެވޭ.. ހުޅުމާލޭ ބުރިޖުގަ ކެމެރާތަކެއް ވެސް ބެހެއްޓި ވީކަމެއް ހަރާން...
ކފރ ބނ
15 October 2020
އެއްވެސް ސަރުކާރަކަށް ކަމެއް ކުރެވުނުތޯ؟ ހަމައެއް ލަމައެއް ނެތި މަގުތަކުގަ އުޅުމަކީ ދިވެހިން ބޭނުންވާ ގޮތް. އެގޮތް ބޭނުން ނުވާ މީހުން ( އެ މީހަކު ހިތާވާ ގޮތަށް މަގުގެ ޓްރެފިކް އޮތް ޤައުމަކަށް) އަވަހަށް ފުރަންވީނޫންތޯ!
އަލްފާ
15 October 2020
ކެމެރާތައް ހަރުކުރި ދުވަސްކޮޅު ތަންކޮޅެއް ތައްކަތުވި. ނަމަވެސް އެއްދުވަހަކު ސީޕީބުނީ އަދި ސްޕީޑް ބަލާ ކެމެރާތައް ހަރެއްނުކުރެވެއޭ. އެހިސާބުން އަނެއްކާވެސް ކުރީގެގޮތަށް ދުއްވަން ފަށައިފި.
ބެންޖޯ
14 October 2020
ކޮންތާކަށްތަ މާ ބާރަށް ނުދެވިގެން މިއުޅެނީ އެންމެން؟ މިއަދުވެސް މަގުމަތީގަ ޒޫންޒޫން ލާފަ ބަނޑިބަނޑި ލައްވަމުން ދުއްވާ މީހުންނަ ހެދި އަވަހަށް ބިރުން ގެއަށް ވަންނަން ޖެހުނީ. މިކަމެއް މި ފުލުހުންނަކަށް ނުހުއްޓޭނެ ދޯ؟
1828
15 October 2020
އެއްވެސް ކަމަކީ ހަމައެކަނި ފުލުހުންނަށް ހުއްޓުވޭނެ ކަންކަމެއްނޫން. އެކަންކަން ހުއްޓުވަން ރައްޔިތުންގެ އެއްބާރުލުން ފުލުހުންނަށް ބޭނުންވާނެ. މިޖީލުވަނީ ހަލާކުވެފައި. ދެން އޮތީ އަންނަން އޮތް ޖީލު ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރުން. އެކަން ކުރާނީ ދިވެހި ފުލުހުންނެއް ނޫން. އެހެން ނަމަވެސް މައިންބަފައިން. މިކަންކަމުން އިނގެންދަނީ މައިންބަފައިން ތަކެއްވަނީ އެމީހުންގެ ދަރިން ތަރުބިއްޔަތު ކުރުމުގައި އިހްމާލްވެފައިކަން.