17 އޮކްޓޯބަރ 2020 - 23:08
ތަރުކާރީ އާއި މޭވާ ވިއްކާ ހުރިހާ ތަނެއް ރަޖިސްޓްރީކޮށްގެން ހިންގަން ޖެހޭ ގަވާއިދަށް އަމަލުކުރަން ފަށައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން އެ ގަވާއިދަށް އަމަލުކުރަން ފަށައިފައިވާ ކަމަށެވެ. އެފަދަ ވިޔަފާރިތައް އޮންލައިންކޮށް މިނިސްޓްރީގައި ރަޖިސްޓްރީވުމަށް މިނިސްޓްރީން އަންގާފައިވެ އެވެ. އަދި މިހާރު ހިންގަމުންދާ ވިޔަފާރިތައް ރަޖިސްޓްރީވުމަށް އެއް މަހުގެ މުއްދަތެއް ވެސް ދީފައި ވެއެވެ.
މާރުކޭޓުގައި ބިދޭސީންނަށް ގޮޅިތައް ނުހިންގޭ ގޮތަށް ގަވާއިދު ހަދައި އަމަލުކުރަން ފެށި ހިސާބުން މާލެ ތެރޭގެ އެކި ސަރަހައްދުތަކުގައި ބިދޭސީން ވަނީ ވިޔަފާރި ގޮޅިގޮޅި ހަދައިގެން މަސައްކަތް ފަށައިފަ އެވެ. އިކޮނޮމިކް މިނިސްޓްރީން ހެދި މި ގަވާއިދަކީ އެފަދަ ކަންކަން ހުއްޓުވުމަށް ހަދާފައިވާ ގަވާއިދެކެވެ.
އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފައިވާ އެ ގަވާއިދު ބުނާގޮތުން، ރެޖިސްޓްރީ ނުކޮށް ހިންގާ ކޮންމެ ތަނެއް ވެސް 10،000ރ. އިން ޖޫރިމަނާކުރާނެ އެވެ. އަދި ގަވާއިދުގައި އެއިން ކޮންމެ ތަނެއްގައި ހުންނަން ޖެހޭ ވަކި ޝަރުތުތަކެއް ހިމަނާފައިވާއިރު އެއިން ކަމެއް އުނިވާ ނަމަވެސް 5،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ.
އެގޮތުން އެތަނެއްގެ ނަން ބޯޑު ބޭރަށް ފެންނަން ހުރުމާއި ކަސްޓަމަރުން މަގުމަތީގައި ތިބެގެން ވިޔަފާރި ކުރަން ނުޖެހުން އަދި ވައި ދައުރުވާ ތަނަކަށް ވުމާއި މުދަލުގެ އަގު ފެންނަހެން ބަހައްޓާފައި ހުރި ތަނަކަށް ވާން ޖެހެ އެވެ.
މިނިސްޓްރީގައި އެ ވިޔަފާރިއެއް ރަޖިސްޓްރީ ކުރެވޭނީ އެ ވިޔަފާރި ހިންގާ އިމާރާތުގައި އެކަން ކުރުމަށް ކައުންސިލުން ދޭ ހުއްދަ އޮތުމުންނެވެ. އަދި އެ ހުއްދަ މިހާރު ވެސް އޮތް ތަނެއް ނަމަ ވިޔަފާރިކުރުމަށް ބޭނުންވާ ޝަރުތުތައް ފުރިހަމަވޭތޯ ކައުންސިލުން ބަލާނެ ކަމަށް ވެސް އިއުލާނުގައި ވެއެވެ.
އެފަދަ ތަންތަނުގައި ވަޒީފާ އަދާކުރެވޭނީ ރާއްޖޭގައި ގަވާއިދުން އުޅޭ ބިދޭސީންނަށް ކަމަށް ވެސް މިނިސްޓްރީން އާންމުކުރި ގަވާއިދުގައި ބުނެފައި ވެއެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
18 October 2020
އަދިވެސް ބިދޭސިންގެ މައްސަލަ އިތުރުވާނެ. ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދުމަށްޓަކާ އީޔޫގެ ޤައުމުތަކާއި، އިޤިރޭސިވިލާތް، އެމަރިކާ، ސްވިޓްޒަލެންޑް، ރަޝިޔާ، ނިއުޒީލަންޑް، އޮސްޓްރޭލިއާ، ސައުދީ، ޤަޓާރ، ކްވައިރު، ޔޫއޭއީ، ޗައިނާ، ތައިލަންޑް، މެލޭޝިއާ، ސިންގަޕޯރ، ޖެޕާން، ސައުތުކޮރެއާ ގެ އިތުރުން އަވަށްޓެރި އިންޑިޔާ އާއި ސްރީލަންކާގެ އޮޑިނެރީ ޕާސްޕޯޓްހޮލްޑަރުންނަށް އެޑްވާންސްވީސާ ނަގައިގެންމެނުވީ ރާއްޖެނާދެވޭގޮތަށް ހަދާންޖެހޭ. އެހެންނޫނީ މިރާއްޖޭގެ ބޯޑަރ ކޮންޓްރޯލްނުކުރެވޭނެ.
އޮނަރަބްލް އަފީފު ދީދީ
18 October 2020
ސޮރީ. މަތީގައި ދެންނެވި ޤައުމުތައް ފިޔަވާ އެހެން ޤައުމު ތަކުގެ އޮޑިނެރީ ޕާސްޕޯޓް ހޮލްޑަރުންނަށް ރާއްޖެއާދެވޭނީ އެޑްވާންސް ވީސާ ނަގައިގެން.
އޮނަރަބްލް އަފީފު ދީދީ
18 October 2020
މިފަދަ ޤާނޫނާއި ޙިލާފު ކަންކަން ގިނަވެ މާލެއާއި ނުކަތާވަރަށް މީހުން ޖަމާވެ މާލެ ބޮޑް ސްލަމްއަކަށްވެ ނުބެލެހެއްޓޭ ހިސާބަށް ކަންތައް ދިއުމުން އަހަރުމެން މިބުނަނީ ރާއްޖޭގެ ވެރިކަން ކ.އަތޮޅު މާލޭގެ ބަދަލުގައި ލ. ގުޅިފައިވާ ރަށްތަކަށް ބަދަލު ކުރާށޭ. # ތި ހުރިހާ ކަމެއްގެ ހައްލު ގުޅިފައިވަނީ އިމިޤްރޭޝަން އާއި. ސާކް ޤައުމު ތަކުގެ ތެރެއިން އިންޑިޔާ ލަންކާ ނޫން ޤައުމުތަކުގެ އޯޑިނެރީ ޕާސްޕޯޓް ހޮލްޑަރުންނަށް އޮންއެރައިވް ވީސާ ދޫކުރުން ހުއްޓާލާއިރަށް ނަތީޖާ ފެންނާންފަށާނެ.
ނަހޫ
18 October 2020
ތިކަން ވާނެބާ!
ސަހަލު ބަޔަކު ނެތް
18 October 2020
ޖުޑީޝަރީ އަށް ފާޑު ކީ މީހުން ޖުޑީޝަރީ އަޅުވެތި ކޮށްފިއެވެ.
އަލްފާ
18 October 2020
ބަލަގަ ރަޖިސްޓްރީނުކޮށް ވިޔަފާރިކުރުމަކީ މަނާކަމެެއް. އެމީހުންނަށް ރަޖިސްޓްރީވާން މަހެއް ދޭކަށް ނުޖެހޭ. ގާނޫނީ ގޮތުން އަދަބުދޭންޖެހޭނީ.
ޭމުޖީބު
18 October 2020
ރެޖިސްޓްރީކުރަން ބުނުމުން ބޭރު މީހުން ރެޖިސްޓްރީވެސް ކުރާނެ. އެވެސް ދިވެއްސެއްގެ ނަމުގައި. ދިވެހި މީހާއަށް ބްމޭރު މީހާ މަހުން މަހަށް ކުޑަ މުސާރައެއް ދޭނެ. އެހެން ވިޔަކަސް އެއީ ބޭރު މީހާގެ ތަނެއް. މިފަދަ ދިވެހިންނާ ދޭރެރޭގައި ހަރުކަށި ފިޔަވަޅު އަޚަންޖެހޭ. ޤާނޫނު މިކަމަށް ހަރުދަނާވެ ލޯޔަރުންގެ ކުޅަދާނަވެ މިފަދަ މީހުންނާ ދޭތެރޭ މިލިއަނުން ޖުރުމާނާކުރުމާ ޖަލަށްލުން މުހިއްމު
ހިލަބެ
18 October 2020
ގަވާޢިދާ ޤާނޫނު ނެތިގެނެއްނޫން މިއުޅެނީކީ ޤަވާއިދާއި ޤާނޫނު އެބަހުރި އެކަންތަންފީޒުކުރަން މަތިކޮށްފައިވާ މުއައޞަޞާތައް ފެއިލްވެފަވަނީ.
އިރާކް
18 October 2020
ސިޓީ ކައުންސިލް ބެލުމުގެ ދަށުގައި އޮތް މާރކޭޓްތައް އެއްމެ ފެންވަރު ދަށީ..އެއްމެ ފުރަތަމަ އެތަންތަން ގަވއިދަށް ދައްތާފަ ނަމޫނާ ދައްކާ...
ޢިބްނިބަތޫތާ
17 October 2020
މަގުމަތީގަ ކަސްޓަމަރުން ބަހައްޓައިގެން ޙިދުމަތްދޭ ހެދިކާވިއްކާތަންތަންވެސް ބަންދު ކުރަންޖެހޭނެ، މާލޭގެ މަޖީދީމަގު ކުތުބުހާނާ ކައިރީގަ ހުރިތަނަކުން ހެދިކާވިއްކާތީ ހަވީރުގަޑީގަ އެސަރަހައްދު ޕޭމަންޓުމަތިން ހިނގާ މީހުންނަށް ވަރައްދަތިވޭ، ސިޓީ ކައުންސިލަށް މިކަންފެނޭތޯ
ހޯރަބޭ
17 October 2020
ވަރަށް ރަގަޅު ކަމެއް. މިހާރު ހެޔޮ ގެއެއްގެ ސިޑިބުނޑް ދަށުގަވެސް ބަގުލާދޭސް މީހުން ތަރުކާރީ ވިއްކިއަސް. މި މީހުން ގެ ނުހުރުންފާނާ ހެދި މިހާރު ދިވެހި ރަށްއިތުންނަށް އުޅެވޭކަން ނެތް. ފަށްޔާޒް ވެސް ބުނާނެ 8000 މީހުން ފޮނުވާލައިފީމޭ އެކަމް ޒިކުރާ މިސްކިތް ކައިރިން އެކަކުވެސް މަދެއް ނުވޭ ފަތިހު ގޮވާލާ ހާލުގެ އަޑާއެކު ހޮރު ހޮރުން ނިކުންނަ ކިއުފަތި އިރުއޮށްސޭއިރު ވެސް ހުސްނުވޭ.